ސަން ސިޔާމް ރިސޯޓްސްގެ ވިލުރީފް ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިޔާ ބާބެލް ގާޑް ރިޗާ ނުވަތަ "މާމާ" 45 ވަނަ ފަހަރަށް އެ ރިސޯޓަށް ޒިޔާރާތްކޮށްފިއެވެ.
ވިލުރީފުން އިއްޔެ ވަނީ މާމާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
"ސަން" އަށް މައުލޫމާތު ދެމުން ވިލުރީފް ރިސޯޓުން ބުނީ މާމާ ޒިޔާރަތްކުރާ ދުވަހަކީ އެ ރިސޯޓުން ކޮމްޕެނީ ލެވެލްގައި ފާހަގަކުރާ ދުވަހެއް ކަމަށެވެ. އުމުރުން 75 އަހަރުގެ މާމާއަކީ ވަރަށް ލޯޔަލް ގެސްޓެއް ކަމަށް ރިސޯޓުން ބުނެއެވެ.

ވިލުރީފް ރިސޯޓުން "މާމާ"އަށް ކީ ހޫނު މަރުހަބާގެ ތެރެއިން --- ފޮޓޯ/ ވިލުރީފް ފެމެލީ ކްލަބް
މިފަހަރު މާމާ ޒިޔާރަތް ކުރުމުން އެ ރިސޯޓުން ވަނީ ސަފާގީ ކުޅިވަރުތަކެއް ވެސް ހުށަހަޅައިދީފައެވެ. އެގޮތުން ދިގުމަގު ހިނގުމާއި ބޮޑުބެރުގެ އިތުރުން ސަގާފީ ނެށުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވިލުރީފް ރިސޯޓުން "މާމާ"އަށް ކީ ހޫނު މަރުހަބާގެ ތެރެއިން --- ފޮޓޯ/ ވިލުރީފް ފެމެލީ ކްލަބް
މާމާ އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ 2000 ވަނަ އަހަރުގެ ޑިސެންބަރު ފަސް ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާ ދޭތެރެއަކުން ރާއްޖެ ޒިޔާރަތްކޮށް ވިލުރީފް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރެއެވެ.
ސަން ސިޔާމްގެ ވިލުރީފް ރިސޯޓަކީ އަބަދުވެސް ފަތުރުވެރިންނަށް ޚާއްސަ ސަމާލުކަމެއްދޭ ރިސޯޓެކެވެ. އަދި، އެ ރިސޯޓަކީ ރިޕީޓާސް ގެސްޓުންނަށް މަރުހަބާ ކިއުމަށްޓަކައިވެސް ވަކިން ޚާއްސަ ސަމާލުކަމެއް ދޭ ރިސޯޓެކެވެ.

ވިލުރީފް ރިސޯޓުން "މާމާ"އަށް ކީ ހޫނު މަރުހަބާގެ ތެރެއިން --- ފޮޓޯ/ ވިލުރީފް ފެމެލީ ކްލަބް
ވިލުރީފު ރިސޯޓުގައި ކުރިއަށް ގެންދާ މިފަދަ ހުރިހާ ހަރަކާތެއް ވެސް އިންތިޒާމުކޮށް ހިންގަނީ ވިލުރީފް ފެމިލީ ކުލަބުންނެވެ.