"ތިން އަމަލަކުން ތިބާގެ ދިރިއުޅުން އުފާވެރިކުރާށެވެ. އެއީ ނަމާދާއި ޒިކުރުކުރުމާއި ގުރުއާން ކިޔެވުމެވެ."

***

"އަހެދް ކަރުނަތައް އޮހޮރިގެން ދިޔަނުދޭންވެގެން އެސްފިޔައިލަމުން ހިންދިރުވައިލިއެވެ. މުރުތަސިމްގެ ލަފުޒުތަކުގެ ބުރަދަނުން އޭނަގެ މެޔަށް ބާރުވެލިއެވެ. ހަމަ ދެންމެ އޭނަގެ އަތުގެ ތެރެއަށް ގެންގޮސް ހިތްހަމަ ޖައްސާލަދީފައި މިހާރު ރުޅިވެރިކަމާއެކު ދުރަށް ލީއެވެ. އޭނައަށް އެއަމަލުތަކެއް ނުވިސްނުނެވެ. އަދި އެކަމަށް ރައްދުދޭނެ ގޮތެއްވެސް ނޭގުނެވެ. އެނގުނީ އެންމެ ކަމެކެވެ. ހިތަށް އަނިޔާވިކަމެވެ.

" ދެން ކޮށްޓެއްގައި ބަންދުކޮށް ފައިގަ ޗޭނުވެސް ޖަހާފަ ބަހައްޓާ...." އަހެދް ރުޅި ހަދާލިއެވެ. މުރުތަސިމް އަށް ފުރަގަސްދެމުން އަވަހަށް ހޮޓެލް އަށް ވަނެވެ. މުރުތަސިމް ފުން ނޭވާ އެއް ދޫކޮށްލި އަޑުއިވުނެވެ. ފަހަތުން ލުއި ފިޔަވަޅުތަކުގެ އަޑު އިވުނަސް އަވަހަށް ލިފްޓް ޖައްސާލީ މުރުތަސިމް އަށް ވަންނަން ފުރުސަތުވެސް ނުދޭންވެގެންނެވެ. ލިފްޓަށް އަރާފައި އަވަހަށް ލައްޕާލަން އުޅުނެވެ. މުޅީން ލެއްޕުމުގެ ކުރީމް މުރުތަސިމް ލިފްޓްގެ ދޮރު ހުއްޓުވިއެވެ.

" ޔޫ ޗޯޒް ދިސް މެރީޖް އައުޓް އޮފް ޔޯ ފްރީ ވިލް.....ފިޔަ ކޮށާފަ އިން ދޫންޏަކަށް ވާން ބޭނުންވީ އަހެދް އެއް ނޫންތަ...." ލިފްޓަށް ވަދެގަންނަމުން މުރުތަސިމް އަހެދް އަށް ބުނެލިއެވެ. އަހެދް އަޑު ނީވޭ ކަމަށް ހަދާފައި މޫނު އަނބުރާލިއެވެ.

" އަދި އެއްފަހަރު ދީފަ އޮތް ކޮންޓްރެކްޓް ކިޔާލާތި....އައި ތިންކް ޔޫ ޑިންޓް ރިޑް އިޓް ޕްރޮޕާ...." މުރުތަސިމް ފަރުވާކުޑަ ރާގަކަށް ބުނެލާފައި ފޯނާއި ކުޅެން ފެށިއެވެ. އޭނަ ބޭނުންވީ އަހެދް އިތުރަށް ރުޅި އަރުވާލަިއ ޖަދަލުކުރުވުމެވެ.

" އީޗް ޑޭއި އައި ވިލް ރިނިއު ދިސް ވަޓްއެވާ ކޮންޓްރެކްޓް އޮފް ޔޯސް...." އަހެދްއަށް ނެތެއް ނުކުރެވުނެވެ. އޭނަ ނޭފަތް ދަމާލިއެވެ. މޫނު މަތީގައި ވީ ރަތް ޖަނބުކުލައިން ރުޅީގެ އަސަރު ގަދަޔަށް ސާފުވާން ހުއްޓެވެ. މުރުތަސިމް ލުއި ހިނިގަނޑެއް ޖަހާލިއެވެ. އަހެދް ރުޅިއަރުވާލުމުން ލިބުނީ އުފަލެކެވެ.

" ވައި ސޯ؟" މުރުތަސިމް ހެމުން އަހާލިއެވެ. އަހެދް ރުޅިގަދަވެ އެނބުރުނީ އޭނާގެ ޝަހާދަތް އިނގިލި ދިއްކޮށްލަމުންނެވެ.

" ބިކޯޒް....އައި ވިލް ފައިންޑް..." އަހެދް ގެ އަޑު ތުރުތުރު ލިއެވެ. މުރުތަސިމް ފޯނު ޖީބަށް ލަމުން އޭނާގެ މުޅި ސަމާލުކަން އަހެދް އަށް ދިނެވެ. އަތް ފުރަގަހަށް ލަމުން ހަށިގަނޑު ސީދާ ކޮށްލައިގެން ހުރީ މޮޑެލްއެއް ފަދައިންނެވެ. މުރުތަސިމްގެ ހަށިގަނޑުގެ ރީތިކަމާއެކު އެ ހަމުގެ އަލިކުލަ އިތުރަށް ފާހަގަކުރެވުނެވެ. ތުންފަތުގައި ޖެއްސުމުގެ ފޮނި ހިނިތުންވުމެއް ވިއެވެ. ހަނި ލިފްޓް ތެރޭގައި މުރުތަސިމްގެ ހިޔަނީގެ ދަށުގައި ހުއްޓި ހުރިއިރު އޭނަގެ ހިޔަނިވަނީ ފޮރުވިފައެވެ.

" ހްމް..ކިހިނެއްވީ...ޓެލް މީ..." މުރުތަސިމް ބުމަ އަރުވާލާފައި އަހެދް ގެ އިސްކޮޅާއި ހަމަޔަށް މޫނު ތިރިކޮށްލިއެވެ. އެ ލޮލުގެ ފުރިހަމަކަން އަހެދް އަށް ކައިރިން ބަލާލެވުނެވެ. ހިތް ބާރަށް ތެޅެންފެށިއެވެ. އޭނާގެ ހިތާއި ދެކޮޅަށެވެ. މުރުތަސިމްގެ ކޮންމެ ބެލުމަކުން އޭނާގެ ހަށިގަނޑު ގަނޑުވެއެވެ. ނޭވާ ހިފަހައްޓާލައިގެން ހުރިއިރު އޭނަގެ އަތްތިލަ ގަނޑުފެންފަދައިން ފިނިވިއެވެ. ފަހަތަށް ޖެހިލާނެ ކުޑަ ތަންކޮޅަކަށް ފަހަތަށް ޖެހިލީ ރެއިލިންގް ގައި އަތް ބާރަށް ހިފަހައްޓަމުންނެވެ. އަތުގައި ހުރި ފެނުގެ ސަބަބުން އަތް ދޫވެ އޭނަގެ ފައި ފުރޮޅާލިއެވެ. ހަމަ އެވަގުތު ލިފްޓުވެސް ހުއްޓުނުހެން ހީވިއެވެ. ލިފްޓުގެ ބޮކި ވެސް ނިވުނީ ހަމަ އެވަގުތެވެ. އޭނަ އަށް ހަޅޭއްލަވައިގަނެވުނީ ލޯ މަރައި ބާރުކޮށްލަމުންނެވެ. ހީވި ފުން އަނދަވަޅަކަށް ވެއްޓުނީ ހެންނެވެ. އެވަގުތު ނައީމު ގެ އަނިޔާތައް ސިކުނޑީގައި ކުޅެލިއެވެ. އެ ހަނދާންތަކު ތެރޭ އޭނާ ބެދުނެވެ. ބިރުވެރި ހުވެފަނެއްގައި އޭނަ ތާށިވިއެވެ.

"ނޯ.....ޕްލީޒް.....އައި ކާންޓް ބްރީތް....އެހެން ނަހަދާ ދޮރު ހުޅުވާލަދީ....އައިމް ސްކެއާޑް އޮފް ދަ ޑާކް.....އައި ކާންޓް ބްރީތް..." އަހެދް މާނޭވާލަމުން ހަޅޭއްލަވަމުން ދިޔައެވެ.

" ޝްޝް.....ކާމް...އަހެދް..." މުރުތަސިމްގެ މަޑުމައިތިރި އަޑެވެ. އަހެދް ވަނީ އޭނާގެ ހިމާޔަތުގައެވެ. އެއް އަތުން އަހެދް ގެ ގައިގާ ހިފަހައްޓާލައިގެން ހުރި އިރު އަނެއް އަތުން ފޯނު ނަގައި އަހެދް ގެ މޫނަށް އަލިކުރުވިއެވެ. އޭނަ ތުރުތުރުލަމުން ދިޔައެވެ. ރަގަޅަށް ނޭވާވެސް ނުލެވެއެވެ. މުރުތަސިމްވެސް ހާސްވިއެވެ. އަހެދް އަނދިރިކަން ދެކެ އެހާ ބިރުގަންނަނީހެއްޔެވެ؟

" އަހެދް...ލިސިން...އިޓްސް މީ...ޔޫ އާ އިން ސޭފް ހޭންޑްސް...." މުރުތަސިމް ޔަގީންކަން ދިނެވެ.

" ބޭބެ...ޕްލީޒް...މަންމާ....ދޮރު ހުޅުވަދީ....." އަހެދް އާދޭސްކުރަމުން ދިޔައެވެ. މުރުތަސިމްގެ ހިތް ބާރަށް ތެޅުނެވެ. އޭނާއަށް އަދި އަހެދް ރަނަގޅަށް ނޭނގޭކަން ވިސްނުނެވެ. އެކުއްޖާއަށްޓަކައި ހިތް ހަމްދަރުދީއިން ފުރުނެވެ. އަހެދް މަޑުމަޑުން ހަމަޖެހެމުންދިޔައެވެ. އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމަށް މަސައްކަތްކުރިއެވެ. އަހެދް ގެ އަތްތިލަ ބާރުކޮށްފައިވީ މުރުތަސިްމގެ ގަމީހުގައެވެ. ކުޑަ ވަގުތުކޮޅަކަށްފަހު، އޭނާގެ ނޭވާ މަޑުމަޑުން ދޫކޮށްލިއެވެ. ހޫނު ނޭވާ މުރުތަސިމް އަށް އިހުސާސްވިއެވެ.

" އިޓް ވިލް ބީ ފައިން.....ޖަސްޓް ހޭންގް އޮން ފޯ ފައިވް މިންޓްސް..." މުރުތަސިމް އަހެދް ގެ ނިތުގައި ފިރުމާލަމުން ބުނެލިއެވެ. ނިތްކުރި ހޫނެވެ. ހުން އައިސްފައިހެން ހީވިއެވެ.

" ޓޯކް ޓު މީ އަހެދް...."

އަހެދް މަޑުމަޑުން ކުކުރާލިއެވެ. އޭނާ އަށް އަޑުއިވޭކަން އަންގާލަމުންނެވެ. އެހާ ބިރުގަތީ ކީއްވެތޯ އެހުމަށް ހިތް އެދުނު ނަމަވެސް މިއީ އެންމެ ރަނގަޅު ވަގުތު ނޫންކަން އެނގުނެވެ. އެހިޔަސް ތެދުވެރިކަމާއެކު ކިޔާދީފާނެ ކަމާއި މެދުވެސް ޝައްކެވެ. މިއީ އަހެދް ހިތުގެ ކަނުގައި ފޮރުވާފައިވާ ޒަޚަމެކެވެ.

ކުއްލިއަކަށް ލިފްޓު އަލުން ހަރަކާތްތެރިވެ އޭގެ ފިނިކަމާއި އަލިކަން ފަތުރަންފެށިއެވެ. ނަމަވެސް އެ އަލިކަމުގައި ފެނުނު މަންޒަރަކީ ހިތްދަތި އެއްޗެކެވެ. އަހެދްގެ މޫނުމަތީގައި ހުރީ ބިރުވެރިކަމާއި ވޭނުގެ ކުލަތަކެވެ. އޭނާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނައިގެ ތިކިތައް، އެ ވަރުގަދަ އަލިކަމުގައި އިތުރަށް ފާޅުވެގެން ދިޔައެވެ. މުރުތަސިމްގެ ހިތުގައި ކަންބޮޑުވުމުގެ ޝުއޫރު އުފެދުނެވެ. އެއްވެސް ބަހެއް ނުބުނެ، އޭނާ ވަގުތުން ތިރިވެ، އަހެދް އޭނާގެ އަތު ތެރެއަށް ލިއެވެ. އަހެދް ގެ ސިކުނޑި ވަނީ ބިރުވެރިކަމާއި ވަރުބަލިކަމުގެ އަނދިރި ވިލާގަނޑަކުން ނިވައިވެފައެވެ. މުރުތަސިމް އަހެދް އަތްދަނޑިމައްޗަށް ލައިގެން ކޮރިޑޯއިން ކުރިއަށް ދިޔައެވެ. އޭނަގެ ފިޔަވަޅުތައް އެއްވަރަކަށް ހިފެހެއްޓިފައެވެ. ދަތްދޮޅި ބާރުކޮށް ހިތްވަރާއެކު ކުރިއަށް ދިޔައެވެ. އާހިދުގެ ރަތްވެފައިވާ ކޯތާފަތާއި ދާ ތިކިތައް ނިތްކުރިއަށް ކޮންމެ ފަހަރަކު ބަލައިލާއިރު އޭނާގެ ހިތުގައި ކަންބޮޑުވުމުގެ ރާޅުތައް އުފެދެމުން ދިޔައެވެ. މިއީ އޭނާ ދަންނަ އަހެދް އެއް ނޫނެވެ. ފަސޭހައިން ބަލިގަބޫލު ނުކުރާ އަދި ހިތްވަރުގަދަ ކަމުގެ ދެވަނައެއް ނެތް ކުއްޖެކެވެ. ނަމަވެސް މިވަގުތު މޫނުގައި އެ ފޯރިއެއް ނުވެއެވެ.

މުރުތަސިމް ކޮޓަރީގެ އެނދުމަތީގައި އަހެދް ބާއްވާފައި ހިންދެމިލި އިރުވެސް އޭނާގެ ލޮލުގެ އެސްފިޔަޖަހާލަން ވެސް ނޭދެއެވެ. އެހާވެސް އަހެދް އާއިމެދު ފަރުވާތެރިވިއެވެ. އަހެދް ގެ ނިތްކުރީގައި އަތް ޖައްސާލީ ހުން ފިނިތޯ ބަލައިލުމަށެވެ. ހުން ފިނި ކުރުމަށް ފެން ފޮތި ބަލައިދާން ތެދުވުމުން އަހެދް އޭނަގެ އަތުގައި ހިފިއެވެ. ކުކުރާލިއެވެ. ކިޔާ އެއްޗެއް ސާފު ނުވުމުން އޭނަ ކައިރިވެލިއެވެ.

" އަިއމް ފައިން...ޔޫ ކޭން ގޯ...." މުރުތަސިމް އަށް އަހެދް ގެ އަޑު އިވުމުން އަތް މުށްކަލާވެލުވުނެވެ. އެހާލަތުގައިވެސް އޭނަ ދުރަށް ލާން ބޭނުންވިކަން އެނގުމުން ރުޅިގަދަވިއެވެ. ނަމަވެސް އެ އިހުސާސް ހިންދައިލިއެވެ.

" އައި ވިލް ނޯ ވެން އައި ނީޑް ޓު ގޯ...." މުރުތަސިމް މަޑު މޑުން ބުނެލިއެވެ.

***

" އޯލް ޑަން...ހީ އިޒް ނޮކްޑް އައުޓް....ކޮންތަނަކަށް ގެންދަންވީ...ބޭސްމެންޓް؟" މަރްވާން ސުވާލުކުރީ އޭނާ ފޯނުން ގުޅައިގެން ހުރި މީހަކާއެވެ. ދަނީންއަށް ލިބުނު ހައިރާން ކަމުގައި ލޯބޮޑުވެ އަޑެއް ލައްވާލެވުނެވެ. ވަގުތުން އަނގަ މަތީ އަތް އަޅާ ބާރުކޮށްލިއެވެ. ކާރުގެ ދުވެލި މަޑުވިހެން ހީވިއެވެ.

މަރްވާން ކާރުގެ ޑިކީ ހުޅުވުމަށް އަވަސްވެގަތީ ހަމަ ޔަގީނުންވެސް އެއީ ފަހަތުން އިިވުނު އަޑެއްކަން އެނގިއެވެ. ފޯނުގެ ފްލޭޝްލައިޓް އަލިކޮށްލަމުން ޑިކީ ހުޅުވާލުމުން ހައިރާންވީ ވަރުން ފައި އޮޅި ނުވެއްޓުނު ކިރިޔާއެވެ.

" ވަޓް ދަ..." ކުރުގެޅިގެން އޮތް ދަނީން ފެނި މަރްވާން އަށް ބުނެވުނެވެ. ދަނީން ހަށިގަނޑު ތެދުކުރަމުން ޑިކީއިން ނުކުތެވެ. އަދި އޭނާ ލައިގެން ހުރި ޕާޓީ ހެދުން ރީތިކޮށްލިއެވެ.

" އާ ޔު އަ ސީރިއަލް ކިލާ....." ދަނީން ސުވާލުކުރީ ސީރިޔަސްވެފައެވެ. ސިއްރުވެރިގޮތަކަށެވެ. ދެކޮޅު ހޯދައި ބަލައިލާ ހެދިއެވެ. ހައިރާންވެ ހުއްޓުން އަރާފައި ހުރެވުނު މަރްވާންގެ ހިނިގަނޑުފަޅައިގެން ދިޔައެވެ.

" އައި ސީރިޔަސް.....އާ ޔޫ؟..." ދަނިން ގެ މޫނުމަތީގެ ކުލަވަރުން މިއީ ސަކާރާތެއް ނޫން ކަން އެނގުނެވެ. މަރުވާން ފުން ނޭވާއެއްލިއެވެ. އޭނާގެ ހިނިތުންވުން މަޑުވެގެން ދިޔައެވެ.

" ބިފޯ އެނީބަޑީ ރިއަލީ ތިންކްސް އައިމް އަ ސީރިއަލް ކިލާ ވީ ނީޑް ޓު ގެޓް އައުޓް އޮފް ހިއާ...." މަރްވާން ބުނެލީ ދަނީންގެ ސުވާލުތައް ގިނަވާނެތީއެވެ. އޭނާއަށް އެ ސުވާލުތަކުގެ ޖަވާބު ދިނުމަށް ފަސޭހައެއްވެސް ނުވާނެއެވެ.

" ވަޓް...މަރްވާން....ދިސް އިޒް ނޮޓް ލައިކް ޔޫ....މިދުވަސްކޮޅު އަބަދު ނުފެންނަ ކަމަށް ހަދާލާފައެއްނު ތިއޅެނީ.....ޓްރަަބްލްއެއްގެ ތެރެއަށް ވަދެގެން އުޅެނީތަ؟ޓޯކް ޓު މީ ޕްލީޒް..." ދަނީން އަށް ރޮވުނެވެ. އެވަގުތު ދަނީންގެ ފޯނު ރިންގު ވިއެވެ. އެއި މާހްޒަބީން އެވެ.

" ދަނީން....ޔޯ މޯމް އިޒް އޯލްސޯ ކޯލިން....ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން...އެކަމަކު ނޮޓް ނައު....މިހާރު އެންމެންވެސް ކަންބޮޑުވެފަ ތިބޭނީ ދަނީން ގޭގަ ނެތީމަ..."

މަރްވާން ވާހަކަ ދައްކަ ދައްކާ ހުއްޓާ ދަނީން އޭނަގެ ފޯނަށް ޖަވާބުދިނެވެ.

"މަންމާ...އައިމް ވިތް މަރްވާން...އެބަ ދަން....މަންމާ...." ދަނީން ފުން ނޭވާ އެއް ލިއެވެ.

" ވީ ހޭވް ސަމްތިން ޓު ޓެލް ޔޫ އެނޑް ޑޭޑް އެބައުޓް....ގެއަށް އިރުކޮޅަކުން ދާނަން..." ދަނިީން ފޯނު ބޭއްވިއެވެ. މަރްވާން ހުރީ ޝޮކެއްގައެވެ. ހާސްވިވަރުން ނިތުން ދާތިކިތައް ފައިބަން ފެށިއެވެ.

" ވަޓް ޑިޑް ޔޫ ޑޫ.....ވަޓް ވިލް ޝީ ތިންކް އޮފް މީ އެނޑް ޔޯ ޑޭޑް...ދިސް އިޒް ސޯ ރޯންގް ދަނީން..." މަރްވާން ހާސްވިއެވ.

" އައި ހޭވް ވެއިޓެޑް އަ ލޯންގް ޓައިމް.....މަރްވާން އަށް ނުކެރުނެއްނު...ސޯ އައި މޭޑް އިޓް އީޒީ...." ދަނީން ލޯ އަޅާލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު