ރޯމާގެ ކޯޗުކަމުގެ މަގާމުން ޔޫރިޗް ވަކިކޮށްފި

އިޓާލިއަން ސެރީއާގެ އޭ އެސް ރޯމާގެ ކޯޗުކަމުން އިވާން ޔޫރިޗް ވަކިކޮށްފިއެވެ.

ރޯމާގެ ކްރޮއޭޝިއާއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ޔޫރިޗް މަގާމުން ވަކިކޮށްފައިވަނީ ސެރީއާގައި އެންމެފަހުން ބޮލޯނިއާ އާއި އަމިއްލަ ދަނޑުގައި ދަނޑުގައި ބައްދަލުކުރި މެޗުން 2-3 އިން ބަލިވުމުންނެވެ.

ޔޫރިޗް ރޯމާގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި އޭނާގެ ކޯޗު ކަމުގެ ދަށުން ރޯމާއިން ކުޅެފައިވަނީ 12 މެޗެވެ.

މީގެތެރެއިން ހަތަރު މެޗުން މޮޅުވެފައިވާއިރު ފަސް މެޗުން ވަނީ ބަލިވެފައެވެ. ޔޫރިޗްއާ މި މަގާމް ހަވާލުކޮށްފައިވަނީ މިސީޒަން ފެށުނުއިރު އެމަގާމުގައި ހުރި އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޑެނިއެލާ ޑި ރޯސީގެ ކޯޗު ކަމުގެ ދަށުން ސީޒަންގެ ފެށުން މާރަނގަޅަށް ނުދިއުމުންނެވެ. އޭނާއަށް އެ މަގާމުގައި ހުރެވޭގޮތްވީ އަށް މަސް ވަންދެނެވެ.

ރޯމާ ހިންގާ ފްރީޑްރިކް ގްރޫޕް އިންވަނީ ޔޫރިޗް ރޯމާގެ ކޮޗުގެ ހައިސިއްޔަތުން އެޓީމަށް ކޮށްދިން ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. ފްރީޑްރިކް ގްރޫޕުން އަންނަނީ އިންގްލިޝް ޕްރިމިއާ ލީގުގެ އެވަޓަން ވެސް ގަތުމުގެ މަޝްވަރާތައް ކުރަމުންނެވެ.

އެ ގްރޫޕުން ހާމަކުރިގޮތުގައި ރޯމާގެ ކޯޗު ކަމުގެ މަގާމާ ޔޫރިޗް ހަވާލުވެފައިވަނީ ވަރަށް އުނދަގޫ ދަނޑިވަޅެއްގައި ކަމަށާއި އަދި އެދަނޑިވަޅުގައިވެސް އޭނާ ޓީމާ ހަވާލުވެ މިދިޔަ ދުވަސްތަކުގައި ޓީމުުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ.

ހަމަ އެއާއެކު ރޯމާއަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާކަން އެ ފަރާތުން ހާމަކުރިއެވެ. އެހެން ކަމުން ރޯމާއިން މިހާރުދަނީ މިސީޒަންގައި އެޓީމާއި ހަވާލުވާނެ ތިންވަނަ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

މަޢުލޫމާތު ލިބޭގޮތުގައި ރޯމާއިން ބަލާ ފަރާތްތަކުގެ ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ދާދިފަހުން ސައުދީ އެރެބިއާގެ ޤައުމީ ޓީމުގެ ކޯޗު ކަމުން ވަކިވި އިޓަލީވިލާތާއި މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗީނީއެވެ.

ބޮލޯނިއާ މެޗުން ބަލިވުމާއެކު ރޯމާ މިހާރު އުޅެނީ އިޓާލިއަން ސެރީއާގެ ތާވަލްގެ 12 ވަނައިގައެވެ. އަދި ޔުއޭފާ ޔޫރޮޕާ ލީގުގެ 20 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު