"އެހެން މީހުންނަށް އެހީތެރިވެ އަޅާލާށެވެ. އޭގެ އަޖުރު ހިތަށް ނާރާފަދަ ގޮތްގޮތަށް ލިބިދާނެއެވެ."

***

" އޯލް ޑަން...ހީ އިޒް ނޮކްޑް އައުޓް....ކޮންތަނަކަށް ގެންދަންވީ...ބޭސްމެންޓް؟" މަރްވާން ސުވާލުކުރީ އޭނާ ފޯނުން ގުޅައިގެން ހުރި މީހަކާއެވެ.ލިބުނު ހައިރާން ކަމުގައި ލޯބޮޑުވެ އަޑެއް ލައްވާލެވުނެވެ. ވަގުތުން އަނގަ މަތީ އަތް އަޅާ ބާރުކޮށްލިއެވެ. ކާރުގެ ދުވެލި މަޑުވިހެން ހީވިއެވެ.

***

" އާ ވީ ބީންގް ފޮލޯވްޑް...އަލް އައިމް ސްކެއާޑް...." ބާބިލް ގެ ހިތް ތެޅުނެވެ. އަލްބާން އޭނާގެ އަތުގައި ހިފަހައްޓާލައިގެން ހުރީ ބާރަށެވެ. އެ އަތުން އިހުސާސްވީ ހިމާޔަތެވެ. ރޭގަނޑުގެ ހަމަހިމޭންވެފައި އޮތް ހޮޓެލްގެ ހޯލުތަކު ތެރެއިން އެ ދެމީހުންގެ ފައިތިލައިގެ އަޑުނޫނީ އެހެން އަޑެއް ނެތެވެ. ބާބިލް ހާސްވެފައި ހުރި އިރު އޭނާގެ އަޑުވެސް ތުރު ތުރުއަޅައެވެ. ފަހަތައް އެނބުރި ބަލައިލާ ވަށައިގެން ވެސް ހުރިހާތަނެއް ހޯދައިލިއެވެ.

"ބާބް...ބާބް..ނޯބޮޑީ އިޒް ފޮލޯވިން އަސް....ރިލެކްސް.....އެއީ ސިމް އާއި އަހެދް...ސިމް ވެސް ވެއްޖެ މިތަނަކަށް އަންނަން...އައުޓް އޮފް އޯލް ދަ ޕްލޭސެސް އިން ދިސް ސިޓީ....ހައިރާނެއް ނުވާނެތަ އަޅެ މީހަކު...." އަލްބާން ފާޑަކަށް ބުނެލިއެވެ. ބާބިލް ހާސްކަމުގެ ތެރޭގައި ހެވުނަސް އެ ހިނިތުންވުން ފޮރުވަން މަސައްކަތްކުރިއެވެ.

" ހައިރާންވާންވީ އަދިވެސް އަލް ތަ؟ސިމް އަށް ފެނިއްޖެއްޔާ ކީކޭ ބާ ހީކުރާނީވެސް....." ބާބިލް ގެ ލޯބޮޑުވިއެވެ. އަލްބާން ލުއި ހިނިތުންވުމަކާއެކު ބޯ ހޫރައިލިއެވެ.

"ހްމް...ކިކޭ ބާ ހީކުރާނީ...މީ އެންޑް ޔޫ...އިން އަ ހޮޓެލް....އޯލް އެލޯން...ހްމްމްމް ކީކޭ ބާ ހީކުރާނީ...." އަލްބާން މަޖާވެލިއެވެ. ބާބިލްގެ މޫނު މަތީގެ ކުލަވަރު ބަދަލުވިއެވެ. އަލްބާން މަޖަކަލަށް ނަމަވެސް އެބުނި އިބާރާތުން އޭނަގެ ލޯ ކަރުނުން ބަރުވިއެވެ. އަމިއްލަ ނަފުސާއިމެދު ލަދުވެތިވިއެވެ.

" ޔޫ ކްރޮސްޑް އަ ލައިން އަލްބާން............" ބާބިލް އޭނާގެ ޝަހާދަތް އިނގިލި ދިއްކޮށްލައި ހަރުކަށިގޮތަކަށް ބުނެލިއެވެ. އަލްބާންއަށް ކުރެވުނީ އެހާ ރަނގަޅު ސަމާސާއެއް ނޫން ކަން ރޭކާ ލާން ހިނދުކޮޅެއް ނެގިއެވެ. ލިފްޓް މަސައްކަތް ނުކުރުމުން ބާބިލް އެނާގެ ލޯ ފޮހެމުން ދުއްވައިގަތީ އެގްޒިޓް ޖަހާފައި ހުރި ސިޑިއާއި ދިމާލަށެވެ.

"ބާބް....ދެޓްސް ނޮޓް ވަޓް އައި މެންޓް.....ބާބް....ޕްލީޒް....މަޑުކޮށްބަލަ....ހިއާ މީއައުޓް...." އަލްބާން އާދޭސްކުރަމުން ބާބިލް ފަހަތުން ދިޔައެވެ. ބާބިލްގެ ފިޔަވަޅުތައް މަޑުޖެހުނީ މުރުތަސިމް އާއި އަހެދް ސިޑި ކައިރިން ފެނުމުންނެވެ. އެމީހުން ލޮލުގައި އަޅައިނުގަންނަނީސް އަވަހަށް އައި ކޮލަށް ދުއްވައިގަތީ އަލްބާންގެ އަތުގައިވެސް ހިފަމުންނެވެ.

" ސިމް އެންޑް އަހެދް.....އަވަސް...." ބާބިލްހުރީ މާނޭވާލެވިފައެވެ. އެކަމަކު ދެމީހުން އެކީގައި ގޮސް އެ އިމާރާތުގެ ގެ އެންމެ މަތީ ޓެރެސްއަށް އެރިއެވެ. އޭނާގެ ލޯ ވަށައިގެންވާ ތަނަށް ހުއްޓުނު ހިނދު، ކުރިން ހިތުގައި ރޯވެފައިވާ ރުޅީގެ އަލިފާން ފިނިވެގެން ދިޔައެވެ. ފެނުނީ ފެހި ވިނަގަނޑުން ފުރިފައިވާ ރީތި ތަނެކެވެ. މީރުވަހެއް ހިފާލާފައިވިއެވެ. މުށިކުލައިގެ ކުދި ބޮކިތަކުގެ ދަށުން ފެތުރިފައިވާ ރަތް އަލިކަމާއި، ރީނދޫ މާތަކުން ޒީނަތްތެރިކޮށްފައިވާ މޭޒުމަތީގައި ރީތިކޮށް ބަހައްޓާފައިވާ ހުދު މާތަކެވެ. ރަން އަލިގަދަ ހަނދުވަރެއް ފަދައިން ދިއްލާފައިވާ ބޮކިތަކުގެ މައްޗަށް ރީތި ހިނިތުންވުމެއް ފަދައިން ފެތުރިފައިވާ އޮމާން އަލިކަމެކެވެ.

މި މަންޒަރުގެ ފުރިހަމަކަމުން އޭނާ ހައިރާންވެ، ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އެ ވަގުތު އޭނާއަށް އިހުސާސްވީ ރީތި ހުވަފެނެއްގެ ތެރެއަށް ވަދެފައިވާ ކަހަލައެވެ.

" ދިސް؟" ބާބިލް ނޭވާ ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. އަލްބާން އޭނާގެ ގަމީހުގެ އަތުކުރި އޮޅާލިއެވެ. އަދި ފުން ނޭވާ އެއް ލިއެވެ.

"މިއީ....ދިސް....އޯލް ފޯ ޔޫ.....އައިމް ނޮޓް ސްކެއާޑް....އަހަރެން ހިތުގައި ބާބް އަށް ދީފައިވާ މަގާމް މުލީ ދުނިޔެއަށް ވެސް އިއުލާންކުރަން ބޭނުން....މި ހިނދުކޮޅުގަވެސް މުރުތަސިމް އަށް ފެނުނަސް އެއްވެސް ޖެހިލުމެއްނެތި ކެރޭނެ ބުނަން....ދެޓް އައި ލަވް ޔޫ....ޔޫ މިސްއަންޑަސްޓުޑް މީ ބާބް....." އަލްބާން ގެ ލޮލުގެ ކަޅި ފެނުނީ ބޮޑުކޮށެވެ. އެ އަލީގައި އެނާގެ މޫނު އެހާމެ އުޖާލާއެވެ. އެ ހިތުގެ ސާފުކަން މޫނުގައި ލިޔެވިފައިވީ ފަދައެވެ. އޭނާ އެތާ ހުއްޓި ހުރީ، ހިތް ހުޅުވާލައިގެންނެވެ. ބާބިލް ހުރީ ބަސްހުއްޓިފައެވެ. އަލްބާންގެ އެ އަޑުގައވީ ޔަގީންކަން އޭނާގެ ހިތަށް ދިނީ ތަސައްލީއެވެ. އޭނާގެ ހިތުގައި އެތައް އިހުސާސްތަކެއް އުފެދެމުން ދިޔައެވެ.

އަނދިރިކަން ގިނަ ދިރިއުޅުމުގެ ތެރޭގައި، އިތުބާރު ކުރެވޭ ހަމައެކަނި ހިޔާވަހިކަމަކީ އޭނާގެ ވުޖޫދު ކަމުގައި ވެގެން ދިޔައެވެ.

ބާބިލްގެ ތުންފަތް ޖައްސާ ބާރުކޮށްލިއިރު މުޅި ނަފުސްވެސް ތެޅިގަތްފަދައެވެ.. އަލްބާންގެ ބަސްތައް ހިތުގެ އެންމެ އަޑިއަށް ވަދެ، ރޫހުގެ ކޮންމެ ކަނެއްގައި އަށަގަތެވެ. އޭނާ އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް ބިނާކޮށްފައިވާ ފާރު ވެއްޔަށްވެ ފުނޑުފުނޑުވެގެން ދިޔައެވެ. އޭނާގެ ލޮލުގައި ޝުކުރުވެރިކަމާއި ހިތާމައިގެ އިހުސާސްތައް އެއްވެ، އެކުވެރި ވެފައިވާ މަންޒަރު ސާފުކޮށް ފެނުނެވެ. ނުއޮހޮރި ހުރި ކަރުނަތަކުން ލޯ ފެންކަޅިވެ ދުނިޔެ ފެންނަނީ ފެނުގެ ތެރެއިން ބަލާ މަންޒަރެއްހެންނެވެ. އަދި އޭނާއަށް އެ އިހުސާސްތައް ހުއްޓުވޭނެ ގޮތެއް ނުވިއެވެ.

ކަރުނަ އޮހޮރެން ފެށުމާއެކު، ކޯތާފަތުގައި އޮހޮރެމުން ދިޔައީ އޭނާ އެތައް ދުވަހެއް ވަންދެން ފޮރުވަން މަސައްކަތް ކުރި ވޭނުގެ ހެކިތަކެވެ. ލަދުވެތިކަމާއެކު އޭނާ އެހެން ދިމާލަކަށް ބަލައިލިއެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތް ބޭކާރުވަމުން ދިޔައެވެ.

"ކިހިނެއް....ކިހިނެއް ތިފަދަ ބަސްތައް ދައްކަން ކެރުނީ އަލް....އަލް އަށް ނޭނގެނީތަ...އައިމް މެރިޑް...." އޭނާގެ އަޑު ކެނޑިކެނޑިގެން ދިޔައީ، ހިތުގެ އަޑިން އަންނަ ރުއިމުގެ އަޑު ފޮރުވަން ކުރާ މަސައްކަތުގެ ނަތީޖާއެއްހެންނެވެ. އަލްބާންގެ ލޮލަށް ސީދާ ބަލާލުމަށް ވެސް ނުކުޅެދުނީ، އަމިއްލަ ނަފްސުގެ ބަލިކަށިކަން ހާމަވެދާނެތީ ކަމުގައި ހީވެއެވެ.

" ބާބް....ޔޫ އާ ނޮޓް އިން އަ މެރިޖް.....ދެޓްސް ނޮޓް ވަޓް އަ މެރިޖް އިޒް......އައި ޕްރޮމިސް ލޯކަން ވިލް ބީ އައުޓް އޮފް ޔޮ ލައިފް ފޯ ގުޑް.....އަހަންނަށް ބާބް ނުލިބުނަސް ލޯކަންގެ އަނިޔާވެރިކަމުން ބާބް ސަލާމަތްކޮށްދޭނަން..." އަލްބާން ގޮނޑީގައި ހަމަޖެހިލިއެވެ. ބާބިލްގެ ހިތާމަ އޭނާއަށް އިހުސާސްކުރެވެއެވެ. މި ހިނދުކޮޅުގައި އިތުރު ހާސްކަމެއް ނުދިނުމަށް އޭނަ ބޭނުންވިއެވެ. އެ ވޭނަށް ލުޔެއް ލިބުމަށް އެދެވުނެވެ. ބާބިލް އޭނާގެ ހިތުގައިވާ އިހުސާސްތަކަށް ތެދުވެރިކަމާއެކު އެއްބަސްނުވާނެކަން އަލްބާންއަށް އެނގުނެވެ. އެއީ ލޯކަން ފަދަ ނުބައި ނުލަފާ މިހަކަށްވެސް ބޭވަފާތެރިވާން އެ ސާފު ހިތް ނޭދޭނެތީއެވެ.

" ލެޓްސް ނޮޓް މޭކް ދިސް ޑިނާ ގޯ ވޭސްޓް....އިޓްސް އޯކޭ ބާބް....ޖަސްޓް ހޭވް ދިސް ޑިނާ ވިތް މީ..." އަލްބާން އެދުނެވެ. ބާބިލް އޭނާގެ ލޯ ފޮހެލަމުން އެނބުރުނެވެ.

" ޔޫ އާ މޭކިންގ ދިސް ހާޑް ފޯ މީ....." ބާބިލް އިށީނެވެ. މިވަގުތަކީ ހަޔާތަށް އައި އެންމެ އުފާވެރި ހިނދުކޮޅުކަން ބަޔާންކުރަން ބޭނުންވި ނަމަވެސް އޭނާ އަށް ނުކުޅެދިފައިވިއެވެ.

***

މުރުތަސިމް އާއި އަހެދް ހޮޓެލުގައި އެމީހުން ތިބެން ހަމަޖެހިފައިވާ ކޮޓަރިއަށް ވަނެވެ. ކޮޓަރި ހުރީ ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައެވެ. ރަން ކުލައިގެ މަޑު އަލިކަމެއް ކޮޓަރީގައި ފެތުރިފައި އޮއްވާ، ރަށުތެރޭގެ މަޑުމަޑު އަޑުތައް ކުޑަދޮރުން އިވެމުންދިޔައެވެ. މުރުތަސިމް ކޮޓަރިއަށް ވަދެ، ކައިރީގައި ހުރި މޭޒު ކައިރިއަށް ގޮސް، އޭނާގެ ޖީބުން އެހެން ކީކާޑެއް ނެގިއެވެ.

"ހިއާ....................." މުރުތަސިމް ގެ އަޑު ހުރީ ފިނިކޮށެވެ. އެކަމަކު އެ ފިނިކަމުގެ ތެރޭގައި ވެސް ކޮންމެވެސް ވަރެއްގެ ރުޅިވެރިކަމެއް އޮތްހެން ހީވިއެވެ. އޭނާ ކީކާޑު އަހެދްއަށް ދައްކާލިއެވެ.

"މިއީ އަނެއް ކޮޓަރީގެ ކީކާޑު، ޔޫ ކޭން ސްޓޭއި ދެއާ..."

އަހެދު ކީކާޑު ނެގިއެވެ. އޭނާގެ އިނގިލިތައް ކުޑަ ވަގުތުކޮޅަކަށް މުރުތަސިމްގެ އިނގިލިތަކާ ޖެހުނެވެ. އެކަމަކު އަވަހަށް އަތް އަނބުރާލިއެވެ. މުރުތަސިމްގެ ލޯ މަތިން ގެއްލެން ހިތް އެދެވިފައިވީ ވަރު ބޮޑުކަމުން އެއްޗެއް ނުބުނެ ހަމައެކަނި ބޯޖަހާލާފައި، އެނބުރި މަޑުމަޑުން ދާން އުޅުނެވެ.

"މަޑުކުރޭ......." މުރުތަސިމްގެ އަޑު ހުރީ ތަންކޮޅެއް ހަރުކޮށެވެ. އޭނަ އިޝާރާތްކުރީ މޭޒުމަތީ އޮތް ކަރުދާހަށެވެ. އަހެދް ކުޑަކޮށް ހައިރާންވެފައި އެ ކަރުދާސްތަކަށް ބަލާލިއެވެ. އޭނާއަށް ފެނުނީ އެ ކަރުދާހުގެ ތިރީގައި މުރުތަސިމްގެ ސޮއި ކޮށްފައި އޮތްތަނެވެ. އެ ސޮއިން ދޭހަވީ ކޮންމެވެސް މުހިންމު ކަމެއް ނިންމާފައި އޮތްކަމެވެ.

"މިއީ؟" އަހެދް ގެ ހިތް ބާރަށް ތެޅުނެވެ. މުރުތަސިމް ކޮންމެ ފަހަރަކުވެސް އެނާއަށް އޭނާގެ ނިކަމެތިކަން އިހުސާސްކުރުވައެވެ. މިއީވެސް އެފަދަ ކަމެއްކަމަށް ހިތް ބުނެލިއެވެ. މުރުތަސިމް އޭނަގެ ކޯޓުގެ ޖީބުން ނެގި ގަލަން އަހެދް ގެ އިނގިލިތަކުގައި ލައްވާލަދިނެވެ. އޭނަގެ އިނގިލިތައް ތުރުތުރުއަޅަމުން ދިޔައެވެ. ކަރުދާސްތަކަށް ބަލަމުންދިޔައިރު ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އޭނަ ފުން ނޭވާއެއް ލައި، ހިތްވަރު ކުރުމަށްފަހު ގަލަމަށް ބާރުކޮށްލިއެވެ. މުރުތަސިމްގެ އަތުން ކަރުދާސްތައް ނަގައި، ފުރަތަމަ ދެތިން ފޮޅުވަތް ކިޔާލިއެވެ. އޭނާގެ ލޯ ބޮޑުވެ، ހައިރާންކަމާއެކު މުރުތަސިމްއަށް ނަޒަރު ހުއްޓާލިއެވެ.

" ރިއަލީ؟އިޒް ދިސް އަ ޖޯކް...." އޭނަ އަށް ހެވުނެވެ. މުރުތަސިމް އެވަގުތު ލޯ ހިމަ ކޮށްލަމުން ކަޅި އަޅާލިއެވެ.

" އައި ތިންކް މި ޝަރުތުތައް ކަނޑައަޅަންވީ އަހަރެންހެން.....ޓެލް ޔޫ ވަޓް...ޔޫ އާ ނޮޓް އީވެން ދެޓް އިންޓްރެސްޓިންގ ޓު ލުކް އެޓް....އަހަރެން ކީއްކުރަން ސިމް...މިބުނީ މު...ރު...ތަ...ސިމް ގެ މޫނަށް ފަސް ސިކުންތު ކީއްކުރަން އެންމެ ސިކުންތަކަށްވެސް ބަލަންވީ އަކީ....ސްޓޭއި ޓޫ ފީޓް ޑިސޓޭންސް އޯލްވޭއިސް...ހްމް..." އަހެދް ވަރަށް ފޮނި ވެލާފައި ބުނެލިއެވެ. މުރުތަސިމް އެއް ބުމަ އަރުވާލިއެވެ. އަހެދް ބުނި ބަހުން އޭނާގެ ހިތަށް އަސަރު ކުރިނމަަވެސް އެ ފޮރުވަން މަސައްކަތްކުރިއެވެ. ނަމަވެސް އަހެދް ގެ މޫނުމަތިން ފެންނަމުންްދިޔަ ސަމާސާ އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ.

މުރުތަސިމްގެ ލޯ ހަނިވެ، ދަތްތަކަށް ބާރުކޮށްލިއެވެ އޭނާ ނިންމީ އަހެދުގެ ވާހަކައަށް ޖަވާބު ނުދިނުމަށެވެ. ނަމަވެސް "އަންއިންޓްރެސްޓިންގ ފޭސް" އޭ ބުނި ބުނުމަށް އޭނާއަށް ކެތްތެރިވެވޭ ވަރެއް ނުވިއެވެ. އޭނާ ކުރިއަށް އެއް ފިޔަވަޅު އަޅައި، ކުޑަކޮށް ކުރިއަށް ގުދުވެލިއެވެ. އެއީ އަނެއްކާވެސް އެފަދަ ބަހެއް ބުނަން އަހެދްގެ ހިތްވަރެއް ހުރިތޯ ބެލުމަށެވެ.

އަހެދުގެ ލޯ ބޮޑުވެ، އެ މަލާމާތުގެ ހިނިތުންވުން ފަނޑުވެ ހިތް ބާރަށް ތެޅުނެވެ.

" މިސްޓަރ....މުރްތަސިމް....ޔޫ އާ ބްރޭކިން ރޫލްސް....ޓޫ ފީޓް ޑިސްޓޭންސް ޕްލީޒް އޯ މޭއިބީ ޕޯލްސް އެޕާޓް....."އޭނަ މުރުތަސިމް އާއި އޭނަގެ މޫނުގެ ދޭތެރެއަށް އެ ކަރުދާސް ލިއެވެ.

މުރުތަސިމް ފަހަތަށް ފިޔަވަޅެއް އެޅިއެވެ.

"'ޖަސްޓް ސައިން ދަ ޕޭޕާ އެންޑް ގޯ...." އޭނަ ކުރީ އަމުރެކެވެ.

"ނޯ.....އައި ވިލް އޮންލީ ސައިން އިޓް އާފްޓާ ރީޑިން.....އެހެން ނޫނަސް އައި ހޭވް ޓު ޕުޓް މައި ކްލޯޒެސް ޓޫ...." އަހެދް ފުން ނޭވާއެއް ލަމުން ބުނެލިއެވެ.

" ޔޫ ކާންޓް ލީވް ވިތައުޓް ސައިނިންގ...." މުރުތަސިމް ހަރުކަށިވިއެވެ. އޭނަ އަނގަޔަށް ގޮތެއް ހަދާލާފައި އެތާ ހުރި ގޮނޑީގައި ޖައްސާލިއެވެ. އޭނާ ހުރީ މުރުތަިސމް އަށް އޭނާގެ ވެސް ހުރި ހިތްވަރެއް ދައްކާލަން ބޭނުންވެފައެވެ. މުރުތަސިމްގެ މޫނުމަތީގައިވާ ރުޅިވެރިކަން އޭނާއަށް ހިތްހަމަޖެހުމެއް ލިއްބައިދިން ފަދައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު