"ހަމްދު ކުރުމުގައި ދެމި ހުންނަ މީހާއަށް ނިއުމަތަކަށް ފަހު ނިއުމަތެއް ލިބޭނެއެވެ. އަދި އިސްތިއުފާރު ކުރުން ގިނަކުރުމުން ބަންދުވެފައިވާ ދޮރުތައް ހުޅުވޭނެއެވެ. އިމާމް އިބުން ގައްޔިމް
***
"ބަޓް...މާޒް ނެތި މިރެލް ބޭރަށް ގެނައުން....ދެޓް ޑަޒަންޓް ސައުންޑް ސޯ ވެލް....." ކެނާން ވިސްނައިދޭފަދަ ގޮތަކަށް ބުނެލިއެވެ.
" އައިމް ހިއާ...ޔޫ އާ ދެއާ...ހާ ފެމިލީ އިޒް ހިއާ.....މާޒް ހިނދުކޮޅަކަށް ނެތަސްވެސް މިރެލް ބަލާނެ މީހުން އެބަތިބި..." އުރުޖުވާން ގެ އަޑުގައިވީ މޮޅިވެރިކަމެވެ. އޭނަ ގެ ހިތް ބުނަމުން ދިޔައީ މާޒިމް ގެ ރޭވުމެއްކަމަށެވެ. އެ ހުރިހާ ލޯބީގެ ކުލަވަރު ދެއްކީ ހަމަ ޖައްސާލި ސްޓަންޓެއްގެ ގޮތުގައެވެ. ކެނާން ވީލްޗެއާ ދުއްވާލާފައި ގޮސް އުރުޖުވާން ގެ ކުރިމައްޗަށް ހުއްޓުނެވެ.
" ޑޯންޓް ޑޫ ދިސް އުރޫޖް...މާޒް ވިލް ގެޓް މޯ އަޕްސެޓް....އައި ޑޯންޓް ވޯންޓް ޔޫ ޓު ގެޓް ހާޓް..." އޭނަގެ ނަޒަރު ހުއްޓުނީ އެ ކަރުނުން ބަރުވެފައި ހުރި ލޮލަށެވެ. އުރުޖުވާން ގަދަ ކަމުން ހިނިތުންވެލައި ޗޮކެއް ކަނޑާލީ މާ ބޮޑުކަމެއް ކަމަށް އޭނަ އަށް ނުދެއްކުމަށެވެ.
" ކީއްވެ އެންމެން މާޒް އަށް ބިރުން އުޅެންވީކީ....ނަސީބެއް ހުޝަލް މިގޭގަ ނޫންކަން އުޅެނީ....މޭއިބީ އިފް ހީ ލިވްޑް ހިއާ މާޒް އާއި ތޮޅެންވެސް ހުންނާނެތާ މިހެއް....ޔޫ އޯލް އާ ސްކެއާޑް އޮފް ހިމް....ޔޫ ސްޕެޝަލީ ކެނާން....އޯލް އައި ނޯ އިޒް މިރެލް ވެސް ބަަދަކު ޖަލެއްގަ ހެން ގޭތެރޭގަ ނުގެންގުޅެވޭނެކަން....ޝީ ނީޑްސް ޓު ސީ ދަ އައުޓާ ވޯލްޑް....ދިސް އިޒް ސޯ އަންފެއާ ފޯ ހާ....ޓެލްމީ ކެނާން....އިޒް އިޓް ނޮޓް؟." އުރުޖުވާން ވީލްޗެއާ އާއި އެއް ހަމައަށް ތިރިވެލިއެވެ.
އޭނަ ބޭނުންވީ ކުޑަ ހިތްވަރެކެވެ. ބޭނުންވީ އޭނަ ވިސްނަނީ ހަމަ އެކަނި މިރެލް ގެ އުފަލަށްޓަކައި ހުރިހާ ކަމެއް ކުރުމަށް ކަމަށެވެ. އޭނަ މި ވޭތުވެދިޔަ ދެ އަހަރު ވޭތު ކުރީ މާޒިމް ބޭނުންވިހާ ގޮތަކަށެވެ. އެއީ ދަރިފުޅަށް ދޭންވާ ކާއެއްޗަކަށް ވިޔަސް އޭނަ ބޭނުންވާ ގޮތެވެ.
" އުރޫޖް....މާޒް..." ކެނާން ބޭނުންވީ އޭނައަށް ވިސްނައިދިނުމަށެވެ. މާޒިމް ރުޅި އައިސް އިތުރަށް ދެރަ ކޮށްލާން ހިތް ނޭދެނީއެވެ.
" އޯކޭ ފައިން.....މާޒް އައް ބިރުން ކެނާން ވެސް ހުރޭ....މިރެލް އެންޑް މީ އެލޯން ކޭން ހޭވް ދިސް ޕިކްނިކް....ބިރުން ތިބޭ މީހުން ނަޔަސް ވަރިހަމަ...." އުރުޖުވާން ކުޑަކޮށް ނުރުހުންވިއެވެ.
***
" އަހަރެމެން ބިރެއް ނުގަނޭ މާޒިމް އަކަށް....ދޯ މިރެލް ދަރިފުޅު..." މިރެލް އުރާލައިގެން ހުރި ހުޝަލް ބުނެލިއެވެ. މެހެކް އާއި ހުޝަލް އަށް ލިބުނު ދަރިފުޅު ބައިގެން ދިޔަ ހިތާމަ އަދިވެސް އެމީހުންގެ ހިތަކުން ނުފިލައެވެ. ނަމަވެސް މިރެލް ގެ ދިރިހުރުން އެ ހިތާމަ އަށް ފިނިކަމެއް ލިއްބައިދެއެވެ.
" އާންޓީ ގެނައިމޭ މިރެލް އަށް ދޭން އާ ޓީޝާޓެއްވެސް....ފޯ އަވާ ނިއު ޓީ ޕާޓީ..." މެހެކް މިރެލްގެ ކޯތާފަތުގައި އަތް ބީއްސައިލިއެވެ. އޭނަ އެކަމަށް ސަމާލުކަމެއް ނުދީ ދުރަށް ނަޒަރު ހުއްޓައިލިއެވެ. ދެއަތުން ފިޔަޖަހަން ފެށިއެވެ. އެންމެންވެސް އެ ދިމާއަށް ބަލައިލިއިރު ފެނުނީ ލޭލާ އެވެ.
" އެ ކާކު ބިޓެއް؟" ޚުޝަލް މަޖާ ވެލަމުން ކެނާން އަށް ޖެއްސުން ކޮށްލިއެވެ. މެހެކް އަވަހަށް މިރެލްގެ ކަންފަތް މަތީގައި އަތްއެޅިއެވެ. އަދި އޭނަގެ އަތުގައި ވިކައިގަތެވެ.
"ހުޝަލްވެސް ދޯ....އެ ދެން މީހުން ކިޔާ ކަހަލަ އެއްޗިހިތަ؟އަދި އެވެސް މިރެލް ކުރިމަތީ....ސްޓުޕިޑް..." މެހެކް މިރެލް ގެ ކަންފަތް މަތީން އަތް ނެގިއެވެ.
"ސްޓޫ...ސްޓޫ..ސްޓޫޕިޑް..." މިރެލް އަނގަ ވަށްކޮށްލިއެވެ. އެންމެނަށް ހައިރާންކަމެއް ލިބުނު ނަމަވސް ހެވުނެވެ.
"ކޮބާ ހީވޭ؟....އާންޓް ތި ކިޔަވައިދެނީ....." ކެނާން ސަމާސާ ކޮށްލިއެވެ. އުރުޖުވާން ލޭލާއާއި ވާހަކަދައްކަން ހުއްޓާ މެހެކް މިރެލް ގެ ސަމާލުކަން އަތުލަން މަސައްކަތްކުރިއެވެ. ކުޅޭ އެއްޗެހި ދައްކަން ފެށިއެވެ.
" ކޮން ކަމަކާ ތިހެނީ ތިބެ؟" އުރުޖުވާން މެން އެހިސާބާއި އަރާ ހަމަވެފައި ސުވާލުކޮށްލިއެވެ. އެނމްނެ ހޭތަން ފެނުމުން އޭނާވެސް އެމަޖަލުގައި ބައިވެރިވެލާ ހިތްވިއެވެ.
" އައި ތޯޓް...ތެރެޕީ ވޯޒް ޑަން ފޯ ޓުޑޭއި...." ކެނާން ގެ ރާގުގައިވީ ފޫހިކަމެވެ. އޭނަގެ ލޯ ކުރިމަތީން ލޭލާ ފެންނަ ހުރުމަކީ ބޮޑު އަޒާބެއް ފަދައެވެ. ލޭލާ ގެ ކަޅި އަބަދުވެސް ހުއްޓިފައި ހުންނަނީ އޭނަ އަށް ކަމަށް ވާތީއެވެ. އެންމެނަށް ވެސް އެކަން ފާހަނގަ ކުރެވެއެވެ. ކުޑަ ކުޑަ މިރެލްއަށް ވެސްއެވެ.
" ލޭލާ ވެސް އައީ ޕިކްނިކްއަށް.....މިރެލް ލަވްސް ޔޫ....އެހެންވެ މިރެލްގެ ދައުވަތެއް....." އުރުޖުވާން ހުރީ އުފާވެފައެވެ.
ޚުޝަލް ގެ ނަޒަރުގައި ވީ ލާނެތްގޮތެކެވެ.
" ފޮތުގެ އަހުލުވެރިންނާ ކައިވެނި ކުރެވެއޭ...."އޭނަ ސިއްރުން ބުނެލިއެވެ. ކެނާންގެ މުޅި މޫނު ރަތްވެގެން ދިޔައެވެ.
" ވަޓް ދަ....ހެ..." ކެނާން ގެ ޖުމްލަ ފުރިހަމަ ނުވަނީސް އުރުޖުވާން ދެއަތް އުނަގަނޑުގައި އަޅުވައިލަމުން ދިނީ އިނޒާރުވެރި ނަޒަރެކެވެ. ކެނާން އަމާންދެނީ ކަމަށް ހަދާ މާފަށް އެދުނެވެ.
" ލެންގުއޭޖް ޕްލީޒް...މިރެލް ލާންސް އެވްރީތިންގ ނައުއަޑޭއިސް...." އުރުޖުވާން ބުނެލީ އެންމެނަށް އަޑުއިވޭނެހާ ބާރަށެވެ. އެވަގުތު މެހެކް ގެ ލޯ ބޮޑުވިއެވެ. ނިޤާބް އަޅައިގެން ހުރުމުން ފެންނަން ހުރީ ހަމަ އެކަނި ލޮލެވެ. އެއީ ވެސް އޭނާގެ ނަސީބެވެ. އެހެން ނޫންނަމަ މޫނަށް އަރާ ކުލަވަރުން މެހެކްގެ ހުރިހާ ސިއްރުތަކެއް ފާޅުވާނެއެވެ.
" ޕްލީޒް ޓެލް ދެޓް ޓު ޔޯ ސިސްޓާ....ދެންމެވެސް..."
"ޝްޝްޝްޝް...އަންކަލް....ހަޝްހަޝް...ސީކްރެޓް..." މިރެލް އެއް ލޯ މަރައިލުމުން ކޯތާފަތަށް އަޑިކޮޅުއެޅުނެވެ.
ބަގީޗާތެރެ ޒީނަތްތެރިވެފައިވީ ޚަރީފުގެ ކުލަތަކުންނެވެ. ފަޒާގައިވީ އަރާމު ފިނިކަމެކެވެ. އަހްމަދު އާއި ނާޝިދު އަމިއްލަ ވާހަކައިގައި ތިބީ ލާޓޭ ތަށްޓެއް ހިފައިގެންނެވެ. އެންމެންވެސް ޕިކްނިކް ކުނަލުގެ ވަށައިގެން އެތުރިގެން ތިބި އިރު މިރެލް އިނީ މެދުގައެވެ. މިރެލް ގެ ލޯ ގިނަފަހަރު ހުއްޓެމުން ދިޔައީ ދޮރާށްޓަށެވެ. އޭނަ އިންތިޒާރުކުރަނީ މާޒިމްއަށްކަން އުރުޖުވާން އަށްވެސް އިނގެއެވެ. ބައްޕައަށް ނާދެވޭނެކަމަށް ބުނެފިއްޔާ ދަރިފުޅުގެ ހިތަށް އަސަރުކުރާނެއެވެ.
މަދީނާ އެތަނަށް އައީ އޭނަގެ މަންމަ ނަބީލާ ގޮވައިގެންނެވެ. ބޭސް ދީފައި ހުރުމުން ކޮންމެވެސް މައިތިރިވެފައި ހުއްޓަސް ވަށައިގެން ހޯދައިލިއެވެ. މާޒިމް ފެންނަން ނެތުމުން އަމިއްލަ ނަފުސަށް ހީލިއެވެ. އޭނަ ލައިގެން ހުރި ސްވެޓަރު ތެރޭގައި ބުދުގައި އަތް ޖައްސައިލިއެވެ. އެއީ އޭނަ މިރެލް އަށް ދޭން ގެނައި ހަދިޔާއެވެ.
" މަންމީ...ކޯލް ޑޭޑް ޕްލީޒް....ހީ އިޒް ސޯ ލޭޓް...." މިރެލް ކެއުމަށް ދެކޮޅު ހެދިއެވެ. އުރުޖުވާން ބުނީ އަންނާނެ ކަމަށެވެ. ދޮގަކުން ވިޔަސް މިރެލް ގެ ހިތް ހަމަޖައްސާލަދޭން މަސައްކަތްކުރިއެވެ. އާއިލާ އެންމެނަށް ދަރިފުޅާއެކު ހޭދަ ކޮށްލަން ލިބެނީ މަދު ވަގުތުކޮޅެކެވެ. ހާއްސަކޮށް ނަބީލާ އަށެވެ.
"މާމަ ދަރިފުޅު....މާމަ ލޯބި މިރެލް...ބޭނުން ޓޯއި؟ބޭނުން؟..." ނަބީލާ މިރެލް ގާތު ވިނަގަނޑު މަތީގައި އިށީނެވެ. އޭނާގެ ސްވެޓަރު ތެރެއިން ނެގީ މާޒިމް ކުރީ ދުވަހެއްގައި އެއްލާލި ބުދެކެވެ. އެއީވެސް ބޭރަށް ދިޔަ ދުވަހަކު ނަބީލާ، މިރެލް އަށް ދޭން ގެނައި ހަދިޔާއެކެވެ.
"އައި ހޭވް މައިން... މާމާ....ސީ...ލުކް...މައިން..." މިރެލް އޭނާ ގެންގުޅޭ ކެހެރި ބޯޅައެއް ފަދަ މަޑު ބެއާ މޭގައި ޖައްސައިލީ ނިކަން ލޯބިންނެވެ. އޭގެ ކެހެރިގަނޑު ބޯ ކަމުން ލޯ ވެސް ވަނީ ބޮޑަށް ނިވާވެފައެވެ.
"ލޮލެއް ނެތެއްނު.....ބަލަ މާމަ ގެ ބުދު..." ނަބީލާ ދެއްކި ބުދުގެ އެއް ލޯ އިނީ ނަގާފައެވެ. އެ ބުދު ހީވަނީ ބިރުވެރި ފިލްމަކުން ނިކުގެނެން އައިސްފައިވާ ޝައިތާނީ އެއްޗެއް ހެންނެވެ. އޭގެ މޫނުމަތީގައި ކުލަ ހާކާލާ އެއްކޮށް ހަޑިކޮށްފައެވެ.
" ޕަމްޕްކިން ލާޓޭ ބޯނަންތަ؟" ލޭލާ އަހާލީ ކެނާން ކުރެންނެވެ. ކެނާން އަޑު އިވުނުކަމަކަށް ހަދައިނުލިއެވެ.
" ތިހާވަރަށް ރުޅި އަންނަނީ ކީއްވެތަ؟" ލޭލާ ކުކީ އެއް އަނގަޔަށް ލިއެވެ. ކެނާން އަދިވެސް އަޑު ނީވޭ ކަމަށް ހަދާލައި ގޮނޑި ދުއްވާލީ އެންމެނާއި ދުރަށެވެ. ހާއްސަކޮށް ލޭލާއާއި ވީހާވެސް ދުރަށް ދާން އޭނަ ބޭނުންވިއެވެ. ލޭލާވެސް ފަހަތުން ހިނގައިގަތެވެ. މަޑުމަޑުންނެވެ.
" ވިލް ޔޫ ސްޓޮޕް ލޭލާ....އައި..." ކެނާން ގޮނޑި ހުއްޓުވާލީ އެތާހުރި ބިޔަ ގަހެއް ކައިރީއެވެ. ގަސްކައިރީ ފަތްތައް ފުނި ޖަހާފައި ހުއްޓާ އެތަނަށް ގޮނޑި މަޑުކޮށްލި ވަގުތު ބަންޑުން ނުވީ ކިރިޔާއެވެ. ލޭލާ އަށް ހިފުނީ އޭނަގެ އަތުގައެވެ. އޭނަ އަތް ފޮޅާލަމުން ރުޅި ވެރި ނަޒަރަކުން ބަލައިލިއެވެ. ލޭލާއަށް ފާހަގަވީ އެވަގުތު ކެނާންގެ ފަޔަށް ބާރުލީތަނެވެ. ޕެރެލައިޒްވި ފަހުން ދޭ ތެރަޕީ ތަކުގައިވެސް ނުކުރާ ފަދަ ހަރާކާތެކެވެ.
"ޔޯ ލެގްސް....އިޓް..." ލޭލާގެ ޖުމްލަ ފުރިހަމަ ނުވަނީސް އަތުގެ އިޝާރަތުން އެއްވެސް އެއްޗެއް ނުބުނުމަށް އޭނަ އެދުނެވެ.
" ޔޫ ކާންޓް ޓެލް....އައި މީން އިޓް..." ކެނާން އިންޒާރެއް ދިނެވެ. ލޭލާ ގެ ދޮން މޫނު ރަތް ވެގެން ދިޔައެވެ. ވީ އުފަލުގައި ކެނާން ގައިގަ ބައްދާލަން ފިޔަވަޅެއް އެޅުނެވެ. އޭނަ ހުއްޓުން އެރީ ކެނާންގެ ބެލުން ތިރި ކޮށްލުމުންނެވެ.
" އައްސަލާމް އަލައިކުމް.....ވައަލައިކުމުއް ސަލާމް....." ލޭލާ ބާރަށް ކިޔައިލިއެވެ. ނިއުމަތެއް ލިބުމުން މުސްލިމުން ކިޔަނީ އެހެން ކަމަށް ހީކޮށެވެ. ލޭލާގެ ރާގުވެސް އެހާ މަޖަލެވެ. ކެނާން އަށް ވެސް ހެވުނެވެ.
"އެބަ އަންނަން....ކެމެރާ ހިފައިގެން...މިރެލް އަށް ބަލައްޗޭ..." އުރުޖުވާން ކެމެރާ ނަގަން ދަމުން މަދީނާ ގާތު ބުނެލިއެވެ.
މާޒިމް ނެތުމުން ދެރަވި ނަމަވެސް އޭނައާއި ނުލާ އެންމެން މާ މަޖާކޮށް އުޅޭހެން ހީވެއެވެ. މާ އުފާވެރިކަން އޮވެއެވެ. މިރެލް އަށް ވެސް އޭނާގެ އަމިއްލަ މިނިވަންކަމުގައި ކުޅެ މަޖާކޮށްލަން ފުރުސަތު ލިބެއެވެ. އުރުޖުވާން ގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. މާޒިމް ގުޅުމުންވެސް އޭނަ އެ ކޯލު ނަގަން ބޭނުމެއް ނުވިއެވެ.
***
މާޒިމް ގަޑި ބަލަމުން ދިޔައީ ކަންބޮޑުވެފައި ހުރއެވެ. އުރުޖުވާން އޭނާގެ މެސެޖަށް ވެސް ޖަވާބުދެނީއެއް ނޫނެވެ. މެސެޖު ފެނުނުކަމެއް ނޫންކަމެއްވެސް ނޭގުނެވެ. އޭނަ ޒިޔާރަތް ކުރަން އޮތް ބަލިމިހާ ގެ ގެއަށް އާދެވުނެވެ. ނަމަވެސް ހިތް އޮތީ ގޭގައެވެ. ހިތަށް ވިސްނައިދެމުންދިޔައީ އުރުޖުވާން އޭނާގެ ބަހާއި ދެކޮޅަކަށް އެއވެސް ކަމެއް ނުކުރާނެކަމަށެވެ. ކިތަންމެ ހިތްހަމަނުޖެހުނު ކަމުގައިވިޔަސް މިހާތަނަށް މިރެލް ގެ ކަމަކާއި ދުވަހަކުވެސް މާޒިމް ބުނާ ގޮތަކާއި ޚިލާފުވެފައެއް ނެތެވެ. ހިތަށް ޔަގީން ކަން ދިނުމަށް ހުޅުވައިލީ ގޭގެ ބޭރު ކެމެރާއެވެ.
ޚަރީފުގެ ހިތްގައިމު ބަގީޗާއެވެ. އެންމެންގެ އުފާވެރި މޫނުތަކެވެ. މިރެލްގެ ލޯބިކަމާއި ސަކަކަމުން އެންމެންގެ ދުނިޔެ އުޖާލާ ކުރުވާފަދައެވެ. މިރެލް ފަތްތަކުގައި އަތް ބީއްސާލައެވެ. ފަތާއި ކުޅެލައެވެ. އެއްބައިފަހަރު ފަތްތަކަށް ގެއްލިފައި ބަލަހައްޓައިގެން ހުންނަނީ އަލަށް އިހުސާސް ވާ އެއްޗެއް ފަދައިންނެވެ. އެހެން ހުރެފައި ދުވެފައި ގޮސް ފަތް ފުންޏެއްގެ ތެރެއަށް ވެއްޓިގަތެވެ. މަޖާވެގެން ހީހީ ފައި އެތައް ފަހަރު ތަކުރާރުކޮށް އެކުއްޖާ އެފަތް ފުންޏަށް ޑައިވް ޖެހިއެވެ. މާޒިމް ގެ ހިތް ބާރަށް ތެޅުނެވެ. މިރެލް ގެ އެ އުފަލުން އޭނާގެ ހިތަށްވެސް ބަޔާން ނުކުރެވޭފަދަ އުފަލެއް ލިބުނެވެ. ހީލެވުނެވެ. ނަމަވެސް އެހާމެ ބިރުވެސް ގަނެވެ. އެންމެންގެ އުފާވެރި މޫނުތަކެވެ.
" އޭމަ އައި ނޮޓް އަ ޕާޓް އޮފް ދެމް....ވައި އޭމް އައި އޯލްވޭއިސް ލެފްޓް އައުޓް. އަހަރެން ނެތީމަ އެންމެން މާ އުފާވެފައި........" މާޒިމް އަށް ހިތާ ހިތުން ކިޔާލެވުނެވެ. އޭނާގެ ހިތުގައި ޖެހުނެވެ. އެއާއެކު ލޮލުގައި އަޅައިގަތް މަންޒަރަކުން އޭނަގެ ލޭ ކެކުނެވެ. ކެނާން އާއި މިރެލް އަދި އުރުޖުވާން އެކީގައި ފޮޓޯ އަށް ހުއްޓުނީއެވެ. މިރެލް އެ ދެމީހުންގެ މޫނު ކައިރި ކޮށްލި މަންޒަރުން މާޒިމް އަށް ހިވީ މީހަކު އޭނާގެ ހިތް މުށުތެރެއަށް ލައި ފިތާލީހެންނެވެ.
ނުނިމޭ