"ދަމު ނަމާދަށް އާދަކޮށް ހޭލެވުމަކީ ނަސީބެކެވެ. އަވަހަށް ނިދާފައި އަވަހަށް ހޭލުމަށް އާދަކުރާށެވެ. އާޚިރަތަށް މަސައްކަތްކުރަން ލިބިފައިވަނީ މަދު ވަގުތުކޮޅެކެވެ."

***

"މީޓް މައި އާންޓް.... މަދީނާ..." މިރެލް ހީވީ ނުފެންނަ މީހަކަށް މަދީނާ ތައާރަފް ކޮށްދިން ހެންނެވެ. މަދީނާ ބިރުން ފަހަތައް ޖެހެން ފެށީ މިރެލް ގެ އަތުން ދޫކޮށްލަމުންނެވެ. އޭނަގެ އެ އަމަލުން މިރެލް ވިއްސައިގެން ގޮސް ފާރުގައި ބޯ ނުޖެހުނީ ހަމަ ކިރިޔާއެވެ. އެއީ އުރުޖުވާންއަށް ވެސް އެ ކޮޓަރީގެ ދޮރުން ބޯ ދިށްކޮށްލެވުނު ވަގުތެވެ.

"މިރެލް...." އުރުޖުވާން ހާސްވިވަރުން ދުވެފައި ދިޔަގޮތަށް މިރެލް އުރައިލިއެވެ. އެކުއްޖާއަށް ތަދުވެގެން ރޮއިގެން މާޒިމް މައްސަލަ ބޮޑުކޮށްލާނެވަރު ހިތަށް އަރާފައި ގަތީ އަމަށަކު ބިރެއް ނޫނެވެ. މަދީނާ އޭރުވެސް ހުރީ ހައިރާންވެ ހުއްޓުން އަރާފައެވެ. މިރެލްގެ އަމަލު ހުރިގޮތުން ހިތުގައި އުފެދިފައިވާ ވަހުމާއި ޝައްކު ހާސްގުނަ އިތުރުވިއެވެ. ނަފްސާނީ މައްސަލައެއް ނެތިއްޔާ ޖިންނި އަޅައިގަތީހެއްޔެވެ؟ އޭނަގެ އަތުގައި ފޯނުން މީކާއިލް އަށް ގުޅިފައިވީއިރު އެކަމުގެ އިހުސާސެއްވެސް ނުވިއެވެ.

މިރެލް އަށް ތަދުނުވިނަމަވެސް މަދީނާ އޭނާގެ އަތް ދަމައިގަތް ގޮތުން އޭނަގެ ގެ ހިތުގައި ޖެހުނެވެ.

" އާންޓް.....ޝީ ޑޯންޓް ލަވް މީ....." މިރެލް ރޮއެގަތެވެ.

މާޒިމްގެ ފިޔަވަޅުގެ އަޑު ކަންފަތުގައި ޖެހުމުން އޭނަ ކޮޓަރިއާއި އަރާ ހަމަކުރަނީކަން އުރުޖުވާން އަށް އިހުސާސްވިއެވެ. މަދީނާވެސް އޭނާގެ ހިޔާލުތަކުން ހޭލެވިފައި މިރެލް ރުއްސަން މަސައްކަތްކުރިއެވެ.

"ކިހިނެއްވީ.....މިރެލް އަށް އަނިޔާއެއް ވީތަ؟ތަދުވީތަ؟" މާޒިމްގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ ކުލަވަރެވެ. އޭނާގެ ދެލޯ ބޮޑުވި ވަރުން . މަދީނާވެސް ބިރުގަތެވެ. އަނެއްކާ މިރެލް އޭނާ ކުށްވެރިކޮށްފާނެހެއްޔެވެ؟

"ނޯ....... ޕިކްނިކް ޕިކްނިކް...." މިރެލް ވިސްނުން ތޫނެވެ. މާޒިމްއަށް ހުރިހާ ކަމެއް ފޮރުވިއެވެ. މަދީނާ އާއި އުރުޖުވާން އަށް ހެވެން އުޅުނަސް މަތަކުރިއެވެ.

" ޕިކްނިކް ދެވެނެ އޭ....ޕިކްނިކް ރެޑީ ކުރަނީ އޭ މަންމި...ދޯ.. މަދީނާތަ ނުދެވޭނެއޭ ބުނީ....." މާޒިމް އޭނަގެ ކޮއްކޮއާއި ދިމާލަށް ލޯ ހަނިކޮށްލިއެވެ. މިރެލް ގެ ކުޑަކުޑަ އިނގިލިން އިޝާރާތްކުރީ މަދީނާއަށެވެ.

" ޕިކްނިކް ދާން ހުއްދައޮތް ކަމެއް ނޭނގޭތީއޭ....ސޮރީ...އާންޓް އަށް ނޭނގުނީ...." މަދީނާ މާފަށް އެދުނދވދ. މިރެލްގެ ބޮޑު ލޮލުން އޮހެމުންދިޔަ މުތްތަކެއްފަދަ ވިދާ ކަރުނަތައް އެ ދެއަތުން ފޮހެލަމުން ދަތްތައް ދައްކާލީ ފުޅާ ހިނިތުންވުމަކުންނެވެ. ކެނާން ފުރޮޅުލީ ގޮނޑި ދުއްވާފައި އަންނަތަން ފެނުމުން މިރެލް މާޒިމްގެ އަތުތެރެއިން ވީއްލިގަންނަން އުޅުނެވެ.

"ހެޕީ ހެޕީ....އަންކަލް...."

މާޒިމް ވިސްނަދޭން މަސައްކަތްކުރީ ފެންވަރާލައި ރީތިވެލައިގެން ބޭރަށްދިޔުމަށެވެ. ނަމަވެސް މިރެލް ގެ ބޮޑާހޭކުން ނުހުއްޓާނެކަން ޔަގީންވުމުން މާޒިމް އަށް މަޖުބޫރުވީ ދޫކޮށްލުމަށެވެ. ކެނާން އާއި މިރެލް ގެ ވަނީ އާދަޔާ ހިލާފް ގުޅުމެކެވެ. މިރެލް އުފާ ވާކަމެއް ވިޔަސް ދެރަވާ ކަމެއް ވިޔަސް އަބަަދުވެސް އެންމެ ފުރަތަމަ ދާން ބޭނުންވާނީ ކެނާން ގާތަށެވެ. އުރުޖުވާން މިރެލް ފަހަތުން ދާން ހެދުމުން މާޒް އޭނާގެ އަތުގައި ހިފިއެވެ. އަދި ލޮލުގެ އިޝާރާތުން މަދީނާ ގާތު މިރެލް އަށް ބަލައިލަން ބުނެލިއެވެ. އަވަސް ވި ވަރުން މަދީނާ އަށް ދެވުނީ ފޯނު ކަނޑާނުލާ އެނދު މަތި ބާއްވާފައެވެ.

" އައި ހޭވް ވޯކް....އެކަމަކުވެސް ޕިކްނިކް ގަޑިޔަށް އަންނާނަން....އޯކޭ..." އުރުޖުވާން ގެ އަތަށް ފިތާލަމުން މާޒިމް ބުނެލީ ލުއި ހިނިތުންވުމެއްގައެވެ. އުރުޖުވާން އަވަހަށް މާޒިމް ގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ. މާޒިމް ކަން ޔަގީންނުވާފަދަ ގޮތަކަށް ސަމާސާގޮތަކަށެވެ.

" ކިހިނެއްވީ؟އެހެން މީހެއްކަމަށް ހީކުރެވުނީ؟." މާޒިމް ސަމާސާ ކޮށްލިއެވެ.

"މާޒް...މިއީ މަދީނާ ގެ ކޮޓަރި...." އުރުޖުވާން ހާސްވިއެވެ.

" ދެން؟ކޮބާ މައްސަލައަކީ؟" މާޒިމް ހުރީ ސަމާސާ މޫޑެއްގައެވެ.

މަދީނާ އޭނާގެ ފޯނު ހަނދާންވެގެން ފޯނު ބަލައި އައީ ދުވެފައެވެ. ދޮރު ކުރިންވެސް ހުރީ ހުޅުވިފައި ކަމުން މަދީނާ ކޮޓަރިއަށް ވަން އަޑު މާޒިމްމެންނަށް ނީވުނެވެ.

" އޯ..... މަދީނާ...." އުރުޖުވާން ރަކިވިއެވެ. މަދީނާ ހުރީ ހުއްޓުން އަރާފައި އަނގަ މަތީ އަތް އަޅައިގެންނެވެ. މާޒިމް ހިނިގަނޑެއް ޖަހާލީ އުރުޖުވާން ސަލާމަތްވާން ދައްކާލާ ބަހަނާ އެއް ކަމުގައި ވިސްނިފައެވެ.

" އުރޫޖް ވެސް ދޯ ދެން...ދެން ބުނޭ ބައްޕަވެސް އެބަހުއްޓޭ...ކޮންމެ މީހަކު އަޔަސް ބޭނުން އެއްޗެއް ލިބުނީމަ ދާނީ..................."މާޒިމް ގަދަކޮށްލިއެވެ.

އުރުޖުވާން ލަދުން މަރުވާވަރުވިއެވެ. އޭނާގެ މޫނުގެ ކުލަ އޮއްސުނެވެ. ހަގީގަތުގައިވެސް ދޮރުމައްޗަށް އެރީ ބައްޕަ ނާޝިދުއެވެ.އޭނަވެސ މަދީނާ އަށް ގޮވުމަށް އައި ވަގުތާއި ދިމާވީއެވެ. ނާޝިދު އަވަހަށް ކަރުކަހައިލައި ސީލިންގް މަތި ހޯދާލިއެވެ. މާޒިމް އަވަހަށް ފާރުގައި އަތް އަޅުވައިގެން ހުރެފައި އަތް ނެގިއެވެ. އުރުޖުވާން ގެ މޫނު މައްޗަށް ވެރިވި ކުލަވަރުންވެސް މާޒިމް އަށް އޭނާގެ ސަމާސާ އަތަށް ގޮވައިފިކަން އެނގުނެވެ.

" އަނހަ....މާޒް ވެސް އެބަހުރިންތަ މިތާ..." ނާޝިދު ތަނުގެ ހިމޭންކަން ކަނޑުވާލިއެވެ. އޭނަގެ މޫނުމަތިވެސް ވަނީ ރަތްވެފައެވެ. މާޒިމް އުރުޖުވާންގެ މޫނަށް ބަލައިލަމުން ބޯ ހޫރައިލިއެވެ. އުރުޖުވާން ތުން ފިއްތައިލައި ކުޑަކޮށް ހެވުނެވެ.

" ޔޫ ޝުޑް ނޯ ދެންވެސް....އުރޫޖް ދޮގެއް ނަހަދާނެ..." މަދީނާ ހިނިގަނޑެއް ޖަހާލާފައި މާޒިމް އިތުރަށް ރަކި ކޮށްލިއެވެ.

" މިދަނީ އޮފީހަށް....ބްރެކްފާސްޓް ރެޑީ؟" މާޒިމް ގަތް ލަދު ފޮރުވަން މަސައްކަތްކުރިޔަސް އޭނާގެ މޫނު ހުރީ އެއްކޮށް ރަތްވެފައެވެ. ބޮލުގެ ފުއްކިބައިގާ އަތް ކާއްތަމުން އޭނަ އަވަހަށް ކޮޓަރިން ނިކުމެލިއެވެ. ނާޝިދުވެސް ފަހަތުން ނުކުމެލީ އޭނަ ދައްކަން އައި ވާހަކަ ހަނދާންނެތުމުންނެވެ.

"އޯހޯ.....ކޮބާ...އުރޫޖް ބުނާނެ ދޮންބެ ރޮމޭންޓިކްއެއް ނޫނޭ..." މަދީނާ ވަގުތުން އުރުޖުވާން އާއި ދިމާކޮށްލިއެވެ. އޭނަ ކަޅި އަނބުރާލާފައި މަދީނާ ގެ ގައިގައި ވިކާލިއެވެ.

" ޝްޝް....އައި ތިންކް މާޒް ވޯކް އަޕް އޮން ދަ ރޯންގް ސައިޑް އޮފް ދަ ބެޑް....ނޮޓް ރޯންގް....ބެޓާ ސައިޑް....ނޭނގޭ...އިޓް ފީލްސް ލައިކް ދަ އޯލްޑް މާޒް އިޒް ސްލޯލީ ކަމިންގް ބެކް..." އުރުޖުވާން ގެ ލޯ އުއްމީދުގެ އަލިކަމުން ވިދައިލިއެވެ.

" އިންޝާﷲ ދޮންބެ އިޒް ހީލިންގް.....އެންޑް އަވާ ޕިކްނިކް ޕްލޭން އޯލްސޯ ވޯކްޑް.....މިރެލް ވެސް ދޯ....އެއޮތް ކުޑަ މީހާވެސް ކިހާ މަކަރު..." މަދީނާ ހިނިގަނޑެއް ޖަހާލިއެވެ. އުރުޖުވާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ މާޒިމްގެ ލާނެތްކަމާއިހެދިއެވެ.

" އުރުޖުވާން.....އިޝްގެއްގަ ޖެހުނަސް ބޮޑުވަރޭ...." މަދީނާ އޭނަ ރަކި ކޮށްލަން ކުރި މަސައްކަތް ކާމިޔާބުވިއެވެ. އުރުޖުވާން ލަދުން މޫނު އަނބުރައިލިއެވެ.

"ޝަޓްއަޕް.....ވީ ވިލް ސީ އެބައުޓް ދެޓް ވެން ޔޫ ގެޓް މެރީޑް....ހްމްމްމ ބުނެބަލަ އަޅޭ ކިހާ ދުވަހަކަށްތަ އެކުއްޖާ މަޑުކުރުވާނީ..." އުރުޖުވާން މަދީނާއާއި ދިމާކޮށްލިއެވެ. އޭނަ އެނދު ތަންމަތި ރީތި ކުރުމުގައި އަވަދިނެތި އުޅެމުން އެ ޖުމްލަ އަޑު ނީވޭ ކަމަށްހެދިއެވެ. އުރުޖުވާން ތަކުރާރުކޮށް އެހިއެވެ.

"ކާކުގެ ވާހަކައެއް.......ނުދެނަހުރިން..." މަދީނާ ނޭނގޭކަމަށް ހަދާލިއެވެ.

"މިކާ.............."އޭނަ ބާރުބާރަށް އެ ނަން ކިޔައިލިއެވެ. މަދީނާ އުދުހިފައި ކަހަލަގޮތަކަށް އައިސް އުރުޖުވާންގެ އަނގަމަތީ އަތްއެޅިއެވެ. ބޮޑު ސިއްރެއް ފަޅާ އެރުމުން ހާސްވިފަދައިންނެވެ.

" ދެން ކަމޯން....އެވްރީވަން ނޯސް...މަދީނާ އެއްބަސް ނުވާކަން އެކަނި..." އުރުޖުވާން އަނގަމަތިން އަތް ނެގިއިރު މޫނުމަތިން ފާޅުވީ ސީރިޔަސްކަމެވެ.

" ނޮޓް އެވްރިވަން...ދޮންބެ..." މަދީނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"މާޒް....މާޒް ވިލް ބީ ހެޕީ ފޯ ޔޫ....އައިމް ޝުއާ...މީކާ ރެސްޕޮންސިބިލް ވާހަަކ އަބދުވެސް ބުނާނެ..." އޭނަ މަދީނާ އަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. މަދީނާ އަނެއް ފަރާތަށް އެނބުރުނެވެ.

"އައި ގެސް އައިމް ނޮޓް ރެޑީ...ނޭނގޭ..ވަޓް އިފް...ހީ އިޒް ނޮޓް ދަ ވަން...." މަދީނާ ހިތުގައިވި ސިއްރު ފައުޅުކުރިއެވެ. މީކާއިލް ކިތަންމެ ރަނގަޅުވިޔަސް އޭނަގެ ހިޔާލުތަކުން އަދިވެސް އުވައިސް ވަތްކެއް ނުވެއެވެ.. އަދި ހާއްސަކޮށް މިރެލް ފެންނަ ކޮންމެ ފަހަރަކު އޭނައާއި ކައިރީގައި އުވެއިސް އުޅޭކަމުގެ އިހުސާސް ކުރުވައެވެ. އެއީ މިރެލްގެ ލޮލުގެ އެއް ކަޅީގައިވެސް ވެސް ހުންނަނީ އެފަދަ ނޫ ކުލައެއް ކަމުގައި ވުމުންކަމުގައިވެސް ވެދާނެއެވެ.

" އޯނޯ....ގަޑި ޖެހެނީ...އަދި ސައި ވެސް ނަހަދާ..." އުރުޖުވާން ގަޑިއަށް ނަޒަރު ހިންގާލާފައި ނިކުންނަން ހިނގައިގަތެވެ. މަދީނާ ދެއްކި ވާހަކައަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވިއެވެ. މަދީނާ ދޮރު ލައްޕާލަމުން އެނދުގައި އިށީނީ އަތުތެރޭގައި މޫނު ފޮރުވަމުންނެވެ. ޚިޔާލެއްގައި އިނދެއެވެ. އިރުކޮޅެއްފަހުން ލޯ ހުޅުވައިލިއެވެ. މިރެލް ކުރީން ހުއްޓިހުރި ކޮޓަރީގެ ކަނަށް ބަލައިލިއެވެ. ހިތް ބާރު ބާރަށް ތެޅިގަތެވެ. ހިތް އެދެމުން ދިޔައީ އެންމެ ފަހަރަކު ނަމަވެސް އަދި އުވެއިސް ފެނި ވާހަކަ ދައްކާލަން ފުރުސަތެއް ލިބުމަށެވެ. އެ އުންމީދު އޭނާގެ ހިތުގައި އާ ވީ ކިއްވެ ކަމެއް ވެސް ނޭނގުނެވެ. އުއްޑުން ބާއްވާފައި އޮތް ފޯނު ނަގަމުން މަދީނާ އެނދުގައި އޮށޯވެލިއެވެ. ފޯނު ވީ އަދިވެސް މިކާއިލް އަށް ގުޅިފައެވެ.

" މީކާ..." މަދީނާ އަށް ބުނެވުނެވެ. ފޯނު ކަންފަތުގައި ޖައްސައިލިއެވެ. މީކާިއލްގެ ހިމޭންކަން އޭނާއަށް ހުރިހާ ވާހަކައެއް އިވުނު ކަމަށް ހެކިދިނެވެ.

" އައިމް...." މަދީނާ ހާސްވިއެވެ.

" އިޓްސް އޯކޭ....ޔޫ ޝުޑް ހޭވް ޓޯލްޑް މީ ސޫނާ...." މީކާއިލް ފޯނު ކަނޑާލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު