ލެވަކޫސެންއިން ޔޫނިއަން ބާލިން ބަލިކޮށްފި

ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން އާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު ލެވަކޫސެން އިން ކާމިޔާބު ކޮށްފިއެވެ.

ޔޫނިއަންގެ ދަނޑުގައި ކުޅުނު މި މެޗު ލެވަކޫސެންއިން ކާމިޔާބު ކޮށްފައިވަނީ 1-2 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ލެވަކޫސެން އިން ބޯޅަ ގެންގުޅުނު އިރު ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ވެސް ހަމަހަމަ ކޮށެވެ.

މި މެޗު ލެވަކޫސެން އިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ދެވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ލެވަކޫސެން އިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެރެމީ ފްރިމްޕޮންގްއެވެ.

މި މެޗުގައި ޔޫނިއަން އިން ކާމިޔާބު ކޮށްދިން ލަނޑު މެޗުގެ 29 ވަނަ މިނެޓގައި ޖަހާއިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޖެއޮން ވޫ ޔެއޮންއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. މި މެޗުން ލެވަކޫސެން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 71 ވަނަ މިނެޓުގައި ޕެޓްރިކް ޝިކްއެވެ.

މި ކާމިޔާބީއާއެކު ލެވަކޫސެން މިހާރު އުޅެނީ 12 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައެވެ. އަދި ޔޫނިއަން ބާލިން އުޅެނީ 16 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު