"ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދޭށެވެ. ސާލިހު ދަރިއެއްގެ ފައިދާ ދެދުނިޔެއިންވެސް ތިބާއަށް ލިބޭނެއެވެ. ތިބާއާއި ލޯބިވާ ދަރިންނަށް ދެދުނިޔޭގެ އުފަލާއި ރަހުމަތް ހޯދަން މަސައްކަތްކުރަންވާނެއެވެ."
***
އެހިނދު، ގޯތިތެރެއިން ފެނުނު ހަރަކާތަކުން އޭނާގެ ސަމާލުކަން ހޯދިއެވެ. އަނދިރީގެ ތެރެއިން މީހެއްގެ ސިފަ ފެނުމާއެކު އޭނާގެ ހިތުގެ ވިންދު ހުއްޓުނެވެ. އެ މީހާ ހަރަކާތްތެރިވަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއެކެއެވެ. ކެނާން މަޑުމަޑުން ކާރުން ފައިބައި، އޭނަގެ ދިފާއުގައި ބޭނުންކުރެވިދާނެ އެއްޗެއް ހޯދުމަށް ވަށައިގެން ބަލައިލިއެވެ. ގޭޓު ކައިރީގައި އޮތް ދަނޑިއެއްގައި އޭނާގެ އަތް ޖެހުނެވެ. ކެނަން އެ މީހާއާ ދިމާއަށް ދިޔައީ ފިޔަވަޅުގެ އަޑު ނީއްވާ ހުޝިޔާރު ސިންގާއެއް ފަދައިންނެވެ. އެމީހާއާއި ކައިރިވަމުން ދިޔައިރު ނޭވާވެސް ހިފަހައްޓައިލެވުނެވެ. އެންމެ ފަހުން، އެ މީހާގެ ފަހަތުގައި ހަމައެކަނި ފޫޓެއްހާ ދުރުގައި ހުރެ، މަޑުމަޑުން ނަމަވެސް ގުޑިނުލެވޭނެެހެން ދަނޑި ޖެއްސިއެވެ.
" މޫވް އޭން އިންޗް...ޔޫ ވިލް ރިގްރެޓް އިޓް....." ކެނާން ދިނީ ހަރުކަށި އިންޒާރެކެވެ. އެ މިހާގެ ހަރާކަތްތައް ހުއްޓުނެވެ. އަދި ދެ އަތް އުފުލާ އަމާންދިނެވެ.
" ހްމް....މިގޭ ސެކުއިރިޓީ ތަ؟" މަޖާ ހިނިގަނޑަކާއި އެކު ވާހަކަދެއްކީ މާޒިމް ފިޔަވާ ދެވަނަ މީހެއް ނޫނެވެ. މޭފުއްޕާލައިގެން ނޭވާ ހިފަހައްޓާލއިގެން ހުރި ކެނާން ނޭވާ ދޫކޮށްލިއެވެ. އަދި ދަނޑިގަނޑު އަތުން ވީއްލުނެވެ.
"މާޒް...." ކެނާން އަށް ތުން ތަޅުވާލެވުނެވެ. މާޒިމް އެނބުރި މޫނުގައި އަޅާފައި ހުރި މާސްކް ތިރިކޮށްލިއެވެ. އަދި ޓޯޗުން ކެނާންގެ މޫނަށް އަލި އަޅުވާލިއެވެ. ކެނާން ޓީޗުގެ އައްޔަށް އަތް ދިއްކޮށްލިއެވެ.
" ވަގެއް ހެންނޯ....ނޭނގޭނެއެއްނު...." މާޒިމް އައި މަގްސަދު އެނގުނު ނަމަވެސް އޭނަ ނޭގޭ ކަމަށް ހެދިއެވެ.
" ހްމްމްމް....ތިންގްސް އައި ޑޫ ފޯ ލަވް....ވެއިޓިން ފޯ ރެޕަންޒިލް ޓު ލެޓް ޑައުން ހާ ހެއާ....ކަޑަ؟"މާޒިމް ޖަހާލީ ސަކަރާތެކެވެ. މާޒިމްގެ ރާގުން އޭނައަށް ހެވުނެވެ. މާޒިމް އަކީ އެހާ ސަކަރާތް ކޮށް މަޖާ މިޒާޖެއް ގެންގުޅޭ މީހަކަށް ނުވުމުން އިތުރަށް ކެނާން އަށް އެކަން މަޖާވިއެވެ.
" އެކަމަކު އިޓް ސީމްސް ޝީ ވެންޓް ޓު ސްލީޕް..." މާޒިމް އިސް އުފުލާލިއިރު އެ ކޮޓަރީގެ ބޮކި ނިވިފައިކަން އެނގުނެވެ.
"ޕްރިންސް އަށް އާދެވުނުލެއް އަވަހީނު....އަނެއްކާ އަސް ދުއްވާފަތަ އައީ؟" ކެނާން ހިނިގަނޑެއް ޖަހާލަމުން މާޒިމް ގެ މޫނަށް ބަލައިލިއެވެ. ހަނދުވަރުގެ ފަނޑު އަލިކަމުގައި އެ މޫނުމަތީގައި ވި ވަރުބަލިކަން ހާމައެވެ. އޭނަ ފުން ނޭވާ އެއް ދޫކޮށްލީ މާޒިމް އަށް ހަމްދަރުދީ ވަމުންނެވެ. އަދި އޭނާގެ ނަޒަރުވެސް ހުއްޓުނީ އެ ކުޑަދޮރާއި ދިމާއަށެވެ.
" ވަޓް އާ ޔޫ ރަނިންގް އަވޭއި ފްރޮމް...." މާޒިމް މޫނު އަނބުރައިލީ އޭނައާއި ދިމާލަށެވެ. އަދި ވަރަށް ޔަގިންކަމާއެކު ސުވާލުކުރުމުން އޭނަ ސިހުނެވެ. ބަސްހުއްޓިފައި އިރުކޮޅަކަށް ހުރެވުނެވެ. ވައްކަމެއް ކުރަނިކޮށް އަތުލައިގަތީހެން ހީވިއެވެ.
" ވައްކަމެއް ކުރީދޯ....ބުނޭ...." މާޒިމް ލުއި ހިނިގަނޑެއް ޖަހާލިއެވެ. ކެނާން އެސްފިޔަތައް ތިރިކޮށްލާފައި އަތުކުރީގައިވާ ގަޑިޔަށް ބަލާލިއެވެ.
" ވަރަށް ލަސްވެއްޖެ...." ކެނާން ބޭނުންވީ އަވަހަށް އެ ވާހަކައިން އަވަހަށް ފިލުމަށެވެ. މާޒިމްި ކުރާނޭ ސުވާލުތަކުން އޭނާގެ ޒަޚަމް ވެފައިވާ ހިތުގައި އަޅާ ވޭން އިތުރުވުން ނޫން ކަމެއް ނުވާނެއެވެ. ކެނާން ހިނގައިގެން ދާން ހެދުމުން މާޒިމް އަނެއްކާވެސް ޓޯޗުން އަލިކޮށލްިއެވެ.
"ވެއިޓް....ވީ ނީޑް ޓު ޓޯކް...މޭން ޓު މޭން.....ބްރަދާ ޓު ބްރަދާ...." މާޒިމް ވަރަށް ސީރިޔަސް ކަމާއެކު ބުނެލިއެވެ. އަދި ކެނާން އާއި އަރާ ހަމަ ކުރިއެވެ.
"އެހެންވިއްޔާ ހިނގާ ރެސްލިންގް މެޗަކަށް އަރަން...މޭން ޓު މޭން ވާން...ތަނެއް ބުކް ކޮށްފަ ހަބަރެއް ވާނަން...އޯކޭއެއް ނު..." ކެނާން ގެ ވާހަކަ ހުރީ އަވަހަށް ސަލާމަތްވުމަށެވެ.
" އައިމް ސިރިޔަސް....ކެނާން ވައި ޑޫ ޔޫ ހައިޑް.....ކަމެއް ދިމާވިަޔސް ހަމަ ހިއްސާކޮށްލުމެއްވެސް ނޯވޭތަ؟.އެންޑް މިހާ ކުއްލިއަކަށް އަސްލު ކީއްވެ ތިދަނީ....މަދީނާ އަށް ނުދިޔަޔަސް ހަމަ މިތާ ގެ އިސްލާމިކް ޔުނިވާސިޓީ ތައްވެސް އެބަހުއްޓެއްނު....މަންމަ ވެސް އެހާ ބަލި...." މާޒިމް އާދައިގެ ކުޑަކަމެއްގެ ގޮތުގައި ކެނާންގެ ދީނީ އިލްމު އުގެނުމުގެ ވާހަކަ ދައްކާލީ އޭނާގެ ސަމާލުކަން ހޯދުމުގެ ބޭނުމަގއެވެ. ކެނާން ރުޅި އަރުވާލައިގެން ވެސް އާއި ވާހަކަ ދައްކަން މަޑުކުރުވުމަށް އޭނާ ބޭނުންވިއެވެ. ކެނާން ބަހެއް ނުބުނެ ފުން ނޭވާ އެއް ދޫކޮށްލިއެވެ.
" ރުޤްޔާ އަކީވެސް މުޅިން ހައްލެއް ނޫން ދޯ.....އެ ބުނާ ރާޤީ އެއްވެސް އައި ހޭވް ނޮޓް މެޓް....ޑޮކްޓަރުންގެ އެހީވެސް މަންމަ އަށް އީކުއަލީ ދޭންޖެހޭ....ހުޝަލްވެސް އެ އުޅެނީ ނުލާހިކު ބިޒީ ކޮށް...ބައްޕަ ވެސް އެހާ ބަލި...މިހުރިހާ ކަމެއްގެ ތެރޭގަ ކެނާން ދިޔުމުން އިޓް ވިލް ބީ ޑިފިކަލްޓް.....ސޭއި ސަމްތިން ކެނާން...." ކެނާންގެ އަތުގައި ސަމާސާ ފާޑަކަށް އެތިފަހަރެއް އަޅައިލަމުން މާޒިމް ބުނެލިއެވެ. ކެނާން ރުޅިވެރިކަމާއެކު އެ އަތް ފޮޅާލިއެވެ.
" ދެން ކޮބާ މާޒިމް...........ވެއާ އާ ޔޫ އިން އޯލް ދިސް ހަހް....ބުނެބަލަ.....މަންމަ ނުބެލޭނެ ފެންވަރުގައި ގެންދިޔައީ ކީ މާޒިމް އެއް ނޫންތަ....މަންމަ ގެ ހާލަތު އެނގެން ބޭނުންވި ނަމަ ޔޫ ޝުޑް ހޭވް ލިސިންޑް....ރުޤްޔާ އާއި އެއްވަރަށް ބޭސްވެސް ދެމުންދާކަން އެނގޭނެ.....ޔޫ މެސްޑް އަޕް އެވްރިތިންގ.....އެންޑް ވަޓް އެބައުޓް އުރޫޖް.....ދަ ޕެއިން ޔޫ މޭކް ހާ ގޯ ތްރޫ....ވެއާ އިޒް ޔޯ ރެސްޕޮންސިބިލިޓީ.....އާސްކް ޔޯސެލްފް އިފް ޔޫ އީވެން ޑިޒާވް ހާ....." ކެނާން ގެ ލޮލުގެ ކަޅީގެ ކުލަ ގަދަވިއެވެ.
" ކެނާން............ " މާޒިމްވެސް ރުޅިގަދަވެ ބާރަށް ކިޔައިލެވުނެވެ.
" މަގޭ ނަން ކިތަންމެ ބާރަކަށް ކިޔަސް ކަމުގެ ހަގީގަތް ބަދަލެއް ނުވާނެ....ޔޫ ހޭޓް ޓު ހިއާ ޔޯ އޯން ފޯލްޓްސް....އައިމް ގޮއިންގް ފޯ މައި ހެޕިނެސް..... " ކެނާން އަޒުމް ވަރުގަދައެވެ.
***
އުރުޖުވާންގެ ލޯ ނިދިން މަހްރޫމުވެފައި ވަނީ މާޒިމްގެ މެސެޖެކަށް ކުރާ އިންތިޒާރުންންވެ. އެންމެ ފަހުން ކުރި ކުރު ކޯލަށް ފަހު އިތުރު ވާހަކައެއް ނުދެއްކުމުން އެކަމާ ކަންބޮޑުވިއެވެ. އަމިއްލައަށް މެސެޖެއް ލިޔަން ފަށާފައިވެސް ފޮހެލެވޭ ފަހަރު ގިނައެވެ. އެހާ ފަސޭހައިން މާޒިމް އަށް އޭނާ ހާސިލްވެދާނެ ކަން އަންގަދޭންވެސް ބޭނުމެއް ނުވެއެވެ.
" ވައި ކާންޓް އައި ސްލީޕް....." އުރުޖުވާން ބަނޑުގައި ފިރުމައުލިއެވެ. .އާ ޔޫ އެސްލީޕް ޕްރިންސެސް؟"
އުނދަގޫ ވިޔަސް އެނދުން ތެދުވުނީ ލޮލަށް ނިދި ނައިސް ހުރުމުންންވެ. ސިކުނޑި ހަމަޖައްސާލަން ބޭނުންވެ ބެލްކަނީ އަށް ނިކުމެލަން ހިތް އެދުނެވެ. ގޮނޑީގައި އަޅުވާފައި އޮތް ކެނާންގެ ޖެކެޓް ފެނިފައި ލުއި ހިނިތުންވުމެއް ވެރިވިއެވެ. ދަން ގަޑިޔެއްކަމުން ބުރުގާ އެޅުމުގެ ހިޔާލެއްވެސް ނެތެވެ.
" އިޓް ފިޓްސް.....އޭމް އައި ޓޫ ފެޓް.... ގައިމު ކެނާންއަށް ވެސް މީތި ބޮޑު....." އުރުޖުވާން ކެނާންގެ ޖެކެޓް ގަޔަށް މަހާލަމުން ލޯގަނޑުކުރިމަތީގައި ހުއްޓުނެވެ. މޫނުމައްޗަށް އެޅިފައި އޮތް އިސްތަށިގަނޑުގެ ބައެއް ކަންފަތުގައި އަޅުވާލިއެވެ. ލޯގަނޑުން ފެންނަމުންދާ އަމިއްލަ ސޫރައަށް ފުންކޮށް ބަލައިލިއެވެ. ލައިގެން ހުރި ދިގު ނިދާ ހެދުމުގައި ބަނޑު އަޅާފައި ހުރި ގޮތުން އުރުޖުވާން އަށް ހެވުނެވެ.
" އައި ލުކް ލައިކް ހަމްޓި ޑަމްޓީ....ސޯ ފެޓް....އައި ކާންޓް އީވެން ސީ މައި އޯން ފީޓް...." އުރުޖުވާން އަށް ހެވުނެވެ. ބެލްކަނީގެ ދޮރު ހުޅުވާލުމާއެކު ދަންވަރުގެ ފިނި އަރާމު ވައި މޫނުގައި ބީހިލިއެވެ.
" އޯ ދަ އެއާ....އިޓް ސްމެލްސް ސޯ ނައިސް...." އުރުޖުވާންގެ ނޭފަތުގައި ޖެހުނު މަޑު ލުއި ސެންޓު ވަހުން ސިކުނޑިއަށް ހިތްފަސޭހަވިއެވެ. އެއީ ވަރަށް ދަންނަ ވަހެއްކަން އެނގުނު ނަމަވެސް އެއީ ކާކުގެ ސެންޓެއްކަން ހަނދާނަށް ނުގެނެވުނެވެ. އެއީ ލައިގެން ހުރި ޖެކެޓުގައި ހުރި ސެންޓު ވަހެއްކަން އެނގުމުން އުރުޖުވާންގެ މޫނުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ. މަޑުމައިތިރި ރޭގަނޑެއްގެ ހިމޭންކަމުގައި، އުރުޖުވާން ބެލްކަނީގެ ރެއިލިންގަށް ލެނގިލައިގެން ހުއްޓައި، އޭނާގެ ނަޒަރު ހަނދުވަރީގެ އަލިކަމުގައި ވިދާލަމުންދިޔަ ބަގީޗާއަށް ހުއްޓުނެވެ. ކުއްލިއަކަށް، ގޭޓު ކައިރީގައި ދެ މީހަކު ވާހަކަ ދައްކަން ތިބިތަން އުރުޖުވާންގެ ގެ ލޮލުގައި އެޅިއެވެ. ލޯ ހިމަކޮށްލައި ރަނަގޅަށް ބަލާލިއިރު މާޒިމް އާއި ކެނާން ކަން ވަގުތުން ދެނެގަނެވުނެވެ.
"މާޒް....ކެނާން....ވަޓް އާ ދެއި ޑުއިނގް..." އުރުޖުވާންގެ ލޯ ދިއްލުނެވެ. މާޒިމް ފެނުމުގެ އުފަލެވެ.
"ވަޓް.....ވައި ވުޑް މާޒް..." މާޒިމް އަތް އިސްކޮށް ކެނާންގެ ގައިގައި ޖެހިތަން ފެނުމުން އުރުޖުވާން އަށް އަޑެއް ލައްވާލެވުނެވެ. ކެނާންވެސް މާޒިމްގެ ގަމީސް ބޮނޑިކޮށް ހިފެހެއްޓިއެވެ. އުރުޖުވާން އަވަސް އަވަހަށް ދުވެފައި ބޭރަށް ދާން ދިޔައެވެ. ގޭތެރެއަށް ފެތިރިފައިވާ ހިމޭންކަމުގެ ސަބަބުން ފިޔަަވަޅުތައް މަޑުކޮށް ދޮރު ހުޅުވީ ފަރުވާތެރިކަމާއެކުއެވެ.
" އައި ނޯ މައި ރެސްޕޮންސިބިލިޓީސް ވެލް....ޔޫ ކްރޮސްޑް އަ ލައިން....އައި ނެވާ މެންޓް ޓު ކޯސް އުރޫޖް އެނީ ޕެއިން...." ކެނާން ދުރަށް ކޮށްޕާލަމުން މާޒިމް އަޑުގަދަކުރިއެވެ. ކެނާންވެސް ދޫ ނުދީ މާޒިމްވެސް ކޮށްޕާލިއެވެ.
"ބަޓް ޔޫ ޑިޑް....މާޒް އަށް ނޭގޭނެ އޭނަ ގޯ ތްރޫ ކުރަންޖެހުނު ކަންތަކެއް......" ކެނާން ދަތްތައް ބާރުކޮށްލިއެވެ.
"ޑޫ ޔޫ މީން ޔޫ ނޯ ބެޓާ؟" މާޒިމް ބުނެލީ އަޑަށް ބާރުލަމުންނެވެ.
" އިނަފް................." އުރުޖުވާން ގެ އަޑު އިވުމުން މާޒިމް އާއި ކެނާން އަށް އެއްފަހަރާ މޫނު އަނބުރާލެވުނެވެ. ހައިރާންކަމާއެކުގައެވެ. މާޒިމް އުރުޖުވާންއާއި ދިމާލަށް ފިޔަވަޅު އެޅިނަމަވެސް އޭނަ އަތުގެ އިޝާރާތުން ކައިރިނުވުމަށް އެދުނެވެ. ލުއި ވައިރޯޅިއާއެކު އެ އިސްތަށިގަނޑު އެނބުރެމުންދާ ގޮތުން، އޭނާ ފެންނަނީ ދިރުންއަޅާފައިވާ ކުރެހުމެއް ފަދައިންނެވެ. ހަނދުވަރުގެ މަޑު އަލިކަމުގައި ވިދާލާފައި ހުރި މޫނެކެވެ. ފުން ކަނޑެއް ފަދަ ސާފު ދެލޮލުގައި ހަރުލާފައިވާ މުތީތަކަށް ލޯ ހުއްޓިފައި ކެނާން އަށް ހުރެވުނެވެ.
" ހިތްހަމަޖެހިއްޖަތަ؟....ހެޕީ ނައު؟" މާޒިމް ކެނާން އަށް މޫނު އަނުބާރަލުމުން އަހާލީ ދެބުމަ ގޮށް ޖަހަމުންނެވެ. ކެނާން ހުރީ ގެއްލިފައެވެ. މުޅިން އެހެން ދުނިޔެއެއްގައެވެ. މާޒިމް ބެލި ނަޒަރުން އޭނާގެ ހިތް ކިޔާލެވުނު ހެން ހިވިއެވެ. ބޯ ދެކޮލަށް ހޫރާލެވުނީ އެ ކުއްލި ހިޔާލުން އޭނާ ސިހުނު ވަރުންނެވެ. އެއީ ތެދަކަށް ނުވާނެތީއެވެ. މާޒިމް އަށް ހިނދުކޮޅަކަށް ނަމަވެސް ކުށްހީއެއް ކުރެވުނެވެ.
"މާޒް.......... ކޭން ޔޫ ސްޓޮޕް..." އުރުޖުވާން އަޑު ތުރުތުރު ލިއެވެ. އެވަގުތު ކެނާން އޭނާގެ ލޯ ވަކިކޮށް އަނެއް ފާރާތަށް މޫނު އަނބުރާލިއެވެ. އުރުޖުވާން އަށް ބެލުނުކަމަށްޓަކާ އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ.
ނުނިމޭ