ލާޒިއޯ އިން ޕޯޓޯ ބަލިކޮށް އެެއްވަނަ މަގާމު ދިފާއު ކޮށްފި

ލާޒިއޯ އިން ޕޯޓޯ ބަލިކޮށް އެެއްވަނަ މަގާމު ދިފާއު ކޮށްފި

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިޓާލިއަން ސެރީއާގެ ލާޒިއޯ އާއި ލީގާ ޕޯޗުގަލްގެ އެފްސީ ޕޯޓޯ ބައްދަލުކުރި މެޗު ކާމިޔާބު ކޮށް ތާވަލްގެ އެއްވަނަ މާގަމް ލާޒިއޯއިން ދިފާއު ކޮށްފިއެވެ.

ލާޒިއޯގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ޕޯޓޯއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ލާޒިއޯއިންނެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިދާނެކަމަށް ހީވެފައިވަނިކޮށް މިމެޗުގެ ލީޑު ލާޒިއޯއިން ނަގާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެލޭސިއޯ ރޮމަގްނޯލީއެވެ. މިލަނޑާއެކު ފުރަތަމަ ހާފު ލާޒިއޯ ކުރީގައި އޮވެގެން ނިމިގެން ދިޔަ އިރު ދެވަނަ ހާފަށް ދެޓީމުން ވެސް ނިކުމެފައިވަނީ އާ ހިތްވަރަކާއެކުއެވެ. މިގޮތުން ލާޒިއޯއިން އެޓީމަށް ލިބިފައިވި ލީޑު އިތުރަށް ފުޅާކޮށް ނުވަތަ އެ ލީޑު ދެމެހެއްޓުމަށް މަސައްކަތް ކުރިއިރު ޕޯޓޯ ފެނިގެންދިޔައީ ލަނޑެއް ޖަހާ މެޗުން ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ތަނެވެ. އަދި ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 66ވަނަ މިނެޓުގައި ސްޓެފެން އުސްޓަކުއިއޯ ޖަހާދިން ލަނޑުން ޕޯޓޯއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިމެޗުގައި ޕޯޓޯއިން ދެވަނަ ފަހަރަށް ލީޑު ނަގާ މެޗު ކާމިޔާބު ކުރި ލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގެ އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ ޕެޑްރޯއެވެ.

މިކާމިޔާބީއާއެކު ލާޒިއޯ އުޅެނީ ޔޫއެޕާ ލީގުގައި މިހާތަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބު ކޮށް ތާވަލްގެ އެއްވަނައިގައެވެ. އަދި މިހާރު މިލީގުގައި ސައްތަ އިން ސައްތަ ރިކޯޑެއް ދެމެހެއްޓިފައިވާ ހަމައެކަނި ޓީމަކީ ވެސް ލާޒިއޯއެވެ. އަދި މިމެޗުން ބަލިވުމުން ޕޯޓޯ އުޅެނީ ހަ ޕޮއިންޓާއެކު ތާވަލްގެ 22ވަނައިގައެވެ.

މިމުބާރާތުގައި ޗެކް ފަސްޓް ލީގުގެ ވިކްޓޯރިއާ ޕްލެޒެން އާއި ސްޕެނިޝް ލަލީގާގެ ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޕްލެޒެންއެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 13ވަނަ މިނެޓުގައި ޕްލެޒެންގެ ޕްރިންސް ކުވަބޭނާ އަޑޫ ކާމިޔާބުކޮށް އެޓީމަށް ލީޑު ނަގާދިން އިރު ސޮސިއެޑާޑް އިން ވަނީ މެޗުގެ 35ވަނަ މިނެޓުގައި އޯރީ އޮސްކާސަން ޖަހާދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މިމެޗުން ޕްލެޒެން މޮޅުވި ލަނޑު މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ޑެނިއަލް ވަސުލިންއެވެ. މިކާމިޔާބީއާއެކު ވިކްޓޯރިއާ ޕްލެޒެން މިހާރު އުޅެނީ ހަ ޕޮއިންޓާއެކު ތާވަލްގެ 16ވަނައިގައެވެ. އަދި ސޮސިއެޑާޑް އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ 25ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު