"ވަރަށް ގިނަ ބަލިމީހުން ބޭހާއި ނުލައި ފަސޭހަވެއެވެ. އެއީ އިޖާބަވެވޭ ދުޢާތަކުންނާއި ރުގުޔާއިންނެވެ."
***
ކޯސްޓްގާޑު ލޯންޗުގެ ވަރުގަދަ އަލިކަން ކޯރުގެ މައްޗަށް އެޅުނު ވަގުތު އެންމެން ހައިރާންވެ ހުއްޓުން އެރިއެވެ. ކޯރުގެ ފެން މަތީ އުފުލާލާފައި އޮތީ ފުރާނަނެތް ހަށިގަނޑެކެވެ. ކޯރުގެ އޮއިވަރުގައި ހަށިގަނޑު ދަމަމުން ދިޔައެވެ. އަތް އޮތީ ބުދެއް ފަދައިން ދޫވެފައެވެ. އެންމެންގެ ހިތް ފިނިވާގޮތްވިއެވެ.
ކޯސްޓް ގާޑުން މަސައްކަތް ކުރަމުން ދިޔައީ ހަމަހިމޭންކަމާއެކުގައެވެ.
ފަރަޙްގެ ފުރާނައެއް ނެތް ހަށިގަނޑު ފެނުން ނެގީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. މަރުގެ ހިމޭންކަމުގެ ތެރޭގައި ވެއްޓިފައިވާ އޭނާގެ ހަށިގަނޑު ދެކޭ މީހުންނަށް ހިތާމަވެރި މަންޒަރެއްގެ ގޮތުގައި ފެނުނެވެ. ފެންގަނޑުގެ އަނިޔާވެރި ރާޅުތަކާއި ހަގުރާމަކޮށް އޭނާގެ ހެދުން ވަނީ ބައެއް ތަންތަނުން ވީދިފައެވެ. އަދި ހަމުގެ ކުލަ ވެސް ހުދުވެ، ދިރުމުގެ އަސަރު ގެއްލިފައެވެ.
ވާރޭ ހުއްޓިފައިވީ ނަމަވެސް، މާޙައުލުގައި ވީ ތެތް ފިނިކަމާއެކު ކޯރުގެ ވަހެވެ. ފަރަޙްގެ ހަށިގަނޑު ސްޓްރެޗަރަކަށް އަރުވައި، ހުދު ފޮތިގަނޑަކުން ނިވާކުރެވުނެވެ. ތިން އެނބިއުލާންސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ތަންކޮޅެއް ދުރުގައި ހުޝާލް، މީކާއިލް އަދި ފަހަދު ހިމޭންކަމާއެކު އެ މަންޒަރު ދެކެމުންދިޔައެވެ. އެމީހުން އެތަނާ ކައިރިވިޔަ ނުދިނުމަށް ފުލުހުން ވަށައިގެން ތިބެ، ސަރަހައްދު ބަންދުކޮށްފައިވެއެވެ. އެންބިއުލާންސް އަށް އަރަން ދިޔަ އިރު މާޒިމްގެ ފިޔަވަޅުތައް ބަރުވިއެވެ. ސްޓެރެޗާގައި އޮތް ފަރަހް ގެ ހަށިގަނޑަށް އެނބުރި ބަލާލެވުނެވެ. މެޑިކުން އޭނާއަށް އިޝާރާތްކޮށް އުރްޖުވާނާއި ދަރިފުޅާއެކު އައުމަށް އެންގިއެވެ.
" ޕްލީޒް...ހީ އިޒް މައި ބްރަދާ....އައިމް ހިޒް ފެމިލީ..." ހުޝަލް އާދޭސް ކުރަމުން ދިޔައީ ކެނާން އަރުވާފައިވާ އެމްބިއުލާންސް ގައި އޭނާ ވެސް ދާން ބޭނުންވެގެންނެވެ. ނަމަވެސް ހުޝަލްގެ ބޭނުން ފުލުހުންގެ ސަމާލުކަން ގެނެވުނު އިރު އެންބިއުލާންސް އެތަނުން ނައްޓާލައިފިއެވެ.
***
ހޮސްޕިޓަލުގެ މާހައުލުން ފެނުނީ އާދަޔާ ޚިލާފު ހަލަބޮލިކަމެކެވެ. ވިއްސާރައިގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާދިސާތަކެއް ގިނަވެފައިވާތީ، ކޮރިޑޯތަކުގައި މީހުން ތޮއްޖެހިފައެވެ.
މާޙައުލުގައި އޮތީ ފުން ހަމަހިމޭންކަމެކެވެ. ނަރުހުން އެކަކު އަނެކަކާއި ހިތާމަވެރި ނަޒަރު ބަދަލުކުރަމުން، ފުލުހުންނަށް މަގު ދައްކައިދެމުންދިޔައެވެ. ހާދިސާ ހިނގި ތަނުގައި ތިބި މީހުންގެ ބަޔާންވެސް ފުލުހުން ނެގިއެވެ. މާޒިމް ނުގޮތަކަށް އިށީނދެލައިގެން އިނީ އަވަހަށް އެތަނުން ދާން ބޭނުންވެފައެވެ. އުރުޖުވާން އާއި ކުޑަދަރިފުޅުގެ ހަބަރު ބަލައިލަން ނުދެވިފައެވެ. އޭނާ އާއި ފުލުހުން ކުރި ސުވާލުތަކަށް ސަމާލުކަމެއް ނުދެވެއެވެ.
" ކޮބާ މަގޭ ފަރަހް.....ވެއާ އިޒް މައި ޑޯޓާ...." ޖައިލަމްގެ ހަޅޭކުގެ އަޑުން މުޅި ތަން ގުގުމާލިއެވެ. އެތަނަށް ޖައިލަމް ގެނެވުނީ ކަސްކޮޅު އަޅައިގެންނެވެ. އަތުގައި ބިޑި އަޅުވާފައިވިޔަސް އޭނާގެ ޙަރަކާތްތައް ހުރީ ހަލަބޮލިކޮށެވެ. އޭނާގެ ލޯ އެކި ދިމާލަށް ދަތުރުކުރަމުން ގޮސް ފަރަހްގެ ހަށިގަނޑު އޮތް ސްޓްރެޗަރުގައި ހުއްޓުނެވެ. ކައިރިވުމާއެކު އޭނާ ކަކޫ މައްޗަށް ތިރިވެ ވެއްޓުނެވެ. އޭނަ އިނީ ހުއްޓުން އަރާފައެވެ. މޫނު ނިވާ ކުރެވުމާއެކު ޖައިލަމް ލެވި ހަޅޭކުގެ އަޑު ގަދަ ވިއެވެ. ފުލުހުން އޭނާ ހިފަހައްޓާ ތެދު ކުރުވިއެވެ. އެވަގުތު ފަރަހް ގެ ހަށިގަނޑުގައި ބައްދައިގެން ރޯން ފެށިއެވެ. ބައެއްފަހަރު މޮޔައެއް ހެން ހެނީއެވެ.
" މަރުވީތަ؟ޕްރޭންކެއްތަ؟ޕްރިންސެސް...ވޭކް އަޕް...." ޖައިލަމް ހެމުން އާދޭސް ކުރީ އޭނާ އަށް އެ މަރު ގަބޫލުނުކުރެވިފައެވެ. އަދި އެތާ ތިބި އެންމެން ގާތުން އެދުނީ ފަރަހް ހޭލެއްވުމަށެވެ.
" ޝީ އިޒް ގޯން...އައިމް ސޮރީ ފޯ ޔޫ ލޮސް...." ޑޮކްޓަރު ބުނެލިއެވެ.
"އަހަރެންގެ ދަރިފުޅު...ހުރި އެކަނި ދަރި.....ނޫން...ނޫން...." ޖައިލަމްގެ އަޑު ހިނދުނެވެ. އޭނާގެ ލޯ މުޅި ތަން ހޯދާލިއެވެ. އެ ނަޒަރުގައި މާޒިމް އަޅައިގަތުމާއެކު ރުޅީންގޮސް ތުރުތުރު އަޅަންފެށިއެވެ.
" ކަލޭ.....ކަލޭ އޭނާ މަރާލީ.....ޔޫ ކިލްޑް ހާ..." ޖައިލަމް އޭނަ އާއި ދިމާ އަށް ފުންމައިގެން ދިޔައެވެ. ފުލުހުންނަށްވެސް އޭނާ ހިފެހެއްޓުނީ ކިރިޔާއެވެ.
"ކަލޭ މިކަމުގެ އަގު އަދާކުރަންޖެހޭނެ...." ޖައިލަމް ހަޅޭއްލަވަައިގަތެވެ. ފުލުހުން އޭނާ ގަދަކަމުން ގެންދަން އުޅުނު އިރު އޭނަގެ އަޑު ކޮރިޑޯގައި ގަދައަށް އިވެމުންދިޔައެވެ. މާޒިމް އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އަތްތިލަ ލައި ފޮރުވާލައިގެން ހުރީ ހަމަޖެހުމަށް މަސައްކަތް ކުރަމުންނެވެ. އޭނާގެ ހިތުގައި އަނދަމުންދިޔަ ރުޅި ގަދަވާންފެށިއެވެ. ފުލުހުންގެ ސުވާލުކުރުން ނިމޭނެ އިރެއް ނޭނގެއެވެ. އަދި އެންމެންގެ ކުށްވެރިކުރާފަދަ ނަޒަރު އޭނާގެ މައްޗަށް އެޅިފައިވީ ޖައިލަމްގެ ބަސްތަކުންނެވެ. އުރުޖުވާން އާއި ދަރިފުޅި ވީ ހާލެއް ނޭނގެއެވެ.
"އައި ކާންޓް ޑޫ ދިސް ރައިޓް ނައު....." މާޒިމްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
ނަރުހުންނާއި ޑޮކްޓަރުން ދިން ބަޔާނުން މާޒިމް އަކީ ކުށްވެރިއެއް ކަމުގައި ނުބެލޭތީ އޭނަ އާއި ސުވާލުކުރުން ފަސްކުރުމަށް އެމީހުން ނިންމިއެވެ.
"މިސްޓަރ މާޒިމް....." ހަލުވި ފިޔަވަޅުތަކެއްގައި އައި ނަރުހެއް އޭނާގެ ކުރިމައްޗަށް އެރިއެވެ. ނަރުސް ކުއްޖާގެ އަތުގައި އޮތް ކްލިޕްބޯޑަށް ބަލާލުމާއެކު މާޒިމްގެ ހިތުގެ ތެޅުން އަވަސްވެގެންދިޔައެވެ.
" ޔޫ ކޭން ވިޒިޓް ޔޯ ވައިފް ނައު..." ނަރުސް މާޒިމް އަށް މަގު ދައްކައިދިނެވެ. އޭނަ އެކުއްޖާގެ ފަހަތުން އުރްޖުވާންގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. އަދި ޚިޔާލުތައް އެއްކޮށްލަން މަސައްކަތްކުރިއެވެ. ދޮރު ހުޅުވުނު އަޑަށް އުރުޖުވާން އެދިމާލަށް މޫނު އަނބުރާލިއެވެ. އޭނާގެ ލޮލާއި މާޒިމްގެ ލޯ ބައްދަލުވިއެވެ. އިރުކޮޅެއްވާންދެން ނަޒަރު ހިފެހެއްޓުނުއިރު ހަމަހިމޭންކަން ވެރިވެފައިވިއެވެ. މާޒިމް ކޮޓަރި ވަށައިގެން ހޯދައިލިއެވެ. އޭނާގެ ލޯ ކެތް މަދުވެގެން ދިޔައީ ދަރިފުޅު ދެކިލުމަށެވެ.
"ކޮބާ ބޭބީ؟ވެއާ އިޒް ޝީ؟" މާޒިމްގެ އަޑުގައި ހާސްކަމާއި ބިރުވެރިކަން ވިއެވެ. ޖައިލަމް ގެ އިންޒާރު އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައެވެ.
"ވެއާ އިޒް ޝީ އުރުޖުވާން...........ބުނެބަލަ..." މާޒިމް އުރުޖުވާން ކައިރިޔަށް ޖެހިލަމުން ތަންކޮޅެއް ބާރަށް ސުވާލުކުރިއެވެ. އޭނަ ގެ ދެބުމަ ގޮށްޖެހިފައިވީ އިރު އުރުޖުވާން ވަނީ އިންތިހާއަށް ވަރުބަލިވެފައެވެ. އޭނަގެ ޖަވާބަކަށް ކެތްމަދުވެފައި މާޒިމްއަށް ހުރެވުނެވެ.
"ކެނާން ކިހިނެއް؟" އުރުޖުވާންގެ އަޑު ކުޑަކޮށް ތުރުތުރުލިއެވެ. މާޒިމްއަށް އަތް މުށްކަވާ ބާރުކޮށްލެވުނެވެ. އޭނާގެ މޭމައްޗަށް ބާރުވާންފެށިއެވެ.
" އައިމް އާސްކިން އެބައުޓް އަވާ ޑޯޓާ.....އުރުޖުވާން...ފޯ ވަންސް ކޭން ޔޫ ތިންކް އެބައުޓް އަސް....ވަޓްސް އިންޕޯޓެންޓް ފޯ އަސް....އުރޫޖް އަށް އެނގޭތަ...." މާޒިމް ގެ އަޑުގައިވި ހަރުކަށިކަން މެދުކެނޑުނީ އުރުޖުވާން ގެ ޖުމްލައިންނެވެ.
" އެނގެން ބޭނުމީ އިފް ކެނާން އިޒް އޯކޭ...." އުރުޖުވާން ބޯ ހިއްލާލަމުން ތެދުވުނީ ގައިގައި ހުރި ބާރެއް ލަމުންނެވެ. އެ ލޮލުގައި ކަރުނަތައް ޖަމާވެފައިވީ އިރު އޭނާގެ ހިތުގައި އުފެދިފައިވީ ކުށްވެރި އިހުސާސް ހާމަވިއެވެ.
އުރުޖުވާން އެނދުން ތެދުވާން އުޅުނުއިރު ތުރުތުރުއަޅަމުން ދިޔަ އަތްތިލައިން ބެޑްޝީޓުގައި ހިފަހައްޓާލިއެވެ.
"ކެނާން... ރަނގަޅުތަ؟ ދިރި ހުރިތަ؟ މާޒިމް....ކޭން ޔު ޓެލް...ހީ ރިސްކްޑް ހިޒް ލައިފް ފޯ މީ....ހައު ކޭން އައި ނޮޓް އާސްކް އެބައުޓް ހިމް....." އުރުޖުވާން ގެ ކޯތާފަތަށް ކަރުނަތައް ފޭބިއެވެ.
އޭނާގެ ސުވާލުތައް ހިވީ މާޒިމްގެ ހިތައް ހެރި ހަންޖަރުތަކެއްހެންނެވެ. މިހާއިރު ވަންދެން މާޒިމް ހުރީ އޭނަގެ ސިކުނޑީގައިވި ކެނާންގެ ޚިޔާލުތައް އެއްފަރާތް ކޮށްލައިގެންނެވެ. ކެނާންގެ ޢަމަލުތަކުގެ މާނަ އޭނާއަށް އެނގުނު ހިނދުން ފެށިގެން، އެ ޚިޔާލު ހިތުން ފޮހެލަން މަސައްކަތްކުރަމުން އައީއެވެ. ކެނާންގެ ހިތުގައި އުރްޖުވާނަށް އޮތް ލޯބި، އަދި އެ ލޯބީގެ ސަބަބުން އުރްޖުވާން ސަލާމަތްކުރުމަށް އޭނާ ކުރި މަސައްކަތް މި ހުރިހާ ކަމަކުން މާޒިމްގެ ހިތުގެ އެންމެ ފުނާއި ކުޅެލިއެވެ.
"އައިމް ސޮރީ.....ދިސް އިޒް އޯލް މައި ފޯލްޓް....." އުރުޖުވާންގެ އަޑު ބެދިގެންދިޔަ ހިނދު ކަރުނަ އޮހޮރެމުންދިޔައެވެ. އޭނަގެ މޫނު އަތްތިލައިގެ ތެރޭ ނިވާކޮށްލަމުން އޭނާގެ ރުއިމުގެ އަޑު މަޑުކުރިއެވެ. މާޒިމް ގެ ހިމޭންކަން އޭނަ ބަލައިގަތީ ކެނާން ސަލާމަތްނުވާ ކަމުގައެވެ. މާޒިމް އުރުޖުވާން އާއި ގާތަށް ޖެހިލިއެވެ.
" ސްޓޮޕް ބްލޭމިން ޔޯސެލްފް...." މާޒިމަ މަޑުމަޑުން ބުނެލިއެވެ. އުރުޖުވާންގެ ގައިގައި ބީހިލަން ފަސްޖެހެވުނެވެ. އެހެންނަމަވެސް އުރްޖުވާން ބޯ ގަދައަށް ހޫރާލީ މާޒިމްއާ ދިމާއަށް ބަލަން އިންކާރުކުރަމުންނެވެ
" އައި ނެވާ މެންޓް ފަރަހް ޓު ޑައި.....އެންޑް ކެނާން.....މާޒިމް ކެނާން....އައި ކާންޓް ލިވް ވިތައުޓް ހިމް....ހައު ކޭން އައި ލިވް ވިތް ދިސް...." އުރުޖުވާން އަށް ރޮވޭގޮތްވިއެވެ. މާޒިމް ފަހަތަށް ފިޔަވަޅު އެޅިއެވެ. އަދި މޫނު އަނބުރާލިއެވެ.
" ސްޓޮޕް ދިސް އުރޫޖް....." މާޒިމް އަމުރުކޮށްލިއެވެ. އޭނާއަށް އުރުޖުވާންގެ ހިތާމަ އަށް ވުރެ ހިތް ބަރުވަމުން ދިޔައީ ކެނާން އާއި އުރުޖުވާންގެ ދޭތެރޭގައި އުފެދިފައިވާ ކުލުނެވެ.
"އައި ނީޑް ޓު ނޯ ވެއާ އަވާ ޗައިލްޑް އިޒް...." މާޒިމް އެނބުރި އަހާލިއެވެ. އުރުޖުވާންގެ މޫނު ފެނިފައި ހިތަޑް އަސަރުކުރިއެވެ. އޭނާއަށް އިސްކުރެވެނީ ރަނގަޅު ހިޔާލުތަކެއް ނޫންކަން ހިތް ބުނަމުންދިޔައެވެ. ފުން ނޭވާ އެއް ލަމުން ހިތާއި ސިކުނޑި ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ.
ކުއްލިއަކަށް، ކޮޓަރީގެ ދޮރު ބާރަށް ހުޅުވިގެން ދިޔައެވެ. ހުޝާލު ރުޅިވެރިކަމާއެކު ވަދެގަތެވެ. އޭނާގެ މޫނުމަތި ރަތްވެފައިވީއިރު އަތުގެ އިނގިލިތައް މުށްކަވާލައިގެން ހުއްޓެވެ. މާޒިމްގެ ލޯ ހައިރާންކަމާއެކު ހުޝާލް އާއި ދިމާއަށް ދިޔައެވެ.
" އާ ޔޫ ނޮޓް އީވެން އަ ބިޓް ކޮންސާންޑް...." ހުޝަލް ހުއްޓުނީ މާޒިމް ކުރިމައްޗަށެވެ.
"ދިސް އިޒް އޯލް ޔޮ ފޯލްޓް....ކީއްވެ ކެނާން ނުހުއްޓުވީ....ޔޫ ހެސިޓޭޓެެޑް ޓު ޖަންޕް...." ހުޝަލް އޭނާގެ ޝަހާދަތް އިނިގިލި ދިއްކުރަމުން ދިޔައީ ރުޅިން ގޮސް މޫނު ރަތްކުރަމުންނެވެ. އެވަގުތު އުރުޖުވާން ގަނޑުވިއެވެ. މާޒިމް އިސްޖަހާލައިގެން ހުރީ އޭނާގެ އަމިއްލަ ނަފުސްގެ ދިފާއުގައި ބުނާނެ އިތުރު އެއްޗެއް ނޭނގިފައެވެ. ހުޝުލްގެ ނޭވާ ހާސްވާގޮތްވިއެވެ. އޭނާގެ ރުޅި އިތުރަށް ގަދަވަމުންދިޔައެވެ.
" ހީ ކާންޓް ވޯކް އެނީމޯ...ޕެރެލައިޒްޑް ފޯ ލައިފް...." ހުޝަލް އެނބުރުނީ އުރުޖުވާންއާއި އަށެވެ. އުރުޖުވާންއަށް އެބަސްތަކުން ލިބުނު ސިހުން ހީވީ ދުނިޔެ ހުއްޓުނު ހެންނެވެ.
"އައިމް ސޮރީ...." އޭނާގެ ނަޒަރު ޚުޝަލްއަށް ހުއްޓުނުއިރު ލޯ ކަރުނައިން ފުރިފައިވިއެވެ. މި ހުރިހާ ކަމެއްގެ ބުރަދަނުގެ ދަށުގައި ފިތި އޭނާގެ ހަށިގަނޑު ތުރުތުރުއަޅަމުންދިޔައެވެ.
ހުޝާލްގެ ރުޅި މަޑުވާގޮތްވިއެވެ. އުރްޖުވާންގެ ހިތާމަވެރި މޫނުން އޭނަގެ ހިތުގައި އޮތް ވޭން އިތުރަށް ފުންވެގެންދިޔައެވެ. މާޒިމްއާއި ދިމާލަށް އެންމެ ފަހު ފަހަރަށް ހިތްދަތިކަމާއެކު ބަލާލުމަށްފަހު، އޭނާ އެނބުރި ކޮޓަރިން ނިކުމެގެން ދިޔައީ ދޮރު ބާރަށް ލައްޕާލަމުންނެވެ. އޭގެ ފަހުން އައި ހަނުހިމޭންކަން ނޭވާހާސްވާ ފަދައެވެ. އުރްޖުވާންގެ ރުއިމުގެ އަޑު ކޮޓަރީގައި އެއްވާނަކަށް ހުއްޓެވެ. މާޒިމް ހުރީ ހުއްޓުން އަރާފައެވެ. ދޮރު އަނެއްކާވެސް ދޮރުހުޅުވުނެވެ. ނަރުހުން އައީ ދަރިފުޅު ގޮވައިގެންނެވެ. މާޒިމް އަވަސްވެގަތީ ކުޑަކުއްޖާގެ ކައިރިއަށެވެ. ކުޑަ ދަރިފުޅުގެ ލޯ މަރާ ލައިގެން އޮތީ އަރާމު ފުން ނިންޖެއްގައެވެ. އެ ނާޒުކް ތުއްތު ދަރިފުޅު މާޒިމްގެ އަތުގެ ތެރެއަށް ލައިދެވުނެވެ.
"މިރެލް...." މާޒިމް ގެ ލޯ ވިދަންފެށީ އުފަލުގެ ކަރުނައިންނެވެ.
ނުނިމޭ