"ސާލިހު ދަރިންގެ ހެޔޮ ދުޢާއިން މައިންބަފައިންގެ ކަށްވަޅު އަލިވެއެވެ."

***

ނައީމް ބެ މެން ވެސް މާދަން ދޯ ފުރާން ހަމަޖެހިފަ އޮތީ....އަޅުގަނޑު ވަނީ ޓިކެޓް ވެސް ނަގާފަ....ނަސިބެއްނު އަލްވަދާއު ކިޔާލަން ވަގުތުކޮޅެއްވެސް ލިބޭނެތާ..." މުރުތަސިމް ބުނެލިއެވެ. އޭނަ ނައީމުގެ މޫނުގެ ކުލަވަރު ކިޔައިލިއެވެ. ނައީމް ހީކުރީ އޭނާވެސް މި ދަތުރުގައި ބައިވެރިވަނީ ކަމުގައެވެ. ނައީމު ހައިރާންވުމާއެކު އަނެއް ސިކުންތުކޮޅުގައި ރުޅިވެރި ބެލުމެއް އަހެދް އަށް ދިނެވެ. އޭނަ ގެ ގަޔަށް ވަނީ ބިރުވެރި ފިނި ކަމެކެވެ. އަތް ތުރުތުރުލިއެވެ. މުރުތަސިމް އަށް އެ އަތުގެ ފިނިކަމާއި ތުރުތުރު އިހުސާސް ވުމުން އެ އަތުގައި ބާރަށް ހިފާލިއެވެ.

" އާނ ދޯ....ނައީމު މެން އަންނަންވާނެ އަހަރުމެންގެ އުމްރާ ދަތުރު ނިމުމުން އަދި ...." ޒަހްރާ އަދީނާގެ ބުރަކަށީގައި ފިރުމައިލިއެވެ. އަހެދް ފެން ބޯން ފަށާފައި ކޮށި އެރިއެވެ.

"އޯލް އޯކޭ ބޭބް؟" މުރުތަސިމް ބުނެލި ގޮތުން އަހެދް އިތުރަށް ލޯ ބޮޑުވެފައި ހުއްޓުން އެރިއެވެ. ކެއްސުންގަނޑުވެސް ގަދަވާންފެށިއެވެ. މުރުތަސިމް ވަރަށް ފަރުވާތެރިކަމާއެކު ބުރަކަށީ މަޑުން ޖަހާލިއެވެ. އަދި ފެން ފޮދެއް ބުއިމަށް ބުނެލިއެވެ.

" ދަރިފުޅާ މިހާރު ފަސޭހަތަ؟...." ޒަހްރާ އަހާލިއެވެ.

" އެހެންވެ އޭ އަހަރުމެން ކާ ގަޑިގަ ވާހަކަ ނުދައްކަނީ...ކާން ވާނީ ނުލާހިކު ހަމަޖެހިލައިގެން....ޒަހްރާ ބަލަ ރޯދައީތަ؟އަނހަ ދަނީން ވެސް މިހިރީ ތަށިބަރި ހާވަން....އެއްވެސް އެއްޗެއް ނުކައި....." ސަކީނާ ދަނީން ޚިޔާލަކަށް ގެއްލިފައި އިންދާ ބަލައިލިއެވެ.

" އާނ ބަނޑުފުރިއްޖެ...." ދަނީން އަލްބާންއަށް ލޯ އަޅައިލިއެވެ. ނައީމު ލޮލުގެ އިޝާރާތުން އަހެދް އެއް ކައިރިޔަކަށް ޖެހިލަން އެދުނެވެ. އޭނާ އަވަހަށް ކައި ނިންމާލައި ތެދުވުނެވެ. އެހެން މީހަކަށްވެސް މަޑުކުރުމެއް ނެތެވެ.

"ޔޫ ކާންޓް ގޯ އަންލެސް އައި ސޭ ސޯ....." އަހެދް ގެ ކަންފަތް ކައިރީ މުރުތަސިމް ބުނެލީ ސިއްރުންނެވެ.

" ޕިސް ޕިސް....މިއޮތްފަދަ މަޖިލިހުގައިވެސް ސިމް އަށް ބަލާބަލަ....ސިއްރުން ކޮންހާ ވާހަކައެއް ތި ދައްކަނީ.....މަގޭ ވާހަކަ ދޯ...." ސަކީނާ ލޯ ހަނިކޮށްލިއެވެ. މުރުތަސިމް ހިނިގަނޑެއް ޖަހާލިއެވެ.

"އާން...އެ ތެދެއް އަވަހަށް ބުނޭ...." އަލްބާން އަށް މަޖާވިއެވެ. އިތުރަށް ސަކީނާ ގެ ފޯރި ގަދަކޮށްލައި އޭނާ އާއި އެއްބައިވެލީއެވެ.

" ބުނަންވީ؟...." މުރުތަސިމް އަހާލީ އަހެދް ގާތުންނެވެ. އޭނާ ހުރީ މަޖާ މޫޑެއްގައެވެ. ކުދި ޖެއްސުން ކޮށްލަނީ އަހެދް ގެ ހިތް ތަޅުވާލުމަށެވެ. އަހެދް ބޯ ހޫރާލާފައި ލޯ އަޅާލިއެވެ.

"އައި ސެޑް.....އައި ލަވް...." މުރުތަސިމް އަށް ޖުމްލަ ފުރިހަމަ ނުވަނީސް އަހެދް އޭނާގެ އަނގަމަތީ އަތް އެޅިއެވެ. އޭރު އޭނަ ގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

"ދެން ތި އާވާހަކައެއް؟....ހޫން...ފޮނި ގަނޑު..." ސަކީނާ ތުން އަނބުރާލީ އެއީ އޭނާ އަހަން ބޭނުންވި ވާހަކަ އެއް ނޫން ކަމަށް ހަދަމުންނެވެ. މުރުތަސިމް ގެ އަނގަމަތީނ އަތް ނެގި އަހެދް އިނީ ނިތުން ދާ ހިއްލާލާފައެވެ. މުރުތަސިމްގެ އެ ސިފަތައް އޭނާ އަށް މި ފެނުނީ އަލަށެވެ. އަބަދުވެސް ސިރިޔަސް ފިނި މިޒާޖެއްގައި ހުންނަ މީހެއްގެ ފަރާތުން މިފަދަ ލާނެތް ކަމެއް ފެނިދާނެއޭވެސް ހީނުކުރެވެއެވެ.

" ޝީ އިޒް ސޯ ފޭކް...." ޖޫރީ ޕާން ކޮޅެއް އަނަގަޔށް ލަމުން ފޫހި ގޮތަކަށް ތުން ތަޅުވާލިއެވެ. ޒަހްރާ އަށް އެއްޗެއް ހެން ހީވެފައިވެސް އަޅާނުލިއެވެ.

އުމްރާގެ ވާހަކަ ދެކެވުނު ހިނދުން ފެށިގެން ޒަވިޔާ އިނީ ހިޔާލެއްގައެވެ. އޭނާ އިނީ އެތަނުން އަވަހަށް ތެދުވެވޭނޭ ގަޑިއަކަށް ބަލަބަލައެވެ. ކައިވެނީގެ ފަހުން އޭނާ ކޮށްފައިވާ ހުރިހާ ރޭވުމަކަށް ބަދަލު ގެންނާން ޖެހުނީ މަންމައާއި ހެދިއެވެ. އަދި މައިރާގެ ފަރާތުން ފެންނަ ބަދަލުތަކަކީވެސް ޒަހްރާ ގެ ސަބަބުން އަންނަ ބަދަލުތަކެއް ކަމުގައި ހީކުރެވުނެވެ.

" ދަރިފުޅު ޒަވީ.....މަންމަ ގެ ޕްރެޝާ ބަލާލަ ދެއްޗޭ ކައިގެން...." ޒަހްރާ އެދުނެވެ. އެހެން ދުވަސްތަކުގައި ޒަވިޔާ އެކަމަށް ފަރުވާ ބަހައްޓައެވެ.

" މަންމަ އަށް ވެސް އެނގެއެއްނު އެ ބަލަން....އައި ހޭވް ސަމްވެއާ ޓު ގޯ....އެކްސްކިއުޒް މީ..." ޒަވިޔާރު ފެން ކޯވަރެއް ބޯލަމުން ބުނެލީ ރުންކުރުގޮތެއްގައެވެ. އެންމެންގެ މޫނު މަތީން ފެންނަމުންދާ އުފާއިން ހީވީ އޭނާ ހާސްކުރުވާހެންނެވެ.

" ޒަވީ...." މައިރާ ވެސް ކުޑަކޮށް ލަދުގަނެފައި ޒަވިޔާ އަށް ގޮވާލުމުން އަޅާއެއްވެސް ނުލިއެވެ. ޒަހްރާވެސް ހުރީ ހައިރާންވެފައެވެ.

"މަންމާ...އަޅުގަނޑު ބަލައިދޭނަން...." މައިރާ ލޯބި ހިނިތުންވުމެއް ދިނެވެ. ޒަހްރާ ގެ ހިތަށް ލިބުނީ ފިނިކަމެކެވެ. ޒަވިޔާރުގެ އަމަލުހުރި ގޮތުން ޒަވިޔާ ފަހަތުން އަލްބާންއަށް ދެވުނެވެ. މަންމަ އާއި މެދު އެ ފާޑަށް އަދި މީހުން ކުރިމަތި ވާހަކ ދެއްކުމުން އޭނާ ރުޅި ގަދަވިއެވެ. ޒަވިޔާރު ނިކުމެލީ ބަގީޗާއަށެވެ.

" ޒަވީ...ވަޓްސް ރޯންގް ވިތް ޔޫ؟....މަންމަ އާއި އެފާޑަށް ވާހަކަ ދައްކަން ޖެހޭތަ...."

" ހުރިހާ ކަމަކަށް ނުބޭނިބަލަ އަލްބާން....ވަޓްސް ރޯންގް ވިތް ޔޫ....އަހަރެން އުޅެންވީ ގޮތެއް ބުނަންވާ އެއްޗެއް އެނގެން ޖެހެނީ އެހެން މީހުންނަށްތަ؟" ޒަވިޔާރު މޭމަތި ސީދާކޮށްލިއެވެ.ބޮޑާގޮތަކަށެވެ. އަލްބާންގެ ލޭ ހޫނުވާގޮތްވިއެވެ.

" މަންމަ އޭ އެއީ...." އަލްބާން އަތް މަޅާލެވުނެވެ. ޒަވިޔާރު ވެސް އައިސްފާ ހުރި ރުޅީގައި އަލްބާން ގެ މޭގައި އަތް އަޅާކޮށްޕާލިއެވެ. މި ހައިޖާންގަނޑު ތެރެއަށް ކައިލް އަށް އާދެވުނީ ހަމަ ކިރިޔާއެވެ. އެ ދެމީހުންގެ ދެމެދަށް ވަދެ އެ ތަޅާފޮޅުންގަނޑޫ ރޫޅާލިއެވެ.

" ވަޓްސް ދިސް ޗައިލްޑިޝްނެސް....ގަޔަށް އަތްލާ ހިސާބަށް ދާކަށް ނުވެޔޭ..." ކައިލް ހިފީ އަލްބާން ގެ އަތުގެ މުލައްދަނޑީގައެވެ. އޭރު އޭނާގެ މުށުތެރޭގައި ޒަވިޔާރުގެ ގަމިސް ބޮނޑިކޮށްލައި ހިފައިފައިވިއެވެ. ކައިލްއަށް ކުރާ އިހުތިރާމަށް އަލްބާން އޭނާގެ އަތަށް ދޫ ދިނެވެ. އަދި ގޭޓުން ބޭރަށް ނިކުތެވެ. ޒަވިޔާރު އާއި ސުވާލެއްކުރެވުމުގެ ކުރީން އޭނާ ހިނގައިގަތީ ގެއާއި ދިމާއަށެވެ. ޒަވިޔާ ގެ ގަމީހުގެ ގޮށްތައްވެސް ހުރީ ނެއްޓިފައެވެ. އިސްތަށިގަނޑު ހޭވިފައިި އޮތްއިރު މުޅި މޫނު ވީ ރަތްވެފައެވެ. ދުރުގައި މަންޒަރު ބަލަން ހުރި ނައީމު އަށް ހީވީ ވިހަ ލާން ލިބުނު ރަނުގެ ފުރުސަތެއް ހެންނެވެ.

" އަލް....ދޮރު ހުޅުވަބަލަ؟" ކާރު ދޮރުގައި ޓަކި ޖަހާލަމުން ކައިލް އެދެމުން ދިޔައެވެ. އަލްބާން އަކީ އެހާ ރުންކުރުވެ ތަޅާފޮޅާނެ މީހެއް ނޫން ކަން ކައިލް އަށް އެނގެއެވެ. ޒަވިޔާރު ކިތަންމެ އެއްޗެއް ކިޔަސް އަލްބާން އެކަމަށް އެހާ ބޮޑު ރައްދެއްވެސް ނުދޭނެއެވެ.

***

ޒަވިޔާރު ގެއަށް ނުވަދެ އެތާ ބޭރުގައި ހުރި ކުޑަ ހަޓުގައި މަޑޫކޮށްލިއެވެ. މީހަކަށް ފެނިއްޖެއްޔާ އަނެއްކާ ވެސް ކުރިމަތިކުރުވާނެ ސުވާލުތަކުން ސަލކާމަތްވުމަށެވެ. އޭނާވެސް ރުޅީގައި ހުރެ މަންމައާއި އެފަދަ ގޮތަކަށް ވާހަކަ ދެއްކުނީތީ ދެރަވެސް ވިއެވެ.

" އަނހަ.....ޒަވިޔާ...މިތާ ތަ...ނައީމްބެ ވެސް މިއައީ މިތާ ފިނި ވައި ޖައްސާލަންކަމަށް...." ނައީމު ދުފާ ތަބައް ދިއްކޮށލިއެވެ. އޭނާ އިނީ މުޅި އަނގަ ރަތްކޮށްލައިގެންނެވެ. ޒަވިޔާ ނޫނެކޭ ބުނުމަށް ބޯ ހޫރާލިއެވެ.

"ދަކުތަރެއްވިއްޔާ....ނުދުފާނެތާ....އެކަމަކު މަ ގަބޫލުކުރާގޮތުގަ މަރުވާން ހުރިއްޔާ ވާނެ މި ދުންފަތް ކެޔަސް ނުކެޔަސް...އެހެން ނޫންތަ؟" ނައީމު ބުނެލި ގޮތުން ޒަވިޔާ އަށް ހެވުނެވެ. އޭނާގެ ރުޅި މަތަވިއެވެ.

"އާން ތިކަން އޮތީ ތިހެން....ލައިފް އިޒް އޯލް އެބައުޓް އެންޖޯއިން ވައިލް ޔޫ ކޭން...." ޒަވިޔާރު ބުނެލީ އިނގިރޭސިން ކަމުން ނައީމު އަށް ކީ އެއްޗެއް ސާފު ނުވިނަމަވެސް ހިނިގަނޑެއް ޖަހާލިއެވެ.

"އަލްބާން....އުނހޫ..." ނައީމު އެއްޗެއް ކިޔަން އުޅެފައި ކަހަލަ ގޮތަކަށް ހުއްޓާލިއެވެ.

" ކިހިނެއްވީ.ކަމެއް ކުރީތަ؟"

" ދެން ގޭތެރޭގެ މަސްލަހަތުވެސް ގެއްލިދާނެ....ނައީމްބެ ބޭނުމެއް ނުވޭ އެއްވެސް ދެރައެއް ލިބޭކަށް އެކަކަށްވެސް..." ނައީމު ފާޑަކަށް ބުނެލިއެވެ. ޒަވިޔާ އިތުރަށް އެނގެން ބޭނުންވިއެވެ.

" އެހާ ބޮޑު ކަމެއްވީތަ؟....އަލް ބައެއް ފަހަރު ހުންނާނެ ގޮތެއް...ނުބެހޭ ކަންތައްތަކުގެ ތެރެއަށް ވަރަށް ވަންނާނެ....ނައިމު ބެއާއި ދިމާއަށް ވެސް ބުނި ދޯ އެއްޗެއްކޭ...އޭނަ ގެ ގޮތް އެއީ....ހުރިހާ ކަމެއްވެސް މަޖަލަކަށް ހަދައިގެން..."

" އެކަމަކު...މިއީ ތިޔަށްވުރެ ބޮޑު ކަމެއް....ބާބިލް..." އޭނަ ކުޅު ދިރުވައިލިއެވެ. ޒަވިޔާރު ބުމަ އަރުވާލިއެވެ.

"ބާބް؟" ޒަވިޔާ އަށް ނޭގިފައި ހުރެވުނީ ބާބިލްގެ ވާހަކަ އެ ތަނަށް ލެވެންވީ ސަބަބެއް ނޭނގިފައެވެ.

" އަލްބާން އާއި ބާބިލްގެ ގުޅުމެއް އެބައޮވޭ...ނައީމު ބެ މިހެން މިބުނެލީ ވަރަށް ޔަގީންކޮށްފަ...ހެޔޮއެދޭތީ..." އޭނަ އަސަރުކޮށްފައިވާފަދަ ގޮތަކަށް ބުނެލި އިރު ހީވީ ރޮއިގެންފާނެހެންނެވެ. ޒަވިޔާރު ހިނދުކޮޅަކަށް ބަސްހުއްޓި ހުރެފައި ވެސް އޭނާގެ ހިނިފަޅައިގެން ދިޔައެވެ. އޭނައަށް ހުުނުން މަތަ ކުރަން އުނދަގޫވިއެވެ. އޭނަ ލަދުން މަރުވާވަރުވިއެވެ. ޒަވިޔާރު އޭނާ ދެއްކިވާހަކަ ގަބޫލުނުކުރިތާ އެކުރި މަލާމާތަށް ރުޅިގަދަވިއެވެ.

"ނައީމް ބެ ވެސް ދޯ ދެން....އާންޓް އަށް ވުރެންވެސް ފަނީ...." ޒަވިޔާގެ ލޮލުންވެސް ފެން ފޭބިއެވެ. ނައީމު ތުން ތަޅުވާލައި އަވަހަށް އެތަނުން ދާން ހިނގައިގަތީ ރުޅި ގަދަވެފައެވެ. ޒަވިޔާ އަށް ހެވޭ ވަރުން ނައީމު އެގޮތަށް ރުޅިގަދަވެފައި ހުރެ ދިޔުމުން ނުވެސް ހުއްޓުވުނެވެ.

***

"އޯ ގޯޑް....އެނބުރޭ ބުމަރެއްހެން ފަހަތުގަ އަޅުވައިގެން...ވެން ކޭން އައި ގެޓް ސަމް ސްޕޭސް..." އަހެދް ކުދި ކިޔަމުން ދިޔައީ ބަދިގެތެރޭ ހުރެއެވެ. މުރުތަސިމް އުޅޭގޮތުން ހީވަނީ އޭނަގެ ލޯ ކުރިމަތީން އަހެދް ގެއްލެން ނޭދެނީހެންނެވެ. އެވަގުތު ޒަހްރާ ވެސް ބަދިގެއަށް ވަދެލި އެވެ.

"އަނހަ....ހާދަ މުރާލި ކުއްޖެއް....ތަށިކޮޅު ދޮވެލަނީތަ؟....ބަލިވެދާނެ އެއްނު...." ޒަހްރާ ބުނެލި ގޮތުން އަހެދް އަށް އެކަމށް އިންކާރުކުރަން ފަސްޖެހުވުނެވެ.

" އަން...ބާބް ކިހާ ބަލިވާނެ....އެހެންވެ ދެން ހެލްޕް ކޮށލްދެނީ...."

މުރުތަސިމްގެ ފަރާތުން ކުޑަ ހިނދުކޮޅެއް ނަމަވެސް ސަލާމަތްވާން ހޯދި ބަހަނާއެކެވެ. ޒަހްރާ ދިއުމާއެކު އަވަހަށް އަތް ދޮވެލައި ގޮނޑީގައި އިށީނެވެ. ރަނަގަޅަށް ހަމަނުޖެހެވެނީސް މުރުތަސިމް އައެވެ. ތަށިބަރިތަކެއް ހިފައިގެން ބާބިލްވެސް ވަނެވެ.

" ބާބް ތި ބަހައްޓާ.....އަހެދް ދޮވެލަދޭނެ....މަންމަ ބުނި އަހެދް ވަރަށް ތަށި ދޮންނަން ބޭނުންވާ ވާހަކަ ސްޓްރެސް ފިލާކަމެކޯ ދޯ........." މުރުތަސިމް އެހެދްއާއި ދިމާލަށް ލޯ އަޅައިލިއެވެ.

"އެ ދޮގެއް...ބާބް ދޮވެލަދޭނަން....އަހެދް ދޭ ރެސްޓް ކޮށްލަން...ސިމް ވެސް ދޯ ދެން..." ބާބިލްއަށްވެސް މަޖާވިއެވެ.

" ނޯ އިޓްސް އޯކޭ...އައި ހޭވް ނަތިން ބެޓާ ޓު ޑޫ ދޭން ވޮޝް ދީޒް ޑިޝެސް...." އަހެދް އަތަށް ތަށި ދޮނަން އަނގި ލެއްވިއެވެ. ނޫނީ މުރުތަސިމް ހީކުރާނީ އޭނައަށް ނުކުރެވޭނެކަމުގައެވެ. ބާބިލް އާދޭސް ކުރުމުންވެސް އަހެދް ދޫ ނުދިނެވެ.

" ސޯ އައި މެރިޑް އަ ޑިޝްވޮޝާ...." މުރުތަސިމް އަނެއްކާވެސް ލާނެއް ހިނިގަނޑެއް ޖަހާލިއެވެ. އަހެދް އަށް އެއްޗެއް ނުބުނެވޭނެކަން އެނގިހުރެ ޖެއްސުން ކޮށްލެވުމުން އޭނާގެ ހިތަށް ލިބެނީ ފިނިކަމެކެވެ. ބާބިލް އެވަގުތު އިރުތު ތަށިތަށް ބަލައި ދިޔައެވެ.

"ވަޓްސް ރޯންގް ވިތް ޔޫ....މުރުތަސިމް..." އަހެދް ދަތްތަކަށް ބާރުކޮށްލިއެވެ. މުރުތަސިމް ކުރިޔަށް ފިޔަވޅު އެލުމުން އޭނައަށް ފަހަތަށް ޖެހެވުނެވެ. މުރުތަސިމް އޭނާއާއި ގާތްވެލާ ކޮންމެ ފަހަރަކު ހިތް ބޭރަށް ނިކުމެފާނެހެން ހީވެއެވެ. އަޖައިބެކެވެ. ވަރެއްގެ ފިރިހެނެކެވެ.

"ޝްޝްޝް....ނޮޓް ސޯ ލައުޑް ޕްރިންސެސް...." މުރުތަސިމް ޝަހާދަތް އިނިގލި އޭނަ ގެ ތުންފަތުގައި ބީއްސާލިއެވެ. އޭނަ އަށް ސިންކުގައި ބާރަށް ހިފުނެވެ.ފަހަތަށް ޖެހޭނެ އިތުރު ޖާގައެއްވެސް ނެތެވެ. މިފަދަ ކޮންމެ ވަގުތެއްގައި ހިވަނީ ފައިން ބިންގަނޑު ދެމިގަންނަހެންނެވެ. މުރުތަސިމް އަނެއްކާވެސް ހީލިއެވެ. ލާނެތްކަމެއް ހުރި ނަމަވެސް އެހާމެ ޗާލެވެ. ދިގު އިސްކޮޅު އަހެދް ނިވާކޮށްލައެވެ. އޭނައަށް ހުރެވުނީ އެ ލޮލަށް ގެއލްިފައެވެ.

" އާ ޔޫ...އިން ލަވް ވިތް މީ؟" އެެ ސުވާލުން އަހެދް ގެ ކަޅިވެސް ހީވީ ހުއްޓުނު ހެންނެނެވެ. ނަމަވެސް އެ ދެމީހުންގެ ދޭތެރެ އޮތް ހިމޭންކަން ކަނޑުވާލީ އައި ފޯނު ކޯލެކެވެ. މުރުތަސިމް އަވަހަށް ފޯނަށް ބަލައިލިއެވެ.

" އެލީ...."އޭނައަށްވެސް ފޯނަށް އެރި ނަން ފެނުނެވެ. އަދި ފާހަގަވީ މުރުތަސިމްގެ އަވަސް ހަރަކާތްތަކެވެ. އެހާ މުހިންމު ފޯނަކީ ބާއެވެ.

ނުނިމޭ...

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު