"ތިބާގެ ސިކުނޑިއަށްވުރެ ތިބާ އަވަހަށް މަރައިލާ އެއްޗެއް ނެތެވެ. ތިބާގެ ބާރު ނުހިނގާ ކަންތައްތަކާއިމެދު ވިސްނާ ހިތާމަ ނުކުރާށެވެ."

***

މިރޭ...އަންނާނެ...." ނަބީލާ ހުރީ އުފަލުން ފޮޅިފައެވެ. އޭނާ ގެއަށް ވަނީ މިރެލްގެ ބުދު މޭގައި ޖައްސާ ބާރުކޮށްލައިގެން ހުރެއެވެ.

"ކާކު؟" މަދީނާގެ އަތުން ހީބިހި ނެގިއެވެ. އޭނަގެ މަންމަ އަނގަމަތީ އަތް އަޅަމުން ތުއިގޮތަކަށް ހީގަތެވެ. ނަބީލާ އެ ބުދަށް ލޯ އަޅައިލިއެވެ.

" ދެން ބުނަންވީ؟....އެ ސިއްރެއް..." ސިއްރުވެރި އަޑަކުން މަދީނާ ކައިރީ ބުނެލިއެވެ. އޭނާގެ ހިތަށް ނުބައި ހީ އެއް ވަދެގެންދިޔައެވެ. އެވަގުތު ހުޝަލް، އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި ވަނެވެ. އޭނަ ދިޔުމުގެ ކުރީން ނަބީލާ އާއި ސަލާންކޮށްލުމަށެވެ.

" އަނހަ...މިއީ މިރެލްގެ ދޯ..." ޚުޝަލްއަށް އެ ބުދު ފެނުނެވެ. ނަބީލާ އަވަސްކަމާއި އެކު އެ ފަހަތަށް ލައި ފޮރުވާލިއެވެ.

"އެ އޯކޭ ވާނެ...މަންމަ ވެސް ކުޑަކޮށް ކުޅެލާފަ ދޭނެ އޭ މިރެލް އަތަށް....ވަރަށް ބަސްއަހާނެ..." މަދީނާ މަސައްކަތްކުރީ މަންމަ ރުޅިނާރުވާ ހަމަޖައްސާލާފައި ބެހެއްޓުމަށާެވެ. ބޭސް ދޭގަޑި ޖެހިފައިވުމުން އެހާ ބޮޑާ ހާކަން ފުރުސަތެއް ނުދެވޭހެން ސަމާލުކަން ބަހައްޓަންޖެހެއެވެ.

"ނޫން...ނުދޭނަން.....ހަޑި ކުއްޖާގަނޑު....އޭނަ ދެލޮލުގަވެސް ހުންނަނީ ދެކުލަ...ހަންޑިއެއް އެއީ....އެނގޭތަ؟....އެއީ އަސްލުވެސް ހަންޑި އެއް...." ނަބީލާ ފަހު ލަފުޒުތައް ބުނެލީ ވައި އަޑަކުންނެވެ. ހުޝަލް އަށް އުނދަގޫ އިހުސާސްތަކެއް ކުރެވުނެވެ. ނަމަވެސް މަންމަގެ ސިކުނޑީގައި މައްސަލައެއް ހުރުމުން ދެކޮޅަށް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. މަދީނާ އިނީ ގަނޑުވެފައެވެ. ހަގީގަތުގައިވެސް މިރެލް އަކީ އެފަދަ ކުއްޖަކީބާވައޭ ހިތަށް އަރާފައި ބިރުގަންނަގޮތްވިއެވެ.

" އެހެން ބުނާ އެއްޗެއް ނޫނޭ ދޯ......އެއީ މަންމަ ގެ ލޯބި ލޯބި މާމަ ދަރިއެއްނު..." ޚުޝަލްގެ ޖުމްލައާއެކު ނަބީލާ ތުން ދަމައިލިއެވެ.

"އެ ވަރަށް ފޮނި ކުއްޖެއް....މާޒިމް އަށް ވެސް ވެރިވެގަނެގެން އެ އުޅެނީ، އެހެންވެ މާޒިމްވެސް މިހާރު މަންމަ އާއި އެހާ ދުރުވީ...." ނަބީލާ ގެ ހިނިތުންވުން ފަނޑުވެ މިޒާޖު ބަދަލުވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ލޮލަށް ކަރުނަ އައެވެ. ހުޝަލް އޭނަގެ މަންމަ ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއެވެ. މަދީނާ އަދިވެސް އަމިއްލަ ހިޔާލަށް ގެއްލިފައި ހުރެވުނެވެ.

" ޑޭއިޑްރީމިންގް ގަ ދޯ މަދީނާ....ކޮބާ މީކާ؟" ހުޝަލް މަދީނާގެ ކޮލުގައި ހިފައިލިއެވެ. އޭނަ ހުރީ މަޖާވެފައެވެ. މަދީނާ ސިހުނު ވަރުން މުޅި މޫނު ރަތްވެގެންދިޔައެވެ.

" ޔޫ ގައިސް ޝުޑް ގެޓް މެރީޑް ސޫން....ތިހެން ތިބޭތާ މިހާރު ދެ އަހަރުވަނީއެއްނު..." ޚުޝަލް ސީރިޔަސްވިއެވެ.

" މީކާ އަކީ ވަރަށް ދީންވެރި ރަނގަޅު ކުއްޖެއް....ހީ އިޒް ދަ ވަން ހެލްޕްޑް މީ ބިކަމް މޯ ރިލީޖިޔަސް ޓޫ...އައިމް ވެރީ ހެޕީ ޔޫ ބޯތް އާ ގެޓިން މެރީޑް...." އޭނަ ބުނަމުން ދިޔައެވެ.

"މެރީޖް؟ކޮން ދުވަހަކު؟" މަދީނާ ހާސްވިއެވެ. އޭނާ އަދިވެސް ކައިވެންޏަކަށް ތައްޔާރެއް ނޫނެވެ. ހުޝަލް އަށް ހެވުނެވެ. އޭރު ކޮޓަރީ ދޮރުމަތީ ތިބި ނާޝިދު އާއި އަހުމަދުވެސް ވަދެގެން އައެވެ.

" ވީހާވެސް އަވަހަކަށް ދަރިފުޅު...." ނާޝިދު ގެ އަޑެވެ. މަދީނާގެ ހިތަށް އުނދަގޫކުރުވިއެވެ. އުފާވާންވީ ހަބަރެއް ނަމަވެސް އޭނާގެ ހިތް ނުތަނަވަސްވިއެވެ. ނާޝިދުމެން ވާހަކަދައްކައިލަން ތިބެފައި ނުކުތުމުން ނަބީލާ. މަދީނާގެ މޫނު ގައި ދެއަތުން ހިފެހެއްޓިއެވެ. އަދި ބޯ އަރި ކޮށްލައި އެ މޫނަށް ފަރުވާތެރިކަމާއި އެކު ބަލައިލިއެވެ.

" މިރޭ އަންނާނެ...." ނަބީލާގެ ޖުމްލަ އިވުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މަންމަ އެބުނަނީ ހަމަ ޔަގީނުންވެސް އުވެއިސް ގެ ވާހަކަ ކަމަށް ޔަގީންކުރެވުނެވެ. އެ ޔަގީންކަން ހިތަށް ލިބުނީ ކީއްވެކަމެއްވެސް ނޭނގެއެވެ.

" މަންމަ ވެސް ދޯ....މިރެޔަކު ނޫނޭ މީކާ އަންނަނީ...." ހުޝަލް ސަމާސާ ކޮށްލިއެވެ. މަދީނާގެ މުޅި މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ.

"ކޮންތަނަކުން އެޕްލް ޕައި ފިހޭވަސްދުވަނީ؟"މަދީނާ މައުޟޫ އޮޅުވައިލިއެވެ." އޯޓަމްއަކީ މައި ފެވެރިޓް މޫސުމް...އަރާމު ސްވެޓަރުލައިގެން އަލިފާން ކައިރީގައި ހުރުން، ޕިކްނިކްސް، ޕަމްޕްކިން އެޕްލް ޕައި.........އެޕްލް ސައިޑާ.ސިނަމަން އެންޑް ނަޓްމެގްގެ މީރުވަސް.......ކިހާ ސަޅި..........."

ޚުޝަލް ބުމަ އަރުވައިލިއެވެ.

"އެހެން ޕިކްނިކެއް ރާވަމާ...މަންމަ ގޮވައިގެން ރިޗްމޮން ޕާކަށް ދާނީ........" މަދީނާ އޭނަގެ މަންމގެ ހަރަކާތްތަކަށް ނަޒަރު ހުއްޓައިލިއެވެ. "މަންމަ ދާނަން ދޯ.....އޭރުން ކަން ނޭގޭ ދެން މަންމަގެ ސިކުނޑިވެސް ހަމަޔަކަށް އެޅޭނީ. ގުރުއާން އަޑުއަހައިގެން މަންމަ އިންނަނަމަވެސް ރަގަޅު އަސަރެއް ކުރާނެ. އެކަމަކު ގުރުއާން ޖެހީމަވެސް ނިވާލާނެ............"

ނަބީލާ އިސްތަށިގަނޑު ހާވާލައިގެން ލޯގަނޑު ކުރިމަތީގައި ހުރެފައި އެއްޗެހި ކިޔަން ފެށިއެވެ.

"އިރުއޮއްސޭއިރަށް ބޯމައްޗަށް އަރާ އިންނަން ޖެހޭތަ؟ އަނގަ ބޮއްޔެއްހެން ހަދައިގެން.......ކޮން ވައްތަރެއްތި ޖައްސަނީ؟"

"ދޮންބެ ބުނާނީ މަންމަ މެންޓަލް ކަމެކޭ. ބަޓް...ބޮޑަށް ހީވަނީ ހަމަ............."ޚުޝަލްގެ ފޯނު ރިންގްވާން ފެށުމުން އޭނަ ދާން ހިނގައިގަތެވެ. އޭނަ މަންމަގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ. ނަބީލާ ޚުޝަލްގެ ބޮލަށް އެތިފަހަރެއް ވީއްލައިލުމުން އޭނައަށްވެސް އަޑެއް ލައްވައިލެވުނެވެ.

މަދީނާ އިރުކޮޅެއްވާންދެން ކުޑަދޮރު ކައިރީގައި ބޭރަށް ބަލަން ހުއްޓެވެ. ޚަރީފުމޫސުމްގެ ރީތިކުލަތަކުން ޖަރީވި ފަތްތައް ގަސްތަކާއި ވަކިވެގެން އިސާހިތަކު ހުސް ގޮފިތަކަކަށް ވެދާނެއެވެ. ފަޅުކަމާއި އެކަނިވެރިކަން ރަމްޒުކޮށްދޭ ފަދަ މޫސުމް އަންނާން މާގިނަ ދުވަހެއްނެތެވެ. އެއަށްފަހު ސްނޯއާއި ވާރޭއިން އެ ގަސްތަކަށް އާރޯކަން ލިބި ފެހިކަން ގަދަ ނިރުތަކާއި މާމެލާމެލިން ފަރިވެދާނެއެވެ. ހަޔާތަކީވެސް އެފަދަ އެއްޗެއްކެވެ. އޭނަގެ ދިރިއުޅުމަށް އައިސްފައިވާ އެކަނިވެރިކަމާއި ފަޅުކަން ފިލާ ބަހާރު މޫސުމް އަންނާނެ ދުވަހަކަށް އިންތިޒާރުކުރެއެވެ. އެންމެ ގާތުގައި ހުރި ގަސްތަކާއި ދިމާލުން ތަރިއެއް ވިދައިލިގެން ހީވުމާއެކު އޭނައަށް ލޯ ބޮޑުކޮށްލެވުނެވެ. ބޭއިޚުތިޔާރުގައި ކުޑަދޮރު ހުޅުވުމާއެކު ގަނޑުފެނުގެ އަސަރު އެކުލެވޭ ފިނި ވައިރޯޅި އެއް އޭނަގެ މޫނުގައި ބީހިލިއެވެ.

"އުވައިސް........."މަދީނާއަށް ކިޔައިލެވުނެވެ.

ބާރު ވައިރޯޅިއަކާއެކު ދޮރު ލެއްޕުމުން އޭނައަށް ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ.

"އައި ހޭޓް ޔޫ....."ހިތާއި ދެކޮޅަށް އޭނައަށް ބުނެވުނެވެ.

***

" ފައިން....އައި ކާންޓް މާޒް...އައިމް ޓަޔާޑް..."އުރުޖުވާން ކަރުނަ ފޮހުނެވެ. ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ކޮޓަރިން ނިކުނަން ހިނގައިގަތުމުން މާިޒމް އޭނާގެ އަތުގައި ހިފިއެވެ.

" ޔޫ ކާންޓް ލީވް އަންލެސް އައި ސޭއި ސޯ އުރުޖުވާން...." މާޒިމް އެ އަތަށް ބާރަށް ފިތާލިއެވެ. މިއީ ކުރީން މާޒިމް ފަރާތުން ފެނުނު ފަދަ ކަމެއް ނޫނެވެ. އޭނަގެ ހިތަށް ބިރުވެރިކަން ވަނެވެ. މާޒިމް އޭނަ ގަޔާ ކައިރިޔަށް ދަމާލިއެވެ.އޭނަ ގެ ނޭވާ އަވަސްވެފައިވިއެވެ. ހިތުގެ ވިންދު ބާރަށް ތެޅެމުންނެވެ.

"ޑޫ ޔޫ ލަވް މީ؟" މާޒިމް ސުވާލުކުރިއެވެ. ހަރުކަށި އަޑަކުންނެވެ. އޭނަ ރުޅި އަންނަގޮތްވުމުނ ސިކުނޑި ހަމަޖައްސަން އައޫޒު ކިއެވެ. އަދި މާޒިމް އަށް ލޯ އަޅާލިއެވެ. އެ ސުވާލުގެ ޖަވާބު މާޒިމް އަށް ހަމަ ނޭނގެނީބާވައޭ ބުނާކަހަލައެވެ.

" ޓެލް މީ އުރުޖުވާން...." މާޒިމް އަނެއްކާވެސް އޭނަގެ އަތަށް ބާރަށް ފިތާލިއެވެ. އެވަގުތު އޭނާއަށް ކުޑަކޮށް އަޑެއް ލައްވާލެވުނެވެ. މާޒިމް މިހާ ހަރުކަށިކަމެއް ދުވަހަކުވެސް ނުދައްކައެވެ.

"މާޒް.....ކޭން ޔޫ ކާމް ޑައުން....ޔޫ އާ ސްކެއަރިންގ މީ...." އޭނަ ބިރުގަންނަގޮތްވިއެވެ. ލޮލުގައި ކަރުނަ ގިނަވެގަތެވެ. އޭނާއާއި ދޭތެރޭ މާޒިްމ މިގޮތަށް ކަންތައް ކުރަންވީ ސަބަބެއް އެއްވެސް ގޮތަކަށް ނޭނގިފައެވެ.

"އަހަރެންވެސް ބިރުގަނެއޭ....ދަ ނައިޓް ވެން ޔޫ ފެލް އޮފް ދަ ބްރިޖް...އިޓް ސްކެއާޑް މީ ޓު ލޫޒް ޔޫ ފޯއެވާ...އެންޑް ސިންސް ދެޓް ނައިޓް އައިމް ލިވިން ވިތް ދެޓް ފިއާ އުރޫޖް...." މާޒިމް އޭނަގެ އަތަށް ދޫ ދިންއިރު އެ އަޑު ކުރަކިވިއެވެ. ކެނާން ގެ ހިތުގައި އުރުޖުވާން އަށް ދެވިފައިވި މަގާމު އެނގުމަށް ފަހު އެ އިހުސާސް ހިތުން ފޮހެލަން އުނދަގުލެވެ. އެހަނދާންތައް ކަށިތަކެއް ފަދައިން އަބަދާއަބަދު ހިތަށް ހެރެއެވެ.

" ބަޓް ޔޫ ސޭވްޑް އަސް މާޒް....އިޓް ވާޒް ޖަސްޓް އަ ބޭޑް ޑްރީމް....ވީ ނީޑް ޓު މޫވް އޮން ފްރޮމް ދެޓް...." އޭނަ މާޒިމްގެ މޫނުގައި މަޑުމަޑުން ފިރުމައިލިއެވެ.

އެ ރެއަކީ މާޒިމް މުޅިން ބަދަލުކޮށްލި ރެއެކެވެ. މިރެލް އާއި މެދުވެސް އެހާ ފަރުވާތެރި އެވަނީ މާޒިމް ގެ ހިތުގައި އެ ބިރުވެރިކަން އޮތުމުންނެނެވެ. އެއީ ހަނދާނުން ފޮހެލަން ފަސޭހަ ކަމެއް ނޫނެވެ.

" އައި ކާންޓް އުރޫޖް....އައި ހޭވް ޓްރައިޑް ޓު...ބަޓް ދަ ވޭއި ހީ ލުކްޑް އެޓް ޔޫ...ދަ ވޭއި ހީ ޖަމްޕްޑް އައުޓް ދެއާ ޓު ސޭވް ޔޫ....އިޓް ސްޓިންގސް މައި ހާޓް އުރޫޖް....އައި ކާންޓް...." މާޒިމްގެ އަތުތެރެއަށް މޫނުލިއެވެ.

އުރުޖުވާން ހުރީ އެ ބުނި އެއްޗެއް ނޭގިފައެވެ.

"ވަޓް ޑޫ ޔޫ މީން....މާޒް..." އޭނައަކަށް ނުވިސްނުނެވެ.

" އާ ޔޫ ރިއަލީ ބްލައިންޑް.....ކެނާން...ހީ ލަވްސް ޔޫ..." މާޒިމް ލޯ ބޮޑުކޮށްލިއެވެ. އޭނާގެ ލޮލުން އަލިފާން ކަނި ބުރައިގެން ދިޔަހެން ހީވިއެވެ. އުރުޖުވާން މުޅިން ގަނޑުވިއެވެ. ހަމަޖެހުމުން ހޭންވެސް ހިތަށް އެރިއެވެ. މާޒިމް މޮޔަވީބާވައޭވެސް ހިތަށް އެރިއެވެ.

" ޔޫ އާ ނޮޓް ތިންކިންގް ރައިޓް މާޒް...ކެނާން...ހީ އިޒް ލައިކް މައި ބްރަދާ....ނުވާނެ އެހެންނެއް...މާޒް އަށް އޮޅުނީ ކަމަށްވާނީ...." އުރުޖުވާންގެ ހިތް ބާރަށް ތެޅުނެވެ.

" ޔޫ ކޭން އާސްކް ހިމް...." މާޒިމް ލޯ ހަނިކޮށްލިއެވެ. އޭނަ ބޯ ހޫރާލީ އެވާހަކަ ގަބޫލުނުކުރެވިފައެވެ. އަނެއްކާ މާޒިމް ކަންތައްތަކާއިމެދު މާ ބޮޑަށް ޝައްކު ކުރަނީ ހެއްޔެވެ؟

" އެރޭ....ރިމެމްބާ ހައު ވީ ފޯޓް ގޭ ކުރިމަތީގަ....ކެނާން ސެޑް އަ ލޮޓް....ހީ ވޯންޓެޑް ޓު ބިޑް ޔޫ ފެއާވެލް ސޯ ހީ ކޭން ގޯ އޭޒް ފާ ފްރޮމް ހިޒް ފީލިނގްސް ފޯ ޔޫ.....އުރޫޖް ގެ ކޮންމެ ކަމެއް ބޭނުންވާއިރު ކެނާން އިޒް ދެއާ...އެއްވެސް ފަސްޖެހުމެއް ނެތި، އެއވެސް ޝަކުވާއެއް ނެތި.....ހީ ހޭޒް ބިން ދެއާ ސިންސް ދަ ބިގިނިންގް...." މާޒިމް ހުރިހާ ވާހަކަ އެއް ކިޔައިދެމުންދިޔަ އިރު އުރުޖުވާން ގެ ސިކުނޑިއަށް އެ މަންޒަރު ފެންނަމުން ދިޔައެވެ.އޭނާގެ އަމިއްލަ ނަފްސުވެސް އެކަމާއި އިންކާރުކުރަން އުނދަގޫ ކުރުވިއެވެ. ހަގީގަތުގައި ކެނާންގެ އެހުރިހާ ހެޔޮއެދުމާއި އެހީތެރިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ އެހެން ޝުއޫރުތަކެއްހެއްޔެވެ؟ އޭނަ ބޭބެއެއްގެ ގޮތުގައި ދެކުނަސް ކެނާންގެ ހިތުގައިވަނީ އިޝްގީ ލޯބިހެއްޔެވެ؟ އެކަމަކު އަމިއްލަ ފަހަރިދެކެ އެގޮތަށް ލޯބިވުމަކީ ކުށެއް ނޫންހެއްޔެވެ؟ އޭނަގެ ހިތުގައި މަސްހުނި އިހުސާސްތަކެއް އުފެދެން ފެށިއެވެ. ބިރުވެރިކަމާއި ހިތާމައިގެ ހިޔަނި އޭނަގެ ހިތް ވަށައިލިއެވެ. ހިތް ނުތަނަވަސްވިއެވެ. މާޒިމްގެ ނަފްރަތާއި މިޒާޖަށް އައިސްފައިވާ ބޮޑު ބަދަލުގެ ސިއްރަކީ މިއީއެވެ.

***

އާދަމްގެ މުއްސަނދިކަމުގެ ނިޝާންތައް އޭނާގެ ހެދުމުންނާއި ގަހަނާތަކުން ފެންނަން ހުއްޓެވެ. އޭނާގެ އަތުގައިވާ ރަން އަނގޮޓިތަކާއި، ކަރުގައިވާ ރިހީގެ ޗޭނާއި، އަދި ޖީބުގައިވާ ރަން ގަޑިން ދައްކުވައިދެނީ ފަޚުރުވެރިކަމެވެ. ނަމަވެސް އޭނާގެ އެންމެ ބޮޑު މުއްސަނދިކަމަކީ އޭނާގެ ސިހުރުވެރިކަމެވެ. އެ ބާރުގެ ސަބަބުން އޭނާ ބޭނުންވާ ކޮންމެ ކަމެއް ހާސިލްކުރެވޭފަދައެވެ.

އާދަމް ހިނގަމުންދިޔައީވެސް އެހާ ބޮޑާކަމާއެކު، ފަޚުރުވެރި ހިނގުމެއްގައެވެ. އޭނާގެ ކޮންމެ ފިޔަވަޅެއްގައިވެސް އިތުބާރާއި ބާރުވެރިކަން ފެންނަން ހުއްޓެވެ. އޭނާގެ ބޮލާއި ކަނދުރާ އުފުލާލައިގެން ދެ އަތް ފަހަތަށްލައިގެން ހުރިއިރު އަތުގައި އަސާއެއް އޮތެވެ. އޭނަ އެ އަސާ ބިންމަތީގައި މަޑުމަޑުން ޖައްސަމުން ކުރިއަށް ދިޔައެވެ. އޭނާގެ މި ހިނގުމުގެ ސަބަބުން މަގުމަތީގައި ތިބި އެހެން މީހުންގެ ސަމާލުކަން އޭނާއަށް ލިބެމުންދިޔައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު