"ދުނިޔަވީ ހަޔާތުގައި ތިބާ ބޭކާރު ކުރަމުން ދާ ދުވަސްތަކަކީ ސުވަރުގެ ހާސިލު ކުރަން ލިބޭ ހަމައެކަނި ފުރުސަތެވެ."
***
" ދަރިފުޅު...." އަހްމަދު އުރުޖުވާންގެ އަތުގައި ހިފިއެވެ. މާޒިމްގެ ފަރުވާކުޑަ ބަސްތަކުން އެންމެންވެސް ތިބީ ނުރުހުންވެފައެވެ. އުރުޖުވާން އަށް އޭނާގެ ބައްޕަ ގެ ކޮނޑުގައި ބޯ އަޅާލެވުނެވެ.
" ވަޓްސް ވިތް މާޒިމް....އައިމް ސޯ އެންގްރީ އައި މައިޓް ޑޫ ސަމްތިންގް...." ހުޝަލް އަށް ބުނެވުނެވެ. ކެނާން ލޯ އަޅާލުމުން އޭނަ މައިތިރިވިއެވެ.
" އެއްވެސް މީހެއްގެ ކުށެއް ނެތް...ފަހުން ހުރިހާކަމެއް ރަގަޅުވާނެ އިންޝާﷲ......." އަހްމަދު އޭނަގެ ބަސްތަކުން އުރުޖުވާންގެ ހިތް ހަމަޖައްސައިދޭން މަސައްކަތްކުރިއެވެ. ނަބީލާގެ ހަޅޭލެވުމުގެ އަޑު އެމީހުންގެ ވަށައިގެން ގަދަވަމުން ދިޔައިރު، އުރުޖުވާނަށް އިހުސާސްވީ އެދުވަހުގެ ފިނިކަން އޭނާގެ ހިތުގެ އެންމެ ފުނަށް ވަދެގެން ދިޔަހެންނެވެ.
*ދެ އަހަރު ފަސް*
އުދަރެސް ވަނީ ފިޔާތޮށި ކުލައިގެ ނާޒުކު ހެދުމެއް އަޅައިގެންނެވެ. ބޯ ވިލާގަނޑުތަކުގެ ތެރެއިން އިރުގެ ރަން ދޯދިތައް ފުރާނާލަނީ ފަސްޖެހިފައިވާފަދަ ގޮތަކަށެވެ. ފަޒާ ވަނީ މޫސުމުގެ ކުލަތަކުން ފުރިގެންނެވެ. ރަތާއި ރަންކުލައިގެ ފަތްތައް ގޮފިތަކުގައި ހިފަހައްޓައިގެން ތިބިއިރު ކުޑަކޮށް ހެލެމުން ދިޔައެވެ. ވައި ރޯޅިތަކުގެ ހަމަލާއަށް އެ ޟައީފު ފަތްތަކަށް ކެތްނުކުރެވިގެން ގޮފިތަކުން ދޫކޮށްލަން މަޖުބޫރުވިއެވެ. ފުން ރަތްކުލައާއި އޮރެންޖު ކުލައިގެ ފަތްތައް ގުރާފެހިކުލައިގެ ވިނަގަނޑުމަތީގައި ޖެހިފައިވެސް ވަޔާއިއެކު އެނބުރެމުންދާއިރު ލޮލަށް ހިތްފަސޭހަ އަދި ހިތްތަކަށް އުފާދޭފަދަ މަންޒަރަކަށްވިއެވެ. ގަސްތަކުގެ ތެރެއިން ވައިރޯޅި ދައުރުވަމުންދާއިރު ވެއްޓިފައިވާ ފަތްތަކުގެ ވަހާއި ދުރުގައިވާ ދުންހޮޅިތަކުން އަންނަ ލަކުޑީގެ ދުމުގެ މަޑު ވަސް ވައިގައި އެކުލަވައެވެ. ހިމޭންކަމާއި ހަމަޖެހުން އެކުލެވޭ ރީތި ހެނދުނެކެވެ.
އުރުޖުވާން ކުޑަދޮރު ހުޅުވައިލުމާއެކު ހެނދުގެ ތާޒާ ވައި ކޮޓަރިއަށް މަރުހަބާ ކިޔައިލީ ޚަރިފް މޫސުމުގެ މަޑު ފިނި ކަމާއެކުއެވެ. އޭނަ ބޭރަށް ބަލަހައްޓައިގެން ހުރިއިރު އެ ހިމަދިގު އިނގިލިތައްވަނީ އާވި އަރަ އަރާ ހުރި ކޮފިތަށީގެ ވަށައިގެންނެވެ. އިރުކޮޅެއްވާންދެން އޭނަ އެ މަންޒަރުތަކުން ހިތްހަމަޖެހުން ލިބިގަތެވެ. ކުޅަދުންވަންތަކަމާއިމެދު ވިސްނާ ފިކުރުކުރިއެވެ. ގަސްތަކާއި އެހެން ދިރޭ ތަކެތިވެސް ތަސްބީހަ ކިޔާއިރު ގިނަ އިންސާނުން ހެއްލުންތެރިވެ ހެއްދެވި ފަރާތް ހަނދާން ނެތިކޮށްލައެވެ.
ކުއްލިއަކަށް އޭނަގެ ފަހަތުން އިވުނު ޅަ ހިނިތުންވުމުގެ އަޑުން އެ ހިމޭން މާހައުލު ވިއްސިވިހާލިވެގެން ދިޔައެވެ. އެނބުރި ބަލައިލެވުމާއެކު ސިހުނުވަރުން ކޮފީތަށިވެސް ބަންޑުންނުވީ ކިރިޔާއެވެ. މިރެލް އޭނާގެ ކުޑަ އެނދު މަތީގައި ކޮޅަށް ހުރެފައި ފުންމައިގަތީ ބޮޑު އެނދާއި ދިމާލަށެވެ. އޭނާގެ ކަޅުކުލަ ގަދަ ބުޅި އިސްތަށިކޮޅު މޫނަށް އެޅިފައިވާއިރު ލޯ ވަނީ ފޮރުވިފައެވެ. އެކުއްޖާ އެނދު މަތީ ފުންމަމުން ދިޔައީ މާޒިމް ހޭލައްވާލުމަށެވެ.
"މިރެލް....ދޫނި...ވެއްޓިދާނެއޭ....ލޯ ވެސް ފޮރުވިފައެއް ނު ތިހިރީ...." އުރުޖުވާން ކޮފީ ތަށި މޭޒުގައި ބަހައްޓާފައި އަވަސްވެގަތީ މިރެލް އުރައިލުމަށެވެ.
" މަންމީ.....މޯނިންގް...." މިރެލް ގެ ކުދި ދަތްތައް ދިއްލިގެން ދިޔައީ ފުޅާ ހިނިތުންވުމެއްގައެވެ. އަތް ދިއްކޮށްލައިގެން ހުރި އިރު ލޯ މައްޗަށް ދިގުވެފައިހުރި އިސްތަށިކޮޅުތައް އެޅޭތީ ލޯ ފިތައި ބާރުކޮށްލައިގެން ހުއްޓެވެ. މިރެލް ހީލާއިރު ދެ ކޯތާފަތަށް އެޅޭ އަޑިކޮޅުން އެ މޫނުގެ މާސޫމުކަން އިތުރަށް ފާޅުވެދެއެވެ. ދޮން ހަމުގެ ކުލަ ވަނީ ޚަރީފުގެ ފިނިކަމުން ފިނިފެންމަލުގެ މަޑު ފިޔާތޮށިކުލަ ޖެހިފައެވެ. އުރުޖުވާން އަށް މިރެލްއާއި ހަމަޔަށް ދެވުމުގެ ކުރިން މާޒިމް މިރެލް ނަގާ ބޮނޑިކޮށްލިއެވެ. މިރެލް ސިހުނު ވަރުން ތޫނު އަޑެއް ލައްވާލިއެވެ.
" ޑަޑާ....ނޯ...ބޭޑް..." މިރެލް ސިހުމުން ރުޅި ގަދަވެފައި ތުން ދަމާލިއެވެ.
އުރުޖުވާން ހިނިތުންވުމެއްގައި އެ ދެބަފައިންނަށް ބަލަހައްޓައިގެން ހުރީ ހިތް އުފަލުން ފުރިފައެވެ. ﷲއަށް ހާސްފަހަރު ހަމްދުކުރެވުނެވެ. މާޒިމް ދަރިފުޅު ގެ މޫނު ކޮޅު އޭނާގެ އަތަށް ލަމުން ބުޅި އިސްތަށިކޮޅުތައް މުނު މަތީން ދުރުކޮށްލިއެވެ. މިރެލް ލޯ ބޮޑުކޮށްލިއެވެ. އޭނަގެ އެންމެ ތަފާތު ސިފައަކީ އެއީއެވެ. ދެލޮލުގެ ކަޅި ތަފާތެވެ. އެއްލޮލުގައި ނޫ ކުލަ ހުންނައިރު އަނެއް ލޮލުގައި ވަނީ މަޑު މުށި ކުލައެކެވެ. އާޝޯޚުވެ އެސްފީނާ ޖެހޭވަރުގެ ރީތި ކަމެކެވެ. މިރެލް ދެކޭ ކޮންމެ މީހަކު އެ ލޮލުގެ ވާހަކަ ނުދައްކާ ފަހަރެއް ނުދެއެވެ. އެސްފިޔަތައް ފިޔަ ޖަހާލާގޮތުން މާޒިމްގެ ހިތް ލޯބިން ބަންޑުން ކުރުވައެވެ.
"ބެސްޓް ގާލް އިން ދަ ވޯލްޑް....މިރެލް....." މިރެލް ރުޅިހަދާލައިގެން ހުރމުން މާޒިމް ދަރިފުޅު ހެއްވާލަން މަސައްކަތްކުރިއެވެ.
ނުހޭން ގަދަ ދައްކާލައިގެން ހުރި މިރެލް ގެ ބަނޑުގައި ހީލި ކޮށްޓާލުމާއެކު ހިނިގަނޑު ފަޅައިގެންދިޔައެވ. އުރުޖުވާން ވެސް އެ ސަކާރާތުގެ ތެރެޔަށް ވަނެވެ. މާޒިމް ގެ އަތު ތެރޭގައި އުރުޖުވާން އާއި މިރެލް ބޮނޑިކޮށްލަމުން ދެމީހުންގެ ނިތުގައި ވެސް ބޮސް ދިނެވެ.
" އަވާ ލިޓިލް ފެމިލީ....މައި އެވްރީތިންގ...." މާޒިމް ފުން ނޭވާ އެއް ދޫކޮށްލިއެވެ.
މިރެލް ބޯ ހޫރާލީ އެކަމާއި ދެކޮޅު ހަދާލަމުންނެވެ.
"ވެއާ އިޒް މައި އަންކަލް...އާންޓްސް....މާމަ...ކާފަ..."މިރެލް އިނގިލިން ގުނަން ފެށިއެވެ. މާޒިމް ގެ އެ ލަފުޒުތަކުން އޭނަ ނުރުހުންވިއެވެ. މާޒިމް އާއި އާއިލާ އެހެން އެންމެނާއި އޮންނަ ގުޅުން އެހާ ރަނގަޅު ނުވިނަމަވެސް މިރެލް އެއީ އެމީހުން އަމިއްލަ ފުރާނައަށް ވުރެންވެސް ބޮޑަށް ލޯބިވާ ކުއްޖެކެވެ. މާޒިމް އާއި އެންމެނާއި އޮންނަ ގުޅުން ރަނގަޅުކުރަން އުރުޖުވާން ކެނޑިނޭޅި މަސައްކަތް ކުރެއެވެ. ނަމަވެސް މާޒިމް ގެ ހަރުކަށި ކަމާއި މިރެލް ގެންގުޅެންޖެހޭ ހަރުކަށި އުސޫލުތަކުން އެކަން ކުރުމަށް އުނދަގޫކުރުވައެވެ.
"ހްމްމް....ދެއި އާ އޯލްސޯ ފެމިލީ....." އުރުޖުވާން ހިނިތުންވުމަކާއެކު ބުނެލީ މިރެލް ގެ ދަތްދޮޅި އުފުލާލަމުންނެވެ.
މިރެލްގެ ސަމާލުކަން ދަމައިގަތީ ކުޑަދޮރު ކައިރިން އުދުހުފައި ދިޔަ ދޫންޏެކެވެ. މިރެލް ދުއްވައިގަތީ ކުޑަދޮރަށް އެރުމަށެވެ. މާޒިމްގެ ހިތް ތެޅިގަތެވެ. އޭނަ މިރެލް ހިފަހައްޓައިލިއެވެ.
" އަ ބާޑް....ދޫނި...ދޫނި...އައި ވޯންޓް ޓު ފްލައި ޓޫ...ލައިކް އަ ބާޑް...." މިރެލްގެ ލޯ ވިދައިލިއެވެ. އުރުޖުވާން ގެ ހިތް ހީވީ ކުދި ވީހެންނެވެ. މިރެލް އަށް ދެ އަހަރުވި އިރުވެސް ބޭރު ބަލައިލަން ގެނދެވިފައި ހުރީ ވެސް އަތުން ގުނާލެވޭ ހާ މަދު ފަހަރެއްގައެވެ. މާޒިމް ވަގުތުން ދޮރުފޮތި ކަހާލީ ބޮޑު ބިރެއް ފެނުނު ހެންނެވެ. މިރެލްގެ މޫނު މިލައިގެން ދިޔައެވެ. އަވަަހަށް ބައްޕަގެ ގެ އަތުން ވީއްލިގަނެގެން ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުތެވެ.
"ދަރިފުޅު...މިރެލް....ކަމް ބެކް..." މާޒިމް ގޮވަމުން ދިޔައެވެ.
މިރެލް އޭނާ ކުޅެން ގެންގުޅޭ ކުޑަ ބުދު ހިފައިގެން ދިޔައީ އޭނައަށް ބީރު ކަންފަތެއް ދީފައެވެ. މާޒިމް ދަރިފުޅުގެ ފަހަތުން ދާން ހެދުމުން އަތުގައި ހިފީ އުރުޖުވާން އެވެ.
" ލެޓް ހާ ބީ....އެދަނީ ކެނާން އާއި އެކީ ކުޅެން....އޭޒް އޯލްވޭއިސް...."
މާޒިމް އަނގަޔަށް ގޮތެއް ހަދާލީ ފޫހިވެފައެވެ.
"ޑޫ ޔޫ ތިންކް ޝީ ލަވްސް ހާ ބެސްޓް އަންކަލް "ކެނާން" ދޭން މީ؟" ޅަކުއްޖެއްހެން ތުން ވަށްކޮށްލަމުން މާޒިމް ސުވާލުކުރިއެވެ. ރުންކުރުވެފައެވެ. އުރުޖުވާން ޗުސް ކަނޑާލިއެވެ.
" ޖެލަސް މަޗް؟" އުރުޖުވާން ބުމަ ކައިރިކޮށްލިއެވެ. މިރެލްގެ އެނދުގައި އޮތް ރަޖާ ފަށްޖަހަން ހުރިއިރު އޭނަގެ މޫނު މަތީން ފެނުނީ މޮޅިވެރިކަމެވެ. މާޒިމްއަށް ވިސްނުނެވެ. ހިތަށް އަސަރުވެސް ކުރިއެވެ.
" ޓެލް މީ....ވަޓް ޔޫ އާ ހައިޑިން އިން ޔޯ ހާޓް...." އުރުޖުވާން ގެ ކޮފީ ތަށިން ކޯވަރެއް ބޯލަމުން މާޒިމް އަހާލީ މޯޅިއަކަށް ދެމެމުންނެވެ. އުރުޖުވާން ދޫކޮށްލީ ފުން ނޭވާއެކެވެ. އޭނާގެ ބަސްތަކުން ދެމީހުންގެ ދޭތެރޭގައި ފެށޭނީ ޒުވާބެއްކަން އެނގޭތީއެވެ.
" ދޮރު ފޮތި ކަހާލީމަ؟އެކަމާ؟އައިމް ޖަސްޓް..." މާޒިމް އަށް އުރުޖުވާންގެ ހިތް ކިޔާލެވުނެވެ.
" ވޮރީޑް....އެނގޭ...އައި ނޯ...އެކަމު މިރެލް އަބަދަކު ހިފަހައްޓައިގެން ކޮށްޓަކަށް ލައިގެން ވެސް ނުތިބެވޭނެ ދޯ....އިޓްސް ނޮޓް ފެއާ ފޯ ހާ....." އޭނަ ގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. މާޒިމް އެ ގަންނަ ބިރާއި ހެދި މިރެލްގެ މިނިވަންކަން ގެއްލެން އޭނަ ނޭދެއެވެ.
" އުރޫޖް....ޕްލީޒް....ޔޫ ޕުޓް އިޓް ލައިކް އައިމް ނޮޓް ޑުއިންގް ވަޓްސް ބެސްޓް ފޯ ހާ....ޖައިލަމް އެންމެ ފަހުން ބުނި ބަސް އަދިވެސް ކަންފަތުގައި ގުގުމާ....އޭނާ ޖަލުގަ ވިޔަސް އޭނާގެ އައުވާނުން އުޅޭނެ....އައި ޑޯންޓް ވޯންޓް އެނީތިންގް ޓު ހެޕެން ޓު ހާ....ޓު އަސް...." މާޒިމް ގެ ބަހަނާ އަަކީ އާ އެއްޗެއް ނޫނެވެ. އުރުޖުވާންގެ ކޯތާފަތަށް އެޅުނު ކަރުނަ ފޮހެދެމުން ލޮލުގައި ބޮސްދިނީ އޭނާވެސް އުރުޖުވާން އާއި ޒުވާބު ކުރަން ނޭދޭތީއެވެ. މިރެލް ލިބުނު ފަހުން އެ ދެމީހުންގެ ގުޅުމަށް ދެވޭ ސަމާލުކަން ކުޑަކަން އޭނަ އަށް ވެސް އެނގެއެވެ.
"ޕިކްނިކް... ޕިކްނިކް...." މިރެލް ދޮރުން ބޯ ދިއްކޮށްލިއެވެ. އޭނަ ކުދިކުދި އަތްތިލަ މަހައިލީ އުފަލުންނެވެ. އޭނަގެ އުފާވެރި ހިނިތުންވުމުގެ އަޑު މުޅި ކޮޓަރި ފުރާލިއެވެ. އުރޖުވާން އަވަހަށް އޭނާގެ ހިތާމަ ފޮރުވައިލާ ހިނިތުންވެލިއެވެ. މާޒިމް ގެ މޫނު ބަނަވެގެން ދިޔައީ ކަންބޮޑުވުމާއެކުއެވެ.
"ޕިކްނިކް؟" މާޒިމް ގެ ނޒަރު ދަތުރުކުރީ އުރުޖުވާންއަަށެވެ. އޭނަ ނޭނގޭ ކަމަށް ހަދާލައި ކޮނޑު އަރުވާލިއެވެ. އަވަހަށް މޫނު އަނބުރާލިއެވެ.
" ހުރިހާ ކުދިން ދަނީ ޕިކްނިކަށް...މިރެލް ވެސް ބޭނުން.....ޕްލީޒް ޕްލީޒް...ޑާޑާ..." މިރެލް މާޒިމް ގެ ފަޔަށް ދަމަމުން އާދޭސްކުރިއެވެ. މާޒިމް އިސްތަށިގަނޑަށް އަތް މަހައިލާފައި މިރެލް އުރާލަން އުޅުނެވެ. އަދި ބޮޑާހާކަން ވެގެން ބިންމަތީގައި ފައިން ޖެހިއެވެ.
"ޕިކްނިކް...ޕިކްނިކް..." މިރެލް ހަޅޭއްލަވައިގަތީ ރުޅިވެރިގޮތަކަށެވެ.
"ކާކު ކިޔައިގެން އުޅޭ ވާހަކައެއްތަ މިއީ.....ކެނާން؟" މާޒިމްގެ ސުވާލު އަމާޒުވީ އުރުޖުވާނަށެވެ.
" ވެދާނެ ޓީވީ އިން ފެނުނީ ކަމަށް.....މިހާރު ބަލާ ކާޓޫނަކުން ޕާކެއް ފެނިގެން އެކަހަލަ ތަނަކަށް ދާން ވެސް ކިޔެއް ނު..." އުރުޖުވާން ހަނދާންކޮށްލަދިނެވެ. މިރެލް ބޮޑާ ހާކަން ފެށިގޮތަށް ކުޅޭ އެއްޗިހިވެސް އެކިދިމާލަށް އުކައިލިއެވެ.
" އައި ޑޯންޓް ހޭވް ދަ ހާޓް ޓު ޓެލް ހާ ޝީ ކާންޓް...." އުރުޖުވާން ބުނެލިއެވ. މާޒިމްއަށް އެއްޗެއް ވިސްނިދާނެ ކަމުގެ އުންމީދުގައެވެ.
"ފައިން....ލެޓްސް ހޭވް އަ ޕިކްނިކް...." މާޒިމް ހިތާ ދެކޮޅަށް ބުނެލިއެވެ. މިރެލް ގެ އުފަލަށްވުރެ އުރުޖުވާންގެ އުފަލަށްޓަކައެވެ. މިރެލް ލޯ ފޮހެމުން އޭނާގެ އަތުގައި އޮތް ބުދު ނަގައި ބައްދައިލަމުން ފުންމަން ފެށިއެވެ.
"ޔެސްސް...އުވޭ....ވީ އާ ގޮއިން...ޑިޑް ޔޫ ހިއާ ދެޓް...." މިރެލް ވާހަކަދެއްކީ އޭނާގެ އަތުގައި އޮތް ބުދާއިއެވެ. މާޒިމް އަވަހަށް މިރެލް އުރާލައި ބުދު ދުރަށް ލިއެވެ.
" ނޯ...ޑޯންތް ޑު ދެތް....ދެޓްސް މައި ފްރެންޑް...." މިރަލް މާޒިމްގެ ކޮލުގައި ހިފައިލިއެވެ. އޭނައަށް މިރެލްގެ އެ ލަފުޒުތަކަށް ސަމާލުކަން ނުދެވުނީ އުރުޖުވާން ވާހަކަ ދެއްކުމުންނެވެ.
" ޑޯންޓް ލައި ޓު ހާ މާޒް...." މަޑުމަޑުން އުރުޖުވާން ބުނެލިއެވެ.
" ދޮގެއް ނޫން....ވި ކޭން ހޭވް އަ ޕިކްނިކް...އެކަމު މިގޭ ބެކްޔާޑް ގަ...." މާޒިމް ލޯ އަޅާލިއެވެ. އުރުޖުވާން ހިނިތުންވެލިއެވެ. މާޒިމް ގެ އިރުޝާދުތައް ހާހަކަށް ވުރެ ގިނަ ވާނެކަން އެނގުނު ކަމުގައިވިޔަސް އެފަދަ ކަމަކަށް އެއްބަސްވެދާނެކަމަށް ވެސް އޭނަ ހީނުކުރެއެވެ. އުފަލުން ފުމެމުންގޮސް މާޒިމް ގެ ގައިގައި އޮޅުލައިގަނެވުނު ތަން ފެނި މިރެލް ވެސް ހެވުނެވެ.
"މަންމި ފަނީ....ލައިކް މާމަ...." މިރެލް ލާނެތްވެލިއެވެ. އޭނަގެ ބަސްތައް ނިސްބަތްވީ ނަބީލާއަށެވެ. އުރުޖުވާން އާއި މާޒިމް އަށް ހެވުނެވެ. ނަބީލާ އަށް މިރެލް ފެންނައިރަށް އެކަހަލަ ވައްތަރެއް ޖައްސާތީ މިރެލް އަށް އެކަން ވަނީ ވަރަށް މަޖާކަމަށެވެ. މާޒިމް އެކަމާވެސް ކަންބޮޑުވެއެވެ. ނަބިލާ އާއި އެކު މިރެލް އެކަނި ނުކުރަން ހަރުކަށި އިންޒާރުތަކެއް ނުދޭ ދުވަހެއް ނުދާނެއެވެ.
" އައި ހޭވް ވޯކް ޓޫ....ލަންޗް އަކަށް ހަދަންވީ ނު....ކްލިނިކް އަށް ގޮސްލާފަ އަންނަންވާއިރަށް އޭރުން ހުރިހާ ކަމެއް ރެޑީ ކުރެވޭނެ...." މާޒިމް އޭނާގެ ފޯނު ހުޅުވައިލިއެވެ.
"އައިމް ގޮއިން ޓު ޓެލް އެވްރިވަން....ހެޕިއެސްޓް ޑޭއި އެވާ.......ޔޭޔި..." މިރެލް އެންމެނަށް އިއްވަން ތޫލި އަޑުން ބުނަމުން ދިޔައެވެ. އުރުޖުވާންވެސް އަވަހަށް ޝޯލްއަކުން އިސްތަށިގަނޑު ފޮރުވަމުން ދަރިފުޅުގެ ފަހަތުން ދިޔައެވެ. މަދީނާ އާއި ކެނާން އަށް ހަބަރުދިނުމަށެވެ.
***
މަދިނާ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަމުން ދިޔައީ ފޯނުގައި ހުރެއެވެ. އެހެން މީހުންނަށް ނީވޭހާ މަޑުންނެވެ. ކުއްލިއަކަށް ދޮރު ބާރަށް ހުޅުވަމުން މީހަކު ވަދެގަތް އަޑަށް ފޯނު އަތުން ދޫނުވީ ކިރިޔާއެވެ.
"ޝްޝްޝް.....އާންޓީ ސީކްރެޓް..." މިރެލް އޭނާގެ ކުޑަ ޝަހާދަތް އިނގިލި ތުން ކޮޅުގައި އެޅީ މަދީނާގެ ފަރާތުން ނަކަލުކޮށްގެންނެވެ.
"މިރެލް އޭ...ނަސީބެއްނު..." މަދީނާ އޭނާގެ މޭމަތީ އަތް އަޅަމުން ފޯނުން ޖަވާބުދިނެވެ.
" އައި ވޯންޓް ޓު ޓެލް އެވްރީވަން.....މިހާރު ދެ އަހަރު މިވަނީ...އައި ވޯންޓު ގެޓް މެރީޑް އޭޒް ސުން އޭޒް އައި ކަމް ބެކް...." ފޯނުން ވާހަކަ ދެއްކީ މިކާއިލް އެވެ. ސްކޮލާޝިޕެއްގައި ކިޔެވުމަށް ސައުދިއަރަބިއްޔާ އަށް މިކާއިލް ދިޔަފަހުން އަހަރެއްވެދާނެއެވެ.
މަދީނާގެ މޫނު ރަތްވެގެން ދިޔައެވެ. ލަދުންހުރެ މޫނު އަނބުރާލުމާއެކު ހައިރާންވިއެވެ. މިރެލް ހުރީ ކޮތަރީ ކަނުގައި ފާރާއި ދިމާލަށް މޫނު އަނބުރާލައިގެންނެވެ. އެކަނި ހުރެ ވާހަކަ ދައްކަނީއެވެ. މަދީނާ ގެ ހިތް އަވަސްވެލިއެވެ.
"މިރެލް....." މަދީނާ ގޮވުމުންވެސް ޖަވާބެއް ނުލިބުނެވެ. އޭނަ ކައިރިޔަށް ޖެހިލާފައި މިރެލް ގެ ގައިގައި ކޮށްޓާލިއެވެ. އެއާއެކު މިރެލް އެނބުރުނީ ލޯ ބޮޑު ކޮށްލަމުންނެވެ. ކަނައަތު ލޮލުގެ ނޫ ކަޅި ފެނުނު ގޮތުން މަދީނާގެ ހިތް ބާރަށް ތެޅިގަތެވެ. އޭނާއަށް އެ ލޮލުން އުވެއިސް ގެ ސޫރަ ފެނުނު ހެން ހީވިއެވެ. ހާސްވިވަރުން ފަހަތަށް ޖެހިލެވުނެވެ. މިރެލް އޭނާގެ ފިނި ދެއަތުން މަދީނާގެ އަތުގައި ހިފާލިއެވެ.
" މީޓް މައި އާންޓް....މަދީނާ..." މިރެލް ހީވީ ނުފެންނަ މީހަކަށް މަދީނާ ތައާރަފް ކޮށްދިން ހެންނެވެ.
ނުނިމޭ