"ރަޖަބުމަހަކީ ރަމަޟާންއަށް ނަފުސާއި ރޫހު ތައްޔާރުކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ. ސުންނަތް ނަމާދ ގިނަކޮށް ގުރުއާން ކިޔެވުމާއި ޒިކުރުކުރުން ފަދަ ހެޔޮ އަމަލުތައް ގިނަކުރާށެވެ."
***
އާދަމް ހިނގަމުންދިޔައީވެސް އެހާ ބޮޑާކަމާއެކު، ފަޚުރުވެރި ހިނގުމެއްގައެވެ. އޭނާގެ ކޮންމެ ފިޔަވަޅެއްގައިވެސް އިތުބާރާއި ބާރުވެރިކަން ފެންނަން ހުއްޓެވެ. އޭނާގެ ބޮލާއި ކަނދުރާ އުފުލާލައިގެން ދެ އަތް ފަހަތަށްލައިގެން ހުރިއިރު އަތުގައި އަސާއެއް އޮތެވެ. އޭނަ އެ އަސާ ބިންމަތީގައި މަޑުމަޑުން ޖައްސަމުން ކުރިއަށް ދިޔައެވެ. އޭނާގެ މި ހިނގުމުގެ ސަބަބުން މަގުމަތީގައި ތިބި އެހެން މީހުންގެ ސަމާލުކަން އޭނާއަށް ލިބެމުންދިޔައެވެ.
" ޖައިލަމް...." އާދަމް ލިމޯސިން ކާރަށް އަރާފައި ޑްރައިވަރު ކައިރީގައި ބުނެލިއެވެ. ކާރުތެރޭގައި ރާ ފުޅިތަކާއި ކާއެއްޗިހި އަތުރާލާފައި ހުރި ހުއްޓަސް އޭނަ ރޯކޮށްލީ ބޮޑު ސިގާއެކެވެ. އެތެރެއަށް ދަމާލާފައި ދޫ ކޮށްލިއިރު މުޅި ތަނުގައި ފެތުރިގެންދިޔައީ ދުމެވެ. އޭނަގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. އޭނާ މިފަހަރު ލަންޑަނަށް އައީ މަގްސަދެއްގައެވެ. ރަނގަޅަށް ބަދަލުހިފުމުގެ ރޫހެއްގައެވެ. ނިކަމެތި ހާލަތުން މުއްސަނދިކަމަށް އަންނަން އެތަކެއް މަކަރާއި ހީލަތެއް ބޭނުންކުރިއެވެ. އެންމެ ކަމަކަށެވެ. އޭނާއަށް ހާސިލު ނުވީ ލޯބި ހޯދުމަށެވެ.
އޭނަ ސިހުރުހާހޫރައިން ޖިންނިން ހާޟިރުކުރަމުން ދިޔައެވެ.
ކާރު މަޑުކުރީ އަނދިރި ގޯޅިގަނޑެއް ތެރެއަށެވެ. ތުނި ވާރޭތިކި ޖަހަމުން ދިޔައެވެ. އޭނަ ކާރުން ފޭބުމާއެކު ޑްރައިވަރު ހިފައިގެން ގޮސް އޭނަ ވާރެއިން ހިމާޔަތްކޮށްދިނެވެ. އޭނަ އެހާވެސް އިއްޒަތުގައި ހުރެ ހިގަމުން ދިޔައީ ކަޅު އަނދިރި ބިންގަރާހެއްފަދަ ތަނެއްގެ ތެރެއިންނެވެ. ތުންފަތުން ސިގާ ވަކި ކޮށްލައި އެ ބިމަށް ވައްޓާލިއެވެ. އަދި ފައިން ޗިސްކޮށްލީ ބޮޑާކަމާއެކުއެވެ.
" ކޮބާ އޭނަ....."
އެ ބިންގަރާހުގެ ފަނޑު ބޮކިތަށް ދިއްލުނެވެ. އޭގެ ނިވިދިއްލުމުން އެޅޭ އައްޔަށް ވުރެ ނާމާން ހިޔަނިތައް ގިނައެވެ. ބިންމަތީ ހޭކެމުން އައި ދަނގަޑުގަނޑެއްގެ އަޑުން ހިމޭންކަން މުގުރައިލިއެވެ. ވިދި ބާވެފައި ހުރި ހެދުމެއް ލައިގެން ހުރީ ޖައިލަމް އެވެ. ބިޑި އަޅުވާފައެޗެ. އިސްތަށިގަނޑާއި ތުނބުޅި ހޭވިފައިވީ އިރު އޭނާގެ ރޫފަ ވަނީ ނިކަމެތިވެފައެވެ. އިންސާނާގެ ކަށިގަނޑެއްފަދައެވެ. ޖައިލަމް އިސްއުފުލާލާފައި ބަލާލިއެވެ. އޭނާގެ ވެރި މީހާ އިނީ ބޮޑު ގޮނޑިއެއްގައި އިށީދެލައިގެންނެވެ. އެއީ އޭނާގެ ހުރިހާ މުއްސަނދިކަމެއް ފޭރިގަތް މަކަރުވެރިޔާއެވެ.
އާ...ދަމް..." ޖައިލަމްއަށް ކުކުރައިލެވުނެވެ. އޭނަގެ ގައިގާ ހިފަހައްޓައިގެން ތިބި ގާޑުން އޭނާ ކޮށްޕައި ބިމަށް ވައްޓާލީ އާދަމް ގެ އެންމެ އިޝާރާތަކުންނެވެ.
" އާދަމް އޭ؟އެއީ ކާކު؟މިހާރު އަހަރެންގެ ނަމަކީ ޖޯން....ކޯލް މީ ޖޯން...." އާދަމް ބޮޑާ ހިނިގަނޑެއް ޖަހައިލިއެވެ. ތަނުގައި ހިމޭންކަން ހިނދުކޮޅަކަށް ދެމިގެންދިޔައެވެ. ބިންމަތީ ވެއްޓިފައި އޮތް ޖައިލަމް އަށްވެސް ހެވުނެވެ. މަޑު ކުކުރުމެއްގައި ފެށުނު ނަމަވެސް އެ ހިނިގނަޑު ބާރުވިއެވެ. އާދަމް އައި ރުޅީގައި ގޮނޑިން ތެދުވެ އޭނަގެ މޫނަށް ފައިން އެތިފަހަރެއް ވީއްލައިލިއެވެ.
"ހެވޭތަކިހިނެއްވީ އަޑުމަޑުވީ؟ކަލޭ ތިއީ މިހާރު މަގޭ ފައި ދަށު ލެވޭ ކުނިކަން ނޭނގެނީތަ؟ހަނދާންވޭތަ އަހަރެން އަޅެއް ހެން ގެންގުޅުނު ދުވަސް މަތިން؟އެދުވަސްތައް ބީވެ ގޮއްސި....މިއަދަކީ އަހަރެން ވެރިކަން ކުރާ ދުވަސް. މަށަކީ ކަލޭގެ ވެރިމީހާ...ސާހިބާ....އެނގިއްޖެތަ؟" އާދަމް ދަތްކުނޑިވިކައިގަތެވެ. ޖައިލަމް އަށް ކެތްނުކުރެވޭވަރަށް ތަދު އިހުސާސްކުރެވި އާދޭސްކުރިއެވެ. އާދަމް އޭނާގެ ފައި ހިއްލާލަމުން ގާޑުން ކައިރީގައި އެދުނީ ޖައިލަމް ބިންމަތިން ނެގުމަށެވެ.
"ކަލޭ ކާމިޔާބެއް...ނުވާނެ....ކަލޭގެ...ދުވަސް ވެސް އަންނާނެ...ތި މުދަލާއި ފައިސާ ތިއީ ބިލާހެއް...."އޭނައަށް ވާހަކަދައްކަން އުދަގޫވިއެވެ. އާދަމް އައި ރުޅީގައި އޭނާގެ ކޯޓުގެ ޖީބަކުން ފިސްތޯލައެއް ނެގިއެވެ. އެއީވެސް ޖައިލަމްގެ އެއްޗެކެވެ. އޭނާގެ ހުރިހާ މުދަލަކަށް ވެރިވެގެންފިއެވެ.
" ހެޔޮނުވާނެ.....ތި މަގޭ މެޔަށް ނޫނީ ބޮލަށް ދިމާކޮށް މަރާބަލަ....." ޖައިލަމް އާދޭސްކުރިއެވެ. އޭނާއަށް އެކުރާ އަނިޔާ އަށް ވުރެ މަރުވުންވެސް މާ ހެޔޮކަންބޮޑެވެ.
" މަރުވާން...ކަލޭގެ ހުރިއްޔާ ހުރި ލެޔެއް ފެލާ ނިންމާލާފައި ނޫނީ އަހަރެންގެ ކިއްލާގެ ތޭރިތަކުން ސަލާމަތެއް ނުވާނެ.....އަދިވެސް އަހަރެން ގެ ނަންމައްޗަށް ޓްރާންސްފާ ކުރަން ހުރި ލާރި އާއި މުދާ އެބަހުރި....އެ ނިމެންދެން މިއި ކަލޭ އުޅެންވީ ނަރަކަ....." އާދަމްގެ ނުލަފާ ހިނިގަނޑު މުޅިތަނުގައި އިރުކޮޅެއްވާންދެން ގުގުމާލާފައި ހުއްޓެވެ.
***
"ލެޓްސް މޫވް ޓު އަވާ އޯން ޕްލޭސް....ނޫނީ މާލެއަށް....އައި ވޯންޓު ފިކްސް އަވާ އިޝޫސް....އައި ވޯންޓް ނަތިންގް ބަޓް ހެޕިނެސް ފޯ އަސް އެނޑް މިރެލް...." އުރުޖުވާން ބިންމަތީގައި އިށީދެލައިގެން އިނީ އެނދުގައި ބޯ ޖައްސާލައިގެންނެވެ. އިސްއުފުލައިލިއިރު މޫނުގައިވީ ވަރުބަލިކަމެވެ.
" އުރޫޖް....ވީ ޓޯކްޑް އެބައުޓް ދިސް....މިރެލް އަކަށް ސޭފް އެއް ނުވާނެ މާލެ އެއް....އެނޑް ފޯ އަސް ޓު ލިވް ސެޕެރޭޓްލީ އެއީ ވެސް އޮޕްޝަނެއް ނޫން....އެންމެން އެކީގަ އުޅުމުން ކޮންމެވެސް ވަރެއްގެ އަމާންކަމެއްވެސް އޮވޭ...މިރެލް އަށް އެންމެ ސޭފް ގޮތް މިއީ...." މާޒިމް އޭނާގެ އަތުތެރެއިން މޫނު ނަގަމުން އުރުޖުވާންގެ ބޮލުގައި ފިރުމާލިއެވެ.
އުރްޖުވާންއަށް ޖެހިލުންވުން އިހުސާސްކުރެވުނު ނަމަވެސް، ހިތުގައި އުފެދުނު ރިއްސުން ފޮރުވޭގޮތެއް ނުވިއެވެ.
"މޭއިބީ....އިޓްސް އަ މިސްއަންޑަސްޓޭންޑިންގް...ކެނާންއާއި ވާހަކަދައްކާލަންވީނު...." އޭނާ އެދުނެވެ.
"މޭއިބީ ހީ ސެޑް އިޓް އިން އަ ނަން ފީލިންގް ވޭއި. ނުބައިކޮށް އަޑު އިވުނީކަމަށް ވާނީ........ފަހަރެއްގައި.." އޭނަގެ ހިތް އަދިވެސް އެކަމަށް އިންކާރުކުރިއެވެ.
"ސްޓޮޕް އުރޫޖް...ޖަސްޓް ސްޓޮޕް...އިނަފް ސެޑް އެންޑް ޑަން...." މާޒިމް ގެ އަޑުގައިވީ ވަރުބަލިކަމެވެ. އެއަށް ވުރެ ބޮޑަށް ނުތަނަވަސްކަމެވެ. އުރުޖުވާން ހަގީގަތާއި ކުރިމަތިލާން ފަސްޖެހޭކަން އެމޫނުމަތިން ރީތިކޮށް ސާފުވެއެވެ.
" އެންމެ ފަހަރަކު ނަމަވެސް ހަގީގަތާއި ކުރިމަތިލަބަލަ އުރޫޖް...ޕްލީޒް...އައިމް ޓަޔާޑް އައި ވިޝް ޓު ސްލީޕް..." އޭނަ އުރުޖުވާން ގެ ބޮލުން އަތް ނެގިއެވެ. ހެދުންވެސް ބަދަލުކޮށް އެނދުގައި އޮށޯތެވެ. ބޯ ނިވާކޮށްލީ ބާލީހުންނެވެ. އުރުޖުވާންގެ ލޮލުން ފޭދެމުން ދިޔަ ކަރުނައިގެ އަސަރު ނުހުއްޓުނެވެ. އުރްޖުވާންގެ ކަންފަތުގައި ގަދަވަމުން ދިޔައީ އޭނާ ދޫކޮށްދިޔަ ހަމަހިމޭންކަމެވެ. ފުން ނޭވާއެއް ލަމުން މިރެލް ގެ އެނދާ ދިމާއަށް ހިނގައިގަތެވެ. މިރެލް ފުން ނިންޖެއްގައި އޮތްއިރު އެ ކަޅު އިސްތަށިގަނޑުއޮތީ ބާލީސްމަތީ ފަތުރާލެވިފައެވެ. އެ ކުޑަކުޑަ މޭމަތި އުފުލި ތިރިވަމުންދިޔައީ ކޮންމެ އަރާމު ނޭވާއަކާ އެކުގައެވެ.
***
މެންދަމުން އަލިވެ ގަޑިން ބާރަ ޖަހާ ބޮޑުވިއެވެ. މަދީނާގެ ކޮޓަރިއާއި ދިމާލުން ބޭރުގެ ދުނިޔެ ވަނީ ބިރުވެރި ހަމަހިމޭންކަމަކުން ނިވާވެފައެވެ. ޚަރީފްގެ ފިނި ވައި ކުޑަދޮރުގެ ފަޅުތަކުން ވަދެ، އޭނާގެ ބުރަކަށީގައި ފިނިކަމެއް އިހުސާސްކުރުވިއެވެ. އޭނާއަށް ހަމަ ނިދިނުލިބުނެވެ. އަރާމު ނުލިބޭފަދަ ނުތަނަވަސްކަމެކެވެ. ހިތް އިންތިޒާރުކުރަމުން ދިޔައީ އެންމެ ފަރާތެއް ދެކެލުމަށެވެ. އެހެން އޮވެފައި ތެދުވެގެން ގޮސް މަންމަ ގެ ކޮޓަރިއާއި ހަމަޔަށް ދިޔައީ މަޑު ސިއްރު ފިޔަވަޅުތަކެއްގައެވެ. އޭނަ ބޯ ދިއްކޮށްލިއެވެ.
މަންމަގެ ނޭވާގެ އަޑު ކޮޓަރީގައި ހިފާލާފައިވިއެވެ. އޭނަ މިރެލްގެ ބުދު ހޯދަން އެތަން މިތަން ބަލަންފެށިއެވެ. ފޯނުން އަލިކުރަމުން ހުރިހާ ތަނެއް ހޯދިއިރުވެސް އެ ފެންނާންން ނެތެވެ. އަނެއްކާ އުރުޖުވާން އެ ނެގީ ހެއްޔެވެ. ކުއްލިއަކަށް ބޭރުން ވަރުގަދަ ވައިރޯޅި އެއް ޖެހިލާފައި ގޮފިތައް ހެލޭ އަޑު ގަދަވިއެވެ. އެ ވަޔާއެކު މަޑު ލުއި ވަހެއް ވެސް ގޭތެރޭގައި ފެތުރުނެވެ. އޭނަ ކުޑަދޮރު ގެ ދޮރުފޮތި ދޭތެރެއިން ބޭރަށް ބަލާލިއެވެ. ބަގީޗާގެ ބިންމަތި ފުރިފައިވީ ފަތްތަކުންނެވެ. ރޭގަނޑުގައި އެ ފަތްތަކުގެ އަލިގަދަ ކުލަތައް ފާޅެއްނުވެއެވެ. ނާމާން ބިރުވެރިކަމެއް މެނުވީ ބޭރުގައި ނުވެއެވެ. އެވަގުތު އޭނަ ގެ ލޮލުގައި އަޅައިގަތީ ހިޔަންޏެކެވެ. ކުޑަ ކުޑަ ހިޔަންޏެކެވެ.
އޭނަ ގެ އަތުގައި ޖެހުނު ކޯޓެއް ލައިގެން އެ ފިނި އަނދިރިކަމުގެ ތެރެއަށް ނުކުތެވެ. ވައިގައި ވަނީ ތެތް ފަތްތަކުގެ ވަހެވެ. ޚަރީފު މޫސުމުގެ ވަހާއެކު އެހެން ވަހެއް ނޭފަތުގައި ޖެހުނެވެ. ހަނދު ތިރިއަށް ޖެހިފައިވާއިރު، އުޑު ނިވާކޮށްފައިވާ ބޯ ވިލާގަނޑުގެ ތެރެއިން ހަނދުގެ އަލިކަން ކުޑަކޮށް ވެސް ނުފޯރައެވެ. ހަނދު މާ ތިރިއަށް ޖެހިފައިވާތީއެވެ. އޭނާ ހިނގަމުން ދިޔައީ ވަކި މިސްރާބަކަށެވެ. ފިޔަވަޅުތައް އަވަސްވަމުން ދިޔައީ ސަބަބެއް ނޭނގޭ ކަހަލަ އަވަސްވެގަތުމަކާ އެކުގައެވެ. އެ މީރުވަސް އަންނަހެންހީވާ ދިމާލަށެވެ.
އޭނާގެ ފޯނު ޖީބުގައި އޮތްވާ ވައިބްރޭޓްވާން ފެށުމުން ކުޑަކޮށް ސިހޭގޮތްވިއެވެ. އެއީ މީކާއިލްއެވެ. ފޯނު ޖީބަށް ލީ ރިންގާ އޮފްކޮށްލަމުންނެވެ. އެ އެ ކުޑަ ހިޔަންޏަށް އޭނަ ފެނުނުކަން ޔަގީނެވެ. މިހާރު އެ ގެއްލިއްޖެއެވެ.
ވިލާތަކުގެ ތެރެއިން ހަނދު ދައްކައިލިއިރު ވީ މަޑު އަލީގައި، ހިޔަނި ފާޅުވިއެވެ. ކުޑަކުޑަ. މައުސޫމު ސިފަތަކެވެ. ކުޑަ އަންހެން ކުއްޖަކު ބުދު މޭގައި ޖައްސާ ބާރުކޮށްލައިގެން ގެން ފުރަގަސްދީގެން ހުއްޓެވެ. ތަންކޮޅެއް ދުރުން ހިޔަނިތަކެއް ހަރަކާތް ކުރާހެން ހީވިއެވެ. ނޫނީ ގަސްތަކުގެ ގޮފިތައް ވަޔާއެކު ނަށަނީހެއްޔެވެ؟ މަދީނާ ތަންކޮޅެއް ލޯ ބޮޑުކޮށްފައި ބެލިއެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. އެއީ މިރެލްއެވެ.
"މިރެލް؟" އޭނާގެ އަޑު ތުރުތުރުލިއެވެ. ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އެ ކުއްޖާ މަޑުމަޑުން އެނބުރުނެވެ. މަދީނާގެ ލޭ ގަނޑުވެގެން ދިޔައެވެ. މަޑު އަލިކަމުގެ ތެރޭގައި އެމޫނުގެ އެއް ފަޅި ފޮރުވިފައިވި ނަމަވެސް އަނގަމަތި ފެނުނެވެ. އެކުއްޖާގެ ތުންފަތުގައިވީ ނުބައި ހިނިތުންވުމެކެވެ. މިރެލްގެ ހިނިތުންވުމާއި ހާސް ތަފާތެވެ. އެއީ އެ މޫނު ކަމުގައިވިޔަސް އެ ހިނިތުންވުމެއް ނޫނެވެ.
އޭނައަށް އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން، މިރެލް އެނބުރި ހިޔަނިތަަކާއި ދިމާލަށް ދުވެފައި ދިޔައެވެ.
"މިރެލް.............." މަދީނާ ހަޅޭއްލަވައިގަތެވެ. އޭނާ ހަޅޭއްލަވަމުން ފަހަތުން ދުވެފައި ދިޔައެވެ.
"ޑޯންޓް ގޯ މިރެލް...ވެއިޓް..." މަދީނާ އާދޭސްކުރަމުން އެކުއްޖާގެ ފަހަތުން ދުވެފައި ދިޔައިރު ހިތް ތެޅޭވަރުން މޭ ފަޅާލާފައި ނިކުމެދާނެފަދައެވެ. އެކުއްޖާ ދުވެފައި ދިޔަލެއް ހަލުވި ކަމުން ހީވީ ފައިވެސް ބިންމަތީ ނުޖެހޭހެންނެވެ. މިރެލް ވިދުވަރެއްހެން ބޯ ގަސްތަކުގެ ތެރެއަށް ވަދެ ގެއްލުނެވެ.
ނުނިމޭ