"ތިބާއަށް ނަމާދާއި އެހެން އަޅުކަންތައް ހަނދާންކޮށްދީ ރަގަޅުމަގަށް ގެންދާން މަސައްކަތްކުރާނީ ތިބާދެކެ ލޯބިވާ މީހުންނެވެ. އަލިފާނުގެ އެންމެ ކަންޏެއްވެސް ތިބާގެ ގައިގާ ޖެހުމަށް ނޭދޭ މީހުންނެވެ."

***

" ޔޫ ކާންޓް ލީވް ވިތައުޓް ސައިނިންގ...." މުރުތަސިމް ހަރުކަށިވިއެވެ. އޭނަ އަނގަޔަށް ގޮތެއް ހަދާލާފައި އެތާ ހުރި ގޮނޑީގައި ޖައްސާލިއެވެ. އޭނާ ހުރީ މުރުތަސިމް އަށް އޭނާގެ ވެސް ހުރި ހިތްވަރެއް ދައްކާލަން ބޭނުންވެފައެވެ. މުރުތަސިމްގެ މޫނުމަތީގައިވާ ރުޅިވެރިކަން އޭނާއަށް ހިތްހަމަޖެހުމެއް ލިއްބައިދިން ފަދައެވެ.

އަހެދް ގަލަމުގެ މަތިޖަހާ ފަހަތަށް ލެނގިލިއެވެ. އެވަގުތު މޭޒުމަތިގައި އޮތް މުރުތަސިމްގެ ފޯނުގެ ސްކްރީން އަލިވެ، އާ މެސެޖެއް ލިބުނުކަން އަންގައިދިނެވެ. އަހެދްގެ ނަޒަރު ފޯނުގެ ސްކްރީނަށް ހުއްޓުނެވެ. މެސެޖު ފޮނުވި ފަރާތަކީ ހަމައެކަނި ނަންބަރެކެވެ. ނަމެއް ނެތެވެ. ނަމަވެސް މެސެޖު ކިޔައިލެވޭ ވަރުވިއެވެ.

" އައި ހޯޕް ޔޫ ފައުންޑް ޔޯ ހެޕީ އެންޑިންގ...." އޭނަ ބޯ އަރިކޮށްލައި އަނެއްކާވެސް އެ މެސެޖް ކިޔާލަން ބޭނުންވިއެވެ. މުރުތަސިމް އަވަސް އަރުވާލާފައި ފޯނު ނެގިއެވެ. އޭނަ އާއި ދިމާލަށް ލޯ އަޅާލަމުންންވެ. ފޯނު ހިފަހައްޓާފައި ހުރި އަތަށް ބާރުކޮށްލިއެވެ. އެ ނަންބަރު ފެނުމާއެކު އޭނާގެ ދަތްދޮޅި ބާރުވެގެން ދިޔައެވެ. އެއީ އޭނާއަށް އެނގޭ ނަންބަރެކެވެ. މުރުތަސިމްގެ މޫނަށް އެރި ކުލަވަރުން އަހެދް ގެ ހިތުގަިއ އެއީ ކާކުތޯ ބެލުމަށް ޝައުގުއުފެދުނެވެ.

" ލީވް....ރައިޓްނައު....." މުރުތަސިމް ގެ އަޑުގައިވީ ހަރުކަށިމެވެ. އަހެދް ބަސްހުއްޓިފައި ހިނދުކޮޅަކަށް ހުރެވުނެވެ.

" އަޑު ނިވެނީތަ...މިބުނީނު ދާށޭ...." މުރުތަސިމް ރުޅިގަދަވިއެވެ. އަހެދް މޭޒުމަތިގަިއ ގަލަން ބޭއްވީ ތަންކޮޅެއް ބާރަށެވެ. އަދި ހިނގައިގަތީ ތަޅުދަނޑި ބާއްވާފައެވެ.

"ތަޅުދަނޑި....." މުރުތަސިމް ބުނެލިއެވެ. އަހެދް ގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ހިންދާލީ ފުން ނޭވާއެއް ލަމުންނެވެ. ފަހަތަށް އެނބުރިލި ވަގުތު މުރުތަސިމް އެ ތަޅުދަނޑި އޭނާގެ ފައި ކައިރިއަށް އެއްލިއެވެ. އެ ހުސް އަޑުން އެ ދެމީހުންގެ ދެމެދުގައި އޮތް ހަމަހިމޭންކަމުގެ ބުރަދަން އިތުރަށް ފާޅުވެގެން ދިޔައެވެ. އަހެދް ތިރިވެލައި، އެ ފިނި ކާޑުގައި އިނގިލިތަކުން ބީއްސާލިއެވެ. އެ ކީ ކާޑު އެއްލާލި ފަރުވާކުޑަ އަމަލުން އޭނާގެ ހިތުގައި ރިއްސާލިއެވެ. އޭނަގެ އެއްވެސް އަގެއް ނެތް ފަދައެވެ. އޭނަ ހަށިގަނޑު ސީދާ ކޮށްލަމުން އެ ކޮޓަރިން ނިކުމެގެން ދިޔައީ މުރުތަސިމް އަށް ފަހު ނަޒަރަކުން ބަލާލަމުންންވެ. އަދިވެސް އޭނަ ހުރީ ފޯނަށް ގެއްލިފައެވެ.

އަހެދު ހޮޓަލުން ނުކުތުމާއެކު ހިތުގައި ރުޅިވެރިކަމާއި ހިތާމައިގެ އިހުސާސްތައް ފުރިހަމައަށް އުފެދުނެވެ. އޭނާގެ ފިޔަވަޅުތައް ހުރީ އަވަސްވެފައެވެ. މަންޒިލު ވަކިން ކަނޑައެޅިފައި ނެތްނަމަވެސް، އެނގޭހާވެސް އެއްޗަކީ މިހާރު ހުރި ތަނުން ދުރަށް ދާން ބޭނުންވާކެމެވެ. އެ ހިތުގައި އުދާސްވެރިކަމުގެ އަސަރުތަކުން ސަލާމަތްވެ، ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުމަށް އެދުނެވެ. ރޭގަނޑުގެ ފިނި ވައި އޭނާގެ ހަށިގަނޑުގައި ޖެހުނު ނަމަވެސް، އެއީ އޭނާގެ ހިތުގައި އުފެދިފައިވާ ވޭނުން ސަމާލުކަން އެއްކިބާކުރުމަށް ލިބުނު ފުރުޞަތަކަށް ވިއެވެ.

އޭނާގެ ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ނުލިބި، ކޮންމެ ފިޔަވަޅަކާއެކު ހިތުގެ ވޭން އިތުރުވަމުން ދިޔައެވެ. މަގުމަތީގެ ބައްތިތަކުގެ އަލިކަމުގައި އޭނާގެ ލޮލުން އޮހޮރުނު ކަރުނަތައް ވިދަ ވިދާ ހުއްޓެވެ. ހުއްޓުމެއްނެތި ކުރިއަށް ދިޔައީ، ހިތުގައި އުފެދުނު ރުޅިވެރިކަމާއި ނާއުންމީދުކަން ކޮންމެވެސް ވަރަކަށް ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ. ރޭގަނޑުގެ އަނދިރިކަން އަހެދުގެ ވަށައިގެން އެޅުނީ ފިނި، އަނދިރި ފޮތިގަނޑެއްހެންނެވެ. ސިޓީގެ ކުލަގަދަ އަޑުގަދަ މާޙައުލާ އަޅާބަލާއިރު، މި ތަނުގެ ހަމަހިމޭންކަން ވަރަށް ތަފާތެވެ.

ހޮޓަލުގެ ޕާކުކައިރީގައި ހުރި ކުޑަ ބެންޗަކާ ހަމައަށް އައިސް، އޭނާ މަޑުޖެހިލިއެވެ. އެ ބެންޗުގައި އިށީނދެ، އޭނާގެ ހިތުގައި އުފެދެމުންދިޔަ ޚިޔާލުތައް އެއްކޮށްލުމަށް މަސައްކަތްކުރިއެވެ.

" ތިން މަސް ތެރޭގަ އައި ވިލް ރުއިން ޔޫ މުރުތަސިމް...ޔޯ ފެމިލީ...ޔޯ ހޯލް ވޯލްޑް...." އަހެދް އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ. ހިތުގައި އަނދަމުންދާ ރުޅިގަނޑު މަތަކުރަން މަަސައްކަތް ކުރިއެވެ. މުޅި ދުނިޔެ އޭނާއާއި ދުޝްމަންވެފައިވާހެންހީވިއެވެ. އެކަނިވެރި އިހުސާސެކެވެ. ލޮލަށް ބަރުވެފައިވީ ކަރުނަތައް ކޯތާފަތަށް އޮހެމުންދިޔައެވެ. އަހެދް އެކަނި ބެންޗުގައި އިށީނދެ، އެ ހިތުގައި އަވަދިނެތި އުފެދެމުންދިޔަ ޚިޔާލުތައް މަޑުޖައްސާލަން މަސައްކަތްކުރަމުންދަނިކޮށް، އޭނާގެ ނަޒަރު ހޮޓަލުގެ ޕާކިންގ ސަރަޙައްދަށް ހުއްޓުނެވެ.

މަގުމަތީ ބައްތިއެއްގެ މަޑު އަލީގައި، ކާރެއްގެ އަރިމަތީގައި ބާބިލް އާއި އަލްބާން ގާތުގައި ތިބިތަން ފެނުނެވެ. އަހެދްގެ ލޮލަށް ފެންނަ މަންޒަރު ޤަބޫލުކުރަން ދަތިވެ، އަނެއްކާވެސް ލޯ ސާފުކޮށްލުމަށްފަހު ބަލާލިއެވެ. ދެވަނަފަހަރުވެސް ޙަޤީޤަތަށް އިންކާރު ނުކުރެވޭހާ ސާފުކޮށް އެ މަންޒަރު ފެނުނެވެ.

ބާބިލް ގެ މައުސޫމު މޫނު ވީ އަލްބާން އަތު ތެރޭގައެވެ. އެ ލޮލުގެ އެސްފިޔަތަކުގައި ހަރުލާފައިވާ ކަރުނަތައް ފޮހެލަދެމުން ދިޔައެވެ. އޭނާގެ އިނގިލިތައް ބާބިލްގެ ކޯތާފަތުގައި ބީހިލީ އެހާމެ މަޑުމައިތިރިކަމާއެކު، އެއީ ހަމައެކަނި އެ ދެމީހުންނަށް ޚާއްސަ ސިއްރެއްހެންނެވެ. އަލްބާން އޭނާއަށް ބަލަހައްޓައިގެން ހުރީ ހިމާޔަތާއި އޯގާތެރިކަމުން ފުރިގެންވާ ނަޒަރަކުންނެވެ، ބާބިލްގެ ތުންފަތުގައި ކުޑަ ހިނިތުންވުމެއް އުފެދުނެވެ. ނަމަވެސް އެ ހިނިތުންވުމުގައި ހިތާމައިގެ އަސަރު ވެއެވެ. އޭނާ ހިފަހައްޓަން މަސައްކަތްކުރާ އިޙްސާސްތައް ދައްކުވައިދޭ މަޑު ތުރުތުރުމެއް ވެއެވެ. އެ ދެމީހުންގެ ބެލުމުގައި އޮތީ ފުން ލޯތްބެކެވެ. ލަފުޒުތަކުން ނުބުނެވޭ ވަރުގެ ގުޅުމެކެވެ.

" އަލްބާން އެންޑް ބާބިލް.....ވަޓް އޮން އާތް އިޒް ހެޕެނިންގް..." އަހެދް ހައިރާންވެފައި ހުރެ އަމިއްލަ ނަފްސަށް ކިޔާލިއެވެ.

އަހެދް ހުރީ އަނދިރީގެ ތެރޭގައި ފޮރުވިގެންނެވެ ބާބިލް އާއި އަލްބާންގެ ފަރާތުން ފެނުނު މަންޒަރު ދެކެ، އޭނާގެ ހިތުގައި އުފެދެމުންދިޔައީ ހަސަދައިގެ އިހުސާސްތަކެވެ. އެކަމާއި ދެކޮޅު ހަދަން މަސައްކަތްކުރި ނަމަވެސް، އެ އިހުސާސްތައް ތޫނުވެ ހިތިވަމުން ދިޔައެވެ. އޭނާގެ ހިތަށް ރިހުން ގެނުވީ ހަމައެކަނި އެ ދެމީހުންގެ ދެމެދުގައި އޮތް ގާތްކަމެއް ނޫނެވެ. އެއީ އޭނާ އެއްފަހަރު އެދުނު ފަދަ ލޯތްބެއް އެހެން މީހަކަށް ލިބެމުންދާކަމުގެ ހަޤީޤަތެވެ. މުރްތަސިމާއި އޭނާއާ ދެމެދު އުފެދިދާނެ ކަމަށް ހިތް އެދެވުނު ލޯތްބެއް، މިހާރު އަލްބާނާއި ބާބިލްގެ ދެމެދުގައި އުފެދެމުންދާ ތަން ފެނުމުންނެވެ. އަދި އެއީ ސިއްރު ގުޅުމަކަށް ވީތީ ވެސް ނޫނެވެ. ބާބިލް ފަދަ ގެއެއްގެ މަސައްކަތު މީހަކާއި މެދު އަލްބާން ފަދ މުއްސަނދި ދިރިއުޅުމެއްގަ އުޅޭ މީހަކު އެހާ އޯގާތެރިކަމާއި ލޯބިން ބާބިލްއާއެކު ހުރި މަންޒަރު ދުށުމުން، އަހެދްގެ ހިތަށް އޭނާއަށް އުންމީދު ނުކުރެވުނު ފަދަ ވޭނެއް ލިބުނެވެ. ހިތުގައި ހުސްކަމެއް އިހުސާސްވިއެވެ. ބަލަހައްޓައިގެން ހުއްޓާ، އަލްބާން އާއި ބާބިލް އެކީގައި ގޮސް ކާރަށް އެރިއެވެ. އޭނަގެ ނަޒަރު ހުއްޓިފައިވާކަން އެއްގޮތަކަށްވެސް ރޭކާނުލިއެވެ. އަހެދްގެ ތުންފަތުގައި ކުޑަ، ހިތި ހިނިތުންވުމެއް ފާޅުވިއެވެ.

" ވެއިޓް އެނޑް ވޮޗް މުރުތަސިމް...ހައު އައި ވިލް ހާޓް ޔޫ....." އޭނަ އަމިއްލަ ނަފުސަށް ވައުދުވިއެވެ.

***

އެނދަށް ވެއްޓިގެން އޮތް މުރުތަސިމް އޮތީ އެލީޒީ ގެ ނަމްބަރަށް ގެއްލިފައެވެ. އަލިޒީއާ ގުޅުމަށް އަނެއްކާވެސް މަސައްކަތްކުރިއެވެ.

"ޕްލީޒް ޕިކް އިޓް އަޕް އެލީ....ޕްލީޒް..." ފޯނުގެ ސްކްރިނަށް ބަލަހައްޓައިގެން އޮވެ އޭނައަށް މުށް ބާރުކުރެވުނެވެ. ނަމްބަރު ވަނީ ބްލޮކް ކޮށްފައެވެ.އޭނަގެ އަތްތިލަ އިސްތަށިގަނޑުގައި އަޅުވާލިއެވެ. އަދި ކުޑައިރުކޮޅަކަށް ލޯމަރާލިއެވެ. ހުރިހާ ކަމެއް ހަނދާނުން ފޮހެލުމަށް މަސައްކަތް ކުރިއެވެ. ލޯ ހުޅުވާލީ ސިކުނޑީގައި އެނބުރެން ފެށި ކައިވެނީގެ މަންޒަރުތަކުން ފިލުމަށެވެ. ލޯ ހުޅުވާލެވުމާއެކު އަހެދް ގެ ފޮށި ފެނުނެވެ. ފޫހި ކަމާއކެު އެނދުން ތެދުވެލިއެވެ.

"މިވެސް ބަހައްޓާފަ....ވައި ކާންޓް ޝީ ޓޭކް ހާ ސްޓަފް...." މުރުތަސިމް އެ ފޮށި ހިފަިއގެން އަހެދް ގެ ކޮޓަރިޔަށް ލައިދިނުމަށް ދިޔައެވެ. އަހެދް ގެ ކޮޓަރި ބެލް ޖަހާލިއެވެ. އަދި ޓަކިވެސް ޖެހިއެވެ.

"އަހެދް....ފޮށި ދޭން ވެގެން ހުޅުވަބަލަ....އައި ޑޯންޓް ހޭވް ޓައިމް ޓު ވޭސްޓް...އަހެދް.............." މުރުތަސިމް ފޫހި ކަމާއެކު ވާހަކަ ދެއްކިއެވެ. އަހެދް މަޖަލަކަށް ހަދާ ދޮރު ނުހުޅުވާ ހުރީކަމަށް ހީކުރެވުނެވެ. އެހެންނަމަވެސް، އެމީހުންގެ ކޮޓަރިތައް ގުޅިފައިވާކަން މުރުތަސިމްއަށް ހަނދާންވިއެވެ.

"ފައިން.............. އައި ހޭވް މައި ވޭއިސް...." މުރުތަސިްމ ހިނިގަނޑެއް ޖަހާލިއެވެ. އަދި އޭނާގެ ކޮޓަރިންގޮސް އަހެދް ގެ ކޮޓަރިއަށް ވަދެވޭ ދޮރު ހުޅުވާލިއެވެ.

"ބުނީމެއްނު....." މުރުތަސިްމގެ ދޫ ބަނދުވިއެވެ. މުޅި ކޮޓަރި އޮތީ ހުހަށެވެ. މުރުތަސިމްގެ ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ.

"ވެއާ ޑިޑް ޔޫ ގޯ ނައު...." މުރުތަސިމް އަލަމާރިތަކާއި ހުރިހާ ތަނެއް ބަލާ ފާސްކުރިއެވެ. އޭނާގެ ހިތް ބާރަށް ތެޅުނެވެ. ސިކުނޑީގައި އެތައް ނުބައި ހިޔާލުތަކެއް އެނބުރެމުންދިޔައެވެ މުރުތަސިމް ހޮޓެލުގެ ކޮންމެ ކަންކޮޅެއް ހޯދައި ބަލައިފިއެވެ. ވަގުތު ފާއިތުވަމުންދިޔަ ވަރަކަށް އޭނާގެ ނާރުތަކަށް ވަރުބަލިކަން އިހުސާސްވަމުން ދިޔައެވެ. އޭނާގެ ސިކުނޑި އަވަސް ދުވެއްޔެއްގައި ދުވަމުންދިޔައިރު، ކޮންމެ ހިނގާ ފިޔަވަޅަކާއެކު ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. އޭނާގެ ޚިޔާލުތަކުގެ ބުރަދަން އިތުރުވަމުން ދިޔައެވެ. އަނެއްކާވެސް ލޮބީ ބަލައިލަން އުޅުނު ވަގުތު، އާދަޔާ ޚިލާފު އަލިކަމެއް އޭނާގެ ލޮލަށް އެޅުނެވެ. ބަގީޗާގެ ކައިރީގައި ހުރި ބެންޗެއްގައި އެކަހެރިކޮށް އިން މީހެއްގެ ހިޔަނި ފެނުނެވެ. ކައިރީގައި ހުރި ބައްތިތަކުން އެރި މަޑު އަލިކަމުގައި އެ މީހާގެ ސިފަ ސާފުވިއެވެ. އަދި އެ ވަގުތު މުރުތަސިމް ހުއްޓުނެވެ.

"އަހެދް..."

ވިސްނުމަކާ ނުލައި، މުރުތަސިމް ދުވަން ފެށިއެވެ. އަހެދް އާއި ކައިރިވަމުން ދިޔަވަރަކަށް އޭނާގެ ފިޔަވަޅުތައް އަވަސްވަމުން ދިޔައެވެ. އޭނާގެ ނޭވާލުން އަވަސްވެ، ފިނި ވައި އޭނާގެ ހަށިގަނޑަށް އަސަރުކުރަމުން ދިޔައެވެ. އޭނާގެ ލޯ އަހެދް އާއި ވަކި ނުކޮށެވެ. މުރުތަސިމް އަހެދް އާއި ދިމާއަށް އަވަސްއަވަހަށް ދިޔައިރު، އޭނާގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އަހެދް ސަލާމަތުން ހުރިކަން އެނގުމުން، އުފަލާއި ހިތްހަމަޖެހުން އޭނާގެ މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައެވެ. އިސް ޖަހާލައިގެން އިން އަހެދް ގެ އަތުގައި ހިފައި މުރުތަސިމް އޭނާގެ ގަޔާއި ލައްކޮށްލީ ބާރަށެވެ. މޭމަތީގައި ފޮރުވާލިއެވެ. އަހެދް އަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. އަދި ތެޅި ފޮޅެން މަސައްކަތްކުރީ އެ އަތު ތެރެއިން ވީއްލުމަށެވެ. ނަމަވެސް އޭނާގެ ހަރަކާތް މަޑު ޖެހުނީ އެ ބާރު ތެރެއަށް ނަފްސު ދޫކުރުވަމުންނެވެ. އެއީ މުރުތަސިމްކަން އެނގެތީއެވެ. އެ ދެމީހުންގެ ހިތުގައި ކޯޅޭ އެތަށް ހިޔާކުތަކެއް ވަނީ ހަމަ އެނިދުކޮޅުގައި ހަނދާން ނައްތާލެވިފައެވެ. މުރުތަސިމް ކުއްލިއަކަށް ފަހަތަށް ޖެހިލިއެވެ. އަދި ވެސް އަހެދް ވަނީ އޭނާގެ އަތު ތެރޭގަިއ އެ ހިމާޔަތުގައެވެ.

" ހައު ކުޑް ޔޫ ގޯ...އިފް އެނީތިންގ ހެޕެނޑް ޓު ޔޫ ޓުނައިޓް...." މުރުތަސިމްގެ އޑު ބަރުވިއެވެ. އޭނާގެ ލޮލުގެ ވިދުން ގަދަވިއެވެ.

" އިފް އެނީތިންގް ހެޕެންޑް ޓު މީ؟" އަހެދް މަޑުމަޑުން އަހާލިއެވެ. މުރުތަސިމް ދޭނެ ޖަވާބަކަށް ހިތް އެދެވުނެވެ. އަހެދް ގެ ކޮނޑުގައި އޭނަ ހިފަހައްޓާލައިގެން ހުރީ އެހާ ބާރަށެވެ. ދޫކޮށްލާން ބޭނުން ނުވާނޭ ފަދައަކުންނެވެ. އަހެދް އެސްފިޔަތައް ޖަހައިލީ ހިތުގައި އުތުރިގަތް ޖަޒުބާތުތައް ނަގައިގަންނަން މަސައްކަތްކުރަމުންނެވެ. މުރުތަސިމްގެ މޫނަށް ނަޒަރު ހުއްޓުމުން ނޭވާ އަވަސްވިއެވެ. އޮޅުން ބޮޅުމާއިއެކު ވޭނުން ހިތުގައި ރިއްސައިލިއެވެ.

"އެގޮތަށް ދުވެގޮސް ގެއްލިދާނެކަމަށް ހީކުރީތަ؟" އަހެދްގެ އަޑު ބޭރަށް ނުކުތުމުގެ ކުރިން މުރުތަސިމް ވާހަކަދައްކަންފެށިއެވެ. ކޮންމެ ލަފުޒަކާއިއެކު އަޑު ހަރުވިއެވެ." ޔޫ ގޮޓް ނޯ ރައިޓް ޓު ޑޫ ދެޓް..ނޯ ރައިޓް...."

މުރުތަސިމްގެ އަތުން ލިބުނު ހިމާޔަތް ކުއްލިއަކަށް ދުރުވިކަމުގެ އިހުސާސާއެކު އޭނަގެ ހިތަށް ތޫނު ކަށްޓެއް ހެރުނުފަދައެވެ. ފަހަތަށް ޖެހިލީ އެދެލޮލަށް ބަލައިލަމުންނެވެ. ފެނުނީ ފޫހިކަމާއި ރުންކުރުކަމުގެ ފިނި މާސްކެކެވެ.

"އަލުން އިތުބާރެއް ނުވެސް ކުރެވޭނެ...."މުރުތަސިމް ދަތްތަކަށް ބާރުލިއެވެ. އަދި އެނބުރުނީ ބުރަކަށި އިތުރަށް ސީދާކުރަމުންނެވެ." ބޭނުންއިރެއްގައި ތިހެން ނުދެވޭނެ....އަހަރެން ކަންބޮޑުވިވަރު ހިތަކަށްވެސް ނުގެނެވޭނެ..."

އޭނަ އަހެދްގެ ކޮނޑުން އަތް ވަކިކޮށްލިއެވެ.

އަހެދް ކަރުނަތައް އޮހޮރިގެން ދިޔަނުދޭންވެގެން އެސްފިޔައިލަމުން ހިންދިރުވައިލިއެވެ. މުރުތަސިމްގެ ލަފުޒުތަކުގެ ބުރަދަނުން އޭނަގެ މެޔަށް ބާރުވެލިއެވެ. ހަމަ ދެންމެ އޭނަގެ އަތުގެ ތެރެއަށް ގެންގޮސް ހިތްހަޖައްސާލަދީފައި މިހާރު ރުޅިވެރިކަމާއެކު ދުރަށް ލީއެވެ. އޭނައަށް އެއަމަލުތަކެއް ނުވިސްނުނެވެ. އަދި އެކަމަށް ރައްދުދޭނެ ގޮތެއްވެސް ނޭގުނެވެ. އެނގުނީ އެންމެ ކަމެކެވެ. ހިތަށް އަނިޔާވިކަމެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު