ޑީއާރުޕީގެ އިހްޔާ ޕްރޮގްރާމްގައި މިރޭ ރައީސް މައުމޫނު ތަގުރީރު ކުރައްވާނީ ކަލާފާނު ސްކޫލްގައި ކަމަށް ޑީއާރުޕީން ބުނެފި

14:28


ޑީއާރުޕީން ކުރިއަށްގެންދާ އިހްޔާ ޕްރޮގްރާމްގެ ދަށުން ދީނީ މައުޟޫއަށް ރައީސް މައުމޫނު ތަގުރީރުކުރުން މިރޭ އޮންނާނީ ކަލާފާނު ސްކޫލްގައި ކަމަށް ޑީއާރުޕީން ބުނެފި އެވެ.


ޑީއާރުޕީގެ ދީނީ ގޮފީގެ ފަރާތުން ވާހަކަ ދައްކަވަމުން އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު، އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމް އަލީ ވިދާޅުވީ، މިރޭގެ ޖަލްސާގައި ތަގުރީރު ކުރައްވާ ބޭފުޅުން، އިސްލާހީ، އީމާނީ، އަދި އިލްމީ ވާހަކަފުޅުތަކަށް ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި މިރޭގެ ޖަލްސާގައި، ރައީސް މައުމޫނު ވތަގުރީރު ކުރައްވާނީ، "ހެޔޮބަސް އެހުން" މި މައުޟޫއުގެ މައްޗަށް ކަމަށް ވެސް ޑރ. އަފްރާޝީމް ވިދާޅުވި އެވެ.


ޑރ. އަފްރާޝީމް އަދި ވިދާޅުވީ، ކުރީގެ ސަރުކާރުންނާއި މިހާރުގެ ސަރުކާރުން، ރައްޔިތުން، ދީނީ ހޭލުންތެރިކުރުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ދީނީ ހޭލުންތެރިކަން އިތުރުވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ނަމާދު ކުރުމާއި، ޒަކާތްދިނުން އިތުރުވެފައިވާކަން ފާހަގަ ކުރައްވައި، ޒަކާތް ދެއްކުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވައިލެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު