އެސްޓީއޯ ރަމަޟާން ބާޒާރު 2025: ނަސީބުވެރި ފަރާތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު

އެސްޓީއޯ ރަމަޟާން ބާޒާރު 2025 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެސްޓީއޯ

ރޯދަ މަހަށް ޚާއްސަކޮށް އެސްޓިއޯއިން ކޮންމެ އަހަރަކު ވެސް ބައްވާ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން މިއަހަރު ވެސް ބޮޑެތި އިނާމުތަކާއެކު ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފަރާތުން މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރަމަޟާން ބާޒާރު" ފަށައިފައި ވަނީ މިއަދުއެވެ. އެގޮތުން، ތަފާތު ގިނަ ޕްރޮމޯޝަން ހަރަކާތްތަކާއި އިނާމުތަކެއް ހިމެނޭ ގޮތަށް ރާވާފައިވާ މި ސޭލް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މާޗް މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު 2025 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ ރަމަޟާން ބަޒާރަކީ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގުބޫލު އެއް ސޭލްއެވެ. އެހެން އަހަރު ތަކެކޭ އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޟާން ބަޒާރުގައި ވެސް ގިނަ ޑިސްކައުންޓް ތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެއެވެ.

އެސްޓޯއޯ ރަމަޟާން ބާޒާރުން ލިބޭ ޑިސްކައުންޓުތަކުގެ ތެރޭގައި:

  • ހޯމްއެޕްލަޔަންސް އައިޓަމްތަކުން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް
  • 500 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަންއެއް
  • ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިފްޓް ހެމްޕާއެއް

އެސްޓީއޯ ރަމަޟާން ބާޒާރު 2025 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެސްޓީއޯ

މި އަހަރުގެ ރަމަޟާން ބާޒާރުގެ އެންމެ ހާއްސަ ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

މީގެއިތުރުން މި ޕްރޮމޯޝަން ކުރިއަށްދާއިރު އާއިލީ ހަވީރަކާއި އިންސްޓޯ ހަރަކާތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު