ހަކުރު ބަލީގެ ދުވަހާ ގުޅިގެން ލ. އަތޮޅުގައި ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ގެންގޮސްފި

ހަކުރު ބަލީގެ ދުވަހާ ގުޅިގެން ލ. އަތޮޅުގައި ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ގެންގޮސްފި --

ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ގުޅިގެން ލ. އަތޮޅުގައި ތިން ދުވަހުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔައީ ގަން ރީނަޖަނަލް ހޮސްޕިޓަލާއި ކުލުނު މެޑިކަލްސްއާއި ބެލަރޫސް މޯލްޑިވްސް ކަލްޗާ ސެންޓަރާއި ސްޓޭޓް ޓްރޭޑިން އެގޯނައިޒޭޝަން (އެސްޓީއޯ) ގެ އިތުރުން މޯލްޑިވްސް ނިއުރޯ އެންޑް ކްރައިން މެޑިކަލް ފާޓިލިޓީއާ ގުޅިގެނެވެ.

މިދިޔަ ބުރަސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހަށް ލ. ފޮނަދޫއާއި ގަމުގައި ބޭއްވި މި ހަރަކާތުގައި އާންމު ސިއްހަތާ ގުޅުން ހުރި ސެޝަންތަކެއް ބާއްވާފައިވެއެވެ. މިގޮތުން އެ ސެޝަންތައް ބޭއްވީ ގަން ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން ފޮނަދޫ އަދި ގަމު ރައްޔިތުންނަށް ޚާއްސަކޮށްގެނެވެ.

ހޭލުންތެރިކަން އިތުރުކުރުމުގައި ހަރަކާތްތެރިވި ޓީމުގައި ހިމެނެނީ ބެލަރޫސް ސްޓޭޓް ޖެނެޓިކް އަދި ފަރޓިލިޓީ ސެންޓަރުގެ ހެޑް ޕްރޮފެސަރު އޮލެގް ކްރިވަލަޕައުއާއި ބެލަރޫސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަލެސިއާ ސަމުއިލަވާއާއި އައިޖީއެމްއެޗްގެ ނިއުރޮލޮޖީގެ ހެޑް ޑރ. އަޙްމަދު ރަޝީދުއާއި އައިޖީއެމްއެޗްގެ ނިއުރޯސާޖަރީގެ ހެޑް ޑރ. ޢަލީ ނިޔާފްއާއި ޑރ. މޯލްޑިވްސް ނިއުރޯ އެންޑޮކްރައިން މެޑިކަލް ފެސިލިޓީގެ އެންޑޮކްރައިނޮލޮޖިސްޓް ޑރ. މުޙައްމަދު ވިޝާމްގެ އިތުރުން ނިއުރޮލޮޖީގެ ޚާއްސަ ޑރ. އިހުދާދުﷲ ސަޢީދެވެ.

ހަކުރު ބަލީގެ ދުވަހާ ގުޅިގެން ލ. އަތޮޅުގައި ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ގެންގޮސްފި --

މި ޓީމުން ގަން ރީޖަނަލް ހޮސްޕިޓަލުގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށާއި ޓެކްނިކަލް ޓީމަށް ޓެކްނިކަލް ސެޝަންތަކެއް ވަނީ ހިންގައިދީފައެވެ. އަދި އެސްޓީއޯ އާއި ގުޅިގެން ރަށުގެ ރައްޔިތުންގެ ސްކްރީނިން ޕްރޮގްރާމެއްވެސް ވަނީ ހިންގާފައެވެ.

މި ޓީމުން ވަނީ ލ. އަތޮޅުގެ ކައުންސިލްއާއި އަންހެނުންގެ ކޮމިޓީއާއި ބައްދަލުކޮށް އެ ސަރަޙައްދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ރޭވުމަށް ކައުންސިލްތަކަށް އެހީތެރިވެދެވިދާނެ ދާއިރާތައް ބަލައި ދިރާސާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު