މާލޭގެ ބޮޑު ސަރަހައްދަކުން މިރޭ ކަރަންޓް ކެނޑިއްޖެ

މާލޭގެ ބޮޑު ސަރަހައްދަކުން މިރޭ ކަރަންޓް ކެނޑިއްޖެ އެވެ.

މިރޭ 8:00 އެހާކަންހާ އިރު ކަރަންޓް ދިއުމަށް ފަހު ކަރަންޓް ލިބިފައި ވަނީ ގާތްގަނޑަކަށް ބައި ގަޑިއިރު ފަހުންނެވެ.

ސްޓެލްކޯ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ ކަރަންޓް ކެނޑުނީ އަލަށް ބޭނުން ކުރަމުންދާ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަށް ދިމާވި ކުއްލި މައްސަލައަކާ އެކު ޖަނަރޭޓަރު ނިވިގެން ކަމަށެވެ.

"އަލަށް ބޭނުން ކުރަންފެށި ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަށް މިރޭ ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން ކަރަންޓް ދިޔައީ. އެއް ޖަނަރޭޓަރު ނިވުނީ،"އޭނާ ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ދިޔަތާ ބައި ގަޑިއިރެއްހާ އިރުގެ ތެރޭގައި ވަނީ ކަރަންޓް ދޫކޮށްފަ އެވެ.

ފަހުން ބެހެއްޓި ބޮޑު ދެ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރި ދުވަސްވަރު ވެސް މާލެ އިން އެކި ވަގުތުތަކުގައި ކަރަންޓް ކެނޑުމުގެ މައްސަލަ އާ ދިމާވި އެވެ.

ނަމަވެސް މާލެ އަށް ދިމާވެފައިވާ ކަރަންޓް ޝޯޓޭޖްގެ މައްސަލަ ހައްލުކުރުމަށް ފޯތު ޕަވާ ޕްރޮޖެކްޓްގެ ދަށުން ބެހެއްޓި ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނު ބޭނުން ކުރަން މިހާރު ފަށާފައިވާ ކަމަށާއި ކުރިން ކަރަންޓް ކެނޑެމުން ދިޔަ ގޮތަށް ދެން މާލެ އިން ކަރަންޓް ނުކެނޑޭނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު