މޫސުން ގޯސްވާނެތީ ދިގުދެންމި އޮރެންޖު ސަމާލު، ރީނދޫ ސަމާލަށް ދަށްކޮށްފި

ސެޓެލައިޓް ފޮޓޯ: 4 ޖެނުއަރީ 2024: މޫސުން ގޯސްވެފައިވަނީ، ކޮޅިގަނޑެއް ރާއްޖެ މަތީ އޮތުމުން --

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ނެރުނު އޮރެންޖު ސަމާލު ރީނދޫ ސަމާލަށް ދަށްކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 23:00 އިން ފަތިހު 04:00 އަށެވެ. އެއީ ނ. އަތޮޅުން ލ. އަތޮޅާ ހަމައަށެވެ.

އެ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފައެެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

މެޓުން މައުލޫމާތު ދޭ ގޮތުގައި މިހާރު ކޮޅިގަނޑު އޮތީ ރާއްޖެ މަތީގައެވެ. އެެހެންކަމުން ކުރިއަށް އޮތް 24 ގަޑިއިރު މޫސުން އޮންނާނީ މެދުރާއްޖެތެރެއާއި އުތުރަށް ގޯސްކޮށް ކަމަށް ބުންޏެވެ.

އަދި އާންމު ހާލަތަކަށް މޫސުން އަންނާނީ އާދީއްތަ ދުވަހުން ފެށިގެންކަމަށް ބުންޏެވެ.

comment ކޮމެންޓް