މާލޭ ޑަބްލިޔުޑީސީން އިސް ނަގައިގެން، އަންހެނުންނަށް ޚާއްސަ ޤުރުއާން މުބާރާތެއް ބާއްވައިފި

މާލޭ ޑަބްލިޔުޑީސީން އިސް ނަގައިގެން ބޭއްވި މުބާރާތުގައި، މުޅި މުބާރާތުން އެއް ވަނައަށް ދިޔަ ޝާމަތު އިބްރާހީމް --

މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިސްނެގުމާއެކު، މާލެ ސިޓީ ކައުންސިލާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ގުޅިގެން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ އަންހެނުންނަށް ޚާއްސަކޮށްގެން ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވައިފިއެވެ.

‎އެ މުބާރާތުގެ މަގުސަދަކީ، އަންހެނުންގެ މެދުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއަރުވައި، އެކަމަށް ހިތްވަރުދީ، އެކަކު އަނެކަކު ކައިރިން ހިތްވަރު ލިބި ޤުރުއާން އުނގަންނައިދިނުމެވެ.

އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ކީރިތި ޤުރުއާން ކިޔެވުމަށް އިއުލާންކޮށް ހުޅުވާލައި، އެ އޮޑިޝަންގައި ބައިވެރިވި މީހުންގެ ތެރެއިން ބަޔަކު ހޮވައިގެންނެވެ. އެގޮތުން ފައިނަލް ރައުންޑަށް ގޮސްފައިވަނީ، އޮޑިޝަނުން އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތެރެއިން ފުރަތަމަ ރައުންޑުގައި ބައިވެރިވެ، ކިޔެވުމަށްފަހު އެ ރައުންޑުން ވެސް ކޮންމެ އުމުރުފުރައަކުން އެންމެ މަތީ މާސްކް ލިބުނު ފަސް ބައިވެރީންނެވެ.

އޮޑިޝަން ރަައުންޑުން ހޮވުނު މީހުންނަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވަނީ ތަމްރީންކުރުމުގެ ކުލާސްތަކެއް ކުރިއަށްގެންގޮސްފައެވެ. ފުރަތަމަ ރައުންޑާއި ފައިނަލް ރައުންޑް ކުރިއަށް ގެންދިޔައީ އެއަށްފަހުގައެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ އަންހެނުންނަށް ބޭއްވި ޤުރުއާން މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ހަފުލާގެ ތެރެއިން --

މުބާރާތްތައް ބަހާލެވިފައިވާ ހަތަރު އުމުރުފުރާ އަދި ކެޓެގަރީތަކަކީ:
- ‎25 އަހަރާއި 35 އަހަރާ ދެމެދެ
- 36 އަހަރާއި 45 އަހަރާ ދެމެދު
- 46 އަހަރާ 55 އަހަރާ ދެމެދު
- 55 އަހަރުން މަތި

އުޚުތުންގެ ޤުރްއާން މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތައް:
55 އަހަރުން މަތި
- 2 ވަނަ ޢާއިޝަތު އަލީ (62 އަހަރު)
- 3 ވަނަ ފަރިޔާލް ޤާސިމް (63 އަހަރު )

46 އަހަރާއި 55 އަހަރާއި ދެމެދުގެ އުމުރުފުރައިން :
- 1 ވަނަ ފަޟްލާ ޤާސިމް (49 އަހަރު)
- 2 ވަނަ ސާމިޔާ ޢަލީ (48 އަހަރު)
- 3 ވަނަ ސަންފާ ޢަބްދުލްކަރީމް (55 އަހަރު )

36 އަހަރާއި 45 އަހަރާއި ދެމެދުގެ އުމުރުފުރައިން :
- 1 ވަނަ ޢާއިޝަތު ރަޝީދާ (39 އަހަރު)
- 2 ވަނަ ޝާމިރާ ޝަމީމް (40 އަހަރު)
- 3 ވަނަ ޝިފާ އިބްރާހީމް (36 އަހަރު )

25 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރައިން :
- 1 ވަނަ ޝާމަތު އިބްރާހީމް (25 އަހަރު)
- 2 ވަނަ ސައުސަން އިބްރާހީމް (25 އަހަރު)
- 3 ވަނަ ޝިފާޒާ ނަޢީމް (33 އަހަރު )
- 3 ވަނަ ޢާއިޝަތު ސުހުދާ (33 އަހަރު )

މުޅި މުބާރާތުން :
- 1 ވަނަ ޝާމަތު އިބްރާހީމް (25 އަހަރު)
- 2 ވަނަ ސައުސަން އިބްރާހީމް (25 އަހަރު)
- 3 ވަނަ ޝިފާޒާ ނަޢީމް (33 އަހަރު )
- 3 ވަނަ ޢާއިޝަތު ސުހުދާ (33 އަހަރު )

އެ މުބާރާތުގެ ކޮންމެ ބައިވެރިއަކަށް އިސްލާމިކް މިނިސްޓްރީން ޚަތިމެއް ހަދިޔާކޮށްފައިވެއެވެ.

comment ކޮމެންޓް