"ގުރުއާން ކިޔެވުމާއި ޒިކުރުކުރުމުން ތިބާގެ ފުރާނައަށް ތަސައްލީ ގެނެސްދޭނެއެވެ."

***

"ކަލެއަށް ހީވަނީތަ އަހަންނަށް އެހީވެވޭނެ ކަމަށްތަ، މާޒިމް؟" ފަރަހްގެ އަޑު ވަނީ ބަދަލުވެފައެވެ. އެހެން މީހެއްފަދައެވެ. ޝައިތާނީ އަޑެކެވެ. "ކަލެއަށް ހީވަނީ އެއްވެސް މީހަކަށް އެކަން ކުރެވޭނެ ކަމަށްތަ؟"

"ފަރަހް.....ޑްރޮޕް ދަ އެކްޓް....ދެން އެހާ މަޖަލެއް ނޫން...." މާޒިމް ހީކުރީ ފަރަހް އޭނާއާއި ސަމާސާ ކުރަނީކަމަށެވެ. އޭނަ ފަރަހްގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ބިންމަތިން ނެގިއެވެ. އެއާއެކު އެ ހަށިގަނޑުން ވަރު ދުވެ މާޒިމްގެ ކޮނޑަށް ވެއްޓުނެވެ. އެ ހިނދުކޮޅުގައި ފަރަހް ގެ ގައިން ފިނިގަނޑެއް އަރައިދިޔަ އިހުސާސް މާޒިމް އަށް ވެސް ކުރެވުނެވެ.

"ފަރަހް....ފަރަހް..." އޭނަ ފަރަހް ގެ ބުރަކަށީގައި ކޮށްޓާލަމުން ގޮވާލިއެވެ. އެވަގުތު އޭނަ ޚަބަރު ހުސް ވެފައި އޮތްހެން ހީވިއެވެ. ގޮވާލިހާއިރުން ކުޑަކޮށް ކުކުރާލިހެން ހީވިއެވެ.

" އަ....އައުޗް.....ވަޓް ހެޕެންޑް..." ފަރަހް ބޮލުގައި އަތް އަޅައި ބާރުކޮށްލަމުން ތެދުވުނެވެ. މާޒިމް ސިކުނޑީގައި ކުޅެވެމުން ދިޔައީ ޖައިލްމަ ގެ ވާހަކަތަކެވެ. މިއީ އަނެއްކާ ފަރަހް އަށް ހަގީގަތް އެނގުމުން ޖައްސާ ޑްރާމާއެއް ހެއްޔެވެ؟

ފަރަހް ޖަވާބެއް ހޯދަން މާޒިމްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އުކާފައި ހުރި އެއްޗިހި ފެނުމުން ކަންހިނގިގޮތް ހަނދާނަށް މަޑުމަޑުން ސިފަވަމުންދިޔައެވެ. ހީވީ ފިލްމެއްގެ މަންޒަރުތަކެއް ސިކުނޑީަގިއ ކުޅެވެމުންދިޔަ ހެންނެވެ.

"އިޒް ދިސް އަ ޕްރޭންކް؟" މާޒިމް ސަމާސާ ހިނިތުންވުމެއްގައި އަހާލީ އެކަން ޔަގީންކޮށްލުމަށެވެ. ފަރަހް ބިރުންގޮސް މުޅި ހަށިގަނޑު ތުރުތުރު ލާންފެށިއެވެ.

" ތޭންކް ހެވެންސް ޔޫ އާ ހިއާ މާޒް...." މާޒިމްގެ އަތުގައި ހިފަމުން އޭނަ އާދޭސްކުރިއެވެ.

ހަގީގަތުގައިވެސް ކޮންމެވެސް ނުބައި ކަމެއް ދިމާވެއްޖެކަން މާޒިމްގެ ހިތް ބުނަމުންދިޔައެވެ.

" ބައްޕަ...ބައްޕަ ކޮބާ؟" ފަރަހް ގެ ލޮލުގައި ކަރުނަތިކިތައް ގިނަވެގަތެވެ. މާޒިމް އޭނާގެ މޫނުމައްޗަށް މޮޅުވެރިކަމުގެ ކުލަވަރު ޖައްސާލަމުން ބޯ ހޫރައިލިއެވެ.

"އަހަރެން ގެންދޭ ބައްޕަ ކައިރިޔަށް...އައި ނީޑް ޓު ސީ ހިމް ނައު...." އޭނަ އާދޭސްކުރަމުންދިޔައެވެ. މާޒިމް އޭނަ ހުއްޓުވާން ގާތްވެލިއެވެ.

" ނޯ ލަވް...ފަހުން....ޔޫ ނީޑް ރެސްޓް.....މިހާ ސްޓްރެސް ވާނެ ކަން އެނގުނު ނަމަ ނުވެސް ދިޔައީމުސް އެކަނި ބަހައްޓާފަ....ލެޓްސް ގެޓް ސަމް ރެސްޓް.....މާޒް މިހިރީ ނު....އައި ވޯންޓް ލެޓް އެނީތިންގް ބޭޑް ހެޕެން ޓު ޔޫ...." މާޒިމް ވަރަށް ލޯބިންކަމަށް ހަދާފައި ފަރަހް އާއި ވާހަކަ ދެއްކިއެވެ. އެ ޝަކުވާތައް ހުއްޓުވޭނީ އެފަދަ ގޮތަކަށް ވާހަކަ ދައްކައިގެން މާޒިމް އަށް ރަނގަޅަށް އެނގެއެވެ. އޭނާގެ ކަރުނަތައް ފޮހެލަމުން މާޒިމް ގެ ގައިގާ ބައްދައިގަތެވެ. މާޒިމް އަށް ހުރިހާ ވާހކައެއް ކިޔައިދޭނެ ގޮތެއް އޭނާއަށް ނުވިސްނުނެވެ. މިފަދަ ނުރައްކާތެރި ކުޅިވަރެއްގައި އޭނާ ބެދެން ޖެހުނީވެސް މާޒިމް އާއި އުރުޖުވާންގެ ދިރިއުޅުން ހަލާކު ކުރުމުންނެވެ.

"އިންވެސްޓިގޭޝަން ކުރިޔަށް ދާތީ... ވަކީލު ވެސް އެދެނީ ޖައިލަމް އާއި އެއްވެސް މިހަކު ބައްދަލު ނުކުރުމަށް....ފޯނުގަ އެއްވެސް އެއްޗެއް ހުންނާނެތަ؟" މާޒިމް އަހާލިއެވެ.

"ފޯނު؟...ތިބުނީ.....ނޫން ނުހުންނާނެ..." ފަރަހް ސިހިފައި އަވަހަށް އޭނާގެ ފޯނު ނަގައި އަތުތެރެއަށް ލިއެވެ. މާޒިމްއަށް ފޮރުވާން ޖެހޭ ބައިވަރު އެއްޗިހި އެ ފޯނުގައި ވާނެއެވެ.

"މިބުނީ ހީ އިޒް ބީންގް ޗާޖްޑް ފޯ އިޅިގަލް ވެޕަންސް....އަދި އޭގެ އިތުރުން މިހާރު ކޮރަޕްޝަން މައްސަލަތައްވެސް ފެން މަތިވެއްޖެ....އެނގެއެއްނު ޕޮލިޓިކަލް މީހެއް ވީމަ ނުލާހިކު ގިނަ މީހުން ތިބޭނީ މިކަހަލަ ފުރުސަތެއް ނުލިބިފަ....އައި ޖަސްޓް ޑޯންޓް ވޯންޓް ފަރަހް މީގެ ތެރެއަށް ލެވޭކަށް..." މާޒިމް ބުނެލިއެވެ.

" މާޒް....ހޭވް ޔޫ ރިއަލީ ޗޭންޖްޑް ފޯ މީ؟" ފަރަހް އޭނާގެ ބޯ އަރިކޮށްލަމުން ލުއި ހިނިތުންވުމެއް ދިނެވެ.

"ޗޭންޖްޑް....އައިވް އޯލްވޭސް ބީން ޔޯސް....ފަރަހް...."އެފަދަ ލަފުޒަކީވެސް އުރުޖުވާންއަށް ވެވުނު ބޭވަފާތެރިކަމެއްގެ ގޮތުގައި އިހުސާސްވިއެވެ.ފަރަހް މޮޔަ ހައްދަން ނަމަވެސް އެފަދަ ބަހެއް ބުނުމަށް އޭނާއަށް އުނދަގޫ ކުރުވިއެވެ.

"ލެޓްސް ނޮޓް ރުއިން އަވާ މޫޑްސް....ވަރަށް ޓަޔާޑް....ކޭން ޔު ޓޭކް މީ ޓު ރޫމް ޕްލީޒް...." ކުޑަކުއްޖެއް ހެން ފަރަހް ދެ އަތް އުފުލަމުން އެދުނީ އުރާލައިގެން ގެނދިޔުމަށެވެ.

" ވަޓް ދަ....ހިނގާފަ ދިޔައިމަ ވީނު...." މާޒިމް ތުން ތަޅުވާލީ ސިއްރު ސިއްރުންނެވެ.

"މާޒް؟" ފަރަހް ވަރުބަލިކާމައެކު ގޮވާލިއެވެ. މިއަދުގެ ހުރިހާ ހަޅުތާލަކަށް ފަހު އަރާމު ނިންޖަކަށް އޭނަގެ ހަށިގަނޑުގެ ކޮންމެ ސެލްއެއް އާދޭސްކުރަމުން ދިޔައެވެ.

" އަތަށް ތަދުވާތީ މިއުޅެނީ....އައި ތިންކް އޭރު ފުލުހުން އައިރު އަތް ތަނެއްގަ ޖެހުނީހެން..." މާޒިމް ބަހަނާއެއް ދައްކާލިއެވެ. ފަރަހް ތުއި މޫނެއް ހަދާލަމުން އަމިއްލަ އަށް ތެދުވުނެވެ. އަދި މާޒިމް އަތުގަ ހިފައިގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ.

" ސްޓޭއި ޕްލީޒް.....އެކަނިކޮށްލާފް ނުދައްޗޭ.....އައިމް ސްކެއާޑް...." ކޮޓަރީގެ ދޮރާއި އަރާ ހަމަވެފައި އޭނަ އާދޭސް ކުރިއެވެ. މާޒިމް ގަޑިޔަށް ބަލާލުމަށް ފަހު ބޯ ޖަހާލިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އުރުޖުވާން އާއި ބައްދަލުކުރުމަށް ދާން މާޒިމް ހުރީ ނިންމައިގެންނެވެ. ކޮންމެވެސް ގޮތެއް ހަދާފައި ފަރަހްއަށް ނިދާ ބޭސް ދިނުމަށް ސިނކުނޑީގައި ރާވާލިއެވެ.

" އޮފްކޯޒް....ދެން ކޮންތަކަށް ދާނީވެސް....އައި ވިލް މޭކް ޔޯ ފެވަރިޓް ޗޮކްލެޓް މިލްކް ފޯ ޔޫ....ވެއިޓް ފޯ މީ އޯކޭ...." މާޒިމް ފާޑަކަށް ހީިލިއެވެ. ފަރަހް ހަމެޖެހޭ ނޭވާއެއް ލަމުން ކޮޓަރިއަށް ވަނީ ބިރުންހުރއެވެ. ނަމަވެސް މާޒިމްއަށް އޭނާ ބިރުގަންނަނީ ކީއްވެކަން އަންގާކަށްވެސް ބޭނުމެއްނުވިއެވެ.

***

" މާޒިމް ވިލް މޭކް ހާ ހެޕީ...އައި ވޯންޓް ދެމް ޓު ހޭވް އަ ބިއުޓިފުލް ލައިފް....އައި ވޯންޓް ހާ ހެޕިނެސް.....ބަޓް އައި ވިޝް ޔޫ ކުޑް ޓެލް މީ އެވްރީތިން ވިލް ބީ އޯކޭ..." ނަބީލާގެ އަތުގައި ފިރުމާލަމުން ކެނާން ބުނެލިއެވެ.

ކެނާންގެ ލޯ ކަރުނައިން ފުރި އޮހޮރެން ފެށުމާއެކު، އެ ކޮންމެ ކަރުނައެއްގައި ނުބުނެވި ހުރި އިހުސާސްތަކުން ބަނޑުން ކުރުވިއެވެ. ހިތުގެ އަޑިން އަންނަ ކަރުނަ ހުއްޓުވަން ނުކުޅެދި، އޭނާ ތެދުވެ ކޮޓަރިން ނުކުތެވެ. އަމިއްލަ ނަފްސު ހަމަޖެއްސުމަށްޓަކައެވެ. ދޮރާއި ހަމަޔަށް ދެވުމާއެކު ނަބީލާގެ އަޑު ކަންފަތުގައި ޖެހުނެވެ.

"ކެނާން..." ދުރުދުރުން އެހާ މަޑުން މަންމަގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނާގެ ހަރަކާތްތައް ހުއްޓުނެވެ. އޭނާ އެނބުރި ބަލައިލީ މަންމަގެ މޫނަށް ބަލައިލީ އަވަސްވަމުން ދިޔަ ހިތަކާއެކުގައެވެ. ނަބީލާގެ ލޯ މަރާލައިގެން އޮވެ އެއްޗެކޭ ބުނެލިއެވެ. ކެނާންގެ ހިތަށް އުއްމީދުގެ ކުޑަ އަލިކަމެއް ވަދެގަތެވެ.

"މަންމާ، އައިމް ހިއާ...." އޭނަ މަންމަގެ ކޮންމެ ލަފުޒެއް އަޑުއަހަން ބޭނުންވެ، އެނދާއި ކައިރިއަށް ޖެހިލިއެވެ.

" ދޫނުކުރާތި...." ނަބީލާ ތަކުރާރުކުރިއެވެ. އެ އަޑުގައި ހުރި ހިމޭންކަން ކެނާންގެ ހަށިގަނޑަށް ފިނިކަމެއް އެރިއެވެ.

"އޭނާ ދޫނުކުރާތި." ނަބީލާ ތަކުރާރުކުރިއެވެ.

"އޭނަ؟" ކެނާން ސުވާލުކުރިއެވެ. ނަބީލާ ވާހކަ ދައްކަނީ ނިދީގައި ކަން އެނގުނު ނަމަވެސް އަހާލެވުނެވެ.

"އުރުޖުވާން....އެއީ ކެނާންގެ ހިތުގެ ވެރިޔާ، ނޫރު....." ނަބީލާގެ އަޑު ނދިންބަރުވެފައި ވިޔަސް އެ އަޑުގައި އަސަރުތަކެއް ވިއެވެ.

މަންމަގެ ބަސްތަކަކަކީ ކެނާންގެ ހިތުގައި ތޫނު ކަޓަރެއްހެން އަޅައިލުން ފަދަ އެއްޗެކެވެ. އެކަމަކު ހިތަށް ހަމަޖެހުމެއް ގެނުވި ބޭހެއްގެ ގޮތުގައިވެސް އިހުސާސްކުރެވުނެވެ.

"މޯމް.....އާހް..." ވޭނީ އާހެއް ކެނާންގެ ދުލުން ބޭރުވިއެވެ. އޭނާގެ ކަރުނަ ހިފެހެއްޓުމެއްނެތި އޮހޮރެމުން ދިޔައެވެ. އޭނާ މަންމަގެ ނިތްކުރީގައި މަޑުމަޑުން ބޮސްދިނެވެ.

"ރެސްޓް އީޒީ މޯމް..." އޭނާ މަޑުމަޑުން ތެދުވިއެވެ. އޭނާގެ ފަޔަށް ބަރުކަމެއް އިހުސާސްވިއެވެ. އެ ވަގުތުގެ މުހިންމުކަމުން އެތަނުން ދުރުވާން ނޭދުނެވެ. ކޮޓަރިން ނުކުތުމުގެ ކުރިން، އޭނާ އެނބުރި މަންމަގެ ހަމަޖެހިފައިވާ މޫނަށް ނަޒަރު ހުއްޓާލިއެވެ. މަންމަގެ މޫނު އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ވާރަށެވެ.

"އައި ވިލް އޯލްވޭސް ޕްރޮޓެކްޓް ހާ.....އިންޝާﷲ...." ކެނާން އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. "އެކަމަށްޓަކައި އެތައް މޭލެއް ދުރުގައި ހުންނަން ޖެހުނު ކަމުގަިއ ވިަޔސް... އަހަރެންގެ ހިތުގެ އިހުސާސްތައް ވަޅުލަން ޖެހުނަސް."

އޭނާގެ ލޯބި ހިތުގެ އެންމެ ފުން މިނުގައި ފޮރުވުމަށް ނިންމި ނިންމުމުގެ ވޭނާއެކު، އޭނާ މަޑުމަޑުން ކޮޓަރިން ނުކުތެވެ. އެހެންނަމަވެސް، އޭނާގެ ހިތުގައި އުރްޖުވާންގެ މަތިން އޮތް ލޯބި ދުވަހަކުވެސް ފިލައިގެން ނުދާނެކަން އެނގެއެވެ.

ކެނާން ކާރަށް އަރައި، އިންޖީނު ސްޓާޓުކޮށްލިއެވެ. ހިތުގައިވި ބަރުކަން އިހުސާސްވިއެވެ. އުރުޖުވާންގެ ގޭގެ މަގަށް ނިކުމެވުނުއިރު، މަގުމަތި މުޅިން ހަމަހިމޭންވެފައި އޮތެވެ. ރޭގަނޑުގެ ފިނިކަމާއެކު، މަގުމަތީ ބައްތިތަކުގެ އަލިކަން މަޑުމަޑުން ފެންނަމުން ދިޔައެވެ. ކެނާން ހަމަހިމޭންކަމާއެކު ކާރު ދުއްވަމުން ދިޔައެވެ. މަންމަގެ ލަފުޒު "ދޫނުކުރާތި" މި ބަސްކޮޅު އޭނާގެ ހިތުގައި އަޑުގަދަވަމުން ދިޔައެވެ.

އޭނަ އުރުޖުވާންގެ ކޮޓަރީގެ ކުޑަދޮރުން ފެންނަ ކުޑަ އަލިކަމަށް ބަލަހައްޓައިގެން އިނެވެ. މިއީ އޭނާ އާދަވެފައިވާ ކަމެކެވެ. އެހެން އެއްވެސް މީހަކަށް ނޭނގޭ، އަދި އަމިއްލަ ނަފްސަށްވެސް އިޢުތިރާފުނުވާ ކަމެކެވެ. ކޮންމެ ރެއެއްގައިވެސް މިތަނަށް އައިސް، ގޭޓު ކައިރީގައި ކާރު ޕާކުކޮށްލައިގެން، އުރުޖުވާންގެ ކޮޓަރީގެ ބޮކި ނިވެންދެން މަޑުކުރެއެވެ. މިއީ އޭނާގެ ނުބުނެވޭ ވަދާޢުއެވެ. މިރެއަކީ އެންމެ ފަހުގެ ރޭ ކަމުގައި ވާނެއެވެ. މިރޭ އާދަޔާ ޚިލާފަށް ބޮކި ދިއްލިފައި ގިނައިރުހުއްޓެވެ. ސަބަބެއް ނޭނގުނު ނަމަވެސް އެކަމާ ކެނާން އުފާވިއެވެ. އެއީ އެ ހިތަށް ލިބުނު ކުޑަ ރަޙުމަތެއް ފަދައެވެ. މިނިޓަކަށްފަހު މިނިޓެއް ފާއިތުވަމުން ދިޔައިރުވެސް އޭނަ ނަޒަރު ވަކިކޮށްނުލާ ބަލަހައްޓައިގެން އިނެވެ.

ވައިރޯޅިތައް ގަދަވާންފެށިއެވެ. ގަސްތަކުގެ ގޮފިތައް ހެލިފެލިވެ، ފަތްތައް ހަލަބޮލިވަމުން ދިޔައެވެ. ކާރުގެ އެތެރެއަށް ފިނިކަން ވަދެގެން އައި ނަމަވެސް، ކެނާން ހަރަކާތެއް ނުކުރިއެވެ. އޭނާގެ ސަމާލުކަން ހުރީ އެ ފަނޑު އަލިކަމަށެވެ.

އެހިނދު، ގޯތިތެރެއިން ފެނުނު ހަރަކާތަކުން އޭނާގެ ސަމާލުކަން ހޯދިއެވެ. އަނދިރީގެ ތެރެއިން މީހެއްގެ ސިފަ ފެނުމާއެކު އޭނާގެ ހިތުގެ ވިންދު ހުއްޓުނެވެ. އެ މީހާ ހަރަކާތްތެރިވަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއެކެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު