ސްކޫލް ކުރިކެޓް ލީގް:
13 އަހަރުން ދަށުގެ ޗެމްޕިއަންކަން ކަލާފާން ހޯދައިފި

އެސްޓިއޯ އިން ސްޕޮންސާކޮށް، ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވި ދެ ވަނަ ސުކޫލް ކްރިކެޓް ލީގްގެ ޗެމްޕިއަންކަން ކަލާފާން ސްކޫލް ހޯދައިފި އެވެ.

ކަލާފާނުން ޗެމްޕިއަންކަން ހޯދީ މުބާރާތުގައި ކުޅުނު ހަތަރު މެޗުން ތިން މެޗް ކާމިޔާބުކޮށް ހަ ޕޮއިންޓު ހޯދައި ޖަމާލުއްދީން ސުކޫލަށް ވުރެ މަތީ ރަންރޭޓަކުންނެވެ.

މުބާރާތުގެ ދެވަނަ އަށް ދިޔަ ޖަމާލުއްދީން ވެސް ވަނީ ހަތަރު މެޗް ކުޅެ ތިން މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައިފަ އެވެ.

ތިން އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ކަލާފާން ސްކޫލް ވާދަކޮށްފައި ވަނީ 13 އަހަރުން ދަށުގެ އުމުރުފުރައިގަ އެވެ. މިބައިގައި ޖުމްލަ ފަސް ސުކޫލް ވާދަކުރި އިރު، އެ ސުކޫލްތަކަކީ ކަލާފާން ސްކޫލް، ޖަމާލުއްދީން ސްކޫލް، ގިޔާޒުއްދީން ސްކޫލް، މުހިއްދީން ސްކޫލާއި ތާޖުއްދީން ސްކޫލެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު