އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިންގްލިޝް ޕްރިމިއާ ލީގުގެ އާސެނަލް އާއި ލީގާ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބުކޮށްފިއެވެ.

ސްޕޯޓިންގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލް އިން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 1-5 އިންނެވެ.

އެންމެ ފަހު މެޗުގައި ޕްރިމިއާ ލީގަށް ނިސްބަތްވާ މެންޗެސްޓާ ސިޓީ ބޮޑު ތަފާތުން ބަލިކުރި ސްޕޯޓިން އާއި ދެކޮޅަށް މިމެޗުގައި އާސެނަލްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި އާސެނަލްއިން މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގެބްރިއެލް މާޓިނެއްލީއެވެ.

އަދި މެޗުގެ 22 ވަނަ މިނެޓގައި ކައި ހަވާޓްޒް ވަނީ އާސެނަލްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލްގެ ތިންވަނަ ލަނދު ޖަހައިދިނީ ގެބްރިއެލްއެވެ. މި މެޗުގެ ދެވަނަ ހާފު ސްޕޯޓިން އިން އާ ހިތްވަރަކާއެކު ފަށާ ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ލަނޑެއް ކާމިޔާބު ކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގޮންކާލޯ އިނާސިއޯއެވެ.

ނަމަވެސް އެ ޓީމަށް މި މެޗުގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ އާސެނަލްއިން އިތުރު ދެ ލަނޑު ޖަހާ ލީޑު ފުޅާކުރިތަނެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބުކާޔޯ ސާކާ އާއި ލިއާންޑްރޯ ޓްރޮސާޑްއެވެ.

މިކާމިޔާބީއާއެކު އާސެނަލް މިހާރު އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގަައެވެ. އަދި ސްޕޯޓިން އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ އަށްވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު