"ފަހި ވިސްނުން، ކެތްތެރިކަން. ހަމްދަރުދީ، އުއްމީދު، އަމިއްލަ ނަފުސަށް އިތުބާރުކުރުން އަދި ލޯބިން ތިބާގެ ސިކުނޑި ފުރައިލާށެވެ."
***
" މިރެލް އަށް ކޯޗެއް ފެނުނީ؟..." ޚުޝަލް ކަންބޮޑުވިއެވެ.
"ކޮކާލެއް ކަންނޭނެގެ....އާނ އަ ބަޓަފްލައި.....ސޯ ބްލޫ....މިރެލްގެ ލޮލުގެ ކުލަހެން........." މެހެކް ވެސް ހައިރާންވިއެވެ. އެ ކޮކާ މިރެލްގެ ވަށައިގެން އުދުހެމުން ދިޔައެވެ. މިރެލް ގެ ލޯ ވިދައިލިއިރު ހީވީ ލޮލުން އަލި ގުޅައެއް ދިއްލުނު ހެންނެވެ. މިރެލް ގެ ހިތުގެ ތެޅުންވެސް ބާރުވިއެވެ. ހުޝަލް އަށް އެކަން އިހުސާސްވިއެވެ. އޭނަ އަވަހަށް ގޮސް މިރެލް އުރައިލިއެވެ.
" އުވެއިސް...." މިރެލް ކިޔައިލީ މަޑުންނެވެ. މެހެކް އާއި ހުޝަލް އަށް ސާފެއްނުވިއެވެ.
" އައި ވޮންޓު ބީ ލައިކް ދެޓް...." މިރެލް ގެ އެ ޖުމްލައިން ހުޝަލް އާއި މެހެކް އަށް ވަރަށް އަސަރުކުރިއެވެ. މިރެލް ވެސް ބޭނުންވަނީ މިނިވަން ކަމެވެ. ދޫނިތައް ފަދައިންނެވެ. އަމިއްލަ މިނިވަންކަމުގައި އުދުހިލާ އުޅުމަށެވެ. މިރެލްގެ ސަބަބުން އެ ބަގީޗާ ތެރެއަށްވެސް އާ ދިރުމެއް ގެނެސްދިނެވެ. އުފާވެރި ހުނުމާއި ހަޅޭއްލެވުމާއި އެހެން ހަރަކާތްތަކުންވެސް ބަލާ މީހެއްގެ ހިތް ފުރިދެއެވެ.
" މާޝާﷲ....އަހަރެމެންގެ ދަރިފުޅުވެސް ދުނިޔޭގައި ހުރިނަމަ. ދެކުދިން އެކީގައި ކުޅެން އުޅޭނެ ދޯ......." މެހެކް ގެ އެސްފިޔަ ތެމުނެވެ. އޭނާއަށް ހަނދާންކުރެވުނީ ވަކިވެ ދިޔަ ދަރިފުޅެވެ. ހުޝަލް މެހެކް ގާތް ކޮށްލަމުން ނިތުގައި ބޮސް ދިނެވެ.
" އިންޝާﷲ ހަމަ ހެވަކަށް...ވީ އާ ޓްރައިންގ އެއްނު....ﷲ ނޯސް ދެޓް، ހީ ވިލް ގިވް އަސް...ވީ ވިލް ހޯޕް އެނޑް ހޭވް ޓްރަސްޓް އިން ހިމް....މިރެލް ހުރުމަކީވެސް ކިހާ ބޮޑު ނިއުމަތެއް...." ހުޝަލް ގެ ހިތަށް އުދަގޫވިޔަސް އުއްމީދުން ފުރިގެންވާ ގޮތަކަށް ވާހަކަދެއްކިއެވެ.
މިރެލް ޖޭޒްމިން ގަހުން މާ ބިންނާން ފެށިއެވެ. މާ ތައް ލަމުން ދިޔައީ ސްވެޓަރުގެ ޖީބަށެވެ. އެ މަންޒަރު ދެކެން ތަންކޮޅެއް ދުރުގައި ހުރި މަދީނާގެ ހިތް ނުތަނަވަސްވިއެވެ. އޭރުވެސް އޭނަގެ މަންމަ ކައިރީގައި ހުރެ ބޮޑާ ހާކަމުން ދިޔައެވެ. މިރެލް ގެ ބުދު ބޭނުންވެގެންނެވެ.
"ދެން މަންމާ....މިރެލް ގެ އެއްޗެކޭ އެއީ....މާޒް މިތަނަށް އައިސްދާނެ...ޕިކްނިކް މުޅިން ކެންސަލް ވެދާނެ...." މަދީނާ މަންމައަށް ވިސްނައިދޭން މަސައްކަތްކުރަންވެގެން ބުނެލިއެވެ. އެލަފުޒުތައް މާޒިމް އިވޭނެ ކަމަށް އޭނަ ހިޔެއް ނުކުރެއެވެ..
" ޔާ...ޔޫ އާ ރައިޓް....މަށަކީ ހުރިހާ ނުބަޔަކީ..." މާޒިމް ގެ ބަރު އަޑު އިވުމުން އޭނަ ސިހުނެވެ. ނަބީލާވެސް ވަގުތުން ހުއްޓުން އެރިއެވެ.
"ދޮންބެ...އެހެންނެއް ނޫނޭ...މަންމަ..." އޭނަ ވާހަކަ އަޑުހަން މާޒިމް މަޑެއް ނުކުރިއެވެ. އެ ދިޔަ ބާރުމިނުގައި މިސްރާބު ޖެހީ މިރެލް މެން ތިބި ދިމާއަށެވެ. ނާޝިދު ފަހަތުން ދާން ހެދުމުން އަހްމަދު އޭނަ ހުއްޓުވިއެވެ.
"އެއްޗެކޭ ނުބުނުން ބުއްދިވެރިވާނީ..." އަހްމަދު މަސްލަހަތަށް ވިސްނިއެވެ. އާއިލާ ތެރޭގައި ހަމަނުޖެހުމެއް އޮތް ކަމަށް މިރެލް އަށް ދެކުމަކީ އެކުއްޖާ އަށްވެސް ދެވޭ އަނިޔާއެކެވެ. މާޒިމް އައިގޮތަށް މިރެލް އުރައިލުމުން އެކުއްޖާވެސް ސިހުނެވެ.
"ޑޭޑް....އައިމް ސޯ ހެޕީ..." މިރެލްގެ އަޑުގައިވީ އުފާވެރިކަމާއި ޖޯޝެވެ. އެތުއްތު ދެއަތުން މާޒިމްގެ ކަރުގައި ބައްދާލިއެވެ. ދަރިފުޅުގެ އެ އުފާވެރިކަން ތަފާތެވެ. އޭނަ އަށް ވެސް އެނގެއެވެ. އެކަމަކު އައިސްފައި ހުރި ރުޅީގެ ސަބަބުން ސިކުންތަކަށް ވެސް މިރެލް ބޭރުގައި ބަހައްޓަން ބޭނުމެއްނުވިއެވެ. ހުޝަލް އަށް މާޒިމްގެ ލޮލުގައިވި ޝުއޫރުތައް ކިޔައިލެވުނެވެ.
"އިޓްސް ޓައިމް ޓު ގޯ..." މާޒިމް ބުނެލިއެވެ. މިރެލްގެ ހިނިތުންވުން ފޭދުނެވެ. އުފާވެރިކަން މުޅީން ގެއްލުނެވެ. އެކުއްޖާ ވަގުތުން ގަދަ ހަދަން ފެށީ މާިޒމްގެ އުރުން ފޭބުމަށެވެ. ޚުޝަލް އަށް އެ މަނޒަރު ބަލަން ނުހުރެވުނެވެ.
" މާޒް....ސްޓޮޕް ޑުއިންގް ދެޓް...ލެޓް ހާ ބި ހެޕީ ފޯ ވަންސް..." ހުޝަލް ވިސްނައިދޭން މަސައްކަތްކުރިއެވެ.
" ޔޫ.....ޔު ޑޯންޓް ނީޑް ޓު ޓެލް މީ ހައު އައި ޝުޑް ރެއިޒް މައި ޗައިލްޑް..." މާޒިްމ ޝަހާދަތް އިނގިލި ދިއްކުރިއިރު އެމޫނަށް ރުޅީގެ ރަތްކުލަ ވެރިވިއެވެ. މިރެލް ފާޑަކަށް ބަލަން ހުރެފައި މާޒިމް ގެ މޫނު މަތީގައި ޖެހިއެވެ. އެއީ މިރެލް ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ. މާޒިމް އަށް ހުއްޓުން އަރައިފައި ހުރެވުނެވެ. އޭނާގެ ހިތަށް އެ އެރި ތަދު ބުނެދޭންވެސް ނޭނގެއެވެ.
"އައި ޑޯންޓް ވޯންޓް ޔޫ...." މިރެލް ބާރަށް ރޮއެގަތެވެ. މެހެކް ހާސްވިއެވެ. އޭނައަށް ހުޝާލްގެ އަތުގައި ހިފަހައްޓާ ބާރުކޮށްލެވުނެވެ. އޭނާ އަތުން ގޯހެއް ހަދާފާނެތިއެވެ. ކެނާން ވެސް އެ މަންޒަރު ބަލަން ހުރެފައި މާޒިމްގެ ފަހަތުން ދާން އުޅުނެވެ. ލޭލާ އޭނާގެ ވީލްޗެއާ ހިފެހެއްޓިއެވެ.
"ނޮޓް އެ ގުޑް ޓައިމް ކެން..." ލޭލާ ބުނެލިއެވެ. ލޭލާގެ ހަރަކާތުން ހިތްހަމަނުޖެހުނަސް އެ ބުނީ ރަނގަޅު ވާހަކއެއްކަން އޭނާއަށް ވެސް ގަބޫލުކުރެވުނެވެ. މިރެލް އެ ރުއިމުން އެންމެނަށް އަސަރުކުރުވިއެވެ. އެ އަޑު އަހަން އެކެއްގެ ހިތަކަށްވެސް ފަސޭހައެއް ނޫނެވެ. މިރެލް އަތުން އޭނާގެ ބުދުވެސް ދޫވިއެވެ. އެ ބުދު ވެއްޓުނު ތަން ފެނި ނަބީލާ ހިނިގަނޑެއް ޖަހާލިއެވެ.
" އަވަހަށް ދޭ ހަޑި ކުއްޖާ ގަނޑު....." ނަބީލާ ހަމަ ޖެހުމުގެ ނޭވާ އެއް ދޫކޮށްލިއެވެ.
އުރުޖުވާން ކޭކު ހިފައިގެން ބޭރަށް ނިކުތްއިރު އުފާވެރި މަންޒަރު ބަދަލުވެއްޖެއެވެ. މާޒިމް ހުއްޓުވުމަށް ކުރިމައްޗަށް އެރުމުން އޭނަ އެއްކައިރިޔަކަށް ޖައްސާލަމުން ގެއަށް ވަދެ ދޮރު ލެއްޕިއެވެ.
" ޔޫ އާ ހާޓިނގް ހާ މާޒް....ދޮރު ހުޅުވަބަލަ...." އުރުޖުވާން ފަހަތުން ދިޔައެވެ. މާޒިމް ދޮރު ތަޅުލުމުން އުރުޖުވާން ކޮޓަރީ ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެދުމުން ދިނި ބީރު ކަންފަތެކެވެ. މިރެލްގެ ރުއިމުގެ އަޑު އަދިވެސް ގަދަ ވަމުން ދިޔައެވެ. މިރެލް އެވަރަށް ރޮއިގެން ހިތް ހުއްޓިދާނެތީވެސް އުރުޖުވާން ބިރުގަތެވެ.
"މާޒް ތިހެން ނަހަދަބަލަ...ޕްލީޒް...." އުރުޖުވާން އަށް ރޮވުނެވެ. މިނިޓްތަކެއް ފަހުން މާޒިމް ދޮރު ހުޅުވާލިއެވެ. އަދިވެސް އޭނާގެ މޫނު ވީ ރުޅިން ރަތްވެފައެވެ. މިރެލް ރޮމުންގޮސް ގިސްލެވެންފެށިއެވެ.
"ދިސް އިޒް އޯލް ޔޯ ފޯލްޓް އުރޫޖް...." މާޒިމް ހުރިހާ އިލްޒާމެއް އެޅުވީ އޭނަ އަށެވެ.އޭނަ އެ ވާހަކައަކަށް ސަމާލުކަމެއް ނުދީ މިރެލް އުރާލާފައި ބައްދާލިއެވެ. އަދި ފެންފޮދެއް ދޭން އުޅުނެވެ. ގިސްލެވޭވަރުން ފެން ބޯން ވެސް އުނދަގޫ ވިއެވެ. ކޮޓަރީގެ ކުޑަ ދޮރާއި ދިމާލަށް އިޝާރަތް ކުރަމުން ދިޔަގޮތުން އުރުޖުވާން އަށް ގަދަޔަށް ރޮވުނެވެ. މާޒިމް ކުޑަދޮރުގެ ފަރުދާތައް ދަމާލިއެވެ.
"މަންމި....ޑޮންޓް ކްރައި...ވަން ޑޭއި ވީ ވިލް ބީ ހެޕީ...." މިރެލް ގެ ވިސްނުން ތޫނުފިލިއެވެ. މާޒިމް އެނދުގައި ޖައްސައިލިގޮތަށް ލޯ މަރާލައިގެން އޮތްއިރު އެ ސިކުނޑީގައި އެނބުރޭކަމެއް ދެނެގަންނަން އުދަގުލެވެ. މިރެލްއަށް ރޮވުނުވަރުން ވަރުބަލިވެގެން ގޮސް ނިދުނެވެ. ނިދީގައިވެސް ގިސްލަމުން ދިޔައެވެ. އުރުޖުވާން ހުރީ މާޒިމް އާއި ދިމާއަށް ބަލާލަންވެސް ބޭނުން ނުވެފައެވެ. އެ ދުވަހުގެ އުފާވެރިކަން މާޒިމް ނަގާލިއެވެ.
"އައި ވިލް ޕުޓް ހާ ޓު ބެޑް..." މާޒިމް ބުނެލިއެވެ. އުރުޖުވާން އަޑު އިވުނުކަމަށް ނެހެދިއެވެ.
" އުރޫޖް އަކަށް އަޑެއްނީވޭތަ؟" މާިޒމް ގެ ރުޅި އަދިވެސް ފިނިވާގޮތެއް ނުވެއެވެ. މިހާ ވަރަށް މިރެލް ރުއިމުންވެސް އެހިތަށް އަސަރުނުކުރަނީ ހެއްޔެވެ؟ އެއްޗެއް ހަމަ ނުވިސްނެނީހެއްޔެވެ؟ މިރެލް އެހާ ވަރުބަލިވެފައި އޮތުމުން ނިދާއިރު ކިޔާ ދުޢާތައް ނުކިޔާ ނިދުމުން އުރުޖުވާން މަޑުމަޑުން ދުޢާކިޔަން ފެށިއެވެ.
" ސްޓޮޕް އިޓް އުރުޖުވާން........." މާޒިމް އަށް އެކަންވެސް ވީ އުނދަގުލަކަށެވެ.
" ވަޓްސް ރޮންގް ވިތް ޔޫ މާޒިމް؟އާ ޔޫ ނޮޓް ސެޓިސްފައިޑް ޔެޓް؟" އުރުޖުވާން ވެސް އަޑު ހަރުވިއެވެ.
" ތި ކިޔަވާހާ އެއްޗެއްގެ ކޮބާ ބޭނުމަކީ؟ ގަސްތުގައި ކުއްޖާ އަށް ދެރަ ދީފަ ތިކިޔާހާ ދުޢާ އަކުގެ ބޭނުމަކީ ކޮބާ؟ސްޓޮޕް ދިސް މޭޑްނެސް...އެހެރީ މަންމަ އަށް ކޮށްލާފަހުރި ވަރު...އަހރުމެން ލައިފް ގަ މިހުރިހާ ކަމެއް މިދިމާވީ ތި ހެދި ރުޤްޔާ އަކުން....ދިސް އިޒް ސޯ ސަފަކޭޓިންގް...." މާޒިމް އޭނާގެ ޓައި ނަގާ އެއްލާލިއެވެ.
" ޑޫ ޔު ނޮޓް ހިއާ ޔޯސެލްފް މާޒް.....އަހަރެން މިއީ މިރެލް ގެ މަންމަ އޭ...ދީނުގަވެސް..." އުރުޖުވާންގެ ޖުމްލަ މެދުކެނޑީ މާޒިމް ޖަހާލި ހިނިގަނޑަކުންނެވެވެ.
" ދީން...ޑަޒް ދީން އެލޯ ޔޫ ޓު އޮޕޯސް ޔޯ ހަސްބެންޑް؟" މާޒިމް އުރުޖުވާން އަތުތެރެއިން މިރެލް ނެގިއެވެ.
" ފައިން....އައި ކާންޓް މާޒް...އައިމް ޓަޔާޑް..."އުރުޖުވާން ކަރުނަ ފޮހުނެވެ. ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ކޮޓަރިން ނިކުނަން ހިނގައިގަތުމުން މާިޒމް އޭނާގެ އަތުގައި ހިފިއެވެ.
" ޔޫ ކާންޓް ލީވް އަންލެސް އައި ސޭއި ސޯ އުރުޖުވާން...." މާޒިމް އެ އަތަށް ބާރަށް ފިތާލިއެވެ. މިއީ ކުރީން މާޒިމް ފަރާތުން ފެނުނު ފަދަ ކަމެއް ނޫނެވެ. އޭނަގެ ހިތަށް ބިރުވެރިކަން ވަނެވެ.
***
" މިރޭ...އަންނާނެ...." ނަބީލާ ހުރީ އުފަލުން ފޮޅިފައެވެ. އޭނާ ގެއަށް ވަނީ މިރެލްގެ ބުދު މޭގައި ޖައްސާ ބާރުކޮށްލައިގެން ހުރެއެވެ.
"ކާކު؟" މަދީނާގެ އަތުން ހީބިހި ނެގިއެވެ. އޭނަގެ މަންމަ އަނގަމަތީ އަތް އަޅަމުން ތުއިގޮތަކަށް ހީގަތެވެ.
ނުނިމޭ