ލިބުނު ފުލެޓެއް ނާތުލާނަން، ރޯދައިގެ ކުރިން ލިސްޓު ނެރެވޭނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: އެމަނިކްފާނު ވަނީ ބަޔަކަށް ލިބިފައޮ އޮތް ފްލެޓެއް އަތުލުމުގެ ވިސްނުމެއްނެތް ކަމަށް ވިދާލުވެފައި -- ފޮޓޯ/ ރައީސް އޮފީސް

ބަޔަކަށް ލިބިފައި އޮތް ފުލެޓެއް އަތުލުމުގެ ވިސްނުންފުޅެއް ނެތް ކަމަށާއި ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު، ރޯދަ މަހުގެ ކުރިން އިއުލާނު ކުރެވޭނެކަމުގެ ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ ސްކީމްގެ ދަށުން ފުލެޓު ލިބޭ މީހުންގެ ލިސްޓު ކުރިން އާންމުކުރި ނަމަވެސް، އެ ލިސްޓުގައި ބޮޑެތި ގޯސްތަކެއް އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރިން އެކަން ހުއްޓުވިއެވެ. އެހެންވެ، މި ސަރުކާރުން ވަނީ އެ ލިސްޓު ރީ-އިވޭލުއޭޓްކުރަން ނިންމައިފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ބަޔަކަށް ލިބިފައި އޮތް ފުލެޓެއް އަތުލުމުގެ ވިސްނުންފުޅެއް ނެތް ކަމަށާއި ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު، ރޯދަ މަހުގެ ކުރިން އިޢުލާން ކުރެވޭނެ ކަމުގެ ބޮޑު ޔަޤީންކަމެއް އެބަ އޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓު ހަވާލުކުރުން ލަސްވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ފުލެޓުތަކާ ގުޅޭ މައްސަލަ ބެލުމަށް ފަހު، އެންގި އެންގުމާ ގުޅިގެންނެވެ. އެ ކޮމިޝަނުން ނިންމީ މިދިޔަ ސަރުކާރުން ފުލެޓުތައް ދޫކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.

އޭސީސީގެ ތަހުގީގަށް ފަހު ހައުސިން މިނިސްޓްރީން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް އުފައްދާފައިވާ ކޮމިޓީއަކުން އަންނަނީ ފޯމުތައް ރީއިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ގެދޮރުވެރިޔާ ސްކީމުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި 15،000 އަށްވުރެ ގިނަ މީހުންނަށް ފުލެޓު ދިނުމަށް އެމްޑީޕީ ސަރުކާރުން އޮތީ ނިންމައިފައެވެ.

comment ކޮމެންޓް