އާސަންދައިން ބޭސް ލިބުން ދަތިވާނަމަ ރިޕޯޓުކުރަން އެދެފި

ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް: އާސަންދައިން ބޭސް ލިބުން ދަތިވާނަމަ ރިޕޯޓުކުރަން ވަނީ އެދިފައި -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

އާސަންދައިން ބޭސް ލިބުން ދަތިވާނަމަ އެކަން ރިޕޯޓުކުރަން އެ ކުންފުނިން މިއަދު އެދެފިއެވެ.

ADK GENERAl

އާސަންދައިން ބުނީ، ބޭސް ގަންނަން ދިއުމުން އަމިއްލަ އަތުން ފައިސާ ދައްކަން ޖެހޭނަމަ ނުވަތަ ބޭހެއް އާސަންދައިން ލިބެން ނެތް ނަމަ ވައިބާ މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

ޝަކުވާ ހުށަހަޅަން ޖެހޭނީ 7591400 އަށެވެ. ޝަކުވާ ހުށަހަޅާއިރު ބޭހުގެ ނަމާއި ބޭސް ސިޓީ އަދި ރަސީދު ވެސް ފޮނުވަން އާސަންދައިން ވަނީ އެދިފައެވެ.

އާސަންދައިން ބޭހަށް ދޫކުރާ އަގު ކުޑަކުރުމާ އެކު ބައެއް ބޭސްތައް ދޫކުރުން ހުއްޓުނެވެ. އަދި، ބައެއް ބޭސްތައް އާސަންދައިގެ ތެރެއިން ނުލިބޭކަމުގެ ކަންބޮޑުވުން ބޮޑުވިއެވެ.

ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމުކަމުގައިވާ އާސަންދައިން ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޭހަށެވެ. އެހެންކަމުން ބޭހަށް ކުރާ ޚަރަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އާސަންދައަށް މަޖިލީހުން ފާސްކުރާ ބަޖެޓަށް ވުރެ ބޮޑު ހޭދައެއް ކޮންމެ އަހަރަކު އާސަންދައަށް ކުރަންޖެހި އެ ނިޒާމުވަނީ ދައުލަތަށް ބޮޑު ބުރައަކަށް ވެފައެވެ.

އެހެންވެ، އާސަންދައިން ވަނީ އަގު ބޮޑުކޮށްގެން ވިއްކާ 250 ބޭހަކަށް އާސަންދައިން ދޫކުރާ އަދަދު ކޮންޓްރޯލްކޮށްފައެވެ.

Redstar
comment ކޮމެންޓް

comment ބާސަންދަ

3 month 3 week ago

އައިޖީއެމްއެޗުން ދޭސް ބޭސް ސިޓީއެއްގައި 10 ބޭސް އިނިއްޔާ 7 ބޭސް އެސްޓީއޯ ފިހާރަތަކުން ނުލިބޭ، ބޭރުތެރެއިން ދެން ގަންނަން ޖެހެނީ އަތުން ފައިސާ ދީގެން، މި އޮތީ ރިޕޯޓް ކުރެވިފައި، ދެން ހަދާގޮތެއް ހަދާބަލަ

comment ދޮންއަލީ

3 month 3 week ago

މިހާރު ވަރައް ހެއްވާ ގޮތެއް ހަދާނީ އިންސުއަރެންސް ކަވަރު ނުކުރާ އާސަންދަ ލިބޭ ހިދުމަތް ޖެހެނީ ގަންނަން. އިންސުއަރެންސް ނެގީމަ އިންސުއަރެންސް ނުނަގާ މީހާއަށް ވުރެ ހާލުބޮޑު 🤐🫡

comment ނެގިވަރު

3 month 3 week ago

ކުރިންމާލީބަގާވަތެއްކިޔާފަ ބެންކުހުސްކޮއްލަނީ މިފަރުބޭސްބަގާތެއްކަމައްބުނޭ އެސްޓިއޯގަނެތްނަގާނެލާރިޔެއް