"ކީރިިތި ގުރުއާން ރަގަޅަށް ވިސްނައި ފިކުރުކޮށް ކިޔެވުމާއި ގިނައިން އަޑުއެހުމަކީ ހިތާމަތަކުގެ ފަރުވާއެކެވެ. ސޯޝަލް މީޑިއާގައި ބޭކާރު ވަގުތު ހޭދަކުރުމުގެ ބަދަލުގައި ގުރުއާން ކިޔެވުމުން ނަސީބާއި އުފާވެރިކަން ހޯދާށެވެ."
***
" އޭމަ އައި ނޮޓް އަ ޕާޓް އޮފް ދެމް....ވައި އޭމް އައި އޯލްވޭއިސް ލެފްޓް އައުޓް. އަހަރެން ނެތީމަ އެންމެން މާ އުފާވެފައި........" މާޒިމް އަށް ހިތާ ހިތުން ކިޔާލެވުނެވެ. އޭނާގެ ހިތުގައި ޖެހުނެވެ. އެއާއެކު ލޮލުގައި އަޅައިގަތް މަންޒަރަކުން އޭނަގެ ލޭ ކެކުނެވެ. ކެނާން އާއި މިރެލް އަދި އުރުޖުވާން އެކީގައި ފޮޓޯ އަށް ހުއްޓުނީއެވެ. މިރެލް އެ ދެމީހުންގެ މޫނު ކައިރި ކޮށްލި މަންޒަރުން މާޒިމް އަށް ހީވީ މީހަކު އޭނާގެ ހިތް މުށުތެރެއަށް ލައި ފިތާލީހެންނެވެ.
"އައި ހޭވް އޭން އިމާޖެންސީ....އައި ގޮޓް ޓު ގޯ..."މާޒިމް އަވަސް އަރުވާލައި ދާން ހިނގައިގަތީ ތަފްސީލެއް ނުދީއެވެ. ނަރުހުންވެސް ހައިރާންވިއެވެ.
ބަލި މީހާގެ ގެއާއި ހަމަޔަށް އައިސް މާޒިމް ދާން ޖެހުމުން އެމީހުންވެސް ތިބީ ހަދަންވީގޮތެއް ނޭގިފައެވެ.
މާޒިމް ކާރު ދުއްވައިލީ ބާރު ސްޕީޑުގައެވެ. ޓްރެފިކް އަށް ބުރަކި ވެސް ހިފާލެވެނީ ހަމަ ކިރިޔަ ކިރިޔާއެވެ. މަގަށް ވުރެ ބޮޑަށް ފޯނަށް ކަޅި ހިންގާލެވޭ ފަހަރު ގިނައެވެ. ވިސްނަމުން ދިޔަ ވަރަކަށް އޭނަގެ ހިތުގައި ވި ޝައްކާއި ވަހުމް އިތުރުވިއެވެ. ޔަގީނެވެ. އުރުޖުވާން މިރެލްގެ ނަންމަތީގައި ކުރިކަމެކެވެ. އަމިއްލަ އުފަލަށްޓަކައެވެ. އޭނަގެ ރުޅިގަނޑު ގަދަވެ ކާރުގެ ހުންގާނުގައި ގޮށްމުށްކަވާފައި ޖެހުނެވެ. އެއް އަތުން ކާރު ދުއްވަމުން ގަމީހުގެ ކަރު ގޮށް ނައްޓައި ކަރަށް މަހާފައި ހުރި ޓައީ އަށް ދޫ ދިނެވެ. އެވަގުތު ކާރު ކުރިމައްޗަށް އެރީ ކުޑަ ކުއްޖެކެވެ. ދުވެފައި ކާރު ކުރިމައްޗަށް އެރި ކުޑަ ކުއްޖެކެވެ. ކާރުގެ ޓައިރުތަކަށް ބާރުވެ ކެހިގެން ދިޔައެވެ. އެހާ ކުއްލި ގޮތަކަށް ބުރަކި ހިފައިލުމުން އޭނަގެ ބޯ ވެސް ބާރަށް ޖެހުނެވެ. ނިތްކުރި މަތީން ކުޑަކޮށް ހަން ގޮސްފައި ހުރިއެއް ކަމަކު އޭނާއަކަށް އެ ތަދު ވެސް އިހުސާސެއް ނުކުރެވެއެވެ. ކާރު އެއްޗެއްގައި ޖެހުނު ކަމެއް ނުޖެހޭ ކަމެއް ވެސް އިހުސާސެއް ނުވިއެވެ. އަޑުގަދަ ވެ މީހުން އެއްވިއެވެ. މާޒިމް ގެ ކާރުގެ ބިއްލޫރި ދޮރުގައި މީހަކު މޫނު ޖައްސައިލިއެވެ. އޭނާގެ ރުޅި ގަނޑު މަތަވާން ފެށި ގޮތަށް އިންތިހާ ބިރުވެރި ކަން ހިތަށް ވެރިވެގަތެވެ. އޭނަގެ ލޯ މަރާ ބާރުކޮށްލީ ހުޅުވަން ބޭނުންނުވާފަދަ ގޮތަކަށެވެ.
" އޯޕެން ދަ ޑޯ.....މިސްޓަރ...އާ ޔޫ އޯކޭ؟" މީހަކު ކާރުގެ ބިއްލޫރި ގަނޑުގައި ޓަކި ޖަހަން ފެށިއެވެ.
އޭނަ އިސް އުފުލާލަމުން ބޯ ޖަހައިލިއެވެ. އެއަށްފަހު ކުރިއަށް ބަލައިލުމުން ހިތަށް ތަދުވާފަދަ މަންޒަރެއް ފެނުނެވެ. އަންހެނަކު ހުރީ އޭނާގެ ތުއްތު ދަރިފުޅު އުރާލައިގެންނެވެ. މޫނުގެ އެތަން މިތާ ބޮސްދެމުން ދިޔައެވެ. އޭނަ ޝުކުރުކޮށްފައި ރޮމުން މާފަށް އެދެމުން ދިޔައީ ދަރިފުޅު ގާތުންނެވެ. އެއީވެސް މިރެލް ފަދަ ލޯބި އަންހެން ކުއްޖެކެވެ. މާޒިމްގެ ލޯމައްޗަށް ސިފަވީ މިރެލްއެވެ. މިފަދަ ހާދިސާއެއް އަށް ދަރިފުޅަށް ދިމާވި ނަމަ އޭނަ އަށް ކުރާނެ އަސަރު އިހުސާސްކުރެވި އިތުރަށް ހާސްވިއެވެ. އެފަދަ އަމަލެއް ކުރެވުނުނަމަ ދުވަހަކުވެސް އަމިއްލަ ނަފްސަށް މައާފެއް ނުކުރެވޭނެއެވެ. އެ ތުއްތު ކުއްޖާގެ މަންމަ އަށްވެސް ދަރިފުޅުގެ އަތުން ދޫކޮށްލެވުނީ އެންމެ ސިކުންތަކަށެވެ.
މީހުން މަދުވާން ފެށިއެވެ. މަގު އަމާންވެ ޓްރެފިކް ލައިޓް ފެހި ސިގްނަލް ދިނެވެ. މާޒިމްގެ ކާރު ދުވެލި މަޑުވިއެވެ. ގެ ހުރި ގޯޅިއާއި އަރާ ހަމަވިއެވެ. އޭނަ ކާރު ޕާކް ކޮށްލާފައި ފޯނަށް ނަޒަރު ހިންގައިލިއެވެ. އޭނާ ފެންނައިރަށް އެންމެންގެ އުފާވެރިކަން ނެތިދާނެއޭ ހިތަށް އެރިއެވެ. ހަމަޖެހިލަން ސިކުންތު ކޮޅެއް ބޭނުންވިއެވެ. ލޯ މަރާލާފައި ފުން ނޭވާ އެއް ލިއެވެ.
އޭނާ ސިއްސައިގެން ދިޔައީ ކާރު ބިއްލޫރީގައި ޓަކި ޖެހުމުންނެވެ. ސިއްސުވާލާހާ ބާރަށެވެ. އޭނަ ބޭރު ބަލައިލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އަނެއްކާ ގަހަކުން އެއްޗެއް ވެއްޓުނީހެއްޔެވެ؟ އެހިސާބުގައި ހުރި ގަސްތަކުން ފަތްތައް ފައިބަމުން ދިޔައީ މީހަކަށް އުދަގޫނުވާހާ ސިއްރުންނެވެ. އޭނަގެ ނަޒަރު ފަހަތް ބަލާ ލޯގަނޑަށް ހުއްޓުނެވެ. މީހަކު ދުވެފައި ދިޔަހެން ހީވިއެވެ. އޭނާ އެ ނިކުމެގެން ދަނީ އެގެ ފަހަތުން ހެން ހީވާކަހަލައެވެ. މާޒިމްގެ ހިތުގެ ވިންދު ބާރުވިއެވެ. ކާރުން ކިތަންމެ އަވަހަށް ފޭބި ނަމަވެސް އެ މީހަކު ފެންނާކަށް ނެތެވެ. ވަޔަށް އަރައިގެން ދިޔައީހެއްޔެވެ؟ އަނެއްކާ އެއީ އޭނާގެ ލޯމައްޗަށް ފެނުނު ކަމެއްހެއްޔެވެ؟
މާޒިމް ބަރު ފިޔަވަޅުތަކުގައި ގޭޓާއި ދިމާއަށް ހިނގައިގަތެވެ. އެންމެންގެ އުފާވެރި ހުނުމާއި ވާހަކަދެއްކުމުގެ އަޑުތައް އިވެމުން ދިޔައެވެ.
" ޑޭޑް.....ފައިނަލީ...."
މިރެލްގެ ދިގު އިންތިޒާރަށް ނިމުމެއް އައެވެ. ދެއަތުން ފިޔަ ޖަހަމުން ދުއްވައިގަތްގޮތުން ހީވީ އުދުއްސައިގަނެފާނެހެންނެވެ. އެންމެންގެ ހިނިތުންވުން ފޭދުނެވެ. އަޑު މަޑުވިއެވެ. އުރުޖުވާން ފިނިވިއެވެ. މާޒިމް ހުރީ އިސްތަށިގަނޑު ހާވާލައިގެންނެވެ. އުރުޖުވާން ބިރުގެންފައި ނަމަވެސް ކުރިޔަށް ހިނގައިގަތެވެ. ބައްދަލުވީ ރާސްތާގެ މެދުންނެވެ.
" މާޒް...." މާޒިމް ގެ ނިތްކުރި ފެނުމުން އޭނަގެ އަތް މޫނާއި ދިމާލަށް ދިއްކޮށްލެވުނެވެ. މާޒިމް އޭނާގެ ބޯ ފަހަތަށް ގެންދިޔައެވެ. އުރުޖުވާން އޭނާ ގައިގައި އަތްލިޔަދޭންވެސް ބޭނުން ނުވިއެވެ.
" އައިމް ފައިން....ކިހިނެއްވީ ހުރިހާ މަޖަލެއް ހުއްޓުނީތަ؟" މާޒިމްގެ މަލާމާތުގެ ހުނުމުގައި ހިތުގެ ވޭންވެސް އެކުވެލެވުނެވެ.
" އީވެން އިފް ޔޫ އާ އަޕްސެޓް.....އެޓްލީސްޓް ފޯ މިރެލް..ކޭން ޔޫ ޕްރިޓްންޑް ނޮޓް ޓު ފައިޓް....މާޒް...." އުރުޖުވާން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
" އައި ނޯ ވަޓް އައި ހޭވް ޓު ބީ އުރޫޖް....ޕްރިޓެންޑިން ޓު ބީ ހެޕީ ވިތް މީ....ޑޫ ޔޫ ރިއަލީ...." މާޒް ގެ އެސްފިޔަތަކަށް ކަރުނަ ޖަމާވިއެވެ. ނަމަވެސް އެ ސުވާލު ފުރިހަމަ ކުރުމަށް ފަސްޖެހެވުނެވެ. މިރެލް ދުވެފައި އަންނަ މަންޒަރު ފެނުމުންނެވެ. އޭނަ މާޒިމް ގެ އަތުގައި ހިފާލިއެވެ. އަދި އަނެއް އަތުން އުރޖުވާން ގެ އަތުގައިވެސް ހިފެހެއްޓިއެވެ. ހުރިހާ އުފާވެރިކަމެއް ފުރިހަމަވީފަދައެވެ.
"ފެމިލީ.....އޮ...ނޯ....ކޮބާ ބޭބީ؟." މިރެލް އަށް އޭނާގެ ބުދު ގެއްލުނެވެ. އެއީ ވެސް އޭނާއަށް އެ އާއިލާގެ އެކެކެވެ. މާޒިމް އާއި އުރުޖުވާން އެ ދެމީހުންގެ ދޭތެރޭގައިވީ ނުތަނަވަސްކަން ފިލުވައިލީ ހިނިތުންވަމުންނެވެ. މިރެލް މާޒިމް ދަމަމުން ކަހަލަ ގޮތަކަށް ގެންދިޔައެވެ. ނަބީލާ ބޮނދައިގެން ހުރީ ބިރުން ކަހަލަ ގޮތަކަށެވެ.
" މަންމަ ގެއަށް ދާން ބޭނުމީތަ؟" މަދީނާ އަހާލިއެވެ. އޭނަގެ ނަޒަރު މާޒިމް އަށް ހުއްޓުނެވެ. މާޒިމް އޭނާ ހުރުމަށް ނޭދޭނެކަން އެނގުނުފަދައެވެ.
" މަންމަ ފޫހި ވިތަ؟އަދި ކޭކެއްވެސް އެބައިން....ދޯ އުރޫޖް....ކޮބާ ކޭކު؟" ހުޝަލް ގެ ޖޯޝަށް ބަދަލެއް ނާދެއެވެ.
"ކޭކް....ޔެސް...." މިރެލް އުފާވެފައި ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލިއެވެ. ކެނާން އަށްވެސް ބަލައިލެވުނީ މާޒިމް ގެ ނިތުގައި ހުރި ޒަޚަމްއަށެވެ.
" މާޒް އޯކޭ ތަ؟ވަތް ހެޕެންޑް ޓު ޔޯ ހެޑް؟" ކެނާން އަށް ބޭ އިޚުތިޔާރުގައި އަހައިލެވުނެވެ. މާޒިމް ގެ ލޮލުގައިވީ ރުޅިވެރިކަމެވެ.
" ކިހިނެއްވީ؟ކެނާން އަށް ތަދުވީތަ؟" މާޒިމް ގެ ރާގުގައިވީ ޖެއްސުމެވެ. މިރެލް އަޑު ފޯރާ ހިސާބުގައި ހުރި ނަމަވެސް އެކުއްޖާގެ ސަމާލުކަން ހުރީ ކުޅެން ގެންގުޅޭ ބުދު ހޯދުމުގައެވެ. އުރުޖުވާން ވަގުތުން މާޒިމް އަށް ލޯ އަޅާލިއެވެ.
"ކޮބާ ކޭކް؟.....ލަވް؟" މާޒިމް އުރުޖުވާން ކުރެން އަހާލީ ކެނާން އަށް ދެއްކުމަށެވެ.
" ކަމް އައި ވިލް ހެލްޕް....." އުރުޖުވާން އޭނަގެ އަތުގައި ހިފައިގެން ގެއާއި ދިމާލަށް ހިނގައިގަތެވެ. ކެނާން އިނީ އުރުޖުވާން އާއި މެދު ކަްނބޮޑުވެފައެވެ. މާޒިމްގެ ހިތުގައިވި ރުޅިވެރިކަމާއި ޝަކުވާ އޭނާއަށް އިހުސާސްކުރެވުނެވެ.
" ޑޫ ޔޫ ލަވް ހާ؟" ލޭލާ ކައިރީ ހުރިކަން އުނގުނީ ކުރި ސުވާލުންނެވެ. އޭނަގެ ދޫ ބަންދުވިއެވެ. އެ ސުވާލު އެހެން މީހަކަށް އަޑުއިވުނު ނަމަ ވަރަށް ގޯސް ވީހެވެ.
"އާ ޔޫ މޭޑް އޯ ވަޓް؟" ކެނާން ޗޮކެއް ކަނޑާލިއެވެ. ލޭލާ ގެ ލޮލަށް ނަޒަރު ހުއްޓުނު ފުރަތަމަ ވަގުތުކޮޅެވެ. އެ ލޮލުގައިވި މަޑު ނޫ ކުލަ ވަރަށް ރީއްޗެވެ. ދޮން މޫނެއް ކަމުން ކޯތާފަތް ރަތްވެފައިވިއެވެ.
" ނޮޕް....އައި ހޭވް ސްޓަޑީޑް ޔޫ ފޯ ޓޫ އިޔާސް...އައި ޖަސްޓް ނޯ....އިޓްސް އޯކޭ...ޑޯންޓް އެޑްމިޓް އިޓް....އިފް އައި ވާ ޔޫ ޓޫ...އައި ވުޑް ފޯލް ހާޑް އޮން ހާ...ޝީ އިޒް ދެޓް ކައިންޑަ ގާލް....ނޮޓް އީޒީ ޓު ގެޓް އޯވާ.....ބަޓް ސޯ އީޒީ ޓު ބީ އިން ލަވް ވިތް...." ލޭލާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ ލަފުޒުތަކަށް އިންކާރުކުރަންވެސް އޭނައަކަށް ނޭގުނެވެ.
"ނޯ...މައިން.....މާމާ...." ނަބީލާ ހުރީ މިރެލް ގެ ބުދު ނުދޭން ހިފާފައެވެ. މިރެލް އެ ބުދުގައި ހިފަމުން ރޯންފެށިއެވެ.
"މަންމާ...ތި ދޫކޮށްލަބަލަ...މާޒް އައިސްދާނެއޭ...." މަދީނާ ކަންބޮޑުވިއެވެ. ނަބީލާ އެވަގުތު މިރެލް ގެ ކުޑަ އަތުގައި ހިފައި ދުރަށް ހޫރައިލިއެވެ.
" ސުންޕާ ކުއްޖާ ގަނޑު....ފޫހިކަމެއް....އަބަދު ފޭރެން އުޅެނީ. ސުންޕާ..ނުލަފާކަމެއް ދެއްވާފައި އެބަހުރިއެއްނު........މިއީ ކަލޭގެ އެއްޗެއް ނޫން...ނުދޭނަން..ރޯން ދޭ..." ނަބީލާ ގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. މިރެލް އާއި ދިމާއަށް ބެލީވެސް ދެބުމަ ގޮށް ޖަހާލަމުންނެވެ. ދެންމެ ދެންމެ ޖަހާފާނެހެން ހީވިއެވެ. މިރެލް އަޑުކޮޅަށް ރޮއެގަތެވެ. ހުޝަލް އަވަހަށް މިރެލް ބިންމަތިން ނެގިއެވެ. ނަބީލާ އަތުން އެ ބުދު އަތުލާފައި ދިނެވެ. މިރެލް މަސަލަސް ކުރަން ބަގީޗާ ތެރޭގައި ހިނގާލަން ދިޔައެވެ. މެހެކް ވެސް ފަހަތުން ހިނގައިގަތެވެ. މާޒިމްއަށް އެ ހާދިސާ އެނގުނަ ނުދޭން އޭނަ މަސައްކަތްކުރިއެވެ.
***
"އޭމް އައި ޑުއިންގް އިޓް ރައިޓް އުރޫޖް....ޕްރިޓެންޑިން؟" މާޒިމް ބުނެލީ އުރުޖުވާންގެ އަތަށް ފިތާލަމުންނެވެ.
"ވަޓްސް ރޯންގް ވިތް ޔޫ...މާޒް؟އަބަދު ތޮޅެންޖެހެނީ ކީއްވެތަ؟އިފް ޔޫ ވޯންޓް ޓު ނޯ....އާން...މެސެޖް ފެނުނު..ކިޔާވެސްލިން..އެންޑް އައި ޗޯޒް ޓު އިގްނޯ....ދެޓްތްސް ބިކޯޒް އައި ވޯންޓް މިރެލް ޓު ހޭވް ދިސް ޑޭއި...މާޒް ބުނާހާ ގޮތަކަށް މިހާ ދުވަހު ކަންތައް ކުރަމުން އައީ...ބަޓް..." އުރުޖުވާންގެ ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.
" ބަޓް...ވަޓް....ކައިވެނި ކޮށްގެން ހުރީ އަހަންނާއިކަން ހަނދާނުން ކައްސާލީ؟އާންޓް ޓު އޯލް ހައި އެންޑް މައިޓީ....ފިރިމީހާގެ ބަސް ގަބޫލުކުރުމަކީ ދީނީ ވާޖިބެއް...ޑިޑް ޔޫ ފައިންޑް ސަމްވަން ބެޓާ؟" މާޒިމް ގެ ހޫނު ނޭވާ އުރުޖުވާންގެ މޫނުގައި އިހުސާސްކުރެވުނެވެ. މާޒިމްގެ އަނގައިން އެފަދަ ލަފުޒުތަކެއް ބޭރުވީތީ އޭނާ ސިހުނެވެ. މޫނުމައްޗަށް އެތިފަހަރެއް ވީއްލައިލެވުނީވެސް އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ.
" މާޒިމް! .އާ ޔޫ އައުޓް އޮފް ޔޯ ޑޭމް މައިންޑް...." އުރުޖުވާން ރުޅިގަދަވީވަރުން މަޑުނުކޮށް ހިގައިގަތެވެ. މާޒިމް އޭނާ އަތުގައި ހިފައި ބާރުކުރިއެވެ.
" އިޓް ހާޓްސް މާޒް...." އޭނަ އެ އަތް ނައްޓުވަން މަސައްކަތް ކުރިއެވެ. ލޯ ކަރުނުން ބަރުވިއެވެ. ލޮލުގެ ހުދުކަން ރަތްކުލައަށް ބަދަލުވިއެވެ.
"ހާޓްސް މީ މޯ އުރޫޖް....." މާޒިމް އެ އަތަށް ދޫ ދިނެވެ. އޭނަގެ ނަޒަރު އުރުޖުވާންގެ މޫނަށް ހުއްޓުނެވެ. އެވަގުތު ބޭރުން ނަބީލާ ގެ ހަޅޭކުގެ އަޑު އިވެން ފެށިއެވެ.
***
ޙަރީފު މޫސުމުގައިވެސް ޖޭޒްމިން ގަސް ހުރީ މާ ތަކުން ފުރިފައެވެ. ގަހުގެ ފަތްތައް ފެހިކަން ގަދަކަމުން ލޮލަށް ފިނިކަން ގެނެސްދެއެވެ.
"މްމްމް...ބިއިޓިފުލް..." މިރެލް އޭނާގެ ބުދު އަތަށް ލިބުމާއެކު ހަމަޖެހިލާފައި ރުއިން ހުއްޓައިލިއެވެ.
" ވާވް....ވަރަށް އަޖާއިބު....މި ބަގީޗާ ގަ މިގަސް ނޫން އެހެން ހުރިޙާ ގަހެއްގެ ފަތެއް ވެސް ނެތް...މަލެއްވެސް...ބަޓް ދިސް ވަން ލުކްސް ލައިކް އިޓްސް ސްޓިލް ސްޕްރިނގް...." މެހެކް އެއިން މަލެއްގައި ވަސް ބަލާލިއެވެ. މިރެލް ޚުޝަލްގެ އަތުގެ ތެރެއިން ފުންލާލައިގެން ގޮސް ގަސްތަކުގެ ތެރެއަށް ވަނެވެ. އޭނަ އެކަނި ހުރެވެސް އުޅޭގޮތުން ހީވަނީ މަޖާ ކަމެއް ފެންނަ ހެންނެވެ. ހިނިގަނޑު ޖަހާލާ ފަހަރުވެސް އާދެއެވެ.
" މިރެލް އަށް ކޯޗެއް ފެނުނީ؟..." ޚުޝަލް ކަންބޮޑުވިއެވެ.
"ކޮކާލެއް ކަންނޭނެގެ....އާނ އަ ބަޓަފްލައި.....ސޯ ބްލޫ....މިރެލްގެ ލޮލުގެ ކުލަހެން........." މެހެކް ވެސް ހައިރާންވިއެވެ. އެ ކޮކާ މިރެލްގެ ވަށައިގެން އުދުހެމުން ދިޔައެވެ. މިރެލް ގެ ލޯ ވިދައިލިއިރު ހީވީ ލޮލުން އަލި ގުޅައެއް ދިއްލުނު ހެންނެވެ. މިރެލް ގެ ހިތުގެ ތެޅުންވެސް ބާރުވިއެވެ. ހުޝަލް އަށް އެކަން އިހުސާސްވިއެވެ. އޭނަ އަވަހަށް ގޮސް މިރެލް އުރައިލިއެވެ.
" އުވެއިސް...." މިރެލް ކިޔައިލީ މަޑުންނެވެ. މެހެކް އާއި ހުޝަލް އަށް ސާފެއްނުވިއެވެ.
ނުނިމޭ