Dhiraagu
Ooredoo

5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށައި، އެއް އަހަރުތެރޭ 1،000 ޔުނިޓު ނިންމަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މާލެ ސަރަހައްދުގައި ތަރައްގީކުރާ 13،000 ހައުސިން ޔުނިޓުގެ ތެރެއިން ފުރަތަމަ 5،000 ޔުނިޓުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ތިން މަސްތެރޭ ފަށާނެ ކަމަށާއި، އަމާޒަކީ އޭގެ ތެރެއިން 1،000 ޔުނިޓުގެ މަސައްކަތް އެއް އަހަރުތެރޭ އެއްކޮށް ނިންމާލުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ADK GENERAl

ސަން އޮންލައިންގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަމްދާން ވިދާޅުވީ، 13،000 ހައުސިން ޔުނިޓުގެ މަސައްކަތަކީ 100 ޕަސެންޓް 'ކޮންޓްރެކްޓާ ފައިނޭންސް' ޕްރޮޖެކްޓެއް ކަމަށެވެ. އަދި ގައުމު މިއަދު އޮތް ހާލަތަށް ބެލުމަށް ފަހު ދައުލަތަށް އެއްވެސް ބުރައެއް ނެތި އެ މަޝްރޫއުގެ ކަންކަން ފެށޭނެ ގޮތަަކަށް ކަންކަން ބައްޓަން ކުރަމުންދާ ކަމަށް ވެސް ހަމްދާން ވިދާޅުވިއެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ސަން އޮންލައިންގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ

ހަމްދާން ވިދާޅުވީ އެ 13,000 ޔުނިޓުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ތިން މަސްތެރޭ އެ ކުންފުނިން ފަށާނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ފަށާނީ މިހާރު ޓާމް ޝީޓް ލިބިފައި އޮތް 5،000 ޔުނިޓުގެ އަމަލީ މަސައްކަތް ކަމަށް ހަމްދާން ވިދާޅުވިއެވެ.

...އިރާދަކުރެއްވިއްޔާ މިދެންނެވިހެން [5،000 ޔުނިޓުގެ] އަމަލީ މަސައްކަތް ފަށާތާ އެއް އަހަރު ދުވަސްތެރޭގައި ޓާގެޓަކީ ކޮންމެވެސް ވަރަކަށް މިދެންނެވިހެން ހާހެއްހައި ޔުނިޓު ނިންމާލައި، ހަވާލުކުރުން. ހަވާލުކޮށްފަ އެއަށްފަހު، ބާކީ ޔުނިޓްތައް ކުރިއަށް ގެންގޮސް ތިން އަހަރު ދުވަސްތެރޭ 5،000 ޔުނިޓު ނިންމާލުން، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް

ހުޅުމާލޭގައި މިހާރުވެސް އިމާރާތްކުރާ ގިނަ ހައުސިން މަޝްރޫއުތަކުގައި ބިމުގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތްކަން ފާހަގަކުރައްވާ ހަމްދާން ވިދާޅުވީ ގިނަފަހަރަށް ޕާކުކޮށްލާނެ ތަނެއް ނޯންނަ ކަމަށެވެ. އެ ތަނެއްގެ ވަށައިގެން ކާރުތަކާއި ސައިކަލުތައް ޕާކުކޮށްފައި ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެ 13،000 ހައުސިން ޔުނިޓު ތަރައްގީކުރާއިރު އެކަންކަމަށް ވިސްނައި، ޕާކިން އޭރިއާއާ އެކީ އިމާރާތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އެފްޑީސީން ތަރައްގީކުރާ 13،000 ހައުސިން ޔުނިޓު އެޅުމަށް ބޭރުގެ ތިން ކުންފުންޏަކާ އެއްކޮށް ފްރޭމް ވޯކް އެއްބަސްވުންތަކެއްގައި މިހާރު އޮތީ ސޮއިކޮށްފައެވެ.

އެގޮތުން އެ މަޝްރޫއު ތިން ބަޔަކަށް ބަހާލާފައިވާއިރު، އޭގެތެރެއިން 5،000 ޔުނިޓު އަޅަން ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތުރުކީގެ ކުންފުންޏަކާއެވެ. އަދި 3،000 ޔުނިޓު އަޅަން ފްރޭމްވޯކް އެއްބަސްވުމުގައި ސްރީލަންކާގެ ކުންފުންޏަކާ އެއްކޮށް ސޮއިކޮށްފައިވާއިރު، ބާކީ 5،000 ޔުނިޓު އަޅަން ފްރޭމްވޯކް އެއްބަސްވުމެއް ހެދީ ޗައިނާ ކުންފުންޏަކާ އެއްކޮށެވެ.

މިހާރު ކުރިއަށްދަނީ އެ މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

Redstar
comment ކޮމެންޓް

comment ޕާކިން ކިންގް

3 month 2 day ago

ދިވެހިން އިމާރާތް ވަށައިގެން ޕާކް ކުރަނީ ޕާކުކުރާނެ ޖާގަ އިމާރާތުގަ ނެތިގެނެއް ނޫން. ނާތަހުޒީބު ކަމުން.

comment ހަލީލް

3 month 2 day ago

ނާގާބިލުކަމުން ކަންކުރަން ނޭގުމަކީ ވަގުތުންވަގުތަށް އިސްތިއުފާދީ އެގޭބަޔަކާ ހަވާލުކުރަން ޖެހޭ ސަބަބެކެވެ. ހާއްސަކޮށް ނިކަމެތި ރައްޔިތުންގެ ޒަރޫރީ ކަންކަމާ ގުޅުންހުރިކަމެއްގައި ދޮގޮހަދާ މަކަރުހެދުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ. ނިންމާފައިވާ ފްލެޓްތައް ހަވާލު ނުކުރެވިގެން އުޅެނީ ތިޔަބުނާ މަސައްކަތެއް އިއުލާން ނުކުރެވިގެންތޯ ؟ ނިމި ދިޔަ ސަރުކާރުން އަޅަމުން ދިޔަ ފްލެޓްގެ އިތުރުން 4000 ފްލެޓް އެޅުމަށް އެފްޑީސީ ވަނީ މީގެ ކުރިން އިއުލާންކޮށް ކުރިމަތި ލުމަށް އާންމުކޮށް ހުޅުވާ ފޯމްތަށްވެސް ބަލައިގެންފައެވެ. ވީމާ ރަނގަޅު ގޮތަކީ ކުންފުނި ހިންގާ މީހުން ބަދަލުވިޔަސް ކުރީގަ ރޭވިފަވާގޮތަށް ކުންފުނީގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.

comment ދިލްސާ

3 month 3 day ago

ތިމުއްދަތުގަ އިންސާނުންދިރިއުމައްބޭނުންވާގޮތައްކޮއްނިންމާނުލެވޭނެ ބުޅާވެސްތިގޮތައްނިންމާތަންތަގަނޫޅޭނެ ލައްޖެހި ދޮގުވެރިޔާނޫންގޮތެއްބޭނުންވަނީ

reply ރަށުމީހާ

3 month 2 day ago

ތިމާގެ ސިކުޑި ޤަބޫލެ ނުކުރެވުމަކީ އެކަމެއް ނުވުމެއް ނޫން. މަތިންދާ ބޯޓް ނުއުފެއްދޭނެކަމަށް އޭތިބިމީހުންވެސް ޤަބޫލުކުރި. ފައިސާ ހުރިއްޔާ ނިންމޭނެ.

comment ފިރާސް

3 month 3 day ago

1000 ހައުސިންގ ޔުނިޓް އެއް އަހަރު ތެރޭގަ ރާވަނީތޯ؟ ޢެހެންނޫނީ ރަނގަޅު ފެންވަރުގަ ތިއީ ކުރެވޭނެ ކަމެއްކަމަށް ގަބޫލު ކުރަން ދަތި. ޢެއް ލައްކަ އެޅިޔަސް މުއިއްޒަށް ވޯޓް ނުދޭނަން 2028 ގަ

reply ހަސަނު

3 month 3 day ago

ބޭފުޅާ ނުދިނަސް ދޭނެމީހުނަ ތިބޭނެ.

comment ލލ

3 month 3 day ago

ފަށާފަހުރި ހައުސިން ޔުނިޓްތަށް ފުރަތަމަ ނިންމާބަލަ ، އޭރުންތާ އުއްމީދު އާލާވާނީ، މިހާރު ވަރަށް ނާއުއްމީދުގައި ރައްޔިތުން ތިބީ، ފުލެޓް ލިސްޓް އަންދާލާފަވަނީ ބަޔަކުމީން މިހާރު އެލިސްޓުން އެގަހުކޭލެއް މިގަހުކޭލެއް ނޭގޭތީ ދޭންވީ މީހުން އޮޅިއްޖެ !