"ގުރުއާން އަޑުއެހުމަކީ އެންމެ މާތްވެގެންވާ ހެޔޮ އަމަލުތަކުގެ ތެރެއިން ހިމެނޭ އަމަލެކެވެ."<އިބްން ގައްޔިމް ރަހިމަހުﷲ>
***
މީކާ..." މަދީނާ އަށް ބުނެވުނެވެ. ފޯނު ކަންފަތުގައި ޖައްސައިލިއެވެ. މީކާިއލްގެ ހިމޭންކަން އޭނާއަށް ހުރިހާ ވާހަކައެއް އިވުނު ކަމަށް ހެކިދިނެވެ.
" އައިމް...." މަދީނާ ހާސްވިއެވެ.
" އިޓްސް އޯކޭ....ޔޫ ޝުޑް ހޭވް ޓޯލްޑް މީ ސޫނާ...." މީކާއިލް ފޯނު ކަނޑާލިއެވެ. މަދީނާ ފުން ނޭވާ އެއް ލިއެވެ. އަދި ފޯނު ބާއްވާފައި އޮށޯތީ މޫނުގައި ބާލީސް އަޅަމުންނެވެ. މީކާއިލް ވެސް އެ ދައްކަނީ ހަމަޖެހޭ ވާހަކައެއްކަން މަދީނާ ވެސް ގަބޫލުކުރެއެވެ. ލޯބި ވެސް ވެއެވެ. މީކާއިލް ފަދަ ރަނގަޅު ކުއްޖެއް ހަޔާތުގެ ބައިވެރިއަކަށް ވުމަކީ އަންހެންކުއްޖަކަށް ލިބޭނެ ބޮޑު ނަސީބެކެވެ. ރިތި ކަމާއި އެއްވަރަށް ދީންވެރިއެވެ. އާއިލާވެސް ރަނގަޅަށް އެނގެއެވެ. އޭނަގެ ސިކުނޑީގަިއ މިހުރިހާ ހިޔާލުތަކެއް އެނބުރުނު ނަމަވެސް އޭނާގެ ހިތް އެދެވެނީ އުވެއިސް އާއި އެންމެ ފަހަރަކު ނަމަވެސް ބައްދަލުވުމަށެވެ.
"ވައި ކާންޓް ހީ ޖަސްޓް އެޕިއާ އިންފްރޮންޓް އޮފް މީ...ފޯ ވަންސް..." މޫނު މަތިން ބާލީސް ނަގާލަމުން މަދީނާ ފޫހި ގޮތަކަށް ބުނެލިއެވެ. އޭނާގެ ނިއުޅިފައިވާ ބުޅި އިސްތަށިގަނޑުގެ ތެރޭގައި އަތް މަހާލަމުން ލޯ މަރާ ބާރުކޮށްލިއެވެ. އެވަގުތު ކޮޓަރީގެ ކުޑަދޮރު ހުޅުވިގެން ދިޔައީ މުޅި ކޮޓަރިޔަށް ފިނި ވައި ރޯޅިޔެއް ވައްދަމުންނެވެ. މަދީނާގެ ގަޔަށް ފިނި ހީ ވަދެގެން ދިޔުމުން ސިހިފައި ލޯ ހުޅުވުނެވެ. ކުޑަދޮރާއި ދިމާއަށް ދުވެފައި ދެވުނީ ހަމަ ހަގީގަތުގައިވެސް އުވެއިސް ގެ ހިލަމެއް ވީ ކަމަށް ހިތާއެވެ. މުޅި ކޮޓަރިތެރެވެސް ބަލާލެވުނެވެ.
"ހޭވް އައި ގޯން މޭޑް...." މަދީނާ އަމިއްލަ ނަފްސަށް ބުނެލިއެވެ. އަދި ކުޑަދޮރުން ބޭރު ބަލައިލިއެވެ.
ހަރީފު މޫސުމުގެ ކުލަތައް އެހާ ޗާލެވެ. މިއަދުގެ ޕިކްނިކް މަތީން ހަނދާންވެފައި އަމިއްލަ ކަންތައްތައްވެސް ހަނދާން ނެތުނެވެ. މިއީ މިރެލް އަށް ވަރަށް ހާއްސަ ވާނެ ދުވަހެކެވެ. ކުޑަދޮރުން ބޭރު ބަލަން ހުރެފައި އޭނަގެ ސިކުނޑީގައި މިއަދު ގެ އިންތިޒާމުތައް ރޭވިގެން ދިޔައެވެ. ފަހަތަށް އެނެބުރި ބަލައިލުމާއެކު އޭނަ ސިއްސައިގެން ދިޔަވަރުން ކުޑަދޮރުން ބޭރަށް ފުންމާނުލެވުނީ ކިރިޔާއެވެ.
" މަންމާ...." މަދީނާއަށް ބާރަށް ގޮވައިލެވުނެވެ. މަންމަ ހުރީ މުޅި މޫނުގައި ފެން ކުލަ ހާކާލައިގެންނެވެ. އަދި އަތުގައި އޮތީ ބުދެކެވެ. އެއީ މާޒިމް މިފަހުން ޑަސްބިނަށް ލީ ކުޅޭ އެއްޗިހިން އެކައްޗެވެ. މިރެލް އަށް ގެނުގުޅުން ހުއްދަ ވަނީ އެންމެ ބުދެކެވެ. އެއީ ވެސް މިރެލް އެއާއި ނުލައި އެންމެ ހިނދުކޮޅަކަށް ވެސް ނުހުންނާނެތީއެވެ. އިތުރުގޮތެއް މާޒިމް އަށް އެކަމުގަ ނެތީމައެވެ. އެހެން ނޫން ނަމަ އެވެސް ލާނީ ޑަސްބިނަށެވެ.
"މަންމާ....ތިއީ ދޮންބެ ކުރި ދުވަހު ޑަސްބިނަށް ލި އެއްޗެއް...ކީއްކުރަން ތި ނެގީ....އަޅޭ..." މަދީނާ ހާސްވެ ބިރުގަތީ ނަބީލާ މޫނުގައި ކުރަހާފައި ވުމުންނެއް ނޫނެވެ. އެ ބުދު އަތުގައި އޮތުމުންނެވެ. އަދި ހާއްސަ ކޮށް މާޒިމް އަށް ފެނިގެން ގޭތެރޭގެ ހަމަޖެހުން ނަގާލާތަން އައިސްފާނެތީއެވެ. ދެ ދުވަހުން އެއްދުވަހުގެ ހާލަތަކީވެސް އެއީވެ.
" ބަލާބަލަ...ކިހާ ލޯބި ކުއްޖެއް....މި ކުއްޖާގެ މަންމަ އެއްލާލީމަ....ނައު ޝީ އިޒް މައި ޑޯޓާ....ޔޫ އޯލްވޭސް ވޯންޓެޑް އަ ސިސްޓާ...ހިއާ ޔޫ ގޯ...." ނަބީލާ އޭނާގެ އަތު ތެރޭގައި އޮތް ބުދު މޭގައި ޖައްސާ ބާރުކޮށްލިއެވެ. މަންމަގެ ހުންނަނީ ޅަ ކުއްޖެއްގެ މިޒާޖެވެ. އޭނަ އަވަހަށް ކޮޓަރީ ދޮރު ލައްޕާލިއެވެ. މަންމަ ހައްލާލައިގެން ނަމަވެސް އެ ބުދު ހޯދަން އުޅުނެވެ.
" ނޫން...ނުދޭނަން....ތި އުޅެނީ މަގޭ ދަރި އަތުލަން ދޯ.....މަ ގޭ މިރެލް ވެސް އަތުލީ އެއްނު...އެ މާޒިމް....ނޫން ނުދޭނަން.. ނުދޭނަމޭ.....ދޮރު ހުޅުވާ...." ނަބީލާ ރުޅިގަދަވެ އަޑު ގަދަކުރާންފެށިއެވެ.
"މަންމާ....މާޒް އަށް ފޮރުވަންށޭ....ހަޅޭއްލެވީމަ އިވޭނެ...ޝްޝްޝްޝް...." މަދީނާ ލޯބިން ވިސްނަދިނެވެ. ނަސިބަކުން އޭނަގެ މަންމަ އަވަހަށް މައިތިރިވިއެވެ.
" މާޒް...ބޭޑް....ހީ ކާންޓް ބި މައި ސަން....އައި ހޭޓް ހިމް....ހީ ހާޓްސް މީ....މިރެލް ވެސް ނުދޭ އުރާލަންވެސް....އޭމް އައި ބޭޑް...." ބުދު ގަޔާ ބައްދާލައިގެން ހުރި ނަބީލާގެ ލޮލުން ހުސްކަން ފެނުނެވެ. މަދީނާ އޭނާގެ މަންމަގެ މޮޅިވެރިކަން އިހުސާސްކުރެވި މަޑުމަޑުން ބައްދާލިއެވެ.
***
ކެނާން އަށް ފިޒިއޯތެރެޕީ ދިނުމަށް ކޮންމެ ދުވަހަކުވެސް އެ ގެޔަށް އަންނަނީ ޓީމެކެވެ. މިރެލް އެ ދުވަހެއްގެ ހެނދުނަކަށް އެންމެ އިންތިޒާރުކުރަނީވެސް އެމީހުންނާއި ބައްދަލުކުރާ ހިތުންނެވެ. ގެއިން ނުދެވޭތީއާއެކު މެހުމާނުންގެ ތެރެއިންވެސް ފެނިލާ ބަޔަކީ އެމީހުންނެވެ. މާޒިމް އެކަމާއިމެދުވެސް ހިތް ހަމަނުޖެހެއެވެ. ނަމަވެސް ކެނާންގެ ފިޒިއޯތެރެޕީ ކަމުން ހިމޭނުން ހުންނަނީ ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކޮށްލައިގެންނެވެ. ފިޒިއޯތެރެޕީ ދިނުމަށް އަންނަ ޓީމުގެ ނަރުހެއް ކަމަށްވާ ލޭލާ އަކީ މިރެލް އެންމެ ގަޔާވާ އެކަކެވެ. އޭނަ ވެސް މިރެލް އަށް އެހާވަރު ހުރެއެވެ. ކެނާން އަށް އެހީވުމަށް އައުމުގެ ތެރޭގައި އޭނާގެ ހިތުގައި ކެނާން އަށް ހާއްސަކަމެއްވެއެވެ.
" ސޯ ބިއުޓިފުލް.....އައި ލަވް ޔޯ ހެއާ....ސޮޓޯބެބީ.... އަންކަލް ސްމެލް..." ލޭލާ ގެ ފަން މުށި ކުލައިގެ އިސްތަށިގަނޑުގައި ނޭފަތް ޖައްސާލާފައި މިރެލް ކެނާންއާއި މުޚާތަބުކުރިއެވެ. ކެނާން އެވާހަކަ އަޑުނީވޭ ކަމަށް ހަދާލިއެވެ.
" ނޯ...އައި ލަވް ޔޯ ހެއާ...ލަވް ދީސް ކާލްސް ސްވީޓީ....އައި ވޯންޓް ދެމް..." ލޭލާ މަޖާ ކޮށްލިއެވެ. ކެނާން ހުރީ ތެރެޕީ ސެޝަން އަވަހަށް ނުނިމިފައެވެ. މިރެލް ލޭލާ ގާތުގައި މިއަދުގެ ޕިކްނިކް ވާހަކަ ދައްކާފައި ދައުވަތުވެސް ދިނެވެ.
" އިފް އޮންލީ ހީ ޓެލްސް މީ ޓު ސްޓޭއި..." ލޭލާ ކެނާންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. އޭނަ ފޯނު ސްކްރީނަށް ބަލަހައްޓައިގެން އިނީ ފޫހިވެފައެވެ. އެ ވާހަކަ އިވުނުކަމަކަށް ވެސް ނެހެދިއެވެ. ލޭލާ ކޮންމެ ދުވަހަކުވެސް އެކި ގޮތް ގޮތަށް އޭނަ އާއި ވާހަކަ ދައްކަން މަސައްކަތް ކުރއެވެ. ނަމަވެސް އޭނާއާއި ދިމާލަށް އިސްއުފުލާ ބަލައިލާކަށްވެސް ނޫޅެއެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ ނުދައްކައެވެ. އެހާ ބަސްމަދެވެ. ކޮންމެ ދުވަހަކުވެސް ކެނާން އެދެނީ ލޭލާ ގެ ބަދަލުގައި ފިރިހެން ތެރަޕިސްޓެއް ހަމަޖެއްސުމަށެވެ.
" ހެލޯ ގާއިޒް.....ނިމުނީތަ؟ސަމް ބޭކްޑް ގުޑީސް ފޯ ޔޫ އޯލް..." އުރުޖުވާން ކޮޓަރީގެ ދޮރުގައި ޓަކިދީފައި އެތެރެއަށް ވަނެވެ. އޭނަ ހުރީ އަނެއް އަތުން ކުކީ ތަބައް ހިފައިގެންނެވެ. ވަގުތުން ކެނާންގެ ލޮލުގެ ވިދުވަރު ގަދަވިއެވެ. އޭނަ އަވަހަށް ފޯނު ބާއްވާލަމުން އޭނާގެ ފުރިހަމަ ސަމާލުކަން ދިނެވެ. ލޭލާ އަށް ހުރެވުނީ އޭނަގެ މޫނަށް ބަލަހައްޓައިގެންނެވެ. މިރެލް ލޭލާ އަށް ބަލައިލަމުން ލޯބި ގޮތަކަށް ތުން ކޮޅު ހަދާލިއެވެ. ދެރަވެފައި ގޮތަށެވެ. އެ ކުޑަކުޑަ މިރެލް އަށް އިންސާނުންގެ ސިކުނޑި ކިޔައިލެވޭފަދައެވެ.
" ހްމްމްމް.....ހޫ އިޒް ސްޓިލް އިން ދެއާ ޕީޖޭސް...." އުރުޖުވާން މިރެލްއަށް ބަލައިލަމުން މަޖާގޮތަކަށް ބުނެލިއެވެ. އެވަގުތު އެ ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. އެއީ މާޒިމް އެވެ. ދޮރު ހުޅުވިފައި ހުރި ނަމަވެސް އެތެރެއަށް ވަންނާކަށް ނޫޅުނެވެ. ބޯ ދިއްކޮށްލައި ބަލައިވެސް ނުލައެވެ. ކެނާން އާއި މާޒިމްގެ ދޭތެރޭގައި ބީރައްޓެހިކަމުގެ ފަރުދާއެއް ދަމައިލެވުނުތާ ކިތަންމެ ދުވަހެކެވެ.
" މާޒް...." އުރުޖުވާން އަވަހަށް މިރެލް އަތުގައި ހިފަމުން ނިކުތެވެ.
" އުރޫޖް....މިހާ އިރުވީ އިރުވެސް މިރެލް މިހިރީ ފެން ނުވަރުވާ....ވަޓް ވާ ޔޫ ބިޒީ ވިތް....އެންޑް ޔޫ ނޯ އައި ޑޯންޓް ލައިކް ހާ ޓު މިންގިލް ވިތް ސްޓްރޭންޖާސް..." މާޒިމްގެ އަޑު މަޑުވި ނަމަވެސް ރާގުގައިވީ ހަރުކަށިކަމެވެ.
" ނޯ...ލޭލާ އިޒް މައި ފްރެންޑް...." މިރެލް ލޯ ބޮޑުކޮށްލައި ދެބުމަ ގޮށް ޖަހައިލިއެވެ. މާޒިމްގެ ހިތް މަޑުވެލިއެވެ. އުމުރުން ދުވަސް ވީ މީހެއްފަދައިން ހަރުގޮތަކަށް ވާހަކަދެއްކުމުން ހިނި އަންނަގޮތްވިއެވެ. އުރުޖުވާން އަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މާޒިމްއަށް ފޯނެއް އައެވެ. އޭނަ އަތުގެ އިޝާރާތުން ކްލިނިކަށް ލަސްވެގެން ކަމަށް ބުނެލާފައި ހިނގައިގަތެވެ.
" މާޒް...ބަރާބަރު ތިނެއް ޖަހާއިރަށް އިނގޭ....އަވަސް ކުރައްޗޭ...." އުރުޖުވާން ހަނދާންކޮށްދިނެވެ. މިރެލް ވެސް ކުޑަ އަތުން ހަނާ އަޅަމުން ދިޔައެވެ. މާޒިމް ދާން އަވަސް ވެފައި ހުއްޓަސް ގުދުވެ ދަރިފުޅު މޭގަ ޖައްސާލާފައި ނިތުގައި ބޮސް ދިނެވެ. އެއީ އޭނާ ގެއިން ނިކުންނަމުން އަބަދުވެސް ދޭ އަލްވަދާއު އެކެވެ. އެއީ އުރުޖުވާންއަށް ފެންނަ އެންމެ ހިތްގައިމު އެއް މަންޒަރެވެ. ހިތް އުފަލުން ފުރޭވަރުވެއެވެ. ނަމަވެސް މާޒިމް އަށް އޭނާވެސް ފެންނާނެ ދުވަހަކަށް އިންތިޒާރުކުރެވެއެވެ. ކޮންމެ ދުވަހަކުވެސް އެ އުންމީދުކުރެވެއެވެ. އުރުޖުވާން އެ ހިނިތުންވުމުގަިއ ހުއްޓާ މާޒިމް އޭނާގެ ނިތުގައި ބޮސްދިނުމުން ހައިރާންވެފައި ސިހުނެވެ.
" ވާވް...." ކުޑކުޑަ މިރެލް ގެ މޫނު މަތި އުޖާލާވެގެން ދިޔައެވެ. މާޒިމް އެއް ލޯ މަރާލަމުން އުރުޖުވާން އަށް ނުސިޔާނު ހިނިތުންވުމެއް ދިނެވެ. އޭނަ ރަކިވެފައި އިސްޖަހައިލިއެވެ.
" ލަވް ޔޫ...." އުރުޖުވާން ވައި އަޑަކުން ބުނެލިއެވެ. އޭނަގެ އެސްފިޔަތައް ކަރުނުން ތެމުނެވެ.
"ލަވް ޔޫ ޓޫ...މަންމީ...." އުރުޖުވާން ގެ އަތަށް ފިތާލަމުން މިރެލް ބުނެލީ ފުންމަމުންނެވެ. އުރުޖުވާން ހިތާ ހިތުން ހަމަދުކުރިއެވެ. ހަމަ އާދަޔާ ޚިލާފު ދުވަހެކެވެ. މި އުފާ ބީވެދާނެކަމާއިމެދު ޝައްކުވެ ހިތް ބިރުގަނެ އޭނަގެ ގައިން ހީބިހި ނަގައިދިޔައެވެ. އެގޮތަށް ނެގެޓިވް ވިސްނުން ހުރެގެން ނުވާނެކަމަށް ދީނީ ނަޒަރަކުން ގަބޫލުކުރެވުނަސް އޭނަގެ މިޒާޖުން އަދި އެކަން ފިލުވައިލަން އުދަގުލެވެ.
" ހަމަ އުތުރި އަރާ ދުވަހެއްދޯ. އަޅެ ދޮންބެ އަށް ބައްޔެއް ޖެހުނީތަ؟" ފަހަތުން އިވުނީ މަދީނާގެ އަޑެވެ. އުރުޖުވާން މިރެލް ގެ ކަންފަތުގައި އަތް އެޅިއެވެ. އަދި ލޯ އަޅާލިއެވެ.
" ސޮރީ.....ޕިކްނިކް ރެޑީވާން ހިނގާ ދޯ...." މަދީނާ އަވަަހށް ވާހަކަ އޮޅުވާލާފައި މިރެލް ހެއްވާލިއެވެ. އެ ދެމިހުންގެ ސަކަރާތުގެ އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ.
މިރެލް ގެ އަލަމާރިއަކީވެސް ކޮޓަރިއެއްހާ ތަނަވަސް ތަނެކެވެ. ކޮޓަރިއާއި ވަކީން ހުންނަ ތަނެކެވެ. އެއީ ކުޑަކުޑަ ފެޝަން ދުނިޔެއެކެވެ. ހުރިހާ ކުލައެއްގެ ހެދުންތައް ހޭންގަރުތަކުގައި އެޅުވިފައިވިއެވެ. ހެދުމާއި ގުޅޭ ފައިވާންތަކާއި ބޫޓުތަށް ވެސް ވަނީ ހަރުތަކުގައި އެތުރިފައެވެ. އުރުޖުވާން އާއި މަދީނާ ސައްލާ ކުރުމުގައި ތިބީ މިރެލް ލައްވާންވީ ހެދުމަކާއި މެދުއެވެ. މިރެލް އަކީ އެމީހުން ގެންގުޅޭ ޑްރެސް އަޕް ބާބީ އެކޭ އެއްވަރެވެ. އެތައް ހެދުމެއް ލައްވާ ބަދަލުކުރުވައެވެ. މިރެލް ވެސް އެއްވެސް ޝަކުވާއެއް ކުރުމެއްނެތި އެ ކުޅިވަރުގައި ބައިވެރިވެއެވެ. ބޭރަށް ނުދެވުނު ކަމުގައި ވިޔަސް މިރެލް ލައްވާ ހެދުންތަކަކީ އެންމެ އަގުބޮޑު ރީތި ހެދުންތަކެވެ.
"މި ކޯޓު ކިހާ ލޯބި.....އައި އޯލްސޯ ހޭވް މި ކުލައިގެ ކޯޓެއް....ޕްލީޒް...މީތި ލައްވަން ވީނު......." މަދިނާ ރަތް ކުލައިގެ ކެހެރި ކޯޓެއް ނެގިއެވެ.
" ހްމމް....އައި އޯލްސޯ ހޭވް ތީގެ އަބާޔާއެއް....އެހެންވީމަ އެންމެން މެޗް ވާނެ....ވަޓް ޑޫ ޔޫ ތިންކް ސްވީޓީ...." އުރުޖުވާން މިރެލްއަށް އެކޯޓު ދައްކަން އުޅުނެވެ. އަމިއްލ ދުނިޔެއަކަށް ކުޅެން ގެއްލިފައި އިން މިރެލް ބޯ ޖަހައިލިއެވެ. އެކަމަކު އޭގެ ކުރީން އޭނަ ބަލައިލީ އެހެން ދިމާއކަށެވެ. ހީވީ އެހެން މީހެއްގެ ލަފާ ހޯދާލީހެންނެވެ. މަދީނާ ގެ ހިތަށް އުނދަގޫވާފަދަ އިހުސާސެއް ކުރުވިއެވެ. އުރުޖުވާން އަށް އެފަދަ ކަމެއް ފާހަގަ ނުވަނީހެއްޔެވެ؟
"ހާޓް....." މިރެލް ލޯ ގަނޑު ކުރިމަތީގައި ހުރެ އެނާގެ މޭމަތީގައި ހުރި އުފަންލަފުގައި އިނގިލި ބީއްސައިލިއެވެ.
"ސޯ އެކްސްޓްރާއޯޑިނަރީ...." މަދީނާ އުރުޖުވާންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.
"ތިއީ މާޒް ދައްކާ ކަހަލަ ވާހަކަ.......މިރެލް ގޮތަށް ޑިފެރެންޓް ކަލާޑް އައިސް.... އެންޑް ބާތްމާކް ލައިކް ދެޓް...އެކަހަލަ ކުދިން ބައިވަރު އުޅޭނެ މި ދުނިޔޭގަ....ޑަޒަންޓް މީން ދެއި އާ ސަމް މިތިކަލް ބީންގްސް....އައި ތިންކް މާޒް ވެސް އެހާ އޮވާ ޕްރޮޓެކްޓިވް ވަނީ މިހެންވެ ހެން....އިޓްސް ވެރީ ނޯމަލް....ލޭލާގެ އައިސް ވެސް ކިހާ ބްލޫ...." އުރުޖުވާން ބުނެލިއެވެ.
"ލޭލާ ލަވްސް އަންކަލް...." މިރެލް އެއްވެސް ފިކުރެއް ނެތި ބުނެލިއެވެ. މަދީނާ ގެ ހިތް އުފަލުން ފުރުނެވެ. މިރެލް ކައިރިން އިތުރު ސުވާލުތަކެއް ކުރުމަށް ބޭނުންވި ނަމަވެސް ފަސް ޖެހެވުނީ އުރުޖުވާން ހުރުމުންނެވެ.
"މިރެލް ކިޔާފާނެ ކޮންމެ އެއްޗެއް ވެސް....ދެން ކެނާން އާއި ދިމާ ކުރާނީއެއް ނޫން....އައި އޯލްސޯ ފީލް ލޭލާ ލައިކްވާހެން...އެކަމު ކެނާން ބަލައިވެސް ނުލާނެ....ކައިންޑަ ލައިކް އަ ލަވް ހޭޓް ރިލޭޝަނެއް...އެހެން ނޫނަސް ޝީ އިޒް ނޮޓް މުސްލިމް...." މިރެލް އަށް އެއިން އެއްވެސް ވާހަކަ އެއް ނީވޭ ހާ މަޑުން އޭނަ މަދީނާ ކައިރީ ބުނެލިއެވެ.
"ކެނާން ގެ ސްޕޯކްޕާސަން ދޯ ތިއީ....ހުރިހާ ކަމެއް ޔޫ ނޯ....ސަމްޓައިމްސް އައި ފީލް..." މަދީނާ ޖުމްލައިގެ އަނެއްބައި ދިރުވާލިއެވެ. އުރުޖުވާން ފާޑަކަށް ތުން އަނބުރާލީ މަދީނާ ކިޔަން ބޭނުންވީ އެއްޗެއް ސާފުނުވުމުންނެވެ.
***
ގޯތިތެރޭގައި ޚަރީފް މޫސުމުގެ ޖާދޫވެރިކަން ފެތުރިފައިވިއެވެ. ރަތާއި، ރަނާއި، ނާރިގު ކުލައިގެ ފަތްތައް ފިނި ވައިގައި ތިރިއަށް ވެއްޓެމުންދިޔަ މަންޒަރު އޭނާގެ ހިތުގައި ވަރަށް ފުން އަސަރެއް ކުރިއެވެ. ވަޔާއެކު އަންނަ ތެތް ވެލީގެ ވަހާއި ދުރުގައިވާ ގެއެއްގެ ޗިމްނީއިން އަރާ ދުމުގެ ވަސް އޭނާގެ ނޭފަތަށް އެރިއެވެ. އަނދިރިވެފައިވާ އުޑުގައި ބޯ ވިލާތަކުގެ ފަހަތުން އިރުގެ އަލިކަން ފެންނަ މަންޒަރު ހިތްތައް ހައިރާންކުރުވާހާވެއެވެ.
ޕިކްނިކްގެ ފަހު ތައްޔާރީތަކުގައި އުރުޖުވާން އުޅެމުން ދިޔައެވެ. މެހެކް މިރެލް އަށް ހަދިޔާ އަކަށް ދިން ކުޑަކުޑަ ޓީޝާޓު ދިގު ގޮނޑިމަތީގައި ބޭއްވިއެވެ.
" އިޓްސް އަ ބިއުޓިފުލް ޑޭއި....މިރެލް ވިލް ބީ މޯސްޓް ހެޕީ....." ކެނާންގެ އަޑު އިވިގެން އޭނަ އެނބުރި ބަލައިލިއެވެ. އޭނަ ދިއްކޮށްލީ މާ ބޮނޑިއެކެވެ. އުރުޖުވާން ހައިރާންކަމާއެކު ހިނިތުންވެލިއެވެ.
" ނޮޓް ފޯ ޔޫ ސިލީ....އެ ވަށިގަނޑުގަ ޖަހާލަން.....މިރެލް ގެ ފެވަރިޓް ފްލާވާސް މިއީ..." ކެނާން މާހައުލުގައި އުފެދުނު ފިނި ކަން ކަނޑުވާލިއެވެ. އުރުޖުވާން ރަކި ވެފައި ހުރީ އެ މަލުގައި ހިފަން ނުކެރިފައެވެ.
" ކޮބާ މާޒް؟ހުޝަލް މެންވެސް އައިއްސި....." ކެނާން ފުރޮޅުލީ ގޮނޑި ދުއްވަމުން ގޮސް އެ މާބޮނޑި ވަށީގައި އަތުރައިލިއެވެ. އުރުޖުވާން ގަޑިއަށް ނަޒަރު ހުއްޓައިލިއެވެ. މާޒިމް ގެ ޚަބަރު ބަލައިލަން ފޯނު ނެގިއެވެ. ޕިކްނިކްގެ އިންތިޒާމުގައި ބުރަކޮށް އުޅުމުން މާޒިމްގެ މެސެޖް ބަލަިއލަން ވަގުތެއް ވެސް ނުލިބުނެވެ. މިއަދުގެ ޕިކްނިކް ކެންސަލް ކުރުމަށް މާޒިމް އެދިފައި އޮތް މެސެޖް ލޮލުގައި އަޅައިގަތެވެ. އޭނާ ތަނކޮޅެއް ދުރަށް ބަލިމީހަކަށް ޒިޔާރަތް ކުރަން ޖެހުނީއެވެ. އުރުޖުވަން އެ މެސެޖު ކިޔައި ނިމުނުއިރު ހިތަށް ބަރުވިއެވެ. ލޮލުގަައި ކަރުނަތައް ޖަމާވެލިއެވެ.
" އުރޫޖް؟" ކެނާން އަށް ކަމެއް ގޯސްވިކަން އެނގުނެވެ. އޭނަ އަވަހަށް މޫނު އަނބުރާލާފައި ކަރުނަ ފޮހެލިއެވެ.
" މާޒް އަށް ނާދެވުނީތަ؟އިޓްސް އޯކޭ އެހެން ދުވަހަކަށް ހަދާނީ....ވާރޭ ވެސް އޮއްސާލެނޭހެން ހިވަނީ..." ވާރޭ ވެހޭނެހެން ހީ ނުވިޔަސް ކެނާން ބޭނުންވީ އޭނަ ގެ ހިތް ހަމަޖައްސާލުމަށެވެ.
" ނޫން....ޕިކްނިކް އިޒް އޮން...ކޮބާ އެންމެން....އެވްރިވަން ޝުޑް ކަމް...މިރެލް ވަރަށް ސަޕްރައިޒްވާނެ....." އުރުޖުވާން ލޯ ފޮހެލަމުން ޖޯޝުގައި ބުނެލިއެވެ. މިއަދު ޕިކްނިކް ކެންސަލް ކޮށްފިއްޔާ ދަރިފުޅަށް ކުރާނެ އަސަރު އޭނަ އަށް އެނގުނެވެ. މާޒިމް ރުޅި އަޔަސް ހެވެވެ. އޭނަ ބޭނުމީ މިރެލް އުފަލުގައި ބެހެއްޓުމެވެ.
" ބަޓް...މާޒް ނެތި މިރެލް ބޭރަށް ގެނައުން....ދެޓް ޑަޒަންޓް ސައުންޑް ސޯ ވެލް....." ކެނާން ވިސްނައިދޭފަދަ ގޮތަކަށް ބުނެލިއެވެ.
" އައިމް ހިއާ...ޔޫ އާ ދެއާ...ހާ ފެމިލީ އިޒް ހިއާ.....މާޒް ހިނދުކޮޅަކަށް ނެތަސްވެސް މިރެލް ބަލާނެ މީހުން އެބަތިބި..." އުރުޖުވާން ގެ އަޑުގައިވީ މޮޅިވެރިކަމެވެ. އޭނަ ގެ ހިތް ބުނަމުން ދިޔައީ މާޒިމް ގެ ރޭވުމެއްކަމަށެވެ. އެ ހުރިހާ ލޯބީގެ ކުލަވަރު ދެއްކީ ހަމަ ޖައްސާލި ސްޓަންޓެއްގެ ގޮތުގައެވެ.
ނުނިމޭ