"ގިނަގިނައިން އިސްތިޣުފާރު ކުރުމަކީ ރޯދި ބަރަކާތް އިތުރުވާކަމެކެވެ. ވީހާވެސް ގިނައިން أَسْتَغْفِرُ اللّٰهَ ކިޔާށެވެ."

***

ހުޝާލްގެ ރުޅި މަޑުވާގޮތްވިއެވެ. އުރްޖުވާންގެ ހިތާމަވެރި މޫނުން އޭނަގެ ހިތުގައި އޮތް ވޭން އިތުރަށް ފުންވެގެންދިޔައެވެ. މާޒިމްއާއި ދިމާލަށް އެންމެ ފަހު ފަހަރަށް ހިތްދަތިކަމާއެކު ބަލާލުމަށްފަހު، އޭނާ އެނބުރި ކޮޓަރިން ނިކުމެގެން ދިޔައީ ދޮރު ބާރަށް ލައްޕާލަމުންނެވެ. އޭގެ ފަހުން އައި ހަނުހިމޭންކަން ނޭވާހާސްވާ ފަދައެވެ. އުރްޖުވާންގެ ރުއިމުގެ އަޑު ކޮޓަރީގައި އެއްވާނަކަށް ހުއްޓެވެ. މާޒިމް ހުރީ ހުއްޓުން އަރާފައެވެ. ދޮރު އަނެއްކާވެސް ދޮރުހުޅުވުނެވެ. ނަރުހުން އައީ ދަރިފުޅު ގޮވައިގެންނެވެ. މާޒިމް އަވަސްވެގަތީ ކުޑަކުއްޖާގެ ކައިރިއަށެވެ. ކުޑަ ދަރިފުޅުގެ ލޯ މަރާ ލައިގެން އޮތީ އަރާމު ފުން ނިންޖެއްގައެވެ. އެ ނާޒުކް ތުއްތު ދަރިފުޅު މާޒިމްގެ އަތުގެ ތެރެއަށް ލައިދެވުނެވެ.

"މިރެލް...." މާޒިމް ގެ ލޯ ވިދަންފެށީ އުފަލުގެ ކަރުނައިންނެވެ.

***

ކަޅު ވިލާތަކުން އުޑުމަތި ބަނަ ކޮށްފައިވާއިރު ޖައްވުގައި އެނބުރެމުންދާ ފިނި ވައިގެ ތެރޭގައި ފަތްތައް ތުރުތުރުލާ އަޑުން ހިތަށް ހަމަޖެހުން ގެނުވާދެއެވެ. ގޭގެ ދޮރުމަތީ އެންމެން ތިބީ އިންތިޒާރުގައެވެ. މިރެލް އައުމުގެ އިންތިޒާރުގައެވެ. މާޒިމް އެންމެނަށް ހޮސްޕިޓަލަށް އައުމަށް މަނާ ކޮށްފައިވީއިރު ފޮޓޯގަނޑެއް ހާ މިންވަރުވެސް ދައްކާނުލައެވެ.

" ކެނާން ވެސް ޑިސްޗާޖް ކޮށްފިއޭ ބުނީ....އެހެންވީމަ އެއްކޮށްތާ އަންނާނީ....." ނާޝީދު ވާހަކަދެއްކި އަހްމަދު އާއެވެ. ނާޝިދުގެ މޫނުމަތިންވެސް ފައުޅުވަމުން ދިޔައީ ބަލި ކަމުގެ އަސަރެވެ. ކެނާން އާއި މެދު ފިކުރުބޮޑުވެފައި ހުރި ނަމަވެސް ހުޝަލް އެދިފައިވާ ގޮތަށް އެ ކަންބޮޑުވުން ނުދެއްކުމަށް އޭނަ މަސައްކަތްކުރިއެވެ.

" އިންޝާﷲ ފިޒިއޯ ތެރެޕީ އިން އަދި ރަނގަޅުވާނެ.....ޑޯންޓް ޓޭކް ޓޫ މަޗް ސްޓްރެސް...ކެނާން އެއީ ހިތްވަރު ގަދަ ކުއްޖެއް...." އަހުމަދުއަށް އޭނާގެ އެކުވެރިޔާގެ ހިތާމަ ރަނގަޅަށް އިހުސާސްކުރެވުނެވެ.

މަދީނާ މަސައްކަތް ކުރަމުން ދިޔައީ އޭނަގެ މަންމަ ނަބިލާ ހިފެހެއްޓުމަށެވެ. މާޒިމްދީފައިވާ އިރުޝާދުގައި މަންމަ އަށް އެމީހުން އަންނަކަން ނޭންގުމަށް ވަނީ އެދިފައެވެ. ނަބީލާ ގެ ނަފްސާނީ ހާލާތުން މިރެލް އަށް އުނދަގޫ ވެދާނެ ކަމުގައެވެ. މާޒިމްގެ ވިސްނުން ހުރިގޮތާއިމެދު ކޮންމެވެސް ވަރަކަށް ވިސްނަން ޖެހުނެވެ.

" ދޫކުރާށޭ....." ނަބިލާ ރުޅިވެރިކަމާއެކު މަދީނާ ކޮށްޕާލަން މަސައްކަތްކުރިއެވެ.

"މަންމާ....މިއީ މަންމަ ނިދާ ގަޑި އޭ....ބަސްއަހައިގެން ނިދާލަންވީނު ޕްލީޒް..." މަދީނާ އޭނާގެ މަންމަ އާއި ވާހަކަ ދެއްކީ އެހާމެ ލޯބިންނެވެ. ނަބީލާ ކުޑަކުއްޖެއްހެން ފައި ތަޅަމުން ބޮޑާހާކަމުން ދިޔައެވެ.

ވިއްސާރައިގެ ތެރޭގައި ކާރުތައް ގޯތިތެރެއަށް ވަދެގެން އައީ އެއްފަހަރާހެންނެވެ. ޓަޔަރުތަކުގެ ދަށުން އިވޭ ތެތް ފަތްތަކުގެ އަޑު އިވުމާއެކު ނަބީލާ ހުއްޓުން އެރިއެވެ. މޫނު މަތި އަލިވެފައި ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. މަދީނާ އަށް ބަލައިލީ ޖެއްސުމެއް ކޮށްލާހެންނެވެ. ކުޑަދޮރުން ބޭރަށް ނަޒަރު ހިންގައިލުމުން މާޒިމް މެން ގެއަށް ލެފީކަން ކަށަވަރުކޮށްލިއެވެ.

" ހަމަޖެހިލައިގެން ދާނީ އޭ...."މަދީނާ ވިސްނައިދޭން މަސައްކަތްކުރިއެވެ. ނަބީލާ ދަނޑިވަޅު ބަލާލާފައި މަދީނާގެ އަތުގައި ބާރަށް ދަތް އަޅާލިއެވެ. އޭނާ އަށް ވީ ތަދާއެކު ނަބީލާ އަތުން ދޫކޮށްލެވުނު ތަންވަޅުގައި ބާރަށް ދުވެފައި ނިކުންނަމުން ލާނެތް ހިނިގަނޑެއް ޖަހާލިއެވެ. މަދީނާ ގެ ނާޒުކް އަތް އޮތީ ރަތްވެ ލޭއަރާފައެވެ.

އެންމެ ފުރަތަމަ ކާރުން ފޭބީ މާޒިމްއެވެ. އޭނާގެ އަތުގައި މިރެލް އޮތީ މޭމައްޗާ ގާތްކޮށް ހިފަހައްޓައި ބޮނޑިކޮށްލައިގެންނެވެ. އެ ކުޑަ ކުޑަ މޫނު ކޮޅު ކިރިޔާ ފެންނަނީއެވެ. މިރެލް ކުކުރާލިއަޑަށް އޭނަ ފަރުވާތެރިކަމާއެކު އެ ކުޑަކުޑަ މޫނު ކޮޅުގައި ބީހިލިއެވެ. އުރުޖުވާން ކާރުން ފޭބީ ބުރަހެލިކަމާއެކުއެވެ. އަދިވެސް އެ މޫނުމަތީގައިވީ ވަރުބަލިކަމެވެ. ޖައްވުގެ ފިނިކަމުން ސަލާމަތްވާންވެގެން ލައިގެން ހުރި ކޯޓު ގަޔަށް ބާރުކޮށްލެވުނެވެ.

މާޒިމްގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވި މިރެލްއަށެވެ. މާޒިމްގެ ކާރު ފަހަތުގައި ހުޝަލްމެންގެ ކާރު މަޑުކޮށްލިއެވެ. ވީލްޗެއާއަށް ކެނާން އަރުވަން އެހިތެރިވެދިނީ މިކާއިލް އެވެ. އުރުޖުވާން އެދިމާއަށް ހިނގައިގަންނަން ފިޔަވޅު އެޅުމާއެކު މާޒިމް އޭނާގެ އަތުގައި ހިފިއެވެ.

" މިރެލް.....ޝީ ނީޑްސް ޔޫ...." މާޒިމް އަޑަށް ބާރުލަމުން ބުނެލިއިރު އޭނާގެ ލޮލުގެ ކަޅުކަން ގަދަވިއެވެ.

"މާޒް....އައި ޖަސްޓް ވޯންޓު ޗެކް އަޕް އޮން ހިމް....އެއީ އެވަރު ކަމެއްތަ؟" އުރުޖުވާން އިސްއުފުލަމުން ވާހަކަ ދެއްކިއިރު ލޮލުގައިވީ މޮޅިވެރިކަން އިތުރުވިއެވެ.

ކެނާން ހޮސްޕިޓަލްގައި އޮތް ދުވަސަތްކުގައިވެސް ކެނާން ދެކިލުމަށް މާޒިމް ދައްކަމުން ދިޔައީ ބަހަނާއެވެ. އެއްފަހަރު ހުޝަލް ގެ ރުޅި ނޫނީ ކެނާން އަށް އުރުޖުވާން ފެނުމުން އުނދަގޫ ވެދާނެ ކަމުގައެވެ. އުރުޖުވާންގެ ހިތް ބަރުވަމުންދިޔައީ ކުށްވެރި އިހުސާސްތަކުންނެވެ. އުރުޖުވާން އޭނާގެ އަތް މާޒިމް އަތުން ވިއްލާލީ ނުރުހުންތެރިކަމާއިއެކުއެވެ. ކަރުނައިގެ އަސަރު ހިންދާލަމުންނެވެ.

" އުރޫޖް....އައިމް ޖަސްޓް ޓްރައިން މައި ބެސްޓް ޓު ޓޭކް ކެއާ އޮފް އަސް.....ކެނާން އުޅޭނީ ހަމަ މިގޭގަ އެއްނު....ޔޫ ވިލް ބީ ސީންގް ހިމް....އެވްރީތިން ވިލް ޓޭކް ޓައިމް....އަންޑަސްޓޭންޑް ޕްލީޒް...." މާޒިމް އޭނަ އަށް ވިސްނައިދޭން މަސައްކަތްކުރީ މަޑުމައިތިރި ރާގަކަށެވެ. އޭނަ އަޑު ނީވޭ ކަމަށް ހަދާލީ އިސް ޖަހާލަމުންނެވެ.

" ދޯ މިރެލް....މަންމި ނީޑްސް ޓު ޗިލް...." މިރެލް ގެ މޫނު ކޮޅުގައި ކުޅެލަމުމް މާޒިމް މަޖާ ރާގެއްގައި ބުނެލިއެވެ. އުރުޖުވާން ގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނެސްދިނުމަށެވެ. ނަމަވެސް އޭނަ ގެ ސަމާލުކަން ހުރީ އެހެން ދިމާއަކަށެވެ.

" ހްމްމްމް.....ފައިނަލީ...ހޯމް ސްވީޓް ހޯމް.....ހާއި...ނިއު މޯމް އިން ދަ ޓައުން...." ކެނާން ހަނާ އަޅާލީ އުރުޖުވާން އަށެވެ. ހަމަ ކުރީގެ ކެނާންއެވެ. ތަފާތު ކަމެއް އެމޫނަކު ނެތެވެ. އެ ހިތްހެޔޮ ހިނިތުންވުމާއި ސާދާ ކަމެވެ. އުރުޖުވާންގެ ހިތަށް ލިބުނީ ފިނިކަމެކެވެ. ކެނާން ހެޔޮހާލުގައި ވުން ފެނުމީ އެ ހިތަށް ލިބުނު ހިތްހަމަޖެހުމެކެވެ. ކެނާން ފުރޮޅުލީ ގޮނޑި ދުއްވަމުން އައިސް ކައިރިކޮށްލިއެވެ. މާޒިމް ހުރީ ކެނާން ނުފެންނަ ކަމަށް ހަދާލައިގެންނެވެ އުރުޖުވާން މާޒިމް ގެ އަތުން މިރެލް ނެގުމަށް އަތް ދިއްކޮށްލިއެވެ. މާޒިމް ނުދޭން ހުރެފައިވެސް ހިތާ ދެކޮޅަށް އުރުޖުޥާންގެ އަތަށް ދަރިފުޅު ލައި ދިނެވެ. އުރުޖުވާން ނިކަން މަޑުން ފަރުވާތެރިކާމާއެކު ކެނާން ގެ އަތްމަތީގައި އެކުއްޖާ ބޭއްވިއެވެ.

" މިރެލް....ވީ ފައިނަލީ މީޓް ކަޕްކޭކް.....ތިއްތިގެ ބެސްޓް ބަޑީ...."ކެނާން މިރެލްގެ ނިތުގައި ބޮސްދިނެވެ. އުރުޖުވާން ގެ ލޮލުން އޮހިގެން ދިޔައީ އުފަލުގެ ކަރުނައެވެ.

" އައި ކޭން ނެވާ ތޭންކް ޔޫ އިނަފް ފޯ ސޭވިންގް އަސް.....އައި އޭމް ސޯ ސޮ...." އުރުޖުވާންގެ ޖުމްލަ ފުރިހަމަ ނުވަނީސް ކެނާން އޭނާ ހުއްޓުވި އެވެ.

" ޕްލީޒް...ނޯ...އުރޫޖް...." ކެނާން ބޯ ހޫރާލިއެވެ. އުރުޖުވާންގެ މޫނު މަތީން ފެންނަމުން ދިޔަ ބުރަ އިހުސާސްތައް ކިޔާލެވުމުން ކެނާންގެ ހިތަށް އަސަރު ކުރިއެވެ.

" ދިސް މޮމެންޓް....ރައިޓް ހިއާ...އައި ހޭވް ފޮގޮޓެން އެވްރީތިނގް....އައި ޕްރޮމިސް...އިފް އައި ކުޑް ޑޫ އިޓް އެގެއިން އައި ވުޑް އަ ތައުސަންޑް ޓައިމްސް.....މިރެލް...." މިރެލް މޭގައި ލައްކޮށްލައި ބައްދާލަމުން ކެނާން ވާހަކަދެއްކިއެވެ. އެނަޒަރުވަނީ ލޯތްބާއި ކުލުނުން ފުރިފައެވެ. އުރުޖުވާންގެ ތުންފަތަށް ވެރިވީ ހިނިތުންވުން ބަލަން ހުރި މާޒިމް ގެ ހިތް ޒަޚަމް ވިއެވެ.

" އިޓްސް ރިއަލީ ކޯލްޑް އައުޓް ހިއާ....މިރެލް ބަލި ވެދާނެ....އުރުޖުވާން...." މާޒިމް ހިތްހަމަނުޖެހިފައި ތަންކޮޅެއް ބާރަށް ބުނެލިއެވެ. ނަމަވެސް، އެ ވަގުތު އިތުރަށް ދިގުދެމިގެން ދިއުމުގެ ކުރިން، ނަބީލާ ކުއްލިއަކަށް ގެއިން ނުކުމެގެން ދުވެފައި އައީ ހިފަހައްޓަން އުނދަގޫވާހާ ބާރަށެވެ. އިސްތަށިގަނޑު ހޭވިގެން މޫނަށް އެޅިފައިވީއިރު ލޯވެސް ތަންމިނަށް ބޮޑުކޮށްލައިގެންނެވެ.ކުރިއަށް ދެއަތް ދިއްކޮށްލައިގެންނެވެ. އޭނަ އެއްވެސް ވިސްނުމެއްނެތި ދުވަމުން އައީ ކެނާންއާއި ދިމާލަށެވެ. މާޒިމް ގެ ހިތަށް ފިނިވެގެން ދިޔުމާއެކު ކެނާންގެ އަތުން މިރެލް ޖަހައިގަތީ ވިދުވަރެއްހެންނެވެ. މަންމައަށް އެމަންޒަރު ފެނުމުން ދެބުމަ ގޮށްޖެހި ލޮލުން ރުޅި ވެރި ކަން ފެނުނެވެ. ހިތުގައި ނުބުނެވި ހުރި ރުޅިވެރިކަން ސާފުވިއެވެ.

" މިރެލް...ގެނޭ....ގެނޭ....ތިއީ މަގޭ ދަރިފުޅު...މަގޭ މާމަ ދަރި..." ނަބީލާ މާޒިމް ގެ ގަމީހުގެ ގިރުވާނުގައި ހިފާލާފައި ދަމަމުން އާދޭސްކުރިއެވެ.

ހުޝަލް އާއި ނާޝިދު އަދި އަހްމަދު މަސައްކަތް ކުރީ ނަބީލާ ހަމަޔަކަށް އެޅުވުމަށވެ. އޭނަގެ އަޑަށް މިރެލް އަށް ހޭލެވި އެކުއްޖާގެ ރުއިންވެސް ގަދަވާން ފެށިއެވެ. މާޒިމްއަށް ނަބީލާ ފެނުމުން ހަނދާނުގެ ދޮރުގައި ޓަކިދޭން ފެށީ ފަރަހްއެވެ. އެ ރޭގައި ފަރަހް އުޅުނު ގޮތެވެ. މާޒިމް އަތް އިސްކުރިއެވެ. އޭނައަށް މަންމަ ކޮށްޕާލެވުނީ ބޭއިޚުތިޔާރުގައެވެ. ގައިގާ ހުރި ބާރެއް ލަމުންނެވެ. އޭނަ ވިއްސައިގެން ގޮސް ތަންކޮޅެއް ދުރުގައި ޖެހުނެވެ.

" މާޒިމް....." ނާޝިދު އަށް ބާރަށް ބުނެވުނެވެ. ނަބީލާ ބިންމަތިްނ ނަގަން އެހީ ވަމުން ދިޔަ ހުޝަލް ގެ އަތް މެޅުނު ނަމަވެސް މިރެލް އުރާލައިގެން ހުރުމުން އޭނާގެ ނަފްސު ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރިއެވެ.

" އާދޭސް ކޮށްފަބުނަން....ތިކުއްޖާ އުރާލަން ދީ.....މާޒް..." ނަބީލާ އަޑު މަޑެވެ. އޭނަ ތަކުރާރުކޮށް ހުއްޓާނުލާ ކިޔަމުން ދިޔައީ ދަރިފުޅު އުރައިލަން ދިނުމަށެވެ.

"ހުއްޓާލަބަލަ. ނަބީލާ..............." ނާޝިދު ގެ ހަރުކަށި އަޑު އިވި ނަބީލާ ހިމޭންވިއެވެ. މާޒިމް އެނބުރުނީ އުރުޖުވާން އަށެވެ. އޭނަ ހުރީ ހުއްޓުން އަރާފައެވެ. އޭނާގެ ޚިޔާލުގައިވެސް އެނބުރެމުން ދިޔައީ ފަރަހް އެވެ. އެ ރޭގެ ހާދިސާ ހިތުން ފިލައިނުދެއެވެ. ނަބިލާ ގެ ހަރަކާތަތައް ފެނި ފަރަހް ގެ ހަނދާންތައް އާވެގަތެވެ.

" އާ ޔޫ ހެޕީ ނައު؟ދިސް އިޒް ޔޯ ފޯލްޓް....ކިތައް ފަހަރު ބުނިމަތަ އުރުޖުވާން އަށް ވިސްނޭނީ....ޔޫ އާ ޓު ފޯކަސްޑް އޮން އަދާސް....މިރެލް އަށް ލިބިދާނެ ގެއްލުމެއް ނުވިސްނޭތަ؟ އޭމް އައި ދަ އޮންލީ ވަން ހިއާ ވިތް އަ ސޭން މައިންޑް؟ގެއަށް އައި އިރުވެސް ބުނިން ދޯ މަންމަ އަށް ނާންގާށޭ...." މާޒިމް އިތުރު އެއޗެއް ނުބުނެ ގެއަށް ވަނީ ބާރު ހިނގުމުގައެވެ. އުރުޖުވާން ހުރީ ފިނި ވެ ގަނޑުވެފައި ވާ ބުދެއް ހެންނެވެ.

" ދަރިފުޅު...." އަހްމަދު އުރުޖުވާންގެ އަތުގައި ހިފިއެވެ. މާޒިމްގެ ފަރުވާކުޑަ ބަސްތަކުން އެނމެންވެސް ތިބީ ނުރުހުންވެފައެވެ. އުރުޖުވާން އަށް އޭނާގެ ބައްޕަ ގެ ކޮނޑުގައި ބޯ އަޅާލެވުނެވެ.

" ވަޓްސް ވިތް މާޒިމް....އައިމް ސޯ އެންގްރީ އައި މައިޓް ޑޫ ސަމްތިންގް...." ހުޝަލް އަށް ބުނެވުނެވެ. ކެނާން ލޯ އަޅާލުމުން އޭނަ މައިތިރިވިއެވެ.

" އެއްވެސް މީހެއްގެ ކުށެއް ނެތް...ފަހުން ހުރިހާކަމެއް ރަގަޅުވާނެ އިންޝާﷲ......." އަހްމަދު އޭނަގެ ބަސްތަކުން އުރުޖުވާންގެ ހިތް ހަމަޖައްސައިދޭން މަސައްކަތްކުރިއެވެ. ނަބީލާގެ ހަޅޭލެވުމުގެ އަޑު އެމީހުންގެ ވަށައިގެން ގަދަވަމުން ދިޔައިރު، އުރުޖުވާނަށް އިހުސާސްވީ އެދުވަހުގެ ފިނިކަން އޭނާގެ ހިތުގެ އެންމެ ފުނަށް ވަދެގެން ދިޔަހެންނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު