"ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ. ފަރުޟު ފަސް ނަމާދަށްފަހު އެންމެ މޮޅު އިތުރުވެގެންވާ ނަމާދަކީ ރޭ އަޅުކަމެވެ."

***

މަޑުމަޑުން މޫސުމް ގޯސްވަމުންގޮސް ތޫފާނެއްގެ ސިފަ ޚިޔާރުކުރިއެވެ. އޭގެ ގަދަ ފަދަކަމުުން ގަސްތަކާއި މަގުމަތީގައިވީ ބައްތި ދަނޑިތަކަށްދާންދެން އެއްލާލަފާނެހެން ހީވިއެވެ. ދުރުން ގުގުރާ އަޑު އިވެމުންދަނީ އުޑު ފަޅައިގެންދާ ފަދައިންނެވެ.

" އިޓްސް އަ ސްޓޯމް...ބައެއް ހިސާބުތަކުގައި ކަރަންޓު ވެސް ނެތް ވާހަކަ އެބަ ކިޔާ ހަބަރުތަކުން....." ނާޝިދުގެ ހިތްވަރު އެލުނެވެ.

" އެމީހުންގެ ރެއެއް......އެމީހުން....." ނަބިލާ ތުންތެޅުވިއެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލާންފެށިއެވެ.

"އައިމް ގޮއިންގް....މިހެން ތިބެގެން ނެތް ވާކަށް...." ކެނާން ހަލުވިކަމާއެކު ނިކުތެވެ. މި ވަރުގަދަ ތޫފާންގެ ތެރެއަށް ނުނިކުންނަން އެންމެން ނަސޭހަތްތެރިވިނަމަވެސް ކެނާން ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

ވާރޭ ބޯކަމުން ދުރު ފެންނަނީ ފުސްގަނޑެއްހެންނެވެ. މާޒިމް ހުސް މަގުތަކުގައި ކާރު ދުއްވަމުންދިޔައިރު ވައިޕަރުތަކަށް ވެސް ވާރޭ ފޮހެން އުނދަގޫވާ ހިސާބަށް ދިޔައެވެ. މީކާއިލް ޖީޕީއެސް ބަލަމުން ދާންވީ މަގުތަކަށް ކިޔައިދެމުން ދިޔައެވެ. ސިޓީގެ އެކި ދިމާލުން ކަރަންޓު ކެނޑި ގިނަ ސަރަޙައްދުތަކެއް އަނދިރިކަމުގެ ތެރެއަށް ވަނެވެ.އަނދިރީގެ ތެރެއިން މަގު ދައްކަމުންދިޔައީ ކާރުގެ ބޮކިތަކެވެ. މާޒިމް އިނީ ފޯނު ސްޕީކަރަށް ލައިގެންނެވެ. އުރުޖުވާންގެ އަޑަކީ އެ ތޫފާނުން އޭނާ ސަލާމަތުން އެނބުރި އައުމަށް ކުރެވޭ އުންމީދެކެވެ.

"ކައިރިވެއްޖެތަ؟" އުރުޖުވާން ކަންބޮޑުވުމާއެކު ސުވާލުކުރިއެވެ.

" ފަނަރަ މިނިޓް ތެރޭގައި........" މީކާއިލް ޖަވާބުދިނެވެ. އޭނާގެ އަޑުގައި ވަރުބަލިކަން ހުއްޓެވެ. ފަހަދް ގެ ލޮކޭޝަން ދައްކަނީ ސިޓީ އާއި ދުރު ހިސާބެއްގައި ހުރި ޕާކަކުންނެވެ.

"ތި ކުދިން ސޭފްވާނެތަ؟" އުރުޖުވާން އަޑު ތުރުތުރުލިއެވެ. އަހްމަދު އުރުޖުވާންގާތު އެދެމުން ދިޔައީ ސޯފާގައި ނަމަވެސް ޖައްސާލުމަށެވެ. އުރުޖުވާން ކަންބޮޑުވުމާއި ދުރުވެ ހިތާހިތުން ﷲއަށް ތަވައްކަލް ކުރަން ބޭނުންވިއިރުވެސް އެ އިހުސާސްތަކުން ދުރެއް ނުވެވުނެވެ.

" ދެން އުރޫޖް ބަލިވެއްޖިއްޔާ ކިހިނެއް ހަދާނީ.....ޔޫ ޝުޑް ސްޓޭ ސްޓްރޯންގް....އިންޝާﷲ ރަނގަޅުވާނެ....ނުލާހިކު ޖާނުން ވަރުގަދަ ބޭފުޅެއް ގޮވައިގެންވިއްޔާ މިދަނި ބޮޑީގާޑަކަށް..." މާޒިމް ބޭނުންވީ އުރުޖުވާން ހެއްވާލުމަށެވެ. އޭނަ ލުއި ހިނިގަނޑެއް ޖަހާލިއެވެ.

"ދެން އަވަހަށް ބަސްއަހައިގެން ޖައްސާލަބަލަ....ޤުރުއާން ޖައްސާލައިގެން.....ބާއްޕާ ހުރިހާ ދޮރެއް ބަނދު ތޯ ބަލައްޗޭ....ކުރުސި ކިޔާފަ ނޫނީ އެއްވެސް މީހަކު އަޔަސް ދޮރު ނުހުޅުވާތި....." މީކާއިލް ނަސޭހަތްތެރިވިއެވެ. ފޯނުން ދައްކާ ވާހަކަވެސް އަޑުކެނޑެމުން ދިޔައެވެ.

އުދަރެހުން ވެހެމުންދިޔަ ވާރޭ ދިޔައީ ހިނދަކަށްވުރެ ހިނދެއް އިތުރުވަމުންނެވެ. ބިންގަނޑުގައި ޖެހެމުންދިޔަ ތިކިތަކުގެ އަޑު ގަދަވަމުން ދިޔައިރު މިއުޒިކެއް ފަދައެވެ. ކުއްލިއަކަށް ކަންފަތުގައި ޖެހުނީ ތޫލި އަޑެކެވެ. އަދި އެއްޗެއް ވެއްޓުނު އަޑުވެސް ކިޔެވެ. އޭނަ ސިހޭގޮތްވިއެވެ.

"އުރުޖުވާން..........." މާޒިމްގެ އަޑު ހަރުކަށިވެ، ކަންބޮޑުވުން ފާޅުވިއެވެ.

" ޕަވާ ކަޓް......މިތަނުން ވެސް އެ ދިޔައީ ކަރަންޓު.....މުޅިން އަނދިރިވެއްޖެ.....ފޯނުގައި ޗާޖުވެސް ހުރިކަމެއް ނޭނގޭ...." އުރުޖުވާން އަށް ރޮވުނެވެ.

"ދަރިފުޅާ....ތަދުވަނީތަ؟" އަހްމަދުގެ ސުވާލާއިއެކު ފޯނުގެ ލައިން ކެނޑިގެން ދިޔައެވެ. މާޒިމް ކާރުގެ ބުރަކި ޖައްސާލީ ބާރަށެވެ. އަނބުރާ ދާންވެސް ހިޔާލުކުރިއެވެ. މީކާއިލް އަނެއްކާ ވެސް އުރުޖުވާންއަށް ގުޅަން މަސައްކަތް ކުރިނަމަވެސް ވީ ނާކާމިޔާބެވެ.

" އިޓްސް އަ ބޭޑް އައިޑިއާ....ބައްޕަ އަށް ބެލޭނެތަ؟ އަނެއްކާ އުރޫޖް އަށް ކަމެއް ވެއްޖިއްޔާ..........." މާޒިމް ހާސްވިއެވެ.

" ބައްޕަ އަށް އުރުޖުވާން ބެލޭނެ.....އެއީ އުރޫޖް މާ ހާސްވީ ކަމަށްވާނީ....ނާޝިދުބެއަށް ވެސް ހަބަރު ދިނިން...އިންޝާﷲ ނަތިން ބޭޑް ވިލް ހެޕެން....." މީކާއިލް ވިސްނައިދޭން މަސައްކަތްކުރިއެވެ. އޭނަ ހިތާ ދެކޮޅަށް ކާރު ކުރިއަށް ދުއްވައިލިއެވެ. އޭނަގެ ކަންބޮޑުވުން، ބަރު ބޮޑު ހިލައެއް ފަދައިން ހިތަށް އިތުރުވަމުން ދިޔައެވެ.

ކާރު ޕާކުކުރާ ސަރަހައްދު ދުރުން ފެންނަން ފެށިއެވެ. އެ ސަރަޙައްދު ވަނީ ނުތަނަވަސްކަން އުފެދޭފަދަ ނާމާންކަމަށް ވެއްޓިފައެވެ. އަންނަ ގަދަޔަށް ވެހެމުންދާ ވާރޭގެ އަޑާއިއެކު ދުރުން އިވެމުންދާ ގުގުރީގެ އަޑުން ހިތްތަކަށް އިތުރު ނުތަނަވަސްކަން ވަންނަވަރުވިއެވެ. ބޮކިތައް ނިވިދިއްލެމުން ދިޔައީ ދަގަނޑު ކޭއްތޭފަދަ އަޑަކާއި އެކުގައެވެ. ބާ ކާރުތަކާއި، ކުނި ފުރާއަޅާފައި ހުރި ޑަސްބިންތައް އެކި ދިމަ ދިމާގައި އުކާލެވިފައި ހުއްޓެވެ. ބައެއް ހިސާބުތަކުން ދުވާ ވަހުން މީކާއިލް އަށް އޯކަށް ދެމުނެވެ. މާޒިމް އެކި ދިމާލަށް ހިނގަމުން ދިޔައީ ރޮބޮޓެއްހެންނެވެ. ދުވާ ވަހަކަށް އަދި ތަން ހުރި ހަޑިމުޑުދާރުކަމަށް އޭނަ ގުޑާނުލައެވެ.

" ފޯކަސް މީކާ...." މާޒިމްއަށް ކުއްލިއަކަށް އިވުނީ އިންސާނެއްގެ ކުކުރުމުގެ އަޑެވެ. ގަދަޔަށް ވެހެމުންދާ ވާރެއާއި ގުގުރާ އަޑުގެ ތެރެއިން ވަރަށް ސަމާލުކަމާއެކު އަޑުއަހައިގެން ނޫނީ ނޭނގޭހާ މަޑު އަޑެކެވެ. އެ އަޑު އައީ ޕާކިންގ ސަރަޙައްދުގެ އެންމެ ދުރު ކަނުންނެވެ. އެ ދިމާލުގައި ޕާކުކޮށްފައި ހުރި ގިނަ އުޅަނދުތަކާއި އެތަނުގައި ޖަމާވެފައިވާ ކުނޑިތަކުގެ ސަބަބުން އެ ސަރަޙައްދު ސާފުކޮށް ނުފެންނަ ވަރަށް ވަނީ ނިވާވެފައެވެ. ދެމީހުންގެ ފިޔަވަޅުވެސް ވަގުތުން ހުއްޓުނެވެ.

"އެ އަޑު އިވޭތަ؟" މީކާއިލް އަހާލީ ހުޝިޔާރުކަމާއިއެކުއެވެ. މާޒިމް ބޯޖަހައިލީ އެއްބަސްވުމުގެ ގޮތުންނެވެ. އަދި ގަސްތަކުގެ ހިޔަނީގެ ތެރެއިން ކުރިޔަށް ދިޔުމަށް އަތުން އިޝާރާތްކުރިއެވެ. ކައިރިވަމުން ދިޔަވަރަކަށް، ނޭވާ ހާސްވާފަދަ ގޮތަކަށް ރުއިމުގެ އަޑު އިވެން ފެށިއެވެ.މީހެއްގެ އަނގައިގައި އެއްޗެއް އަޅުވާފައި ހުރެ ގަދައަށް ހަޅޭއްލަވަން މަސައްކަތްކުރާ ފަދަ އަޑެކެވެ.

"އެތާ............" މާޒިމް އިޝާރާތްކުރީ އަނދިރި ކަނަކަށެވެ. ނިވިދިއްލޭ ބޮކިތަކުގެ ތެރެއިން މީހެއްގެ ހިޔަނި ސާފުވިއެވެ. މީކާއިލް އާއި މާޒިމް ކައިރިވުމާއެކު ހުއްޓުންއެރީ ފެނުނު މަންޒަރަކުންނެވެ. ފަހަދްގެ ބިރުގެންފައިވާ ލޯ އެދެމީހުންނަށް ހުއްޓިފައިވިއެވެ. އޭނާގެ އަތްފައި ބަނދެފައިވަނީ ދަބަރުޖަހާ ބާވެފައިވާ ބަރު ޗޭނުތަކަކުންނެވެ. އޭނާގެ އަނގައިގައި ހަޑިވެފައިވާ ފޮތިގަނޑެއް އަޅާ ބަންދުކޮށްފައިވާއިރު ނިތްކުރިން ލޭ އޮހޮރި މޫނުމަތިން ތާޒާ ލޭ ވާރެއާއެކުވަމުން ދިޔައެވެ. އަނގައިގައި އެޅި ފޮތިގަނޑުގެ ސަބަބުން ނޭވާލާން ދަތިވެ އޭނާގެ މޭމަތި ވަނީ އުފުލިފައެވެ. ލައިގެން ހުރި ގަމިސް ވީދިފައިވީއިރު ތޫނު ނިޔަފަތިތަކުން މޭމަތި ޒަޚަމްވެފައެވެ.

"ފަހަދް..." މީކާއިލް ކަންބޮޑުވުމާއި ހާސްކަމާއެކު މަޑުމަޑުން ގޮވާލިއެވެ. އޭނާ ކުރިއަށް ދާން ފިޔަވަޅު އެޅި ހިނދު މާޒިމް އަތުގައި ހިފައި ހުއްޓުވިއެވެ.

"މަޑުކުރޭ.....ދިސް ކުޑް ބީ އަ ޓްރެޕް...." މާޒިމް ސަމާލުވެފައި މުޅި ތަން ހޯދައިލިއެވެ. ފަރަހް ގެ ހިލަމެއް ވެދާނެތީއެވެ. ފަހަދް އޭނާ ގައިގައި ހުރި ބާރެއް ލާފައި ބޯ ހޫރާލިއެވެ. މިކާއިލް އަށް ކެތްނުކުރެވި އަވަހަށް އޭނަގެ އަނގަޔާއި ނޭފަތް ބަންދުކޮށްފައިވާ ފޮތިގަނޑު ނެއްޓިއެވެ.

"ފަރަހް.........." މާޒިމް ގޮވާލިއެވެ. އޭނާގެ އަޑު ތަނުގެ ހުސް ފާރުތަކުގައި ޖެހި އެކި ދިމަދިމާލަށް ފެތުރިގެން ދިޔައެވެ.

"ވަޓް އާ ޔޫ ޑުއިންގް...މޮޔަވީތަ؟" މީކާއިލު އޭނަ އަށް ބަލާލީ ކަންބޮޑުވެފައިވާ ކަހަލަ ގޮތަކަށެވެ.

ފަހަދް އެ ޗޭނުތަކުން ސަލާމަތްކުރުމުގައި މީކާއިލް އަވަދިނެތި އުޅެމުންވެސް މާޒިމްގެ ހަރަކާތްތަކަށް ބެލިއެވެ. ފަހަދް ނޭވާ ހަމަޔަކަށް އަޅުވަން މަސައްކަތްކުރަމުން ދިޔައެވެ.

" ފަ...ރަހް.......ނެތް...." ފަހަދްގެ ޖުމްލައާއެކު މާޒިމްގެ ނޭވާ ހުއްޓުނެވެ.

"ޝީ އިޒް.... ނޮޓް ހިއާ މާޒް....." އެތަނަށް ވެރިވެފައިވާ ފަނޑު އަލިކަމުގައި ފަހަދްގެ މޫނު ފެނުނީ ބަލިކޮށެވެ. އޭނައަށް ވާހަކަދެއްކުނީ އުދަގުލުންނެވެ." އުރްޖުވާން..ގެ ފަހަތުން އޭނަ ދިޔައީ...އަހަރެން މަސައްކަތް ކުރިން. އޭނަ ހުއްޓުވަން މަސައްކަތްކުރިން.."

މާޒިމުގެ ކަންފަތުގައި އެ ލަފުޒުތައް ޖެހުނީ ހޮނު ގުގުރިއެއްހެންނެވެ. އޭނާގެ މޭމަތި ބާރުވެގެން ދިޔައެވެ. ބޭރުގައި އުފެދިފައިވާ ތޫފާނަށް ވުރެ ހިތުގައި އުފެދިފައިވާ ހަލަބޮލިކަން އިތުރުވިއެވެ.

މާޒިމް ގެ އަތް މުށްކަވައިލެވި އެތަނުން ތަނބެއްގައި ބާރަށް ޖެހުނެވެ. އެވަގުތު ފޯނު ރިންގުވާން ފެށިއެވެ. މާޒިމް އަވަހަށް ފޯނު ނެގީ އެއީ އުރުޖުވާންކަމަށް ޔަގީންކޮށްފައެވެ.

"އުރޫޖް.....ޕްލީޒް....ސްޓޭއި އިން އެއްވެސް ގޮތަކަށް ބޭރަށް ނުނިކުންނާތި...ފަރަހް އިޒް އާފްޓާ ޔޫ....ވީ އާ އޮން އަވާ ވޭއި....އައިމް ކޯލިން ޕޮލިސް ޓޫ...."

އުރުޖުވާންގެ އަޑުގެ ބަދަލުގައި އިވުނީ ހަމައެކަނި ވާރޭގެ އަޑެވެ. އެ އަޑުން އޭނާގެ ހަށިގަނޑުގައި ފިނިކަމެއް އިހުސާސްވިއެވެ.

"އުރޫޖް.........." އޭނާ ކަންބޮޑުވުމާއެކު ބާރަށް ގޮވާލިއެވެ. އެހެންނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. މާޒިމްގެ ކައިރީގައި ހުރި މީކާއިލްއަށް އޭނަގެ ނުތަނަވަސްކަމާއި ކަންބޮޑުވުން ފާހަގަވިއެވެ. މީކާއިލް ފޯނު ނަގައި ސްޕީކަރ އޮން ކުރުމަށްފަހު، އުރުޖުވާންގެ ނަމުން ގޮވަން ފެށިއެވެ.

ދިގު ނުތަނަވަސް ހަމަހިމޭންކަމަކަށްފަހު، އެ ދެމީހުންނަށް އެ އަޑު އިވުނެވެ. މަޑުމަޑުން، ހުސްކަމެއް އެކުލެވިގެންވާ ހިނިތުންވުމެއްގެ އަޑެވެ. މާޒިމްގެ ހިތުން ނުފިލާނެފަދަ ބިރުވެރި ހުނުމެއްގެ އަޑެވެ. އެއީ ފަރަހްއެވެ. މާޒިމްގެ ލޭ ފިނިވެގެން ދިޔައެވެ.

"ކޮންގްރޭޓްސް ބޯއިސް.....ކްލޫ ހޯދުނީ ދޯ.....އެކަމކު ކީއްކުރާނީ....މި ގޭމްގައި މޮޅުވާނީ ކޮންމެވެސް އެކަކު ވިއްޔާ.....އިޓްސް ގޭމް އޮވާ ފޯ ޔޫ ބޯއިސް....ވޮނަ ހިއާ ސަމްތިނގް....އަ ހާޓްބީޓް....އޯ މަސްޓް އައި ސޭއި ހާޓްބީޓްސް...." ފަރަހް ގެ ހިނިގަނޑު ބާރުވިއެވެ.

" ކަލޭ....އުރޫޖް ގައިގާ ކޫރުމެއްހާ މިންވަރު އެޅިޔަސް އައި ސްވެއާ އައި ވިލް ކިލް ޔޫ އިން ދަ މޯސްޓް އިންހިއުމަން ވޭއި ޕޮސިބަލް...." މާޒިމްގެ ރުޅިގަނޑު މަތަ ކުރަން އުނދަގޫ ވިއެވެ.

" އޯ ހޯ......ކޫރުމެކޭ.....އަޑުއިވޭތަ...ކޫރުމެއްގެ އަޑު އެއީ...." ފަރަހް ހީގަތެވެ.

އުރުޖުވާންގެ ވޭނީ އަޑު މާޒިމްއަށް އިވުމުން އޭނާގެ ލޯ ތެމުނެވެ. ފަރަހް އެވަގުތު ފޯނު ކަނޑާލިއެވެ.

***

އެމީހުންގެ ކުރިމަތީގައި ދުރުދުރަށް ދާންދެން ފެންނަން އޮތީ ކޯރެކެވެ. އުރްޖުވާން ހުރީ ފާލަމުގެ ރެއިލިންގގައި ހައްޔަރުކޮށްފައެވެ. ފަޔާއި ދެއަތް ބަނދެވިފައިވާތީ އެއްވެސް ހަރަކާތެއް ކުރުމުގެ ބާރެއް އޭނާއަކަށް ނެތެވެ. ފަރަޙް ފަހަތަށް ޖެހިލާފައި އޭނާގެ މަސައްކަތަށް ނަޒަރު ހުއްޓައިލީ ހިތްހަމަޖެހުމާއެކުގައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު