"ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ. " އެމީހެއްގެ އަޚާއަށް އެ އަޚާގެ އަބުރުގައި ނުވަތަ އެނޫންވެސް އެއްޗެއްގައި ގެއްލުމެއް ދީފައިވާނަމަ މިއަދު އެކަމަށް އޭނަގެ ކިބައިން މާފަށް އެދޭށެވެ. ދީނާރަކުން ދިރުހަމަކުން ފައިދާއެއް ނުކުރާނޭ ދުވަހެއްގެ ކުރިންނެވެ."
***
"އާ ޔޫ...އިން ލަވް ވިތް މީ؟" އެ ސުވާލުން އަހެދް ގެ ކަޅިވެސް ހީވީ ހުއްޓުނު ހެންނެނެވެ. ނަމަވެސް އެ ދެމީހުންގެ ދޭތެރެ އޮތް ހިމޭންކަން ކަނޑުވާލީ އައި ފޯނު ކޯލެކެވެ. މުރުތަސިމް އަވަހަށް ފޯނަށް ބަލައިލިއެވެ.
" އެލީ...."އޭނައަށްވެސް ފޯނަށް އެރި ނަން ފެނުނެވެ. އަދި ފާހަގަވީ މުރުތަސިމްގެ އަވަސް ހަރަކާތްތަކެވެ. އެހާ މުހިންމު ފޯނަކީ ބާއެވެ. މުރުތަސިމް އަވަސް އަރުވާލާފައި ނިކުމެގެން ދިޔަތަން އަހެދް އަށް ބަލަންހުރެވުނެވެ. އަދިވެސް އޭނާގެ ނޭފަތުގައި ހަރުލާފައިވީ މުރުތަސިމް ގަޔަށް ޖަހާފައި ހުރި ސެންޓުގެ ހިތްގައިމު ލުއި ވަހެވެ.
" ވައީ ޑޫ އައި ބޮދާ....އެނީވޭއިސް..." މުރުތަސިމް ގެ ޚިޔާލުން ހޭލަމުން އަހެދް ފުން ނޭވާ އެއް ދޫކޮށްލައި ބަލާލީ ތަށިބަރިއަށެވެ. އޭނާ ދޮންނަން ޖެހިފައި ހުރި ތަށިތައް ހާދަ ގިނައެވެ.
"ޗީ....މިކަމެއް ނުވާނެ...ކޮބާތަ ބާބިލް؟ވަޓް ހޭވް އައި ގޮޓެން މައިސެލްފް އިންޓު..." އޭނަ ތުން ދަމާލިއެވެ. ބޮލަށް އެނބުރުން އެރިއެވެ. ބާބިލް އައުމަށް އިންތިޒާރުކުރެވުނެވެ. މާ ލަސްތަކެއް ނުވެ ބާބިލް އަނެއްކާވެސް މޭޒުމަތިން ބައެއް ތަށިތަށް ހިފައިގެން އައެވެ.
" އަނހަ.....އައި ހޭވް ބީން ވެއިޓިންގް ފޯ ޔޫ....އައި ތިންކް އައިމް ފީލިން އަ ބިޓް ލައިޓްހެޑެޑް...." އަހެދް އޭނާގެ ބޮލުގައި އަތް ކާއްތާލީ ފޫހިވެފައެވެ. ބާބިލް ކަންބޮޑުވުމާއެކު އަހެދްގެ ހުން ހުރިކަމަށް ހީކޮށް ބަލައިލުމަށް އޭނާގެ ނިތްކުރީގައި އަތް ޖައްސާލަން އަތް ދިއްކޮށްލިއެވެ. އޭނަ ފަހަތަށް ޖެހެލީ ފަކުރުގަނެފައިހެންނެވެ.
"އީ...ނޯ..." އޭނަ އަށް ބުނެވުނެވެ. ބާބިލް ގަތް ލަދުން އިސްޖަހާލެވުނެވެ. އޭނާގެ ހިތަށް ތަދުވި ނަމަވެސް ލުއި ހިނިތުންވުމެއް ދިނެވެ.
"އޮ ސޮރީ....ލުނބޯ ފަނި ތައްޓެއް ހަދާލަދެންތަ؟މޭއިބީ ޔޫ ވިލް ފީލް އަ ލޮޓް ބެޓާ..." ބާބިލް ގެ ރާގުގައިވީ ހިތްހެޔޮކަމެވެ. އޭނަ ފޮނި ގޮތަކަށް ބަލައިލަމުްނ ބޯ ޖަހާލިއެވެ.
" އާން އޯކޭ ވާނެ...ރެޑީ ވީމަ ކޮޓަރިއަށް ގެނެސްލަދީ...އެނޑް ޔެސް...އިފް އެނީބަޑީ އާސްކްސް...މި ތަށިތަށް ދޮވުނީ އަހަރެން އޯކޭ؟" އަހެދްގެ ތުންފަތަށް ބޮޑާ ހިނިތުންވުމެއް ވެރިވިއެވެ.
ބާބިލް އަށް ލިބުނު ހައިރާންކަމުން އޭނާ އިނި ބުނާނެ އެއްޗެއް ނޭގިފައެވެ. އަހެދް އެހާ ފޮނިބޮޑު ކަމެއް ކުރީން ނުދަނެއެވެ. އަބދުވެސް ފެންނަނީ ވަރަށް މަޑުމައިތިރި ހިތްހެޔޮ ކުއްޖެއްގެ ގޮތުގައެވެ. އަހެދް ގެ ރަގަޅު ސިފަތަކާއިމެދު ވިސްނުމަށް ބާބިލް މަސައްކަތްކުރިއެވެ. ފަހަރެއްގައި ބަލިވެފައި ހުރުމުން ކަމަށްވެސް ވެދާނެއެވެ.
" ޑޯންޓް ވޮރީ.........ޒަހްރާއްތަ ނުބުނާނެ އެއްވެސް ބަދު ބަހެއް...ޝީ އިޒް ވެރީ އަންޑަސްޓޭންޑިންގ....އަބަދުވެސް ބަލާނީ އެންމެންގެ ހެވަށް....އެހެންނޫނަސް އައިމް ހިއާ ޓު ޑޫ އެވްރީތިން....އަހެދް ރެސްޓް ކޮށްލާ އިނގޭ..." ބާބިލް ތަށިތަށް ދޮންނަން ފެށިއެވެ. އަހެދް ލޯ އަޅާލިއެވެ. އަދި ހިނިގަނޑެއް ޖަހާލިއެވެ.
"ނާހަމެއްނު ބާބް....ޖަސްޓް ޑު އޭޒް އައި ސޭއި...އިޒް އިޓް ދެޓް ހާޑް....ޔޫ މަސްޓް ރިއަލީ ވިޝް ދޯ އެހެންވީމަ ޒަހްރާއްތަ ޓު ބީ ޔޯ އިން ލޯ..." އޭނަގެ ރާގުގައިވީ ޖެއްސުމެވެ. ބާބިލް ގަނޑުވިއެވެ. ދޮންނަން ހުރި ތަށި އަތުން ދޫނުވީ ކިރިޔާއެވެ. އަހެދް ދަމުން ބާބިލް ގެ ކަންފަތް ކައިރީ ބުނެލިއެވެ.
" އައި ވިޝް ޔޫ ލަކް...." އަހެދް ވައި އަޑުން ބުނެލައި ނިކުތެވެ. ބާބިލްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އަހެދް އަށްވެސް ކަމެއް ފެނުނީ ބާއެވެ.
"ހާއި އަހެދް.....ދަނީތަ؟" ބަދިގެ ދޮރު ކައިރިން ދިމާވި މައިރާ އަހެދް އަށް ގޮވާލިއެވެ. އަހެދް ފިނި ބެލުމެއް ދިނުމަށް ފަހު ޖަވާބެއްވެސް ނުދީ ދިޔައެވެ. އޭނަ އެކަމާއ އެހާ އަޅާނުލައި ވަނީ ބަދިގެއަށެވެ.
" އޯ ނޯ...ހާދަ ބައިވަރު ތަށްޓެއް....މައިވެސް ހެލްޕް ކޮށްލަދޭންނަ....ބާބް ހެދި ކާއެއްޗިހި ވަރަށް މީރު....ޔޫ ޝުޑް ޓީޗް މި ހައުޓު ކުކް އިނގޭ...." މައިރާ ވާހަކަ ދެއްކީ ދުވަސްވީ އެކުވެރިއެއް ފަދައިންނެވެ. ބާބިލް ހުރީ އަމިއްލަ ހިތާމައަށް ގެއްލިފައި ކަމުން އަޑު ނީވުނެވެ. މައިރާ އޭނަގެ ކޮނޑުގައި އަތް އެޅުމުން ސިހިފައި އެނބުރުނެވެ. ލޮލުގައި ގިނަވެފައި ހުރި ކަރުނަތައް ކޯތާފަތަށް އެޅުނެވެ.
"ބާބް އޯކޭތަ؟" މައިރާ ކަންބޮޑުވިއެވެ. ބާބިލް ގަދަކަމުން ހިނިތުންވެލި ނަމަވެސް އޭނާގެ ކޯތާފަތްވެސް ވީ ރަތްވެފައެވެ.
" އާން އެ ކުޑަކޮށް ފިޔާވަސް ޖެހުނީމަ...." ބާބިލް ބަހާނާއެއް ދައްކާލިއެވެ. މައިރާ މުޅިތަން ހޯދައިލީ ފިޔާ ކޮށާފައި ހުރިތަނެއް ހުރިކަން ޔަގީންކޮށްލަންވެގެންނެވެ. އޭނައަށް ވިސްނުނީ ބާބިލް ކަމަކާ ދެރަވެފައި ހުރިކަމެވެ. ނަމަވެސް ބާބިލް އެކަން ހިއްސާކުރަން ފަސްޖެހެވިފައިކަން އޭނާއަށް އެނގުނެވެ. އޭނަ ބާބިލް ގެ ކޮނޑަށް ފިތާލަމުން ލޯބި ހިނިތުންވުމެއް ދިނެވެ.
" އިޓްސް އޯކޭ....ލެޓްސް ވޮކް ޓުގެދާ ދޯ...ޒަވީ ވެސް ކޮފީ އަކަށް ގޮއްސިހެން ހިވަނީ...އައި ހޭވް އަ ލޮޓް އޮފް ފްރީ ޓައިމް..." ބާބިލް އަށް އެހީވުމުގައި އޭނާ މަޝްއޫލުވިއެވެ. ބާބިލް އިންކާރުކުރުމުންވެސް މެއެވެ.
" އަސްލުވެސް އެ ހަމަ އޯކޭ...އައި ހޭޓް ޓު ހޭވް ފްރޓައިމް އަސްލު....އައި ކައިންޑަ މިސް ވޮކް...އެހެން ނޫންނަމަ އަބަދު ކޮންމެވެސް އިމާޖެންސީއަކަށް ދުވެފަ އުޅޭންޖެހޭނީ...."
މައިރާ އާއި އަހެދް ގެ ތަފާތުކަން ފެނި ބާބިލް ހައިރާންވިއެވެ. މައިރާ އެހާ މުއްސަނދި އާއިލާއަކުން އައިރުވެސް އެހާ ހިތްހެވެއެވެ. ބޮޑާ ކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތެވެ. ޖަވާހިރެއްފަދައެވެ. އެފަދަ ޅީދަރިއަކު ލިބުނުކަމީ ޒަހްރާގެ ނަސީބެވެ.
***
"އެލީ....ޓޯކް ޓު މީ....އެނގޭ ތިއީ އެލީކަން...ވާހަކަދައްކަބަލަ ޕްލީޒް....އައި މޭޑް އަ މިސްޓޭކް...." މުރުތަސިމް އާދޭސްކުރިއެވެ.
"ސިމް؟" ފަހަތުން އިވުނީ ކައިލްގެ އަޑެވެ. އޭނަ އަވަސް އަވަހަށް ފޯނު ޖީބަށް ލިއެވެ. ކަނޑާވެސް ނުލެވުނެވެ. އޭރު އޭނަ ގެ ނިތުން ދާ ތިކި ފައުޅުވާން ހުއްޓެވެ.
" ބިޓަކަށް ގުޅީތަ؟....ތިހާ ހާސްވެފަ ތިހިރީ...ސާބަހޭ...ޗިލް މޭން..." ކައިލް އަށް ހެވުނެވެ. އޭނަ ހުރިގޮތުން ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރީހެންނެވެ. އޭނަ އެއްޗެއް ނުބުނެ ހާސްވެފައި ހުންނަން ފެށުމުން ކައިލް ހީކުރީ އޭނާގެ ސަމާސާ ވިހަ ވީކަމަށެވެ.
" ޗިލް މޭން...އިޓްސް އަ ޖޯކް..." ކައިލް ކުޑަ ކޮށް ސީރިޔަސް ވެލިއެވެ. މުރުތަސިމް ގަދަކަމުން ހިނިގަނޑެއް ޖަހާލިއެވެ.
"ކޮބާ އަލް؟.ކޮފީ އަކަށް ނުދަންތަ؟" އޭނަ އަވަހަށް މައުޟޫ އޮޅުވާލިއެވެ. އާންމުކޮށް ކައިލް އާއި އެކު ފެންނަ އަލްބާން ނެތުމުން ވަށައިގެން ހޯދާލިއެވެ.
" ގޮއްސަ އައީމި...އަލް މާ އަވަސް އަރުވާލީމަ ކޮފި ތަށިވެސް ހުސްނުވި...އާންޓް އާއި އެކީ ޑޭޓަކަށް ދާންށޯ މިދަނީ...ނޭގެ...ވަރަށް ސިއްރުން މިހާރު އުޅެނީވެސް...މަށަށް ހީވަނީ އަންހެންކުއްޖެއްގެ މަޅީގަ ޖެހިގެން ހެން އުޅެނީ...ވަރަށް އިޝްގީ ވެފަ ބައެއް ފަހަރު ހުންނަނީ ހިޔާލަށް ގެއްލިފަ...." ކައިލް އާއި މުރުތަސިމް އެމީހުންގެ އަމިއްލަ މަޖާގައި ތިއްބައި ނައީމު ފެނުމުން ކައިލްގެ މޫނު ގެ ކުލަވަރު ބަދަލުވިއެވެ.
" ބޮޑު ޖޯކެއްތަ؟މަށަށްވެސް ކިޔާލަދީބަލަ...." ނައީމު ދުފުން ގަނޑުން ރަތް ކުޅެއް ޖަހާލަމުން ބުނެލިއެވެ. އެ މަންޒަރު ފެނި މުރުތަސިމްގެ އަނގަ ސަކަރާތްވިއެވެ.
" އަނހާ...ނައީމްބެ...ތިހާ ދުފާކަށް ނުވާނެ....ދުންފަތަކީ ވަރަށް ސިއްހަތައް ގެއްލުން ހުރި އެއޗެއް....މިހާރު ފުރަން ރެޑީވީތަ؟" އޭނަ އަހާލިއެވެ. ނައީމު ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތް ނުތަނަވަސް ކުރުވައެވެ. ނޭނގޭ ކަހަލަ އުނދަގޫ އިހުސާސެއް ކުރުވައެވެ. ނައީމު ވާހަކައެއް ފެށުމުގެ ކުރީން ކައިލް އަވަހަށް އެތަނުން ދާން އެނބުރުނެވެ. އެވަގުތު ނައީމު އޭނާގެ އަތުގައި ހިފެހެއްޓިއެވެ.
" ކައިލް....ފިލަނީތަ؟" ނައީމު ގެ ސުވާލުން ބޮލަށް އުދަގޫވީވަރުން ކައިލް ލޯ އަޅައިލިއެވެ. އަދި އަތް ފޮޅާލިއެވެ.
" އާސީ އެބަ ހޯދާ...." ކައިލް ދެއްކީ ބަހަނާއެކެވެ. ނައީމު އާއި ކައިލް ގެ ވާހަކަ ހުރިގޮތުން މުރުތަސިމް އަށް އެއްޗެއް ވިސްނުނެވެ. ކައިލް ލޯމަތިން ގެއްލެން ދެން ނައީމު އޭނާ އަށް ބަލަހައްޓައިގެން ހުރީ ފާޑަކަށެވެ.
" ކައިލް ދަންނަންތަ؟" މުރުތަސިމް އަށް ބޭއިހްތިޔާރުގައި އަހާލެވުނެވެ. ނައީމު އަނގަޔަށް ގޮތެއް ހަދާލައި ނިތް އަރުވާލިއެވެ.
" ވަރަށް ރަނގަޅަށް ދަންނަން....ހުރިހާ ކަމެއްވެސް...." ނައީމު އެންމެ ފަހު ލަފުޒުތައް ބުނެލިއިރު ތުންފަތުގައި ވީ މަކަރުވެރި ހިނިތުންވުމެކެވެ. އޭނަ އަށް ނޭގޭ ކިތަންމެ އެއްޗެއް ނައީމު އަށް އެނގޭފަދައެވެ. އޭނަ ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދިވެސް ހުރީ އެލީޒީއަށް ގުޅިފައެވެ. އޭނާގެ ހިތް ބާރަށް ތެޅިގަތެވެ.
" އަހެދް އަށް ވެސް ވަރަށް ރަނގަޅަށް އެނގޭނެ...." ނައީމު ބުނަން ފެށިއެވެ. އެ ދެއްކި އެއްވެސް ވާހަކައަކަށް އޭނައަށް ސަމާލުކަމެއް ނުދެވުނެވެ. ފޯނު ކަންފަތުގައި ޖަހަމުން ދުރަށް ދާން ހިނގައިގަތެވެ. ނައީމު ހުރީ ރުޅިގަދަ ވެފައެވެ.
" މިއިން އެކަކުވެސް މިއީ ކަންފަތެއް ސިކުނޑިއެއް ހުރި ބައެއް ނޫން ދޯ.....ކަލޭ މެން އެންމެނަށް މަގޭ ހުރި ކުޅިއެއްވެސް ދައްކާލާނަން...." ނައީމް އަތް މުށް ކަވައިލަމުން ބާރުކޮށްލިއެވެ. އޭނާ ދައްކާ ވާހަކަ އަކަށް އެއްވސް ސަމާލުކަމެއް ނުދޭތާ ފުރަންވެސް ތައްޔާރުވާން ޖެހިއްޖެއެވެ. އަހެދް ގެ ކައިވެނިން އޭނާ ހާސިލްކުރަން ބޭނުންވީ އެއްވެސް މަގުސަދެއް ހާސިލެއް ނުވެއެވެ. ނުވިތާކަށް އެންމެން އޭނާ ނަގަނީ ބޮޑު ޖޯކެއްގެ ގޮތުގައެވެ. ހިވަނީ އެންމެންވެސް އޭނާގެ ފުށުން ސަލަމާތްނުވެވިފައި ތިބިހެންނެވެ. ނައީމު އެކި ގޮތްގޮތަށްް ވިސްނިއެވެ. އޭނަގެ ސިކުނޑިގައި ކޮށްޓާލީ އެންމެ ނަމެކެވެ.
" ވިލްދާން....." މަޑުން ތުން ތަޅުވާލިއެވެ. އަދި މަކަރުވެރި ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ކުރެހިގެން ދިޔައެވެ.
***
ޒަވިޔާރުގެ ކޮޓަރީގައި ޓަކި ޖަހާލުމަށްފަހު ވަނީ އޭނަގެ މަންމައެވެ. އޭނަ ހުރީ ކަންފަތުގައި ހެޑްސެޓް ޖަހައިގެން ގެންނެވެ. އާންމު ގޮތެއްގައި އޭނަ އަބަދުވެސް އެކަނި ހުރިއްޔާ ލަވަ ޖަހާލައިގެން ނޫން ގޮތަކަށް ނުހުރެއެވެ.
" ދަރިފުޅާ....ތި ލަވަ ނުޖަހަބަލަ..." ކަންފަތުން ހެޑްސެޓް ނަގަމުން ޒަހްރާ ބުނެލީ ވަރަށް ކަންބޮޑުވެފައެވެ. މިއަދު ޒަވިޔާ ހިތްހަމްނުޖެހިފައި ހުރިކަން އިހުސާސް ވުމުން ބޭނުންވީ ކޫޑަކޮށް ވާހަކަ ދައްކާލަންށެވެ.
" ލަވަ ޖެހުމުން މީހަކަށް އުނދަގުލެއް ނުވެ އެއްނު...." ޒަވިޔާ ބުނެލީ ވަރަށް ފާޑަކަށެވެ.
"އެކަމަކު އެއީ ފާފަ އެކޭ ދަރިފުޅާ.....މަންމަ މި ބުނަނީ ހަމަ ހެވަކަށް...ކޮބާތަ މައި؟" ޒަހްރާ އަހާލިއެވެ. ޒަވިޔާރު އެނދުން ތެދުވުނީ ފުންމައިގެންނެވެ.
"ކޮންމެ ކަމެއް ތިހާ ދީންވެރި ނުކޮށްބަލަ....މަންމަ ތި ދެން ބޮޑުވަރު...އައިމް ޓަޔާޑް އޮފް ހިއަރިންގް ދިސް އޯލް ދަ ޓައިމް....ލިވް އެންޑް ލެޓް ލިވް ޕްލީޒް...." ޒަވިޔާރު ހީވީ ކުޑަކުއްޖެއް ބޮޑާހާކާލީހެންނެވެ. އެވަގުތަކީ މައިރާވެސް ކޮޓަރިއަށް އައި ވަގުތުކަމުން އޭނަގެ ވާހަކަ ހުރި ގޮތް އަޑު އިވި ހައިރާންވިއެވެ.
" ޒަވީ...ސްޓޮޕް...." މައިރާ އަށް ބާރަށް ބުނެވުނެވ. އޭރު ޒަހްރާ ހުރީ ލަދުން ބުނާނެ އެއްޗެއް ނޭނގިފައެވެ.
" ޒަވި ވެސް ދޯ ދެން....މަންމަ އެހެން ބުނި އެއްޗެއް ނޫނޭ....ކޮބާ ދެކުދިން ނުދަންތަ ފިނި ބުރަކަށްވެސް..." ޒަހްރާ ވާހަކަ އޮޅުވައިލަން މަސައްކަތް ކުރިއެވެ.
" ނޫން....މިއަދަކި ޔޫރަޕް ޓުވާ އަށް ދާން އޮތް ދުވަސް....އެކަމކު މަންމަ ވެއްޖެ ވިއްޔާ އުމްރާ ދަތުރަކު ދާން...." އޭނަ ރުންކުރުރާގަކަށް ބުނެލިއެވެ.
" ކާމް ޑައުން ޒަވީ..." މައިރާ ފެންކަޅިވިއެވެ. ޒަހްރާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒަވިޔާރު އެ ރުޅީގައި ހުރެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
" ޒަވީ ދޯ...ބައެއް ފަަހަރު ބޭނުންވާ ގޮތަށް ކަންތައް ނުވީމަ ސިނގުރުޅި އަރާނެ....އެހާ އަޅާލާ އެއްޗެއް ނޫން...މަންމަ އަށް ވަރަށް ހެޔޮ ދަރިއެއް އެއީ...ވަރަށް އަޅާލާނެ...އެކަމަކު ދީނީ ކަންކަމުގަ ބަހެއް ބުނެލުމުން ކުޑަކޮށް ހުންނާނެ ރުޅި އިސްކުރެވިފައި...އިންޝާﷲ އެކަންތައް ރަނގަޅުވާނެ....މަންމަ ވަރަށް އުފާވޭ މައިރާ ކަހަލަ ރަނަގޅު ކުއްޖެއް ޒަވީ އަށް ލިބުމުން..." ޒަހްރާ ގެ މޮޅިވެރިކަން މައިރާ އަށް ފޮރުވަން މަސައްކަތްކުރިއެވެ.
" އިޓްސް މައި ފޮލްޓް....ޔޫރަޕް ޓުއާ އަށް ދާން އޮތީ އެކަމަކު...މައި ވަރަށް ބޭނުން އުމްރާ އަށް ގޮސްލަން..." މައިރާ ދެރަވިއެވެ. ޒަވިޔާރު އެ ރުޅިގަނޑު ބޭލީ މައިރާ ގެ ސަބަބުން ކަމުގައި އޭނާއަށް ވިސްނުނެވެ.
ނުނިމޭ