ވެރިކަން ބަދަލުކުރުމުގެ އެއްބަސްވުމުގައި ޓްރަމްޕް ސޮއިކުރައްވައިފި

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް -- ޓްރަމްޕް ވަނީ ވެރިކަން ބަދަލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި -- ފޮޓޯ/ރޮއިޓާސް

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ތައްޔާރުވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަރުކާރާ އެކު ވެރިކަން ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

އެ އެއްބަސްވުމުގެ ސަބަބުން އަންނަ އަހަރު ޖެނުއަރީ 20ވަނަ ދުވަހު އިންތިޚާބީ ރައީސް މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރުމުގެ ކުރިން ސަރުކާރުގެ އޮފިޝަލުންނާއި ޓްރަމްޕްގެ ވަކީލުންނާ ކޯޑިނޭޓް ކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

ނަމަވެސް އަންގާރަ ދުވަހުގެ ސޮއިކުރި އެ އެއްބަސްވުމުގައި ވެރިކަން ބަދަލުވާއިރު، އާންމުކޮށް ސޮއިކުރާ އާދައިގެ ހުރިހާ އެއްބަސްވުންތަކެއް ހިމަނާފައެއް ނުވެއެވެ.

އޭގެތެރެއިން އެއް އެއްބަސްވުމަކީ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއާ އެކު ސޮއިކުރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) މެދުވެރިކޮށް ސަރުކާރުގެ އޮފިޝަލުންގެ ބެކްގްރައުންޑް ޗެކް ކުރުމުގެ ހުއްދަ ދޭ އެއްބަސްވުމެވެ. އިތުރު އެއްބަސްވުމެއް ކަމަށްވާ ފެޑެރަލް ސަރުކާރުގެ ހިންގުން ރަގަޅު ކުރުމަށް އެހީތެރިވާ މިނިވަން ޖަމިއްޔާއެއް ކަމަށްވާ ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) އާއެކު ވާ އެއްބަސްވުންވެސް ހިމަނާފައެއްނުވެއެވެ.

ސަރުކާރުގެ ބަދަލުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ޖީއެސްއޭ އިން އިންތިޚާބީ ރައީސުންނަށް ވެރިކަން ބަދަލު ކުރުމަށް 5،000 ޑޮލަރަށް ވުރެ ގިނަ ނުވާ މިންވަރަށް ފައިސާ ހަދިޔާކުރެވެއެވެ. ނަމަވެސް ޖީއެސްއޭގެ އެއްބަސްވުމުގައި ސޮއި ނުކޮށް، ޓްރާންސިޝަން ޓީމުތަކަށް ކަނޑައަޅާފައިވާ 7.2 މިލިއަން ޑޮލަރު ޓްރަމްޕަށް ލިބިލައްވާނެ ކަމަށް ނުބެލެވޭ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އާންމު ގޮތެއްގައި ބޮޑެތި ޕާޓީތަކުގެ ކެންޑިޑޭޓުން ޖީއެސްއޭ އެއްބަސްވުމުގައި ސޮއިކުރަން ޖެހެނީ ރިޔާސީ އިންތިޚާބު ބާއްވާ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

ނަމަވެސް ޓްރަމްޕް މިހާތަނަށް ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ޝަރުމާ ވިދާޅުވީ އާންމުކޮށް ބޭނުންކުރާ ބައެއް ޕްރޮޓޮކޯލްތައް އުވާލަން ނިންމުމާ މެދު ސަރުކާރުން އެއްބަސް ނުވާ ކަމަށެވެ. ނަމަވެސް ޓްރާންސިޝަން މުއްދަތު އިތުރަށް ލަސް ކުރަން ބޭނުންނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް