މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ޕާލޭ މޯލްޑިވްސްއާ ގުޅިގެން "ރީތި ރާއްޖެ" ކެމްޕޭނުގެ ހަރަކާތެއް އަންނަ އާދިއްތަ ދުވަހު ލ. ގަމުގައި ބާއްވަން ނިންމައިފިއެވެ.
ރީތި ރާއްޖެގެ ޓީމުން ބުނީ، މި ހަރަކާތް ކުރިއަށް ދާނީ ލ. އަތޮޅު ސުކޫލުތަކުގެ ގްރޭޑް ހަޔަކާއި ހަތެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކަމަށާއި ބައިވެރިވާން ބޭނުންވާ އެހެން ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

ފުވައްމުލަކުގައި ރީތި ރާއްޖެ ކެންޕޭންގެ ދަށުން ބޭއްވި ހަރަކާތުގެ ތެރެއިން: މި ކެންޕޭންގެ ދަށުން އަންނަ އާދިއްތަ ދުވަހު ލ. ގަމުގައި ހަރަކާތެއް އޮންނާނެ --- ފޮޓޯ/ މަޓީ
އެ ހަރަކާތްތަކުގެ ތެރެއިން، މައިކްރޯ ޕާލްސްޓިކް ހޮވުމާއި ކަނޑުގެ ދިރުންތަކާ ގުޅޭ މައުލޫމާތާއި ރަށްތަކުގެ ގޮނޑުދޮށުގައި އާންމުކޮށް ހެދިފައި ހުންނަ ގަސްތަކާއި ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރާނެ ގޮތްތައް ކިޔައިދޭނެ ކަމަށް އެ ޓީމުން ބުނެއެވެެ.

ފުވައްމުލަކުގައި ރީތި ރާއްޖެ ކެންޕޭންގެ ދަށުން ބޭއްވި ހަރަކާތުގެ ތެރެއިން: މި ކެންޕޭންގެ ދަށުން އަންނަ އާދިއްތަ ދުވަހު ލ. ގަމުގައި ހަރަކާތެއް އޮންނާނެ --- ފޮޓޯ/ މަޓީ
އާންމު ފަރުދުންނަށް ވެސް ބައިވެރިވެވޭ މި ހަރަކާތް ކުރިއަށް ދާނީ އަންނަ އާދިއްތަ ދުވަހު ހަވީރު 4:15 އިން 6:00އަށް ހަމަދު ސުކޫލު ކޮންޕައުންޑުގައެވެ.
ރީތި ރާއްޖޭގެ މި ހަރަކާތް ކުރިއަށް ގެންދަނީ ލ. އަތޮޅު ކައުންސިލާއި ގަމު ކައުންސިލްގެ އިތުރުން ޖަމިއްޔާތަކުގެ އެހީތެރިކަމާ އެކުގައެވެ.
ރީތި ރާއްޖެ ކެންޕޭނަކީ މުޅިރާއްޖޭގައި ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.