ޗައިނާގައި މިދިޔަ މަހު ހިނގި ކާރު އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަށް މަރުގެ ހުކުމް އިއްވައިފިއެވެ.
ޗައިނާގައި އުމުރުން ދުވަސްވީ މީހަކު ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ސްޓޭޑިއަމެއް ތެރެއަށް ވަދެ، ހިނގި ނުރައްކާތެރި އެ އެކްސިޑެންޓުގައި 35 މީހުން މަރުވެ، 43 މީހަކު ޒަޚަމްވިއެވެ.
ތަހުގީގުތަކުން ދައްކާ ގޮތުގައި އެ މީހާ ކާރު ދުއްވާފައި ވަނީ އޭނާގެ ކައިވެނި ރޫޅުމާ ގުޅިގެން އެކަމާ ވިސްނައި، ނަފްސާނީ ގޮތުން ރަނގަޅު ހާލަތެއްގައި ހުރެއެއް ނޫނެވެ.
ނަމަވެސް ކޯޓުގެ ބަޔާނުގައި ބުނެފައިވަނީ އޭނާގެ ކުށުގެ ނަތީޖާ އަކީ އިޖުތިމާއީ ގޮތުން ލިބުނު ގެއްލުމެއް ކަމަށެވެ.
ޗައިނާގެ ދެކުނުގައި އޮންނަ ޒުހާއީގައި ހިނގި އެ އެކްސިޑެންޓުގައި ކާރު ކޮންޓްރޯލް ނައްޓާލައި ވަތް ސްޓެޑިއަމަކީ ގިނަ އަދަދެއްގެ ބަޔަކު ކަސްރަތު ކުރަން ކުރަން ތިބި ސްޕޯޓްސް ސެންޓަރެއް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެ ހަމަލާއަކީ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ ފަހުކޮޅު ޗައިނާގައި ހިނގި ބައެއް ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ކަމަށް ފާހަގަކުރައްވައި، ޗައިނާގެ ލީޑަރު ޝީ ޖިންޕިން ވަނީ ކުރިއަށް އޮތްތަނުގައި ހައްދުފަހަނަޅާފައިވާ މައްސަލަތައް ހުއްޓުވުމަށް ކަމާބެހޭ އޮފީސްތަކުން ފިޔަވަޅު އެޅުމަށް އަމުރުކޮށްފައެވެ.
އުމުރުން 62 އަހަރުގެ އެ މީހާއަށް ހުކުމް އިއްވިއިރު، އެއީ މި ހަފްތާ ތެރޭގައި އިއްވި މަރުގެ ދެވަނަ ހުކުމެވެ.
އެގޮތުން ޗައިނާގެ ހުނާންގައި ހުންނަ އެލިމެންޓަރީ ސްކޫލެއްގެ ތެރެއަށް ކާރެއް ކޮންޓްރޯލުނުވެ ވަދެ ހިނގި އެކްސްޑެންޓެއްގައި ދަރިވަރުންނާއި ބެލެނިވެރިން ހިމެނޭހެން 30 މީހުން މަރުވުމުގެ ސަބަބުން ކާރު ދުއްވަން އިން ޑްރައިވަރަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ.
މިފަދަ ހުކުމްތައް އާންމުކޮށް ބަދަލުކުރަނީ އުމުރަށް ޖަލަށްލުމަށެވެ.