"ގިނަ ގިނައިން ހެއްދެވި ފަރާތަށް ދުޢާ ދަންނަވާށެވެ. ދުޢާ އިޖާބަވުން ލަސްވެގެން ނޫޅޭށެވެ. ކޮންމެވެސް ދުވަހެއްގައި އެ ދުޢާގެ އުފާވެރިކަން ތިބާއަށް ލިބޭނެއެވެ."

***

"އަލް ގެ ޖޯކަރުކަން ބޮޑުކަމުން އެއީ...." ޒަހްރާ ދިން ޖަވާބުން ބާބިލް ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

"އައުޗް...." އަލްބާން މޭމަތީ އަތް އެޅިއެވެ. އޭނަ ގެ ހިތް ޒަޚަމް ވީކަމަށް ހެދުނެވެ. އަލްބާން ބާބިލް އަށް ފުން ނަޒަރަކުން ބަލައިލިއެވެ. އެ ލޯބި ހިނިތުނވުން ފެނުމަކީ އޭނާގެ ހިތަށް ލިބޭ ފިނި ކަމެކެވެ.

"ބާބް އަށް އެހީ އެއް ވެދީބަލަ....މިހުރިހާ އެއްޗެއް މޭޒަށް އަރުވާލަދޭން...." އަލްބާން ގެ ގައިގައި ކޮށްޓާލަމުން ޒަހްރާ އެދުނެވެ. ބާބިލް ގަންނާކުރެއްވި ލަދުން އެކަމަށް އިންކާރު ކުރިއެވެ.

"ނޫނޭ...ބާބް އަށް ގެންދެވޭނެ އޭ....އަލް ގެ ގަމީސް ވެސް ހަޑިވެދާނެ....އިޓްސް އޯކޭ..." ބާބިލް ހާސްވެގެން ގޮސް އަތް ފައިފިނިވެލިއެވެ. އަލްބާން އުފަލުގެ ކޮޅެއްވެސް ނެތެވެ. ހީވީ މަސައްކަތެއް ނުލިބިފަިއ ހުރީހެންނެވެ. އަތު ކުރި އޮޅާލައި ނަގަން ހުރި ހުރިހާ ތަބައް ތަކަށް ބަލައިލިއެވެ. ހުރިހާ އެއްޗެއް ވެސް އެހާ ފުރިހަމަކޮށް ތައްޔާރުކޮށްފައިވިއެވެ. އެ ހުރިހާ އެއްޗެއް ފެނިފައި ބާބިލް ވަރުބަލިވާނެ ވަރު އޭނައަށް އިހުސާސްކުރެވުނެވެ. ރޭ ގެއަށް އެހާާ ލަހުން އައުމުން ހަމަ ނިދި ނުލިބޭނެކަން ވެސް އެނގި ހިތުގައި ޖެހުނެވެ.

" މި ހާދަ ގިނަ ބާވަތެއް....މިހުރިހާ އެއްޗެއް ނެހެދިޔަސް ސައި ބޮވޭނެއެއްނު...ވަރަށް ވޭސްޓް ވާނެ..." އަލްބާން ކަންބޮޑުިއެވެ.

"ނޫނޭ....މިގެއިން އެއްވެސް ކާ އެއްޗެއް ބާކީ ވެ ހުރިޔަ ނުދޭނެ....އަހަރުމެންގެ ބާބް ދާނެ ގެ ކައިރީ ކުދިވެރިންނަށާއި ފަގީރުންނަށް މި ބަހާލަދޭން....އަލް އަދި އަލަށް ދޯ ބަދިގެއަށް ތި ވަދެލީ..." އެއީ އެގޭގައި އަބަދުވެސް ކުރަމުން އަންނަ ކަމެއްކަން އަލްބާން އަށް ނޭނގުމުން ޒަހްރާ އަށް ހެވުނެވެ.

" އައި ޑިޑިންޓް ޑޫ ދިސް އެލޯން....މައި ހެލްޕްޑް....ޒަހްރާއްތަ ވެސް...ދޯ..." ބާބިލް ހިނިތުންވެލިއެވެ.

" މަންމަ އަށް ނުހުރެވޭނެ މަސައްކަތެއް ނުކޮށް....އެ ވަރިހަމަ އައިސީޔޫ ގަ އޮތަސްވެސް...ދޯ..." އަލްބާންގެ އަޑުގައި ވީ ސަމާސާކަމެވެ. ބަދިގެއަށް ވަން ޒަވިޔާ އަށް އަޑުއިވުމުން ނުރުހުމުގެ ނަޒަރަކުން ބަލައިލިއެވެ.

"ސާބަސް އަލް....ތި ސަމާސާގަ ވެސް ކޮންމެވެސް ހައްދެއް އޮންނަނވާނެ...އައިސީޔޫ އިޒް ނޮ ޖޯކް މޭން..." ޒަވިޔާގެ މޫޑު ހުރީ ގޯސްކޮށެވެ.

" އޯކޭ ޑަކުތަރު........ހަނީމޫން ކެންސަލްވީތަ؟.ރޭ ފުރާ ވާހަކަ ދައްކާފަ؟" އަލްބާން އަނަގަޔށް ގޮތެއް ހަދާލަމުން ފާރަށް ލެނގިލިއެވެ. އޭނަގެ ނަޒަރު ހުއްޓުނީ މަންމައަށެވެ.

" ނުބެހޭ ކަންތަކާއި ނުބެހުން އެންމެ ރަނގަޅުވާނީ އަލް..." ޒަވިޔާރު ރުންކުރު ޖަވާބެއް ދެމުން ބަދިގެއިން ނިކުމެގެން ދިޔަ ގޮތުން ޒަހްރާވެސް ހައިރާންވިއެވެ. އަލްބާން ކޮނޑު އަރުވާލަމުން ފުން ނޭވާ އެއް ދުކޮށްލިއެވެ. ޒަހްރާ އަވަސް ފިޔަވަޅުތަކުގައި ޒަވިޔާރުގެ ފަހަތުން ދިޔައެވެ.

" އިރު އެރީ ނުބައި ފަރާތުން ކަންނޭނގެ....އަބަދު ސިނގު ރުޅި ގަނޑެއް އަރާފަ ހުންނާނީ...." އަލްބާން ތުން ތަޅުވާލަމުން މޭޒުމަތީގައި އޮތް ރަތް ފިނިފެންމާ ނެގިއެވެ. ބާބިލް ތަށި ދޮންނަން ހުރީ އަވަދިނެތިއެވެ. ދެންމެ ހިނގައިދިޔަ ކަމަކަށްވެސް ސަމާލުކަމެއް ނެތެވެ.

" ޒަހްރާއްތަ....އެހެންވީމަ...." ބާބިލް އެނބުރުނީ ޒަހްރާ އާއި ވާހަކަ ދައްކަމުންނެވެ. ނަމަވެސް އޭނާ ސިހިފައި އަތުގައި އޮތް ތަށިވެސް ދޫވިއެވެ. ނަސީބަކުން އެ ތަށީގައި ހިފީ އަލްބާންއެވެ. ބަދިގެ ކައުންޓަރުމަތީ އެއް އަތް އަޅައިގެން ހުރި އަލްބާން ގެ މޫނުމަތީވީ ނުސިޔާނު ހިނިތުންވުމެކެވެ. އޭނަގެ އަތުގައި އޮތީ ފިނިފެން މަލެކެވެ. އެވަގުތު ބަދިގެއަށް ވަން އަހެދް ގެ ހިލަމެއްވެސް އަލްބާން އާއި ބާބިލް އަށް ފާހަނގަ ވާ ވަރަށް ވުރެ ދެމީހުުންވެސް ތިބީ އެކަކު އަނކެއްގެ މޫނަށް ގެއްލިފައެވެ.

އަހެދް ކަރުކަހާލައި ކެއްސާލިއެވެ. އަލްބާން އަވަހަށް ހަށިގަނޑު ސީދާ ކުރަމުން ދުރަށް ޖެހިލިއެވެ.

" މާ ބަހާ ދުވަހަކީ ތަ؟އިޒް އިޓް އަ ސްޕެޝަލް އޮކޭޝަން؟" އަހެދް އަހާލީ ފާޑަކަށެވެ. ބާބިލް އަވަހަށް އަތުގައި ހުރި ފެން ފޮހެލަމުން މޫނު އަނބުރާލިއެވެ. އަލްބާންވެސް ބުނާނެ އެއްޗެއް ނޭންގި ހުރެފައި ކާ އެއްޗިހި މޭޒަށް އެރުވުމަށް އެހިވެދެިނުމަށް އަހެދްގާތުގައި ބުނެލިއެވެ.

" ބާބް އެހެރީނު....ބާބް ހުރިހާ އެއްޗެއް ގެންދާނެ އޭ...ދޯ....ބާބް ކުރާ މަސައްކަތް އެންމެން ކުރަންވެއްޖެ ކަމުގަ ވަނީ ނަމަ ބާބް ހުރުމުގެ ބޭނުމެއްނެތެއްނު...." ޓްރޭއި ތަކުގައި ހުރި ކާއެއްޗިއްސަށް ބަލާލަމުން އަހެދް ވާހަކަ ދެއްކީ ފޮނި ގޮތަކަށެވެ. އަލްބާންގެ އަތްތިލަ ފަހަތަށް ލައި މުށްކަވާލެވުނެވެ.

" އާނ...އަސްލުވެސް...އައިމް ހިއާ ފޯ އަ ރީޒަން..." ބާބިލް ހިތްހެޔޮ ހިނިތުންވުމެއް ދިން ނަމަވެސް ހިތުގަ ޖެހުނެވެ. އަލްބާން ގެ ލޯތަބކީ އޭނާ ކަހަލަ މީހަކަށް ހައްޤު ނުވާ އެއްޗެއް ކަމުގެ އިހުސާސް ހިތުގައި ގަދަވެގަތެވެ.

" ކޮބާ....އެންމެން އައިއްސި...ހިނގާ ދޯ މޭޒަށް ކާ އެއްޗިހި އަރުވަމާ....ދަރިފުޅު އަހެދް ވެސް މިއައީ ބައިވެރިވެލަންތަ؟" ވަދެގެން އައި ޒަހްރާ ވަރަށް އަވސް އަރުވާފައި ފޯރީގައި ބުނެލިއެވެ. އެވަގތު އަހެދް ގެ މޫނުމަތިން ޖެއްސުމާއި މަލާމާތުގެ ކުލަ އޮއްސުނެވެ.

" އާނ.....އަހެދް ވަރަށް ބޭނުންވެޔޯ މަސައްކަތުގަ ބައިވެރިވާން...." އލަބާން ހިނިގަނޑެއް ޖަހާލުމުން އަހެދް ގެ ދެ ބުމަ ގޮށްޖެހުނެވެ. ޒަހްރާ އަށް އެއީ ސަމާސާ އެއް ކަން ނޭނގި އަހެދް އަށް ތައުރީފު ކޮށްލަމުން އަތށް ލައިދިނީ ޓްރޭއި އެކެވެ. ބާބިލް އާއި އަލްބާން ވެސް ޓްރޭއި އެއް ނެގިއެވެ.

ހެނދުނުގެ ނާސްތާ ތައްޔާރުކުރެވިފައިވީ ބަގީޗާ ތެރޭގައި ހިޔާކޮށްފައިވާ ބައިގައެވެ. އުޑުމަތީގައި ކަލު ވިލާތައް އެއް ވެފައިވި ނަމަވެސް ވާރޭ އެއް ނުވެހެއެވެ. ދުވަހކި މަޑުމައިތިރި ފިނި ދުވަހެކެވެ.

" ސިމް ކައިރީ އިށީންނަންވީ ނު...." އަހެދް އިށީނީ ޖޫރީ ކައިރީގައި ހުރި ގޮނޑީގައެވެ. ޖޫރީ ގެ މޫނު އަހެދް އަށް އަނބުރާވެސް ނުލައެވެ. ފޯނާ އި ކުޅޭ ކަމަށް ހަދާލިއެވެ. އޭރު މުރުތަސިމް ދިޔައީ އަހެދް އަށް ފޯނުން މެސެޖް ކުރަމުންނެވެ. އަހެދް ދުރުގައި އިށީނުމުން މައްސަލް ޖެއްސިއެވެ. އެހެން މީހުންނަށް ކަމެއް ވެގެން އުޅޭ ހެން ހީވެދާނެތީ ކައިރީ ހުރި ގޮނޑީގައި އިށިނުމަށް އަމުރުކުރިއެވެ.

" ބަލާބަލަ މައިރާ އާއި ޒަވިޔާ....ވަކިވެސް ނުކުރެވޭ ދެ ޖޯޑު....އެހާ އަވަހަށް ރުޅި ހަދާލީތަ...ތިހާ ދުރުގަ ތި އިށީންނަނީ....." ސަކީނާއަށް ހިތުގައިވާ އެއްޗެއް ހިފަހައްޓަން ފަސޭހައެއްނޫނެވެ.

" ދެން ދައްތާ........"އަހެދް ލަދުގެންފައި އަަވަހަށް ގޮސް މުރުތަސިމްއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އޭނަ އިށީނދެ ހަމަޖެހުމުން މުރުތަސިމް އަތުގައި ހިފިއެވެ. އަދި ކަންފަތް ކައިރީގަިއ ބުނެލިއެވެ.

" މެސެޖް ނުފެނުނީތަ.....އޯ އާ ޔޫ ޕްލޭއިންގ ވިތް މީ....ޑޯންޓް ޓަރައި ޓު އެކްޓް ސްމާޓް އަހެދް..." މުރުތަސިމް ގެ އަޑުގައި ހުރީ އަމުރުވެރިގޮތެކެވެ. އަހެދް އަތް ދަމައިގަތުމަށް ގަދަ ހަދަމުން ދިޔަ ނަމަވެސް އޭނަ އެއަށްވުރެ ބާރަށް ހިފެހެއްޓިއެވެ.

"އައި ކާންޓް އީޓް...." އަހެދް ލޯ އަޅައިލިއެވެ.

" ކަނާއަތުންނެއްނު ކަނީ....ޔު ޑޯންޓް ނީޑް ޔޯ ލެފްޓް ހޭންޑް...." މުރުތަސިމް ހަމަޖެހިލާފައި އޭނައަށް ހިނިތުންވެލިއެވެ. އެ ކުރާ ކުދި ޖެއްސުމަކީ މުރުތަސިމްއަށް ވާ އުފަލެކެވެ. އޭނަގެ މޫނު ރަތް ވެގެން ދިޔައެވެ. އަދި އޭނާވެސް ދޫ ދޭ ގޮތަކަށް ނެތުމުން އަތް ނައްޓަން މަސައްކަތްކުރިއެވެ. މޭޒުދަށުގަިއ މިހިނގާ ހަނގުރާމައިގެ އެއްވެސް މިހަކަށް ހިލަމެއް ނުވެއެވެ.

" ހުރިހާ ކުދީން...." ޒަހްރާ ތެދުވުނެވެ. ހީވީ ބޮޑު އިއުލާނެއްކުރަން އެންމެންގެ ސަމާލުކަން ހޯދާލީހެންނެވެ. ނައީމު ޝައުގުވެރިވީވަރުން ކަނުލާ އަޑުއެހުމަށް އުލާއި ސަމުސާވެސް ބެހެއްޓިއެވެ. ޒަހްރާ ހިއްސާކުރީ އުމްރާ ދަތުރު ދިއުމަށް ޓިކެޓް ނެގި ވާހަކައެވެ. މިކަމުގައި އެންމެ އުފާ ވީ މައިރާ އާއި ސަހަރްއެވެ. އެހެން އެނެމެންގެ މޫނު މަތީގައިވީ ހައިރާންކަމެކެވެ.

" ޒަވީ....އައިމް ސޯ ހެޕީ...." މައިރާ ގެ މޫނުމަތިން ފެނުނީ ޖޯޝެވެ. ޒަވިޔާރުގެ މޫނުމަތި މިލާފައިވީ ނަމަވެސް ގަދަކަމުން ހިނިތުންވެލިއެވެ. ނައީމުގެ ލޯ ވިދައިލިއެވެ.

" ނައީމް ބެ މެން ވެސް މާދަން ދޯ ފުރާން ހަމަޖެހިފަ އޮތީ....އަޅުގަނޑު ވަނީ ޓިކެޓް ވެސް ނަގާފަ....ނަސިބެއްނު އަލްވަދާއު ކިޔާލަން ވަގުތުކޮޅެއްވެސް ލިބޭނެތާ..." މުރުތަސިމް ބުނެލިއެވެ. އޭނަ ނައީމުގެ މޫނުގެ ކުލަވަރު ކިޔައިލިއެވެ. ނައީމް ހީކުރީ އޭނާވެސް މި ދަތުރުގައި ބައިވެރިވަނީ ކަމުގައެވެ. ނައީމު ހައިރާންވުމާއެކު އަނެއް ސިކުންތުކޮޅުގައި ރުޅިވެރި ބެލުމެއް އަހެދް އަށް ދިނެވެ. އޭނަ ގެ ގަޔަށް ވަނީ ބިރުވެރި ފިނި ކަމެކެވެ. އަތް ތުރުތުރުލިއެވެ. މުރުތަސިމް އަށް އެ އަތުގެ ފިނިކަމާއި ތުރުތުރު އިހުސާސް ވުމުން އެ އަތުގައި ބާރަށް ހިފާލިއެވެ.

" އާނ ދޯ....ނައީމު މެން އަންނަންވާނެ އަހަރުމެންގެ އުމްރާ ދަތުރު ނިމުމުން އަދި ...." ޒަހްރާ އަދީނާގެ ބުރަކަށީގައި ފިރުމައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު