"ސިންގާއެއް ފެނުމުން ފިލާ ފަދައިން ޣީބަ ބުނާ މީހުންގެ ފަރާތުން ފިލާށެވެ."< އަބުދުﷲ ބިން މުބާރަކު ރަހިމަހުﷲ>
***
"މާޒް.......... ކޭން ޔޫ ސްޓޮޕް..." އުރުޖުވާން އަޑު ތުރުތުރު ލިއެވެ. އެވަގުތު ކެނާން އޭނާގެ ލޯ ވަކިކޮށް އަނެއް ފާރާތަށް މޫނު އަނބުރާލިއެވެ. އުރުޖުވާން އަށް ބެލުނުކަމަށްޓަކާ އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. މާޒިމް އެއްޗެއް ބުނަން އަނގަ ހުޅުވާލުމާއެކު އުރުޖުވާން އޭނަގެ އަތުގައި ހިފައި އެކަމަށް ދެކޮޅު ހެދުމުގެ ގޮތުން ބޯ ހޫރާލިއެވެ. ކެނާން ކާރު ދުއްވައިލީ ބާރު ސްޕީޑެއްގައެވެ.
" އުރޫޖް.....ޔޫ ވޯންޓް ނޯ..." މާޒިމް ވަގުތުން އަމިއްލަ ދިފާއުގައި ވާހަކަދައްކަން ފެށިއެވެ. އުރުޖުވާން ލޯ އަޅާލިގޮތުން އޭނާ އިތުރު ތަފްސީލަކަށް ދާން ބޭނުން ނުވާކަން ހާމަވިއެވެ.
" މާޒް.....އިޓް ވިލް ޓޭކް ޓައިމް....އެންމެ ދުވަހަކުން ހުރިހާ ކަމެއް ހަނދާން ނައްތާލުމަކީ ފަސޭހަކަމަކަށް ނުވާނެ..." މާޒިމްގެ ރުޅި މަޑުކުރަން އޭނަ މަސައްކަތްކުރިއެވެ.
" އައި ނޯ....ބަޓް ވައި ކާންޓް އެނީބަޑީ ސީ ދެޓް އައިމް ޓްރައިންގ...." މާޒިމް އިސްޖަހާލިއެވެ. ކުށްވެރި އަދި އެކަނިވެރި އިހުސާސެއް ކުރެވުނެވެ.
" އައި ސީ އިޓް މާޒް...." އުރުޖުވާން އޭނަގެ ގެ ދަތްދޮޅީގައި ހިފާ ކުޑަކޮށް އުފުލާލަމުން ލޮލުގެ އެސްފިތަކުގައި ހަރުލާފައި ހުރި ކަރުނަތައް ފޮހެލަދިނެވެ. ހިތްވަރު ދިނުމުގެ ގޮތުންނެވެ. އުރުޖުވާން ގެ އަމިއްލަ ހިތުގެ އިހުސާސްތައް ފޮރުވާން ބޭނުންވި ނަމަވެސް މާޒިމްގެ އެކަނިވެރިކަން ފެނި ކެތެއް ނުކުރެވުނެވެ. ބަގީޗާ ތެރޭގައި ހުރި އެކަހެރި ގަހެއްގެ ހިޔަލުގައި ހުރި ބެންޗަކަށް މަގުދައްކައިދިނީ އުރުޖުވާންއެވެ. އެ ހަނދުވަރުދޭ ހިތްފަސޭހަ ރޭގައި އުރްޖުވާނާއި މާޒިމް ގޯތިތެރޭގައި ހުރި ބޮޑު ގަހުގެ ދަށުގައިވާ ބެންޗުގައި ހަމަޖެހިލިއެވެ. ވަށައިގެންވާ ޖައްވުގައި ފެތުރިފައިވީ ގަހުގެ ގޮފިތަކުގައި ފޮޅިފައިވާ ނާޒުކު މާތަކުގެ މީރުވަހެވެ. ހަނދުގެ އަލިކަމުގައި އެ މާތައް އާދަޔާ ޚިލާފު ގޮތަކަށް ދިއްލިފައިވާއިރު، އޭގެ ރިހިކުލައިގެ ފަތްތައް ހުރީ އުޑުމަތީގެ މަޑު ތަރިތަކެކޭ އެއްފަދައިން އާވިވެފައެވެ. ފިނިފިނި ވައިރޯޅިތައް އައިސް ގަސްތަކުގެ ފަތްތަކަށް ގޯނާކުރަމުން ހަލުވައިލަމުން ދިޔައެވެ. ދުރުން ފެންނަން ހުރި ހުދު ބޮކިތަކުގެ އަލިކަން އަނދިރީގެ ތެރެއިން ފެންނަނީ ކުދިކުދި ރަން ތަރިތަކެއް ފަދައިންނެވެ.
ފިނިކަމުގެ އިހުސާސް ގަދަވަމުންދިޔައިރު، ފެހި ވިނަތަކުގައި ޖަމާވަމުންދާ ފިނީގެ ތާޒާ ވަސް ދެމީހުންނަށް ދުވިއެވެ. އުރުޖުވާން ލައިގެން ހުރި ޖެކެޓް ގަޔަށް ބައްދާލީ ޖެހެމުން ދިޔަ ފިނި ވައިރޯޅީންނެވެ.
" ފިނި ވީ ތަ؟.....ވެއިޓް މިދެނީ ޖެކެޓް...." މާޒިމްގެ ލެދާ ޖެކެޓް ދިނުމަށް އަވަސްވެލިއެވެ. އޭނަ ތުއި ހިނިގަނޑެއް ޖަހާލިއެވެ. ތޫލި އަޑެކެވެ. މާޒިމް އެ އަޑަށް ގެއްލިފައި ހުރެވުނީ އެތަކެއް ދުވަހަކަށް ފަހު އެ އަޑު އަހާލަން ލިބުމުންނެވެ.
" ކިހިނެއްވީ؟ހަމަ އެހާ މަޖާ؟އޯ އާ ޔޫ ޓްރައިންގް ޓު ޑޫ ސަމް ސްޕެލް އޮން މީ...." މާޒިމް ސަމާސާކޮށްލިއެވެ. އުރުޖުވާން އޭނާގެ ލަދުރަކިކަން ފޮރުވާލަން އިސްޖަހާލިއެވެ.
" ނޫން...މާޒް ލޯ އަނދިރިވީމަ....ޖެކެޓެއް ލައިގެނެއްނު މިހިރީ...." އުރުޖުވާން ޖެކެޓް ގެ ޖީބަށް އަތްލަމުން ބުނެލިއެވެ. މާޒިމްގެ އަސަރުގަދަ ބެލުމެއް އުރުޖުވާން އަށް ދިނެވެ.
" އިޒް ދިސް.....މިއީ ކެނާން ގެ....." މާޒިމްގެ ލޮލުގައި އެތައް ސުވާލު މާކުތަކެއް ޖެހުނެވެ. ހައިރާންވެ އަންތަރީސްވިއެވެ. އެއީ ކެނާން އެންމެ ލޯބިން ގެންގުޅޭ ޖެކެޓެވެ. އިތުރު މީހަކަށް އޭގައި އަތްލިޔަވެސް ނުދޭނެއެވެ.
" ހްމްމްމް.....ހަދިޔާ އެއް...އައި ވިޝް ހީ ޑިޑްންޓް ލީވް....އެޓްލީސްޓް ބޭބީ އާ މީޓް ކޮށްލާފަ ދާން މަޑުކުރިނަމަ...." އުރުޖުވާން ދެރަވިއެވެ. މާޒިމް ހިޔާލަކަށް ގެއްލިފައި ހުރިތަން ފެނުމުން އޭނަ ކޮށްޓައިލިއެވެ.
"ކިހިނެއްވީ؟ލަސްވީތަ؟" އުރުޖުވާން ދެރަވެފައި އަހާލިއެވެ. މާޒިމް ލޮލުގެ ކުރިމަތީން ގެއްލެން އޭނަ ނޭދޭފަދައެވެ.
" އައި ނެވާ ނިއު ޔޫ ބޯތް ވާ ކްލޯޒް....ކެނާން ގެ ތި ޖެކެޓަކީ ވަރަށް ޚާއްސްކޮށްގެން ގެންގުޅޭ ޖެކެޓެއް...މީހަކު އަތްލިޔަވެސް ނުދޭނެ..... އެއްދުވަހު ހުޝަލް ތި ލައިގެން ބޭރަށް ދިޔައިމަވެސް ހުރި ފޯރިޔެއް...މަޖާ ދުވަހެއް....މަންމަ ބޯޓް އިޓް ފޯ ހިމް...."މާޒިމްގެ ސިކުނޑީގައި ކުޅެވެމުން ދިޔައީ މާޒީގެ ފޮނި ހަނދާންތަކެވެ.
" ޔެސް...ކެނާން ހެލްޕްޑް އަ ލޮޓް.......ވަރަށް ހިތްހެޔޮ......ބައްޕަ ކިތަންމެ ރުޅިއަޔަސް ހޮސްޕިޓަލަށް ސްކޭން ހައްދާ ކޮންމެ ދުވަހަކު ދާނެ....ގަޑީގެ ކުރިން ހީ ސްޓޭއިސް ދެއާ.....ދިޔުމުން ޑޮކްޓަރާ ބައްދަލުކޮށްވެސް ހަދާނެ....އީވެން ސެންޑްސް މީ ފުޑް ތްރޫ މީކާ.....ހީ ސްޓޭއިޑް ވިތް މީ.....އީވެން ފްރޮމް އެފާ....ހީ ކެޕްޓް އަ ކްލޯޒް އައި އޮން މީ އެންޑް ބޭބީ...." އުރުޖުވާން ބުނެލީ ވަރަށް ފޮނި ހިނތުންވުމުކާއެކުއެވެ. މާޒިމްގެ ހިތުގައި އުފެދެމުންދިޔަ ކުށްވެރިވުމުގެ އިހުސާސް އިތުރަށް ފުންވެގެންދިޔައެވެ. އުރްޖުވާންގެ ބަސްތަކުން އޭނާގެ ހިތުގައި އުފެދުނު ތަދު އިތުރުވެގެންދިޔައެވެ. އަމިއްލަ ޒިންމާތަކަށް އިހުމާލުވެފައިވާކަމުގެ އިހުސާސް އޭނާގެ ހިތުގައި ވަރުގަދަވަމުންދިޔައެވެ.
" ކެނާން ހެލްޕްޑް މީ ޓު ޓޯކް ޓު ޔޫ.....ފޯނެއް ވެސް ދިން....ދެޓް ވޯޒް މީ އެ ރޭ ގުޅީ.....ފޯނި ކަނޑާލީމެއްނު...." އުރުޖުވާން އޭނަގެ މޫނު ނަޒަރު ހުއްޓައިލިއެވެ. އެމޫނުމަތިން ފެނުނު މޮޅިވެރި އަސަރުތައް ހިތަށް އަސަރުތަކެއް ކުރުވިއެވެ.
" އައި ފެއިލްޑް ޔޫ....." މާޒިމް މަޑުމަޑުން ބުނެލިއެވެ. ކެނާން ބުނީ ތެދުކަން އޭނާއަށް އިހުސާސްކުރެވުނެވެ. އެއީ ކިތަންމެ ބުރަ ހަގީގަތަކަށް ވިޔަސްމެއެވެ. އެ ދުވަސްތަކެއް އަނބުރާ ނުލިބޭނެއެވެ. މާޒިމް އޭނާގެ އަތުތެރޭ މޫނު ފޮރުވާލަމުން ގުދުވެލިއެވެ.
" މާޒް....." އުރުޖުވާން މާޒިމް ގެ ކޮނޑުގައި ހިފަމުން އޭނާއާއި ގާތް ކޮށްލަދިނެވެ. ގެއްލުނު ވަގުތު އަނބުރާ ނުލިބުނަސް މުސްތަގުބަލަށް ކުރާ އުންމީދުގެ ހުޅުކޮޅު ނިވާލަން އުރުޖުވާން ބޭނުމެއްނުވެއެވެ. އުނދަގުލަށް ފަހު ފަސޭހަކަން ވާކަން އޭނާގެ ހިތަށް ވިސްނައިދިނެވެ. މާޒިމް ވެސް މަސައްކަތް ކުރިކަން އޭނާ ގަބޫލުކުރެއެވެ. ތަޤްދީރުގެ ނިޔާއަށް ހިތްހަމަޖެހެން ވިސްނައިދިނެވެ.
" ލެޓްސް ވޯކް އޮން އަވާ ފިއުޗާ......މާޒީ އާ މެދު މާޔޫސްވުން ދޫކޮށްލާ.....އައި ފޮގިވް ޔޫ...އަސް....އީވެން އައި މޭޑް މިސްޓޭކްސް....މާޒް ގެ ވާހަަކ އެދުވަހު އަޑުއެހިނަމަ...."
މާޒިމް ކުޑަކޮށް އަރިވެލިއެވެ. އެމީހުންގެ ދެމެދުގައިވާ ކުޑަ ޖާގަ ބަންދުކޮށް، މަޑުމައިތިރިކަމާއެކު އުރުޖުވާންގެ ތުންފަތުގައި އިނގިލި ޖައްސާލިއެވެ. އޭނާ ހަނުކޮށްލިއެވެ. ވަގުތު ހުއްޓުނުހެން ހީވިއެވެ. އެމީހުންގެ ވަށައިގެންވާ ދުނިޔޭގެ އަޑުމަޑުވެގެން ދިޔައެވެ. ގަސްތަކުގެ ފަތްތަތް ވެސް ހިމޭންވިއެވެ. ދުރުން އިވޭ ދިރިއުޅުމުގެ އަޑުތަކެއްވެސް ނެތެވެ. މުޅި ޢާލަމް އަމިއްލައަށް ނޭވާ ހިފަހައްޓާލައިގެން، އެމީހުންނަށް މި ވަގުތުކޮޅު ދީފައިވާ ކަހަލައެވެ.
މާޒިމްގެ ނަޒަރު އޭނާގެ ލޮލުގައި ހަރުލާފައިވާ ގޮތުން، އޭނާގެ ލޮލުގައިވާ ފުން އިހުސާސްތައް ހިތުގެ ވިންދު އަވަސްކުރުވިއެވެ. އުރްޖުވާންގެ ހިތް ފުރިގެން ދިޔައެވެ. އޭނާ އަތް ދިއްކޮށްލި އިރު، އޭނާގެ އިނގިލިތަކުން މާޒިމްގެ އިނގިލިތަކުގައި މަޑުމައިތިރިކަމާއެކު ބީހިލިއެވެ. އެ ބީހިލުމުގައި ވަޢުދެއްގެ އަސަރު ވިއެވެ.
ބަގީޗާގެ މަޑުމައިތިރިކަމާއި އަމާންކަން ނެތިދިޔައީ މާޒިމްގެ ފޯނުގެ އެލާމުގެ ހަރުކަށި އަޑުންނެވެ. ސިހުމަކާއެކު، އޭނާ ޖީބުން ފޯނު ނެގިއެވެ. ސްކްރީނުގެ އަލި އެޅުމުން އޭނާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ ކުލަވަރެވެ.
"މާޒް......" އުރުޖުވާން ވެސް ސިހިފައި އަހާލިއެވެ. މާޒިމް ވަރަށް ހަލުވިކަމާއެކު ފޯނުގެ ސްކްރީނަށް ލޯ ހުއްޓިއެވެ. ފަރަހް ގެ ކޮޓަރީގެ ކެމެރާގެ ނޮޓިފިކޭޝަނެވެ.
މޯޝަން ޑިޓެކްޓް އެލާޓެކެވެ.
" ފަރަހް ހޭލައިފި........" މާޒިމް ބުނެލިއެވެ. އުރުޖުވާން ކުރިއަށް ޖެހިލިއެވެ. ސްކްރީނަށް ރަނގަޅަށް ބެލުމަށް މަސައްކަތް ކުރަމުންނެވެ.
" އިޒް ޝީ އޯކޭ؟" އުރުޖުވާން ފެނުނު މަންޒަރު ޔަގީންނުވެފައި އަހާލިއެވެ.
އަނދިރީގެ ތެރެއިން ފަރަހް ފެންނަމުން ދިޔައީ ކަޅު ހިޔަންޏެއްގެ ސިފައިގައެވެ. އޭނާ ހިނގަމުންދިޔައީ ފާރުގެ ހުރަހަށެވެ. ކެމެރާއާއި ކައިރިވަމުން ދާ ވަރަކަށް އެ ސިފައިގައި ކުލަ ޖެހެމުންދިޔައެވެ. ހޭވިފައިވާ އިސްތަށިގަނޑު މޫނަށް އެޅިފައިވީއިރު ލައިގެން ހުރި ހެދުން ވަނީ ވީދިފައެވެ. ލޯ މަރާލައިގެން ހުރެފައި އެ ލޯ ކެމެރާއަށް ހުއްޓުނެވެ. އަދި ލޯ ބޮޑުކޮށްލިއިރު ހުރީ ލޭ އަރާފައެވެ. ކަޅު ކަޅި ބޮޑުވެފައި ހުދު ކަޅީގައި ލޭގަނޑުވަފެއެވެ.
ހިނދުކޮޅެއްގެ ތެރޭގައި، ބިރުވެރިކަން އުފެދޭފަދަ ހިނިތުންވުމެއް އޭނާގެ މޫނުމަތީގައި ފެތުރިގެން ދިޔައެވެ. އެ ހިނިތުންވުން ވަނީ އާދަޔާ ޚިލާފަށް ފުޅާވެފައެވެ. އެއީ އުފަލާއެކު މަލާމާތެއްވެސް އެކުލެވޭފަދައެވެ. އޭނާގެ ބޯ ލަސްލަހުން އެއްފަރާތަކަށް ލެނބުނެވެ. އޭނާގެ ނަޒަރު ކެމެރާގެ ލެންސްއާ ދިމާލަށް ހުއްޓިފައި ހުރީ އެސްފިޔަ ޖެހުމެއްނެތި، ޝިކާރައަކަށް ބަލާ ފަދައިންނެވެ.
އުރުޖުވާންގެ ގެ މުޅި ނަފުސަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. އޭނާގެ ނޭވާ އަވަސްވެ ބާރުވެގެން ދިޔައެވެ. ސްކްރީނުން ފަހަތަށް ޖެހިލިއިރު އޭނާގެ ބުރަކަށީގައި ފިނި ކަށިގަނޑެއް ދުވިހެން ހީވިއެވެ.
އޭނަ މާޒިމް ގެ އަތުގެ މުލައްދަނޑީގައި ހިފައި ބާރުކޮށްލިއެވެ. މާޒިމްވެސް އިނީ ހުއްޓުން އަރާފައެވެ. ފަރަހް ކުޅޭ ޑްރާމާ އެއް ނޫން ކަން ހިތް ބުނަމުންދިޔައެވެ. މިއީ އާދަޔާ ޚިލާފް ކަމެކެވެ. އިންސާނަކަށް އެފަދަ ސިފައެއްގައި އެއްވެސް އެއްޗެއްގެ ބާރެއް ނެތި ފާރުގައި ނުހުރެވޭނެއެވެ. އެއީ އިންސާނަކަށް ކުޅަދާނެކަމެއް ނޫނެވެ.
" ހާ އައިސް މާޒް.....ދެޓްސް ނޮޓް ހާ..." އުރުޖުވާން ފިސް އަޑަކުން ބުނެލީ އުނދަގޫ ކަމާއެކުއެވެ.
"ހީވަނީ މިހާރުވެސް އަހަރެންނަށް ބަލަމުންދާ ހެން. ސްކްރީނުން ވަދެގެން... އަހަރެން މިތާ ހުރިކަން އެނގޭ ކަހަލަ." އޭނަގެ އަޑު ތުރުތުރު އެޅިއެވެ.
"އައި ހޭވް ޓު ގޯ.....އުރޫޖް އަވަހަށް ގެޔަށް ވަދޭ....." މާޒިމް އަވަހަށް ފޯނު ސްކްރިނަށް އުރުޖުވާން ނުފެންނާނެހެން ފޮރުވާލިއެވެ. އަދި އުރުޖުވާންގެ މޫނު އަތުތެރެއަށް ލަމުން ނިތުގައި ބޮސް ދިނެވެ.
"އައި ވިލް ޓޭކް ކެއާ އޮފް އިޓް...ޓްރަސްޓް މީ...." އޭނަ ގެ އަޑުގައި ސާބިތުކަން ވިޔަސް އޭނަވެސް ހުރީ ބިރުގަންނަގޮތްވެފައެވެ.
"ނޫން.....މާޒް....ޕްލީޒް އެކަނި ނުދޭ....އިޓްސް ނޮޓް ސޭފް އީވެން ފޯ ޔޫ......ޝީ ލުކްސް ޕޮސެސްޑް....ލެޓް މީ ކޯލް ކެނާން...."އޭނަ މާޒިމްގެ އަތުގައި ހިފެހެއްޓިއެވެ. އަނެއްކާވެސް ފޯނުން އަޑެއް އިވުނެވެ. އޭރު ފަރަހް އޮތީ ފާރުން ބިމަށް ވެއްޓިފައެވެ. ހަބަރުހުސްވފައި ކަހަލަ ގޮތަކަށެވެ. ނަމަވެސް ކަރުތެރެއިން ބިރުވެރި އަޑެއް އިވެމުންދިޔައެވެ. ކުކުރުމެކެވެ.
" ހެލްޕް...." ފަރަހްގެ އާދޭހެކެވެ. އުރުޖުވާން މާޒިމް ގެ އަތަށް ބާރުލިއެވެ. ދޫނުކުރާން ހިފާފައެވެ.
"އައި ހޭވް ޓު....އުރޫޖް ޕްލީޒް އަންޑަސްޓޭންޑް...." މާޒިމް އޭނާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
"ޓޭކް މި ވިތް ޔޫ....ވައި ކާންޓް ޔޫ އަންޑަސްޓޭންޑް ޓޫ...." އުރުޖުވާން އާދޭސްކުރިއެވެ.
ނުނިމޭ