އަލްއިމާމް ޣަޒާލީ ރަހިމަހުﷲ ވިދާޅުވިއެވެ." ފާފައެއް ކުރާތަން ފެނި އެކަން މަނާނުކޮށް ހަނުހުރެއްޖެ މީހާ އެކަމުގައި ބައިވެރިވެއްޖެއެވެ."
***
އޭނަގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. ހިވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރީ ހެންނެވެ. މުރުތަސިމް އަވަސް ހަރާކާތާއެކު އަހެދް ގެ ހުން ފިނިވެފައިވިކަން ޔަގީންކޮށްލިއެވެ.
"އައިމް ފައިން...." އަހެދް އަވަސްއަވަހަށް ބުނެލިއެވެ.
އެވަގުތު މުރުތަސިމްގެ ފޯނު ރިންގްވާންފެށުމުން ނަގާފައި ޖަވާބުދިނެވެ. ހެނދުނު ނާސްތާއަށް ދައުވަތު ލިބުނީއެވެ.
މުރުތަސިމް، އޭނަގެ ހަރުކަށި ސިފަ ކުޑަކޮށް މަޑުކޮށްލާފައި އެއް ފައިމައްޗަށް ބަރުވަމުން ކުޑަ ކުޑަ ވަގުތުކޮޅަކަށް އަހަދް އާއި ދިމާއަށް ބަލާލުމަށްފަހު އަނެއްކާވެސް އެނބުރިލިއެވެ.
" ޔޫ ސީމް ފައިން.....އަވަހަށް ގެއަށް ދާން ތައްޔާރުވޭ....." އޭނަގެ މޫނުމަތިން އެއްވެސް އިހުސާސެއް ނުދައްކައެވެ.
ރޭގެ ކަންތައް ތައް އޭނާގެ ސިކުނޑީގައި ކުޅެވުނު ނަމަވެސް އެކަންތައް އަހަދް އަށް އޭނާގެ މޫނުމަތިން ފާޅުކުރަން ނޭދިފައެވެ. އަހެދް ކުޑަކޮށް ކަރުކަހާލަމުން ކެއްސާލިއެވެ. އޭނަ ބޭނުންވީ ކޮންމެވެސް ބަހަނާއެއް ދައްކާފައި ގެއަށް ނުދިއުމަށެވެ. އިއްޔެގެ ވަރުބަލިކަން އަދިވެސް އޭނާގެ ހަށިގަނޑުން ފިލައިގެން ނުދެއެވެ. އަދި އަނެއްކޮޅުން ނައީމުއާއި ކުރިމަތިލާނެ ހިތްވަރެއް ނެތެވެ. އެއަށް ވުރެ ބޮޑަށް އަދި އަރާމުކޮށްލައި ބޯ ހަމަޖައްސާލައިގެން ހުރެ ދާން އޭނަ ބޭނުންވިއެވެ.
" ތިރީސް މިނިޓް.......ގެޓް ރެޑީ....އެހާ ވަގުތެއް ނެތް....މަންމަ ހުންނާނީ ވަރަށް އިންތިޒާރުގައި....އައި ޑޯންޓް ވޯންޓް ޓު ކީޕް ހާ ވެއިޓިންގ..." މުރުތަސިމް ގަޑިއަށް ބަލައިލިއެވެ. އަހެދް ގެ ކެއްސުމަށް ކުޑަ ނަމަވެސް ސަމާލުކަމެއް ނުދިނެވެ.
މުރުތަސިމް ކޮޓަރިން ނިކުމެ އޭނާގެ ކޮޓަރިއަށް ވަންތަން ބަލަން އަހެދް އިނީ ފޫހިކަމާއެކު ތުން ދަމާލައިގެންނެވެ. އެނދުގައި ފައި ވަށް ކޮށްލައިގެން އިށީނދެފައި އޭނާ މޯޅިއަކަށް ދެމިލީ މުރުތަސިމް ކޮޓަރީ ދޮރު ލައްޕާލި ކަމަށް ހީކޮށެވެ. ނަމަވެސް އާފުރުވަން އަނގަ ތަން މިނަށް ހުޅުވާލި ވަގުތު މުރުތަސިމް އަނެއްކާވެސް ބޯ ދިއްކޮށްލިއެވެ.
" ގަޑިޔަށް ތައްޔާރުވާތި......އޯ މޭއިބީ އެކްސްޓްރާ ފައިވް މިނޓްސް ފޯ ޔޫ ޓު ބްރަޝް ޔޯ ޓީތް...." މުރުތަސިމް ކޮށްލީ ޖެއްސުމެއް ނަމަވެސް އެމޫނުގެ ކުލަވަރު ވަރަށް ސީރިޔަސް އެވެ.
އަހެދް ގެ މޫނު ރަތް ވެގެން ދިޔައީނުން އަނގަ މަތީ ބާރަށް އަތް އަޅައި ފިތާލެވުނެވެ. ލޯ ބޮޑުވެ ގަނޑުވެފައި ހުރެވުނެވެ.
" އީކް.....ޑޫ އައި ހޭވް ބޭޑް ބްރެތް...އިޒް ދެޓް ވަޓް ހީ މެންޓް......" އަހެދް އަވަހަށް ދުވެފައި ދިޔައީ ދަތް އުނގުޅުމަށެވެ. މޫނު އަރި އަރިކޮށްލައިގެންހުރެ ލޯގަނޑުން ބަލަމުން ދިޔައީ ހުދު މުތީތަކެއްފަދް ދަތްޕިލައެވެ. ސާފު ކުރާން އިތުރު ތަނެއް ހުރިކަން ޔަގީންކުރުމަށެވެ.
" އައި ޑޯންޓް ހޭވް ބޭޑް ބްރެތް....މުރުތަސިމް އޭ ކިޔާ ހިޓްލަރު....ވަޓް ޑަޒް ހީ ތިންކް އޮފް ހިމްސެލްފް...މާ މޮޅު މީހަކަށް ވެގަނެގެން....ހުން ހާދަ ފޫއްސެއްވެޔޭ...." އަހެދް އަމިއްލަ ނަފުސާއި ވާހަކަ ދައްކަމުން ދިޔައީ ފާރުގެ އަނެއް ބިތުން މުރުތަސިމް އަށް އަޑު އިވިދާނެ ކަމަށް ވިސްނައިލުމެއްނެތިއެވެ. އެއީ ގުޅިފައިވާ ދެ ކޮޓަރިކަމުން އަޑު ސާފުކޮށް އަނެއް ފަރާތައް އަޑުއިވެއެވެ.
" ދެން ބާކީ އިނީ ފަނަރަ މިނެޓް....ތި ހާކާ ކުލަ ފާޓާ ނެހޭކޭނެއެއްނު ދެނެއް..." މުރުތަސިމް ގެ އަޑު ހީވީ އައީ ފާޚާނާ ތެރެއިން ހެންނެވެ. އޭނަ ސިހިފައި ފަރާތް ފަރާތް ހޯދަމުން ދިޔައީ ބިރުގެންފައެވެ.
" އިޒް ދެއާ އަ ކެމެރާ......އާ ޔޫ ސްޕައިނގް އޮން މީ ހިޓްލާ....ވަޓް ދަ...." ފަރާތް ފަރާތް ހޯދަމުން އަހެދް ބުނެލީ ރުޅިއައިސް އެވެ.
" ހިޓްލާ މަރުވެއްޖެތާ ވަރަށް ގިނަ ދުވަސް...." މުރުތަސިމް އަނެއްކާވެސް ޖަވާބު ދިނެވެ. އަހެދް ގެ އަޑު މަޑުވުމުން އޭނާ މުޅި ތަން ހޯދާ ފާސްކުރަނީ ކަން އެނގުނެވެ.
" ކަނެކްޓިންގެ ރޫމްސް ވީމަ އަޑު ލިބޭ ސާފުކޮށް.....ސްޓޮޕް ޔޯ ސާޗިންގް އެންޑް ގެޓް ރެޑީ...." މުރުތަސިމް ގެ މަލާމާތުގެ ހިނި އަހެދް އަށް އިހުސާސްވިއެވެ.
" ޔާ ވަޓްއެވާ ހިޓްލާ....ހުރޭ ލަނޑެއް ދޭނަން...." ތުން ތަޅުވާލީ މަޑުމަޑުންނެވެ. މުރުތަސިމްގެ އަނގަ ހާރުވާ ވައްތަރު ލޯގަނޑު ކުރިމަތީގައި ހުރެ ޖައްސާފައިވެސް އޭނަ ވަށައިގެން ހޯދާލީ ބިރުގެންފައެވެ.
އޭނަ ލާން ތައްޔާކޮށްފައި އޮތީ ކަޅު އަބާޔާއެކެވެ. އޭގައި ހުރީ ފުދޭވަރަކަށް ބޮޑަށް ޖަރީކޮށްފައެވެ. އަތުކުރިއަށް ފުޅާ ވުމުން ދޮން އަތް ވަނި ހާމައަށެވެ. ކައިވެންނަށް ޒަހްރާ ދިން ގަހަނާ ތައް އަޅައިލުމުން އެ އަތުކުރީގެ ރިވެތިކަން އިތުރަށް ފާޅުވެއެވެ. ބޮލުގައި ކަލު ޝޯލް އޮޅާލީ އެހާ ގިނަ ޕިން ތަކެއް ނުޖަހައެވެ. ކަޅު ކުލައިގެ ސަބަބުން އޭނާގެ ދޮން މޫނު އިތުރަށް ދިއްލުނެވެ. ސެންޓް ހެދުމުގެ އެތަން މިތަނަށް ޖަހާލިއެވެ. މުޅި ތަނަށް ފެތުރިގެން ދިޔައީ ފިނިފެންމަލެއްގެ މަޑު ވަހެވެ. ތުންފަތުގައިވާ މަޑު ފިޔާތޮށިކުލަ އިތުރަށް ގަދަ ކޮށްލަން ލިޕްސްޓިކް ގެ މަތި ނެގުމުން އޭގައި ހިފެހެއްޓީ ބާރުގަދަ އަތެކެވެ.
" ނޯ...ކާންޓް...." ފަހަތުން އެ އޮޅާލި އަތް އައީ އޭނަ ކޮނޑު މަތީންނެވެ. ވައިގައި ހިފައިލީ ގަދަ ވެނީލާ އޫދް ވަހެކެވެ. އަހެދް ގެ އަތްތިލަ ފިނިވެ ގަނޑުވިއެވެ.
ކުރިމަތީ ހުރި ލޯގަނޑުން ފެންނަމުން ދިޔައީ މުރުތަސިމްގެ ތަސްވީރެވެ.ހެނދުނުގެ ތާޒާ މޫނެކެވެ. އިސްތަށިގަނޑު ސްޓައިލް ކޮށްފައި ހުރި އިރު ކުދި އިސްތަށިކޮޅުތައް ނިތްކުރިއަށް ގޯނާކުރަމުން ދިޔައެވެ. ލައިގެން ހުރީ އަތް ކުރު ޓީޝާޓުން އޭނާގެ ފިރިހެންވަންތަ އަތް ފާޅުވެއެވެ. ހިނދުކޮޅަކަށް މުރުތަސިމްގެ ލޯމެރުނެވެ. ފުން ނޭވާ އެއް އެތެރެއަށް ލަމުންނެވެ. އެ ނޭވާ ދޫކޮށްލި ވަގުތު ކަންފަތަށް ހީލި އެރިއެވެ. އަތުން ދޫވެ ވެއްޓުނީ ލިޕްސްޓިކެވެ. ދެމީހުންނަށްވެސް އެވަގުތު ލޯ އެކު އެކީ ހުޅުވި ލޯގަނޑަށް ބެލުނެވެ. ގުޅޭ ޖޯޑެކެވެ. މުރުތަސިމް އަވަސް ކަމާއެކު އޭނާގެ ހށިގަނޑު ސީދާ ކޮށްލައި ފަހަތަށް ފިޔަވަޅުތައް އެޅިއެވެ.
" ޔޫ ޑޯންޓް ނީޑް ދެޓް...." މުރުތަސިމް ގެ އަޑު މަޑެވެ. އޭނާގެ ލޯ ހުއްޓުނީ އަހެދްގެ ތުންފަތަށެވެ.
" ވެލް އައި ޑޯންޓް ނީޑް އިޓް ބަޓް އައި ވޯންޓް ޓު...." އަހެދް ފޮނި ވެލަމުން ލިޕްސްޓިކް ބިންމަތީން ނެގިއެވެ.
" ޔޫ ޑޯންޓް ނީޑް އިޓް ފޯ ތްރީ މަންތްސް އެހެންވިއްޔާ.....މައި ވައިފް އިޒް ނޮޓް މެންޓް ޓު ބީ އެ ފީސްޓް އޮން އަދާސް އައިސް.....ތި ކުލަ އުގުޅަން ބޭނުމިއްޔާ ޔޫ ކޭން ވެއާ ދަ ނިޤާބް.....އެންޑް ޔޭސް....ސެންޓުވެސް މާ ގަދަޔަށް ތި ޖަހަނީ....މީހުން ބޯ އަނބުރައިގަނެގެން ވެއްޓިދާ ހާ ވަރަށް...." މުރުތަސިމް އޭނާގެ ބޮލުގައި އަތް ފުނާ އަޅައިލިއެވެ.
" ދެން ބުނޭ...ނޭވާ ލާ ގޮތްވެސް ބަދަލުކުރާށޭ...ބޯ އަނބުރައިގަނެގެން ނުވެސް ވެއްޓެއެއްނު...ދެން ކޮންހާ އާޓެއް.....ޖޭބޮލި.........." އަހެދް ތުންތަޅުވާލިއެވެ.
"ޓައިމް އަޕް...ލެޓްސް ގޯ...." އަހެދް ކީ ނުކީ އެއްޗެއް ސާފު ނުވުނުމް ލޯ ހަނިކޮށްލައި ބަލާލިއެވެ.
"ހޫން...މި ނިމުނީ އޭ....ކާންޓް އައި ހޭވް މައި އޯން ސްޕޭސް ފޯ އަ ސެކަންޑް..." އަހެދް ރުޅިން ރަތްވެފައި މުރުތަސިމް އާއި ދިމާލަށް އެނބުރެލިއެވެ. މުރުތަސިމް ބޯ ދެފާރާތަށް ހޫރާލީ އަހެދް އަށް ނުނެކޭ ބުނަމުންނެވެ. ޖެއސުމުގެ ކުލަވަރު އޭނާގެ މޫނު މަތިން ފާޅުވަމުން ދިޔައެވެ.
" ހަނދާން ކުރާތި.....މަންމަ އަށް ކުޑަ ނަމަވެސް ޝައްކެއް ވިޔަ ނުދޭތި....މި ބުނީ ލައްކަ ވާހަކަ...." ކޮޓަރީން ނިކުންނަ ދަމުން މުރުތަސިމް އެނބުރިލައި އަހެދް އަށް ދިނީ އިންޒާރެކެވެ. އަހެދް ބޯ ޖަހާލަމުން ކިޔަމަންތެރިވިއެވެ.
***
"ކޮބާތަ؟މިގޭ އުޅޭ އަލްބާނު....މަ ކިހާ އިރެއް ރޭގަ ނުނިދާ....." ސަކީނާ ގެ އަޑު ގަދަވިއެވެ. ދޮރުން ވަދެގެން އައި އިރު ކުރިމައްޗަށް ޖެހުނީ ނައީމު އެވެ. ސަކީނާގެ ބަސްތައް ހިފަހައްޓާލަން ޖެހިފައި ހުރުމުން ނައީމު ނުފެންނަ ކަމަށް ހަދާލިއެވެ.
"ކިހިނެއްވީ މަންޖެ ނުނިދިފަ ހުރީ....." ނައީމު އަވަހަށް ސަކީނާ ފަހަތުން ހިނގައިގަތެވެ.
" ކޮބާތަ އަދީނާ؟" ސަކީނާ ވަގުތުން ނައީމުއަށް ލޯ އަޅާލކީ ދެބުމަ ގޮށް ޖަހާލަމުންނެވެ.
" ރުޅި ދުވަހަކީ ދޯ....މައްސަލައެއް ނެތް.....އެކަމު އަލްބާން ރޭގައި ގެއަށް އާދެވުނު އިރު ދަންވަރު ތިނެއް ޖަހާ ބޮޑުވެފަ....އޭގެ ފަނަރަ މިނެޓް ކުރީން ކޮޓެޖް އަށް ވަނީ ކާކުކަން އެނގޭތަ؟.....ބާބުލާ....." ނައީމު ނުލަފާ ހިނިގަނޑެއް ޖަހާލީ ސަކީނާ ގެ މޫނު މައްޗަށް އެރި ކުލަވަރު ބަލާލަމުންނެވެ. ހިނދުކޮޅަކަށް ސަކީނާ ހުއްޓުން އަރާފައި ހުރެފައި ވެސް ނައީމު އެހާ ދަން ގަޑިއެއްގައި ބަދިގެ ފަރާތު ބަގީޗާގައި ހުރީ ކީއްކުރަންތޯ ސުވާލުއުފެދުނެވެ.
" ނައީމު ކީއްކުރަން އެހާ ދަން ގަޑީގައި ބާބިލް އުޅޭ ކޮޓެޖް ކައިރީ ހުރީ؟"ސަކީނާ ދެއަތް އުނަގަނޑުގައި ވިއްދާލަމުން ލޯ ހިމަކޮށްލިއެވެ. ނައީމު ފިނިވިއެވެ. އޭނާގެ ނިޔަތް ސަކީނާ އަށް ހާމަވެދާނެ ކަމުގެ ބިރަށް އަވަހަށް ކަރުހިއްކައިގެންފި ކަމަށް ބުނެ އަވަސް ފިޔަވަޅުތަކުގައި ދިޔައީ އެހެން ދިމާއަކަށެވެ.
" މި ގަޑުބަޑު ވެސް އެބަ ޖެހޭ ބަލަން.....ވަރަށް ކަންތައް އެބަ ހިނގާ މަށަށް ނޭނގި...." ސަކީނާ އޭނާގެ ބޯ ޖަހަމުން ކުދި ކިޔައިލިއެވެ.
" އަނހާ...މިއޮށް އައީނު އާންޓް ކޮޅު.....ކިހާ އިރެއް އިންތިޒާރުގަ ހުންނަތާ..." ހެނދުނު އެނގެއިން ނުފެންނަ މޫނު މިއަދު ސަކީނާ ސިއްސުވާލިއެވެ.އެއީ އަލްބާން އެވެ. ސަކީނާ އަނގަ ހުޅުވުމުގެ ކުރީން އޭނާ އަނގަ މަތީގައި އަތް އެޅިއެވެ.
" މިތާ ނުން....ދެމީހުން މިވާހަކަ ދައްކަން ގޮސްލާނީ ބޭރަށް...އޯކޭ؟ނޯ ސުވާލު...." ސަކީނާގެ އަތަށް ފިތާލަމުން އަލްބާން ޔަގީން ކަން ދިނެވެ. ސަކީނާ އެބޭނުންވާ ވާހަކަ ކިޔައިދޭނެކަމުގެ ޔަގީންކަމެވެ. އޭނަ ބޯ ޖަހައިލީ ފުން ނޭވާ އެއް ދޫކޮށްލަމުންނެވެ. އަލްބާން އޭނައަަށް އޮޅުވައެއް ނުލާނެ ކަމުގެ އިތުބާރު ލިބުމުން ހިތަށް ލިބުނީ ފިނިކަމެކެވެ.
" ހްމްމް....އަކުރުން ފިއްޔަށް...ކޮބާތަ މަރްވާން....ރޭގަ ގެޔަކަށް ވެސް ނާދޭ...." ސަކީނާ ގޭތެރެ ހޯދާލިއެވެ.
"މަރްވާން ދޯ....ދަނީން...." ސިޑިން ފައިބަމުން އައި ދަނީން ދައްކާލަމުން އަލްބާން ހުއްޓުނެވެ. ދަނީން ގެ ރަތް ވެފައި ލޮލާއި މޫނު މަތި މިލާފައި ހުރުމުން އަލްބާން އިތުރަށް ކަންބޮޑުވިއެވެ. ސަކީނާ އަށް ވުރެ އަވަހަށް ދަނީން އާއި ގާތަށް ޖެހިލަމުން އަލްބާން އޭނާގެ ދަތްދޮޅި އުފުލާ މޫނަށް ބަލާލިއެވެ.
"ކިހިނެއްވެފަ؟....ޑިޑް ހީ ޑޫ ދިސް...." އަލްބާން ރުޅި ގަދަވިއެވެ. ދަނީންގެ މި ހިތާމައަކީ މަރްވާން ކަމަށް ގަބޫލުކުރެވުނެވެ.
" ނޯ ޔޫ ޑިޑް ދިސް....ކުޑަބެ...." އަލބާން ގެ އަތް ފޮޅާލަމުން ދަނިން އަނެއްކާވެސް ދުވެފައި ދިޔައީ މައްޗަށެވެ. ކަރުނަތައް ހުރީ އޭނާގެ ލޮލުގައި ބަރުވެ އޮހިގަންނަން ތައްޔާރަށެވެ. އެވަގުތު މާހްޒަބީން ވެސް ދަނީން އަށް ގޮވުމުން ދިނީ ބީރު ކަންފަތެކެވެ.
" މިޒަމާނު ކުދީން ދޯ ދެން.....ރޭ ގެއަށް އައީސުރެން މޫޑެއްގަ އެހެރީ....ރޭގަ އަހަރުމެން ހޭލާ ތިބީ ބޮޑު ވާހަކައެއް ދައްކަން އެބައޮތޯ ކިޔާފަ....ގެޔަށް އައިސް ވަގުތުން ދިޔައީ ކޮޓަރިއަށް...އަލް އަށް އެނގޭތަ ވެގެން އުޅޭ ކަމެއް....އަނެއްކާ ޕާޓީ ތެރެއިން ކައިވެނީގެ ހުށަހެޅުންތައް އައީމަ ކަންނޭގެ....މައިރާގެ ކަޒިން އެއްގެ އާއިލާ ވެސް އުޅުނު ދަނީން ވަރަށް ގަޔާ ވެގެން....އެއީ ވަރަށް ރަނގަޅު އާއިލާއެއް....." މާހްޒަބީން ދެއްކި ވާހަކަތައް ދިޔައީ އަލްބާން ގެ އެއްކަންފަތުން ވަންގޮތަށް އަނެއް ކަންފަތުން ނިކުމެގެންނެވެ.
***
ހެނދުނުގެ އިރުގެ އަލިކަން އުދަރެހުގައި ރަން ކުލަތަކެއް ޖައްސަމުން ދިޔަ ނަމަވެސް، ކާރުގެ ތެރޭގައި އޮތީ މުޅިން ތަފާތު މާހައުލެކެވެ. އަހެދް ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އިނީ އޭނާގެ އަމިއްލ ހިޔާލުތަކަށް ގެއްލިފައެވެ. މުރުތަސިމް އޭނަ ގެ ސަމާލުކަން ހޯދުމަށް ރޭޑިއޯގެ އެކި ޗެނެލްތައް ބަދަލުކުރަމުންދިޔަ ނަމަވެސް އަހެދް އިނީ ބޭރުގެ މަންޒަރަށް ގެއްލިފައެވެ.
މުރުތަސިމް، އޭނަގެ އަތްތިލަ ސްޓިއަރިންގައި ލުއިކޮށް ބާއްވާލައިގެން އިނދެފައި އަހެދްއަށް ކުޑަކޮށް ބަލާލިއެވެ. ރޭގައި އަހެދް އެހާ ބިރުގެންފައި ހުރެ ނައީމު ގެ ނަން ކިޔަމުން އާދޭސް ކުރި ސަބަބު ހޯދަން މުރުތަސިމް ހުރެވުނި އެވާހަކަ ނުފެށިފައެވެ.
" އަމް....ނައީމް....ހޫ އިޒް ހީ ޓު ޔޫ...." މުރުތަސިމް އެވާހަކަ ދުރުން އަހަން އުޅުނު ނަމަވެސް އޭނާ ވެސް ފަސްޖެހެވުނެވެ. އޭނަ ސިހިފައި މޫނު އަނބުރާލި ގޮތުން މުރުތަސިމް އަށް ޓްރެފިކް ލައިޓަށް ނުބަލާ ނުދުއްވުނީ ހަމަ ކިރިޔާއެވެ.
"ހީ އިޒް މައި އަންކަލް....މައި އާންޓް އަދީނާ ގެ ހަޒްބެންޑް....އަދިވެސް ނޭގޭތ؟" އަހެދް ފޫހި ވެފައިކަހަލަ ގޮތަކަށް ލޯ އަޅައިލިއެވެ. އަހެދްގެ ފަރުވާކުޑަ ރާގުން މުރުތަސިމް ރުޅި އިތުރަށް ގަދަވިއެވެ. އޭނަ ކާރު މަގުގެ އެއް ފަޅިއަށް މަޑުކޮށްލިއެވެ.
" އައިމް އޮންލީ އާސްކިން.....އަހެދް ރޭގަ ރުއި އިރު....އައި ޖަސްޓް ވޯންޓު ނޯ އިފް ހީ އިޒް ގުޑް ޓު ޔޫ...." އޭނަ އާއި މެދު އޭނާވި ކަންބޮޑުވުން ހާމަކުރިއެވެ. އޭނަ މޫނު އަނބުރާލީ މުރުތަސިމް އަށް އެ މޫނު ނުދެއްކުމަށެވެ.
" ސްޓޮޕް ދިސް އިންވެސްޓިގޭޓިންގ ކުއެސްޝަންސް....ޕައިލެޓަކަށް ނުވެ ޑިޓޭކެޓިވް އަކަށް މުރުތަސިމް ވާން ވީ....އެންޑް ޔޭސް....ތިން މަސް ދުވަހެއްނު....ވި ޑޯންޓް ނީޑް ޓު ނޯ އީޗްއަދާ ސޯ ވެލް..." އަހެދް އޭނާގެ ކަރުނަތައް ހިންދާލަމުން ފިނި ހިިނިތުންވުމެއް ދިނެވެ. އަދި މުރުތަސިމްއާއި ދިމާލަށް އެނބުރުނެވެ.
" ކީޕް ދެޓް އެޓިޓިއުޑް އިން ޔޯ ޕޮކެޓް އަހެދް....." މުރުތަސިމް ފުން ނޭވާއެއް ލިއެވެ. ކާރުގެ ތެރޭގައި އަނެއްކާވެސް ހަނުހިމޭންކަން ވެރިވެގަތެވެ. މުރުތަސިމް އިތުރު ސުވާލެއް ކުރަން ގަސްތެއް ނުކުރިއެވެ. އެ ސުވާލުތަކުން އަހެދްގެ ހިތަށް ކުރާ އަސަރު ކިޔާލެވުމުންނެވެ. ވައިޓްވިލް އަށް ކާރު މަޑު ކުރަން ދެން އެކާރުތެރޭގައި އޮތް ހަމހިމޭންކަން ދިގުލައިގެން ދިޔައެވެ. ކާރުން ފޭބުމާއެކު މުރުތަސިމް އޭނަގެ ގެ އަތުގައި ހިފިއެވެ. އޭނަގެ އަތް ފިނިވެގެން ދިޔައެވެ. ހައިރާންކަމާއެކު މުރުތަސިމްއަށް ބަލާލެވުނެވެ.
" ވީ ނީޑް ޓު އެކްޓް ލަިއކް ނިއުލީ ވެޑްސް...." މުރުތަސިމް އޭނަގެ ގެ އަތަށް ފިތައިލަމުން އަސަރުގަދަ ހިނިތުންވުމެއް ދިނެވެ. އަހެދްގެ ހިތުގެ ހިނގުންވެސް ބަދަލުވެލިއެވެ. އަންހެންކުދިންގެ ހިތާއި ކުޅެލާ ފަދަ ހިނިތުންވުމެކެވެ.
ނުނިމޭ