"އަލްއިމާމު ޝާފިއީ ވިދާޅުވެފައިވެއެވެ. ފާފަތަކާއި ދުރުހެލިވެ އަދި ތިމާއާއި ނުބެހޭ ކަންތައްތަކާއި ދުރުހެލިވުމަކީ ހިތް އަލިކޮށްދޭ ކަމެކެވެ."

***

"ބައެއްފަހަރު ހިތް ވަރަށް ބޮޑަށް ބޭނުންވާ ކަންތައްތައް ހުރެދާނެ......އެކަމަކު އެވަގުތަކީ އެކަމަށް ރަނގަޅު ވަގުތެއް ނޫންކަމަށް ވެދާނެ... ނޫނީ އެކަން ވުމަކީ އެއްގޮތަކަށްވެސް މުސްތަހީލް ކަމަކަށްވެސް ވެދާނެ.."

އުރުޖުވާން އޭނާއަށް ބަލާލިއެވެ. ކެނާން ދެއްކި ވާހަކައިގައި ފޮރުވިފައިވާ މާނައެއް އޮތްކަން އިހުސާސްވިއެވެ. އެއީ މާބޮޑު އެއްޗެއް ނޫނަސް، އެ ލޮލުގައި ފަނޑު އުންމީދެއް އޮތްކަން ފެނުނެވެ.

ކެނާން އޭނާގެ ކޯޓުގެ ޖީބުން ނެގީ ކުޑަ ފޮށްޓެކެވެ. އެ ފޮށި އޭނާ ގެންގުޅެފައިވަނީ އެތައް ދުވަހެއް ވަންދެން، އުރްޖުވާނަށް އެ ދިނުމުގެ ހިތްވަރު ހޯދަމުންނެވެ. އޭގައި ވަނީ އަތުގައި އަޅާ ރީތި ރަން ފަށެކެވެ. އޭނާ އެ ފޮށި އުރްޖުވާންއަށް ދިއްކޮށްލިއެވެ. އޭނާގެ ނަޒަރުގައި އޯގާތެރިކަން ހުރި ނަމަވެސް، ހިތާމައިގެ ކުލަވަރެއް ވެސް ވިއެވެ.

" ފޯ މައި ނީސް.....ވިތް ލޮޓްސް އޮފް ލަވް ފްރޮމް އަންކަލް...." ކެނާން އެ ފޮށި އުރްޖުވާނަށް ދެމުން މަޑުމަޑުން ބުނެލިއެވެ. އުރްޖުވާނުގެ މޫނުމަތިން ތަފާތު ޝުޢޫރުތައް ފެންނަން ފެށިއެވެ. އޭނާ އެ ހަދިޔާއަށް ބަލާލަމުން، އެ ކެވެލީގައި ގަތާފައި އިން މުތުގައި އިނގިލި ޖައްސައިލިއެވެ. އޭނާގެ ލޮލުގައި އުފާވެރިކަން ފައުޅުވި ނަމަވެސް، އަލުން މައްޗަށް ބަލާލިއިރު، އޭނާގެ ނަޒަރުގައި ކަންބޮޑުވުމުގެ ހިޔަންޏެއް ވެސް ފެނުނެވެ.

" އަންކަލް މި ކެވެލިކޮޅު އަޅުވަދޭން މަޑުކުރަން ވާނެއެއްނު....ވަދާއުގެ ސަލާމް ތިކުރަނީ އަބަދަށްޓަކާ ދަނީކަމަށް ހީކުރެވޭގޮތަށް........"އޭނަ ލޯ ބޮޑުކޮށްލައި ކެނާންގެ މޫނު ކިޔާޅަން މަސައްކަތްކުރިއެވެ. ކެނާން އިސް ޖަހައިލީ ލޮލުގައިވާ ހިތާމަ ފޮރުވުމަށެވެ. އަދި ވަގުތުކޮޅަކަށް އެހެން ދިމާލަކަށް ބަލާލިއެވެ. އޭނާގެ ދަތްދޮޅިއަށް ބާރުލަމުން އަޑު ހަމަޖެހިފައި ބަހައްޓަން މަސައްކަތްކުރިއެވެ.

" މިހެން ހެދީމަ ފަސޭހަވާނީ.....އެންޑް ޔެސް....ވެއާއެވާ އައި އޭމް....އައި ޕްރޮމިސް.....ޝީ އިޒް ސޯ މަޗް ލަވްޑް....އޯލްވޭސް..." ކެނާންގެ އަޑު ކުރަކިވިއެވެ. ކަރުނުން ބަރުވެފައި ވާ ލޯ އުރުޖުވާންގެ މޫނަށް ހުއްޓުނެވެ. އެ ނަޒަރު ވަކިނުކޮށްހުރީ އޭނާގެ މޫނު ހަނދާނުގައި ބަހައްޓަން އުޅޭ ފަދައިންނެވެ. ނުބުނެވި ހުރި ބަސްތަކުގެ ބުރަދަން އޭނާގެ ހިތަށް އުދަގޫ އިހުސާސްކުރުވަމުންނެވެ. ކެނާންގެ ނަޒަރުގައި ހިފަހައްޓައިގެން ހުއްޓާ، އޭނަ ގެއްލިގެން ދަނީކަމުގެ އިހުސާސް ފެތުރެމުންދިޔައެވެ. އުރުޖުވާން ބޯޖަހާލިއެވެ. ކުޑަކުޑަ، ހިތްވަރުދޭ ފަދަ ހިނިތުންވުމެއް ދައްކާލި ނަމަވެސް، އޭނާގެ ހިތުގައި އުފެދުނު ހިތާމައިގެ އިހުސާސް ނުފޮރުވުނެވެ.

" ދިސް....އައި ވިލް ކީޕް އިޓް ސޭފް އެނޑް ކްލޯޒް ޓު މައި ހާޓް އޯލްވޭސް.....ދުރުގަ ހުއްޓަސް ކޮންމެ ދުވަހަކު ދަރިފުޅު ލައްވާ ގުޅުވާނަން....ޔޫ ކާންޓް ގެޓް ރިޑް އޮފް އަސް ސޯ އީޒިލީ...." އުރުޖުވާން ލުއި ހިނިގަނޑެއް ޖަހައިލި ނަމަވެސް އޭނާގެ ކަރުބެދުނެވެ.

ކެނާންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ހިތް ބަރުވެފައި ވީނަމަވެސް، އެ ލަފުޒުތަކުން އޭނާގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ.

" ދެޓްސް...މޯ ދޭން އިނަފް...އޯ މޭއިބީ މޯ ދޭން އައި ޑިޒާވް...." ކެނާން ބުނެލީ ޖެކެޓްގެ ޖީބަށް އަތްތިލަ މަހާލަމުންންވެ.

އެއީ އެރޭގެ ފިނި ވައިރޯޅިތައް ރަސްކަން ކުރި ވަގުތެވެ. ޖައްވު ތެރޭގެ ފިނިކަން ގަދަވެގަތީ އެންމެންގެ ހަމުގައި ބޮސްދެމުން ގޯނާކުރަމުންނެވެ.

" ޔޫ އާ ފެމިލީ....ކެން....އައި ކާންޓް ޓެލް ޔޫ ހައު މަޗް ޔޫ މީން ޓު މީ....." އުރުޖުވާން ގެ ގަޔަށް ވަން ފިނި ހީ އޭނާ ގެ ހިތް ރޫ ރޫ އަޅުވާލިއެވެ.

އުރްޖުވާނުގެ ނަޒަރު ކެނާންގެ މައްޗަށް ހުއްޓިފައިވިއެވެ. އެ ލޮލުގައި އަދިވެސް ސުވާލެއް އޮތްކަން ދޭހަވަމުން ދަނިކޮށް، ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ. އާދައިގެ މަތިން އަންނަ ރިންގުޓޯނު އެ ހިމޭންކަމުގެ ތެރެއަށް ވަދެގެން ދިޔައެވެ. އޭނާ ފޯނުގެ ސްކްރީނަށް ބަލާލިއިރު، މާޒިމްގެ ނަން ފެނުނެވެ. އުރްޖުވާނުގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އެ ލޮގައި ހުންނަ ނިޔަނެތިކަން އިތުރުވެ އުފަލުގެ އަލިކަމަކުން ދިއްލިގެން ދިޔައެވެ. ދިގު އިންތިޒާރަށް ނިމުމެއް އައި ފޮނިކަމުގެ ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.

ކެނާން އަށް އެ ހިނިތުންވުން ކިޔާލެވުނެވެ. އެފަދަ ހިނިތުންވުމެއް އެ މޫނަށް ގެނެވޭނީ އެންމެ މީހަކަށެވެ. އެއީ މާޒިމް އެވެ. އޭނަ ފުން ނޭވާއަކާއި އެކު އެ މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ. އެ ތަސައްވަރު ހިތުން ދުވަހަކު ފިލައިނުދާނޭހެން ހިތާއި ހިތުން ވީ ވައުދަކުންނެވެ.

އޭނަ މަޑު ފިޔަވަޅުތަކުގައި ދުރަށް ޖެހިލިއެވެ. އެނބުރި ދިޔުމުގެ ކުރިން އުރުޖުވާންގެ ކޮނޑުގައި ޖެކެޓް އަޅުވާލަދިނެވެ.

" ޓު ވޯމް ޔޯ ސްވީޓް ސޯލް.....ގުޑްބައި އުރޫޖް..." ކެނާން ފަހުގެ އަލްވަދާއު ކިޔާލިއެވެ. އެ އަޑު އިރުތަކަކަށްވާންދެން ވައިރޯޅިތަކުގައި ހަރުލާފައި ހުރިފަދައެވެ. އުރުޖުވާން ފަހަތަށް އެނބުރިލައި ކެނާން އަށް ނަޒަރު ހުއްޓައިލިއެވެ. ކެނާންގެ ދުލުން ނުބުނެހުރި އިހުސާސްތަކާއި މެދު ޝައުގުވެރިވިއެވެ. ކެނާން ލޮލުގެ އިޝާރާތުން ފޯނަށް ޖަވާބު ދިނުމަށް އަންގާލިއެވެ. އެއާއެކު ހިނގައިގަތީ ބޭރަށެވެ. އޭނާގެ ހިޔަނި އަނދިރީގެ ތެރެޔަށް ގެއްލެންދެން އުރުޖުވާންގެ ލޯ ހުއްޓިފައި ހުރީ އެދިމާލަށެވެ. އުރުޖުވާންގެ ކޮނޑުގައި އެޅިފައިވާ ޖެކެޓުން ހޫނުކަން އިހުސާސް ކުރެވެމުންދިޔައެވެ. އެ ވަގުތު އޭނާގެ ހިތުގައި އުފަލާއި ހިތާމަ އެކުއެކީގައި އުފެދިގެން ދިޔައެވެ. މާޒިމްގެ ފޯނުކޯލު އަދިވެސް އޭނާގެ އަތުގައިވާ ފޯނުން ހިމޭންކަން ފުނޑުކުރަމުން ދިޔަ ނަމަވެސް، ކެނާން ގެ އަލްވަދާއު އޭނާގެ ހިތަށް އަސަރު ކުރުވިއެވެ.

" ހާދަ އިރަކުން.....މިސް ނުވާތީ ދޯ...." މާޒިމް ކެތްމަދުވެފައި ހުރެ ވާހަކަ ދެއްކިއެވެ. އުރުޖުވާން ދެކޮޅު ހޯދާލިއެވެ. އަދި ފޯނު ހިފައިގެންގޮސް އުދޯލީގައި ހަމަޖެހިލިއެވެ.

" ހްމް......" އުރުޖުވާން ގެ ހިޔާލުގައި އަދިވެސް ހުރީ ކެނާން ދާތީ އެކަމާއި ވާ ދެރައެވެ.

" އޯ...ޔޫ ޑޯންޓް ސައުންޑް ސޯ ވެލް....ގޭގަ ކަމެއް ދިމާވީތަ؟ޝެލް އައި ކަމް...އާ ޔޫ އޯކޭ؟" މާޒިމް ހާސްވިއެވެ.

" ނޫން އައިމް އޯކޭ.....މާޒް ވެސް ދައްކާ ވާހަކަ...އެންމެން ކުރިމައްޗަށް އައީމަ މުޅި ޕްލޭން ފަނި ޥާނެ...ރިމެމްބާ...ވީ ހޭވް ޓު ބީ ޑިސްކްރިޓް...." އުރުޖުވާން ހިނިގަނޑެއް ޖަހައިލިއެވެ.

"ސޯ އައި މިސްޑް އޯލް ދަ ފަން....އެއިން މީހަކު ނުވެސް ގުޅާލާ އަންނަންވެސް....އައި ގެސް ނޯބޮޑީ ކޮންސިޑާސް މީ ފެމިލީ އެނީމޯ....ކެނާން ވެސް ގުޅާނުލާ...." މާޒިމް ގެ އަޑުގައި ހިތާމަ ފާޅުވިއެވެ. އުރުޖުވާން ފޮނުވާފައި ހުރި ފޮޓޯ ތައް ބަލައިލުމަށްފަހު މިއަދުގެ އުފާގައި އޭނާއަށް ބައިވެރިނުވެވުނީތީ ދެރަވިއެވެ.

" ނޯ...އެވްރީވަން މިސްޑް ޔޫ....އައި މިސްޑް ޔޫ...." އުރުޖުވާން އަށް ބުނެލެވުނެވެ. މާޒިމް އެއްޗެއް ނުބުނެ ހިމޭންވިއެވެ.

" ޔޫ ޝުޑް މީޓް ވިތް ކެނާން.....ހީ އިޒް ލީވިންގް...." އުރުޖުވާން ހިމޭންކަން މެދުކަނޑައިލިއެވެ.

"ތިބުނީ....ކޮންތަނަކަށް.....ނޯ ހީ ކާންޓް ލީވް ސޯ ސޫން...އަދި މަންމަ ވެސް އެހާ ބަލި...." މާޒިމްއަށް ލިބުނީ ހައިރާންކަމެކެވެ. އެވަގުތު ފަރަހް ގެ ފޯނު ކޯލެއް އައުމުން ފޯނު ކަނޑާލަން ޖެހުނެވެ.

" ހާދަހާވާ ދިގު ކޯލެއްގަ....ކޮބާ ކެން....." މެހެކް ބޯ ދިއްކޮށްލަމުން އުރުޖުޥާން ސިއްސުވާލިއެވެ. މަދީނާ ވެސް ފަހަތުން އައެވެ.

" ވަރަށް ފިނި ރެއެއް ދޯ....." މަދީނާ ގައިން ހީ ފިލުވައިލަން މަސައްކަތް ކުރަމުން ބުނެލީ އުރުޖުވާން ކޮނޑުގައި އޮތް ޖެކެޓަށް ބަލައިލަމުންނެވެ.

" ނޭނގެ...މީކާ ކައިރިން އަހާލަބަލަ...." މެހެކް ދިމާ ކުރުމުގެ ރާގުގައި ބުނެލިގޮތުން އުރުޖުވާންވެސް ހީގަތެވެ.

***

މާޒިމް ގެއަށް ވަދެ، ބަރު ނޭވާއެއް ލިއެވެ. އޭނާގެ ރުޅި ސާފުކޮށް ފެންނަމުންދިޔައެވެ. އޭނާ ސިޓިންގރޫމާ ދިމާއަށް ހިނގައިގަތެވެ. އެކަމަކު ދެ ފިޔަވަޅެއް އެޅުމާއެކު، އޭނާ ހުއްޓިގެން ދިޔައެވެ. އޭނާގެ ކުރިމަތީގައި ފެނުނީ އޭނާ އެއްވެސް ވަރަކަށް އުންމީދުކުރި މަންޒަރެއް ނޫނެވެ.

މުޅި ތަޅުންގަނޑުގައި ފުނޑުފުނޑުވެފައިވާ ބޮކިތަކުގެ ބައިތައް އެތުރިފައިވެއެވެ. މާމެލާމެލި އެކި ދިމަދިމާލަށް އުކާލެވިފައިވެއެވެ. ބިއްލޫރީގެ ކުދިކުދި ބައިތައް މަޑު އަލީގައި އެކި ދިމަދިމާލުން ދިއްލިދިއްލި ހުއްޓެވެ.

މިހުރިހާ ވީރާނާތަކެއްގެ މެދުގައި ފަރަހް އޮތީ ކުރުގެޅިގެން އޯށޯވެއެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅަމުންނެވެ. އޭނާގެ ލޯ ވަނީ ބޮޑުވެފައެވެ. އަދި އެހެން ދުނިޔެއެއް ފެންނަ ފަދައިން އެއްދިމާލަކަށް ބަލަހައްޓައިގެން އޮތެވެ.

" އައި ހޭވް ގޯން މޭޑް....އައި ހޭވް ގޯން މޭޑް....." ފަރަހް ހިނގަނޑެއްގައި ވާހަކަ ދެއްކި އިރު އޭނާގެ ލޮލުގެ ހިމަ ކޮޅުން ފޭދެމުން ދިޔައީ ކަރުނައެވެ. އެ ނަޒަރު ފެނުމުން މާޒިމްގެ ހަށިގަނޑުން ފިނިކަމެއް ހިނގައިލިއެވެ.

"ފަރަހް..." މާޒިމް ގޮވާލިއެވެ. ފަރަހް ކުއްލިއަކަށް އޭނަ އާއި ދިމާއަށް އެނބުރިލިއެވެ. އެ ލޯ ހަނިވެގެން ދިޔައީ މާޒިމް ނޭނގުނު ކަހަލަ ގޮތަކަށެވެ. ދެން، މަޑުމަޑުން، ކަންބޮޑުވާ ފަދަ ހިނިތުންވުމެއް އޭނާގެ މޫނުމަތިން ފެތުރިގެން ދިޔައެވެ. އަދި އަޖައިބުވާ ފަދަ، ހުސް ހިންޏެއް ތުންފަތަށް ވެރިވިއެވެ.

"ކަލޭއަށް ހީވަނީތަ އަހަންނަށް އެހީވެވޭނެ ކަމަށްތަ، މާޒިމް؟" ފަރަހްގެ އަޑު ވަނީ ބަދަލުވެފައެވެ. އެހެން މީހެއްފަދައެވެ. ޝައިތާނީ އަޑެކެވެ. "ކަލެއަށް ހީވަނީ އެއްވެސް މީހަކަށް އެކަން ކުރެވޭނެ ކަމަށްތަ؟"

***

ކޮޓަރިތެރޭގައި ރަސްކަން ކުރަމުން ދިޔައީ ނިދާ ބޮކިން ފަތުރާލާފައިވާ މަޑު އަލިކަމެކެވެ. ނަބީލާ އޮތީ އަރާމު ނިންޖެއްގައެވެ. އޭނާގެ ނޭވާލުން ހުރީ މަޑުމައިތިރިކޮށެވެ. ނިދުމާއި ބޭސްތަކުގެ އަސަރުން އޭނާގެ މޫނުމަތީގައިވީ ހަމަޖެހުމެކެވެ. ކެނާން މަޑުމަޑުން އޭނާގެ މަންމަގެ ގާތަށް ދިޔައެވެ. ހިތުގައި ފޮރުވާފައި ހުރި އިހުސާސްތަކުން ހިތް ބަރުވެފައިވިއެވެ. އެނދުގެ ކައިރީގައި ފަރުވާތެރިކަމާއެކު އިށީނެވެ. އޭނާ މަންމަގެ މޫނުގައި މަޑުމަޑުން ފިރުމާލިއެވެ. މަންމަގެ މޫނުމަތިން އުމުރުން ދުވަސްވީކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ލޯކައިރީގައި ހުރި ކުދިކުދި ރޮނގުތަކާއި އެކު ކުލަ ބަދަލުވެފައިވާ ގޮތުންނެވެ. އެ ހަމުގައިވީ ހޫނުކަމެވެ. އޭނަ ގުދުވެ މަންމަގެ މޫނުގައި ބޮސް ދެވުނެވެ.

" އައި ލަވް ޔޫ މޯމް...." އޭނާގެ އަޑު ހުރީ ހިފަހައްޓައިގެން ހުރި ކަރުނައިން ބަރުވެފައެވެ.

" މޯމް.....އައި ލަވް ހާ ސޯ މަޗް....ވަރަށް މަސައްކަތްކުރިން ޓު ނޮޓް...އެކަމު ކީއްކުރާނީ..." ކެނާންގެ އަޑު ކެނޑުނެވެ. ހޫނު ކަރުނަތައް ކޯތާފަތަށް އެޅެމުންދިޔައީ ހުއްޓުމެއް ނެތިއެވެ.

" މާޒިމް ވިލް މޭކް ހާ ހެޕީ...އައި ވޯންޓް ދެމް ޓު ހޭވް އަ ބިއުޓިފުލް ލައިފް....އައި ވޯންޓް ހާ ހެޕިނެސް.....ބަޓް އައި ވިޝް ޔޫ ކުޑް ޓެލް މީ އެވްރީތިން ވިލް ބީ އޯކޭ..." ނަބީލާގެ އަތުގައި ފިރުމާލަމުން ކެނާން ބުނެލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު