"މައިންބަފައިންނަށް ކަމޭ ހިތުމާއި އެމީހުންނަށް އަޅާލައި އޯގާތެރިވުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ޖެހިޔަސް އަދި ނުފުދޭނެއެވެ. އަމަލުންވެސް އެކަން ދައްކާ މީހަކަށް ވާން ޖެހޭނެއެވެ."

***

" ވީ ނީޑް ޓު އެކްޓް ލައިކް ނިއުލީ ވެޑްސް...." މުރުތަސިމް އޭނަގެ ގެ އަތަށް ފިތައިލަމުން އަސަރުގަދަ ހިނިތުންވުމެއް ދިނެވެ. އަހެދްގެ ހިތުގެ ހިނގުންވެސް ބަދަލުވެލިއެވެ. އަންހެންކުދިންގެ ހިތާއި ކުޅެލާ ފަދަ ހިނިތުންވުމެކެވެ. އަހެދް މުރުތަސިމްގެ މޫނަށް ހިނދުކޮޅަކަށް ގެއްލިފައި ހުރެވުނެވެ.

" އަނހަ....ކައިލް....ރެއިން ސުރެ ނުފެނޭ...ކޮންތާކު ތި އުޅެނީ....ސޯފީ ބަލީތަ؟...." އަވަސް ހިނގުމެއްގައި ގެއިން ނިކުތް ކައިލް ފެނިފައި މުރުތަސިމް ގޮވާލިއެވެ. ކައިލް

ނިތް އަރުވާލައި ދާން ހެދުމުންވެސް މުރުތަސިމް އޭނާއާއި އެކު ކޮފީ އަކަށް ދިޔުމަށް ހުށަހެޅިއެވެ. އަހެދް އަށް އެވަގުތު ޔަގީންވީ ކައިލްގެ ޚަބަރު އެއްވެސް ގޮތަކަށް މުރުތަސިމް އަށް ނޭނގޭކަމެވެ.

"އާން ދޯ....ވަގުތެއް ވެގެން ދާނީ.....މިދަނީ ޓިކެޓް ކަންތައް ބަލައިލަން ވެގެން...އާސީގެ އާ ސެމިސްޓާ ފެށެން ކައިރިވީމަ..." ކައިލް ހަމަޖެހިލާފައި ހުރެ ކާރަށް އެރިއެވެ. މުރުތަސިމްގެ ސުވާލުތަކަށް މަޑުކުރުމެއް ނެތިއެވެ.

"އައި ގެސް ހީ އިޒް އިން އަ ރަޝް....."އޭނަ ކޮނޑު އަރުވާލަމުން އަހެދް ގެ ފިނި ވެފައި ވި އަތަށް ބާރަށް ފިތައިލިއެވެ.

" ކިހިނެއްވީ؟ކޮފީ އަށް ދާން ބޭނުމީތަ؟" އޭނަ ލޯ ހިމަ ކޮށްލަމުން ސުވާލުކުރިއެވެ. އަހެދް އިސް އުފުލާލާފައި ބަލާލަމުން ބޯ ހޫރާލީ ނުނެކޭ ބުނަމުންނެވެ.

" ދާން ބޭނުން ނުވިޔަސް އަހަރެން ބޭނުމިއްޔާ ގެންދެވޭނެ...." އޭނަ ގެ ރާގުގައި ވީ އަމުރުވެރިގޮތެކެވެ. އަހެދްގެ ހިތަށް ހީވީ ކަރަންޓު ޝޮކެއް ވަނީ ހެންނެވެ. ބައެއް ފަހަރު މުރުތަސިމްގެ ހިޔާލުތައް ކިޔާލަން އެހާ ފަސޭހައެއްނޫނެވެ. ކައިލް އާއި އަހެދް ގެ މާޒީ އެނގިހުރެ ޖައްސާ އެކްޓަކީ ބާއޭވެސް އަހެދްގެ ހިތަށް އެރިއެވެ.

" ސްމައިލް ބޭބީ....ސްމައިލް..." އޭނަ އެއް ލޯ މަރާލަމުން އަހެދް އާއި ސަމާސާ ކޮށްލުމުން އަނެއްކާވެސް ފިނިވިއެވެ. މޫނު ރަތް ޖަންބަކަށްވެލާން ހިނދުކޮޅެއްވެސް ނުނަގައެވެ. އޭނާގެ ހިތާ ކުޅެލަން ވަރަށް މޮޅެވެ. ނޫނީ އެއީ އޭނާއަށް އާދަވެފައި ހުރި ކަމަކަށް ވުމުން ފަސޭހަކަމަށް ވަނީ ބާއެވެ. ޕައިލެޓަކަށް ވުމުން އެތައް ރީތި އަންހެންކުދިންނެއް އޭނާ ކުރިމަތި އެނބުރޭނެކަން ހިތަށް އެރުމުން އަހެދް ތުން ހަދާލިއެވ.

"އަ ބިގް ފްލާޓް...." އަހެދް ތުން ތަޅުވާލިއެވެ. މުރުތަސިމް އަށް އަޑުއިވުމުން އޭނާގެ ތުންފަތަށް ވެރިވީ ފޮނި ހިނިތުންވުމެކެވެ.

"އަނހާ މިއޮއް އައީނު.....ކިހިނެއްވީ ބޭރުގަ ތި ތިބެނީ...." ނައީމު ގެ އަޑުއިވުނެވެ. އަހެދް ގެ މޫނުގެ ކުލަ އޮއްސި ފޫހިވާގޮތްވިއެވެ. ނައީމު ދާކަށްވެސް ނޫޅެއެވެ. ހަމަޖެހުމުގެ ސުކޫތެއް ލިބޭނީ އޭނަ މިގެއިން ދިޔުމުންނެވެ. އެކަން ވާން އޮތް ހަމަ އެކަނި މަގަކީ ފައިސާއެވެ. އޭނަ އާއި ވާހަަކ ދައްކަން އެންމެ ފަސޭހަ ބަހުރުވައަކީ ފައިސާއެވެ. ބިމަށް ބާރުވެފައި ހުރި ފިޔަވަޅުތައް ލުއި ވެގެން ދިޔައީ މުރުތަސިމް އަތަށް ކުޑަކޮށް ދަމާލުމުންނެވެ.

" ނައީމްބެ...ކޮބާ ކޮންދުވަހަކު ފުރުން އޮތީ؟" މުރުތަސިމް ގެއަށް ވަންނަމުން އަހާލިއެވެ. ނައީމު ސަލާން ކުރަން ދިއްކޮށްލި އަތް ވެސް ފަހަތަށް ލިއެވެ. އޭނާގެ މޫނަށް ހީވީ އަނދިރި ހިޔަންޏެއް އެޅުނުހެންނެވެ.

" މަ ނުގޮސްގެން ދޯ..." އޭނަ ލޯ އަޅައިލީ އަހެދް އަށެވެ. މުރުތަސިމް ހިނިގަނޑެއް ޖަހާލަމުން ބުނެލީ އެއީ އެކޮޅުގައި ނައީމު ކުރާ މަސައްކަތްތަކަށް ބުރޫ އަރާފާނެތީ އަހާލީ ކަމަށެވެ.

***

"ކީއްވެ މައި ބުރުގާ ތި އަޅަނީ؟.ގޭގަ ހުންނަ އިރުވެސް އަޅައިގެންތަ އުޅެނީ؟ކިހާ ހޫނު ވާނެ...." ލޯގަނޑުކުރިމަތީގައި ތައްޔާރުވެލަން ހުރި މައިރާގެ ކޮލުގައި ޒަވިޔާރު ކޮށްޓާލީ ހެވިފައި ހުރެއެވެ.

" ކިހިނެއްވީ ތި ހެނީ؟މިގޭގަ އުޅޭނެ އެއްނު ބޯއިސް ވެސް....އެހެންވެ..." މައިރާ ދިނީ ވަރަށް ސީރިޔަސް ޖަވާބެކެވެ. ޒަވިޔާރު އޭނައާއި ދިމާލަށް ލޯ ހަނިކޮށްލަމުން ހައިރާންކަމާއެކު ބަލައިލިއެވެ.

"ރިއަލީ؟ބޯއިސް....އެއީ ދެން އަލް މެންނެއް ނު....މައި ބުރުގާ ނާޅާ އުޅޭ އިރުވެސް އެމީހުންނަށް ހުންނާނީ ފެނިފަ...އެދެން އެވަރު ކަމެއް....ކިހާ އުނދަގޫ ވާނެ ތިގޮތަށް ބުރުގާ އަޅައިގެން ގޭތެރޭ އުޅޭއިރު، ވަރަށް ހޫނުވެސް ވާނެ....އައި ފީލް ލައިކް ޔޫ އާ އަ ބިޓް ކޮންސާންޑް ދޯ މަންމަ ކިޔާފާނެ އެއްޗަކަށް....މަންމަ އެހާ ސްޓްރިކްޓެއް ނުވާނެއޭ....." ޒަވިޔާ އޭނާގެ ގަމީސް ރިތި ކޮށްލަމުން މައިރާ ކައިރީ ހުއްޓުނެވެ.

" ސީރިއަސްލީ ޒަވީ؟؟ދެން ޒަވީ ތިބުނަނީ މައި އަމިއްލަ އަށް ވިސްނުމަކުން ނޫން ކަމަށް؟.އައި ތޯޓް ޔޫ ނިއު މީ ބެޓާ...." މައިރާ ތުން ދަމާލިއެވެ. ޒަވިޔާ އަށް ހީވާ ގޮތުންނަމަ ހުރިހާ ކަމެއްވެސް އޭނަ މިކުރަނީ ޒަހްރާ ހިތްހަމަޖެއްސުމަށްޓަކައެވެ.

"އޯ ކަމް އޯން...މައި....އެހެންނެއް ނޫން ދޯ މިބުނީ....ދެން މެރީ ކުރީމަ ހުރިހާ އަނހެންވެރިންވެސް އުޅޭނެ އޭ އިން ލޯޯސްމެން ގެ ހިތް ރުއްސަން. .އިޓްސް ނެޗުރަލް....އައި ޑޯންޓް މައިންޑް ޔޫ ޓޭކިން އިޓް އޮފް ވެން ވި އާ ޓްރެވެލިން އޯ ބޭރަށް ބަދަލުވުމުން...އެތަން ތާ އެހެން ނޫނަސް އުނދަގޫ ވެސް ވާނެ..." ޒަވިޔާރު މައިރާ ގެ އަތުގައި ހިފާލިއެވެ. އޭނަ އަވަހަށް އަތް ދަމައިގަތީ ބޮޑު ބިރެއް ފެނުނު ހެންނެވެ.

" ޒަވީ....ދެޓްސް ސޯ ރޯންގް...ނޯމެޓާ ވެއާ އައި ގޯ އައިމް ނެވާ ލޫޒިންގް މައި ހިޖާބް...ޒަވީ...."

ޖޫރީ އައިސް ދޮރު ހުޅުވައިލީ ޓަކި ޖެހުމެއްވެސް ނެތިއެވެ. އެވާހަކަ މެދުކެނޑުނެވެ.

" ސާބަސް ޖޫ.....ނަސީބެއް ނު..." ޒަވިޔާރު މަޖާ ރާޣެއްގައި ބުނެލިއެވެ. މައިރާ ހިތުގަިއ ޖެހިފައި ހުރިކަން ފޮރުވާލީ ލުއި ހިނިތުންވުމަކުންނެވެ. އެ ހިތްހަމަނުޖެހުން ޒަވިޔާ އަކަށް ނުވެސްވިސްނޭކަން އޭނަ އަށް އެނގެއެވެ.

" ކޮން ނަސީބެއް؟" ޖޫރީ މޯޅިއަކަށް ދެމިލިއެވެ. އޭނާގެ މޫނުން އަދިވެސް ނިދީގެ އަސަރު ނުފިލައެވެ.

" ތިހެން ޓަކި ނުޖަހާ ވަނީމަ އެއްނު.....މައި ބުރުގާ ނާޅާ ފެނިދާނެތީ..." ޒަވިޔާ ވަރަށް މަޖާވެފައި ހިނިގަނޑެއް ޖަހާލިއެވެ. ޒަވިޔާރުގެ މަލާމާތުގެ ލަފުޒުތައް އޭނާގެ ލޮލަށް ކަރުނަ ޖަމާކުރިއެވެ. ޖޫރީއަށް ވި ނޫވީ އެއް ނޭނގުނު ނަމަވެސް ހެވުނީ ޒަވިޔާ ގެ ހިނގަނޑުގެ ބާރުކަމުންނެވެ. މައިރާ އެ މަލާމާތަށް ފަސްދެމުން ކޮޓަރިން ނިކުމެލީ ހަލުވި ހިނގުމެއްގައެވެ.

"މައި ދައްތި ދެރަވި ކަންނޭނގޭ....." ޖޫރީ ގެ ހިނިތުންވުން މިލައިދިޔައެވެ. އަވަހަށް މައިރާ ފަހަތުން ދާން އަވަސްވެގަތެވެ.

" މައި ދައްތީ....ސޮރީ...ތިއްތި ހީގަތީމައޭ...." ޖޫރީ މައިރާއާއި އަރާ ހަމަކުރިއެވެ. އޭނަ ދެރަވީކަމަށް ހީކޮށް ބިރުގަނެ ހާސްވިއެވެ. މައިރާ އެއްވެސް ކަމެއް ނުވާކަމަށް ހަދާލައި ޖޫރީ ގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ.

" އާ ދޯ...ޒަވީ އެންޑް ހިޒް ލޭމް ޖޯކްސް.....ހިނގާ ބަދިގެއަށް...." މައިރާ ގެ ލޯދިއްލުނެވެ. މިއަުދގެ ނާސްތާ ތައްޔާރުކުރުމުގައި ބާބިލްއަށް އެހިވާން އޭނާ ބޭނުންވިއެވެ.

" އެ ކީއްކުރަން.....ބާބް ހުރިހާ ކަމެއް ނިންމާލާނެ...."

ޖޫރީ ގެ ޖުމްލައަށް ސަމާޅުކަމެއް ނުދީ އޭނަ ދިޔައީ ބަދިގެއާއި ދިމާއަށެވެ. ޖޫރީ ބުނީ ތެދެކެވެ. ބާބިލް ހުރީ ހުރިހާ ކަމެއް ކޮށް ނިންމާފައެވެ. ޒަހްރާ އެ ހުރިހާ އެއްޗެއް ހަމަތޯ ބަލަމުން ދިޔައެވެ. މޭޒުމަތިން އެއްވެސް އެއްޗެއް މަދުވާން އޭނަ ނޭދެއެވެ.

'މަންމާ.....ހާދަ ބުރަކޮށްލައިގެން...ބާބް....އެވްރީތިންގ ސްމެލްސް ސޯ ގުޑް....މައި އަށް މާ ލަހުން ދޯ މި އާދެވުނީ...." މައިރާ ގެ މޫނުމަތީގައި ވަނީ އުފާވެރިކަމުގެ އަލިކަމެވެ. ޒަހްރާ އަވަހަށް އޭނާގެ އަތް ފޮހެލަމުން މައިރާގެ ގައިގާ ބައްދާލީ ލޯބިންނެވެ.

" ބަދިގެއަށް އަވަހަށް އައި ކަމުގައިވިޔަސް ބާބް ނުދޭނެ އެއްކަމެއް ކުރަންވެސް....." ޒަހްރާ ބާބިލް އަށް ތައުރީފުކުރިއެވެ.

" ޒަހްރާއްތަ ދޯ.....ޝަކުވާ އެއްތަ އެއީ...." ބާބިލްގެ ސަމާސާ ރާގުން އެންމެން ހެއްވާލިއެވެ. ޒަހްރާ އާއި ބާބިލް ގެ ގުޅުން ފެނި މައިރާ އަށް އޭނާގެ މަންމަގެ ހަނދާންކުރެވެން ފެށިއެވެ. ހަމަ އެވަގުތު ގޭ ތެރެއިން ސަހަރްގެ އަޑު އިވުމުން މައިރާގެ ލޯ ވިދައިލިއެވެ.

"މަންމަ؟"

"އާނ...ކަނބުލޯ..." ޒަހްރާ ބުނެލީ ވަރަށް ލޯބިންނެވެ. މައިރާ އަވަހަށް ދުވެފަިއ ދިޔައީ ސަހަރް އާއި ބައްދަލުކުރުމަށެވެ.

"މާޝާﷲ.....ޖޫ ބަލާބަ އެހެރީ މަންމަ މެން ދެކެ ލޯބިވާ ދަރިން އުޅޭގޮތް..." މަސްބަނަހެއް އަނަގަޔަށް ލާން ދިމާކުރި ޖޫރީ އާއި ދިމާލަށް ޒަހްރާ ލޯ އަޅައިލިއެވެ.

"ޖޫ ވެސް ވެޔޭ...." ޖޫރީ ކާއެއްޗިހިން އަނގަ ފުރާލައިގެން އިނދެ ވާހަކަ ދެއްކުމުން ކީ ނުކީ އެއްޗެއް ނޭނގުނެވެ. ޒަހްރާ އިންޒާރެއް ދޭފަދަ ގޮތަކަށް ލޯ އަޅާލުލުމް އޭނަ އަވަހަށް ދުވެ ރައްކާވިއެވެ.

" ޕިސް ޕިސް...ޔާރައްބީ...." ޒަހްރާ ކުދި ކިޔައިލިއެވެ. ބާބިލް އަށް ހެވުނެވެ. ޒަހްރާ ބޮލަށް އެނބުރުން އަރައިގެން އުޅޭފަދަ ގޮތަކަށް ނިތްކުރީގަިއ އަތް އަޅައިލިއެވެ.

"ޒަހްރާއްތަ.....ޝުގާ ލޯ ވީތަ....ބޭސް ކެއިން؟" ބާބިލް އަވަހަށް ޒަހްރާ އަށް އެހީތެރިވެދިނެވެ. ގޮނޑިއެއްގައި ބޭންދިއެވެ.

"އާނ....ހުރިހާ ކަމެއްވެސް އޯކޭ....ބޭސް ވެސް ކެއިން. މިފަހަކަށް އައިސް ހަމަ ބޮލުގަ ރިއްސާލާ އެގޮތަޑް...." ބާބިލް ދިއްކޮށްލި ފެން ތަށި ބޯލަމުން ޒަހްރާ ހީލިއެވެ. އެއީ މާ ބޮޑުކަމަކަށް ނަހަދަން މަސައްކަތްކުރިއެވެ. އެކަމަކު އޭނާ ގެ ބޮލަށް އެ އަރާ ތަދުން ކަމެއް ގޯސް ވާން އުޅޭކަމުގެ ސިގްނަލް ހަށިގަނޑަށް ލިބެއެވެ. ނަމަވެސް ގޭތެރޭގެ އުފާވެރިކަން ނަގާލައި އެންމެން ކަންބޮޑުކުރުވަން ނޭދެނީއެވެ.

" ނިތްކުރިވެސް ވަރަށް ފިނި....ޒަހްރާއްތަ....އަންނާނަން އަލް ނޫނީ ޒަވީ ކައިރީ ބުނެލާފައި...." ބާބިލް ހާސްވިއެވެ.

" ނޫން....ބާބް...." ޒަހްރާ އޭނާގެ އަތުގައި ބާރަށް ހިފައި ބޯ ހޫރާލިއެވެ. ހަމަ އެވަގުތު އަލްބާން ވެސް ބަދިގެއަށް ވަދެގެން އައީ ރަތް ފިނިފެން މަލެއް ހިފައިގެންނެވެ. ބާބިލް އަށް ހަދިޔާ ކުރުމަށެވެ. ނަމަވެސް އޭނަގެ މަންމަ ޒަހްރާ ހުރިތަން ފެނި އޭނާ ގަނޑުވިއެވެ.

" މި ކޮން ޖޯކަރެއް...." ޒަހްރާ އަވަހަށް ބެލީ ބާބިލް އޭނާ ބަލި ވާހަކަ ބުނުމުގެ ކުރީން ވާހަކަ އޮޅުވާލުމަށެވެ. އަލްބާންގެ މޫނަށް އެރި ކުލަވަރު ފެނި ބާބިލްއަށް ހެވުނެވެ.

" ތީ ކޮން މަލެއް؟"އޭނަ އަނެއްކާވެސް ސުވާލުކުރިއެވެ. އަލްބާންގެ ނަޒަރު ހުއްޓުނީ ބާބިލްގެ މޫނަށެވެ. ޒަހްރާއަށް އެވަގުތު ބާބިލް އަށް ބަލާލެވުމުން އޭނާގެ މޫނު އަނބުރާލިއެވެ.

"މި މަންމަ އަށް....ދެން އެހެން ކާކަށް....އެހެން ކުދީން ނުހިފާނެވިއްޔާ ދިނަސް....އަލް ކަޅުވީމަ..." އަލްބާން ބޮޑާހާކާ ރާގެއްގައި ވާހަކަ ދެއްކިއިރު ހިވީ ހަމަ ކުޑަކުއްޖެއްހެންނެވެ. ބާބިލް އޭނާގެ ހުނުން ހިފަހައްޓަން މަސައްކަތްކުރިއެވެ.

" އަލް ގެ ޖޯކަރުކަން ބޮޑުކަމުން އެއީ...." ޒަހްރާ ދިން ޖަވާބުން ބާބިލް ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

"އައުޗް...." އަލްބާން މޭމަތީ އަތް އެޅިއެވެ. އޭނަ ގެ ހިތް ޒަޚަމް ވީކަމަށް ހެދުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު