ކުވާރަޓްސްހޭލިއާ ނަޕޯލީ ދޫކޮށްލަން ބޭނުންވެފައި

ކުވާރަޓްސްހޭލިއާ ނަޕޯލީ ދޫކޮށްލަން ބޭނުންވެފައި

އިޓާލިއަން ސެރީއާގެ ތާވަލްގެ އެއްވަނައިގާ އުޅޭ ނަޕޯލީއަށް ކުޅޭ ޖޯޖިއާގެ ފޯވަޑް ޙަވީޗާ ކުވާރަޓްސްޙޭލިއާ އެޓީމު ދޫކޮށް ދާން ބޭނުންވެފައިވާކަން ހާމަކޮށްފައިވާކަމަށް އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހާމަކޮށްފިއެވެ.

ކޮންޓޭ ހާމަކުރިގޮތުގައި ކުވާރަޓްސްޙޭލިއާ ވަނީ އެކްލަބް ދޫކޮށްދާން ބޭނުންކަން އޭނާ ގާތު ބުނެފައެވެ. ކޮންޓޭ ހާމަކުރިގޮތުގައި އޭނާ ވަނީ ކުވާރަޓްސްޙޭލިއާއާ ބައްދަލުކޮށް އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައިކަމަށާއި އަދި އޭނާގެ ޖަވާބަކަށްވީ އޭނާ މިހާރުން މިހާރަށް ވެސް އެކްލަބް ދޫކޮށްދާން ބޭނުންވެފައިވާކަމަށެވެ.

އުމުރުން 23 އަހަރުގެ މިކުޅުންތެރިޔާ ހޯދުމަށް ފްރެންޗް ލީގު އާންގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން، އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައިގާ އުޅޭ ލިވަޕޫލްގެ އިތުރުން ޗެލްސީ ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ކޮންޓޭ ހާމަކުރިގޮތުގައި އޭނާ ހީކުރީ ކުވާރަޓްސްޙޭލިއާ އެކްލަބާއި އެކު ހަވާފައިވާ އެއްބަސްވުން އާކުރާނެކަމަށެވެ. ނަމަވެސް ކްލަބާއި ކުވާރަޓްސްޙޭލިއާ އާދެމެދު އެއްބަސްވުމަކަށް އައުމަށް އޭނާއަށް ދެ ފަރާތާއެކު ވެސް އެންމެ ރަނގަޅަށް މަސައްކަތް ކުރެވިފައިނުވާކަމަށް ޤަބޫލް ކުރާ ކަމަށެވެ. އަދި މިހާރު އޭނާ ބޭނުންވަނީ ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހިލާ ކުވާރަޓްސްޙޭލިއާ ބޭނުންވާކަންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭން ކަމަށް އޭނާ ބުނެފައި ވެެއެވެ.

ކޮންޓޭ ހާމަކުރިގޮތުގައި ކްލަބްގައި މަޑުކުރަން ބޭނުންނުވާ ކުޅުންތެރިއެއް ހިފަހައްޓާއިގެން ކުޅުވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ޔޫރޯ 2024 ގެ ފަހު 16 ޓީމުގެ ތެރެއިން ޖާގަހޯދި ޖޯޖިއާ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުވާރަޓްސްޙޭލިއާއަށް ނަޕޯލީއިން ވަނީ ކުވާރާޑޯނާގެ ނަންވެސް ދީފައެވެ.

އެއީ ނަޕޯލީއަށް ސެރީއާ ކާމިޔާބު ކޮށްދިނުމަށް އޭނާ ކުޅުނު މުހިންމު ދައުރު ފާހަގަކޮށް އެޓީމަށް ކުރިން އެލީގު ކާމިޔާބު ކޮށްދިން އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާއަށް ނިސްބަތްކޮށެވެ. ކުވާރަޓްސްޙޭލިއާ ނަޕޯލީއާ ގުޅިފައިވަނީ އޭނާގެ އުމުރުން 21 އަހަރުގައި ޖޯޖިއާގެ ކްލަބެއް ކަމަށްވާ ޑީނަމޯ ބުޓާނީ އިން ނުވަ މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި މިހާތަނަށް ނަޕޯލީއަށް ކުޅެދީފައިވާ 107 މެޗުގައިވަނީ 54 ލަނޑާއި އެސިސްޓް ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު