"އިންސާނާއަށް ލިބިފައިވާ އެންމެ ބޮޑު ތަރިކައަކީ މައުލޫމާތުން ފުރިފައިވާ ސިކުނޑިއެއް ނޫނެވެ. އެއީ ލޯބިން ފުރިގެންވާ ހިތަކާއި، އަޑުއަހާނެ ކަންފަތަކާއި، މީހުންނަށް އެހީތެރިވާނެ އަތެކެވެ."

***

ލަސްލަހުން އޭނާ އެނބުރި، ކޮޓަރީގެ ބައްތިތަކުގެ އަލިކަން އެންމެ ފަނޑުވެފައިވާ ހިސާބު ހޯދަން ފެށިއެވެ. ބިރުވެރިކަން އިތުރުވަމުން ދިޔައެވެ. މިއަދު މޯޗަރީގައި އޭނާއަށް ކުރެވުނު ބިރުވެރި އިހުސާސް އަލުން ހިތަށް ވެރިވާންފެށިއެވެ.

އޭނަ އަވަސް އަވަހަށް ފޯނު ނަގަން މަސައްކަތްކުރިއެވެ. ތުރުތުރު އަޅަމުންދިޔަ އިނގިލިތަކުން އާދަމްގެ ނަންބަރު ޖެހިއެވެ. އެއީ ފަރަޙްގެ އެންމެހައި ނުބައި ޢަމަލުތަކުގައި އެހީތެރިވެދިން ސިހުރުވެރިޔާއެވެ. ހުރިހާ ސިހުރު ހާހޫރައެއް ހެއްދި މީހާއެވެ. އޭނާގެ އަތްދަށުން ހުރިހާ ކަމެއް ވީއްލިގެންދާ ހިނދު އެހީއަށް އެދޭނެ ހަމައެކަނި ފަރާތަކީ އާދަމެވެ. މިހާރު އޭނާއަށް އޮތް ހަމައެކަނި ސަލާމަތުގެ ވަސީލަތަކީވެސް އެއީކަމުގައި ދެކުނެވެ. އެ އަޑު އަހާލަން ބޭނުންވެ، މި ނޭވާހާސްވާ ކަންބޮޑުވުމުން ސަލާމަތްވާން ބޭނުންވެ، ފިނިވެފައިވާ އިނގިލިތަކުން ކޯލް ބަޓަން ފިތާލިއެވެ.

ފޯނު ކަންފަތުގައި ޖައްސާލި ވަގުތު، ކުއްލިއަކަށް ވަށައިގެންވި ވައި ބަރުވެ ފިނިވާންފެށިއެވެ. ގަނޑުފެން އިނގިލިތަކެއް އޭނާގެ ހަމުގައި ބީހިލާހެން ހީވިއެވެ. އޭނާ ސިހި ނޭވާލާން ވެސް ދަތިވިއެވެ. ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. ކަރުގައި ނުފެންނަ އަތަކުން ހިފާ ބާރުކޮށްލާ ހެން ހީވިއެވެ. ނޭވާ ނުލެވޭހާ ބާރަށެވެ. ނަމަވެސް ނުފެންނަ އަތަކުން ފިއްތާލަމުން، ފިނި އިހުސާސްއެއް ކުރުވަމުންނެވެ. މިއީ އޭނާ ކުރި ނުބައި ޢަމަލުތަކުގެ ނަތީޖާއެއް ކަމުގައި ވިސްނުނެވެ.

"ނޫން... ނޫން... މިއީ ޙަޤީޤަތަކަށް ވެގެން ނުވާނެ................." އޭނާއަށް އަމިއްލަ ނަފުސަށް ބުނެވުނެވެ. އަޑުގައި ވީ ނުތަނަވަސްކަމާއި ބިރުވެރިކަމެވެ. އޭނާ ވަށައިގެންވާ ކޮޓަރިއަށް ނަޒަރު ހިންގައިލިއެވެ. އެހެނަސް އެތަނުގައި އެއްވެސް މީހަކު ނުވަތަ އެއްޗެއް ފެންނާކަށް ނެތެވެ. ހަމައެކަނި އިޙްސާސްކުރެވުނީ ލޯމައްޗަށް ނުފެންނަ ނަމަވެސް ޔަޤީނުންވެސް އެތާ ވާކަން އެނގޭ އެއްޗެއްގެ ނުރައްކާތެރި ވުޖޫދެވެ. އޭނާގެ އިނގިލިތައް ފޯނުގައި ހިފަހައްޓާފައި ހުރީ އެއްވެސް އުންމީދެއް ނެތް ޙާލުގައެވެ. އެހެންނަމަވެސް އޭނާގެ އަޑު ބަންދުވެފައިވާ ފަދައެވެ.

އެވަގުތު ފޯނުން ކޮންމެވެސް މީހަކާއި ގުޅުނެވެ.

" މަރުހަބާ....ތި ގުޅާލީ އަހަރެންގެ އަޑުއަހާލަންތަ؟" އެއީ ހަމަ ގައިމުވެސް އާދަމްގެ އަޑެއްނޫނެވެ. އެއަށްވުރެ ބަރު އަޑެކެވެ. ހީވީ ކަންފަތް ކައިރީ ވާހަކަ ދައްކާހެންނެވެ.

" އަހަރެން ސަލާމަތްކޮށްދީ.....ޕްލީޒް...ޖަސްޓް ޑޫ އެނީތިންގ...ޕްލީޒް ހެލްޕް މީ...." ފަރަހް އަށް ރޮވުނެވެ. ބާރު ހުނުންތަކެއްގެ އަޑު އެ ހުސް ހޯލުތެރޭގައި ގުގުމަމުންދިޔައެވެ. ހަމަ ގައިމުވެސް އެތާ ވުޖޫދުވެ ތިބީ ލޮލަށް ނުފެންނަ ބައެކެވެ.

"ސަލާމަތް؟ހެލްޕް؟ކޮށްލި ސަމާސާއެއްތަ ކަނބުލޯ....ހީކުރީތަ ތިހާ ފަސޭހައިން ދޫކޮށްލާނެކަމަށް....އާދަމް އަށް ތި ގުޅީ ހިތުން އޭނަ ކަލެޔަށް އެހީވާނެ ކަމަށްތް؟ކަލޭ ތިއީ އަހަންނަށް ވައުދުކޮށްފައިވާ މަންޖެއެއް....." ބިރުވެރި ހަރުކަށި އަޑެކެވެ. ފަރަހް ގަނޑުވިއެވެ. އޭނާއަށް ލޮލަށް ފިތާ ބާރުކޮށްލެވުނެވެ. މިއީ ހުވަފެނެއް ކަމުގައި ވުމަށް ހިތް އެދުނެވެ.

***

އެމީހުން އިށީނީ ކެފޭގެ އެންމެ ފަހަތުގައިވާ ގޮނޑިއެއްގައެވެ. ބޮކި އަލިކަން ކުޑަ ހިސާބެއްގައެވެ. މާޒިމް ވަށައިގެން ބަލައިލިއެވެ. އެތަން ހީވަނީ ޒަމާނުއްސުރެ ހުއްޓިފައިވާ ތަނެއްހެނެވެ. ބައު، ކުލަކެނޑިފައިވާ ފޮޓޯތައް ފާރުގައި ހަރުކޮށްފައިވެއެވެ. އެއީ އެތައް އަހަރެއް ކުރިން ނެގިފައިވާ މަންޒަރުތަކެކެވެ. ފަހަދް ގޮނޑީގައި އިށީދެލަައިގެން އިނީ އުދަގޫގޮތަކަށެވެ. އޭނާގެ ނަޒަރު އަނދިރިވެފައިވާ ކުޑަދޮރުތަކަށް ހުއްޓުނެވެ.އަނެއްކާވެސް މާޒިމްއަށް ބަލައިލިއެވެ. އޭނާ ކުޑަކޮށް ގުދުވިއެވެ.

"މާޒް މިއީ މިކަމަށް ރަނގަޅު ތަނެއް ނޫން. އަހަރެމެން ފަހަތުން އަންނަ މީހުން ތިބެދާނެ..... ބަލަމުން ގެންދަނީ ކަމަށްވެސް ވެދާނެ........." ފަހަދް ބޮލާއި އެއްކޮށް އަޅާފައިވާ ޖެކެޓުން މޫނު އިތުރަށް ނިވާކުރަން މަސައްކަތްކުރިއެވެ.

"އައި ކާންޓް ބްލޯ މައި ކަވާ...."އޭނަ އަނެއްކާވެސް ވައި އަޑަކުން ބުނެލީ މާޒިމް ހެވިފައި އިންނަތަން ފެނުމުންނެވެ. ހަމަޖެހޭ މީހެކޭ އޭނަގެ ހިތަށް އެރިއެވެ.

" ބޮޑު ޝައިތޯނު ވީ ޖަލުގަ....ނޯބޮޑީ އިޒް ކަމިންގ އާފްޓާ އަސް...." މާޒިމް ޔަގީންކަން ދިނެވެ.

" ޔޫ ކާންޓް ބީ ސޯ ޝުއާ.....އޭނަގެ އައުވާނުން ތިބޭނެ....ފޯ ޝުއާ ދެއި ވިލް ބި ފޮލޯވިންގް ޔޫ....އަދި ޖައިލަމް ނޭނގޭތީ ތިހެން ތިބުނަނީ...ޔޫ ޑޯންޓް ނޯ ވަޓް ދެއި އާ ކޭޕަބަލް އޮފް...." ފަހަދް ދަތްކުޑިވިކައިލިއެވެ. އަދި މިހާތަނަށް ފަރަހް ގެ ފަރާތުން ލިބުނު ހުރިހާ ހިތްދަތިކަމެއް ވީ އެންމެ ކުރު ގޮތަކަށް ހިއްސާކުރިއެވެ.

"ދެޓް....ވަޓް ދަ...." މާޒިމްގެ އަތް މުށްކަވާލެވި މޭޒުމަތީގައި ޖެހުނެވެ.

" އާދަމް...އެއީ ސިހުރުވެރިޔަކީ...އައި ހޭވް މައި މެން ހަންޓިންގ ހިމް ޑައުން...." ފަހަދް އަވަސް އަރުވާލާފައި ޓިޝޫ ކޮޅެއް މާޒިމް ގެ ކޮފީ ތަށި ކައިރީ ބޭއްވިއެވެ. އަދި ވަށައިގެން ހޯދާލިއެވެ.

" މީޓް މީ ހިއާ..." ފަހަދް ސިއްރުން ބުނެލިއެވެ. އަދި މާޒިމް ދައްކަން ހުރި ވާހަކަތައް އަޑުއަހަން މަޑުކުރުމެއްނެތި އަވސް އަރުވާލަމުން ކެފޭ އިން ނިކުތެވެ. އޭނަ ނުކުތުމާއެކު ކެފޭ ތެރެޔަށް ވަދެގަތް ތިން ފިރިހެނުންގެ ހަރަކާތްތަކަށް މާޒިމް ފާރަވެރިވިއެވެ. މޫނު ނިވާކޮށްލައިގެން ތިބި ބަޔެކެވެ.

ކެފޭ ހިންގަން އިނީ މުސްކުޅި ފުރައިގެ އަންހެނެއް ކަމުން އޭނަ ލުއި ހިނިތުންވުމެއް ދިނެވެ. އަދި ކޮފީއަށް ފައިސާ ދިނެވެ.

" ޑޯންޓް ލުކް ބެކް.....ގެޓް ޔޯސެލްފް އައުޓް އޮފް ހިއާ އޭޒް ފާ އޭޒް ޔޫ ކޭން ގެޓް ފްރޮމް ދީޒް އެލީސް....ނޮޓް ސޭފް...." އަންހެން މީހާ އެދުނީ ސަމާލުވުމަށެވެ. މާޒިމް ބޯ ޖަހައިލަމުން އަވަހަށް ކެފޭ އިން ނިކުތެވެ. ކާރާއި ހަމަޔަށް ދެވެންދެން ބަޔަކު އޭނާ ފަހަތުން ފާރަލަމުންދާކަމުގެ އިހުސާސްކުރެވުނެވެ. އޭނަ މިސްރާބު ޖެހީ ޖައިލަމް އާއި ބައްދަލުކުރުމަށެވެ. އެހެން ގޮތެއް ނެތެވެ. ޝައްކާއި ވަހުމުގެ އެތައް އިހުސާސެއް އޭނާގެ ހިތުގައި އުފެދިފައިވެއެވެ. ޖައިލަމްއަކީ އާދައިގެ މީހެއް ނޫނެވެ. އަދި އޭނާ މިހާރުވެސް މާޒިމްގެ އަސްލު މަޤްޞަދު ދެނެގަނެފައިވާނަމަ، މާޒިމްގެ ރޭވުން ފެށުމުގެ ކުރިންވެސް ނާކާމިޔާބުވެދާނެއެވެ. އުރުޖުވާންގެ ފޯނު ކޯލުތައް ފުލުފުލުގައި އަންނަން ފެށިއެވެ. ޖަވާބުދޭން ހިތް އެދުނަސް ފޯނު ހެކް ކޮށްފައި ހުރެދާނެކަމަށް އެ ނަގަން ޖެހިލުންވިއެވެ.

***

ރޭގަނޑުގެ ވައިރޯޅިތައް ފިނިވެފައި ހިތްފަސޭހައެވެ. މަޑު ރަން ކުލައިގެ އަލިތަކުން އަލިކުރެވިފައިވާ ބަގީޗާ ހީވަނީ ދުނިޔޭގެ އުނދަގޫތަކުން ރައްކާތެރިވެފައިވާ ހިޔާވަހި ތަނެއްހެންނެވެ. އެކިކުލައިގެ މާމެލާމެލިން ފަރިވެފައިވާ ބަގީޗާއަށް އުރުޖުވާން ވަދެލަމުން ދިގު ނޭވާއެއް ލިއެވެ. ހިތުގައިވާ އުދާސްތަކަށް ލުޔެއް ލިބުނެވެ. މާޒިމްގެ ހަބަރެއް ވުމަށް ކެތްމަދުވެފައި ހުރެ އެތައް ހާސް ފަހަރު ފޯނަށް ބެލުނެވެ. ގޭތެރޭގެ އެ އުފާވެރިކަމުގެ އަޑުތައް އިވެމުން ދިޔަ ހިނދު މާޒިމް އެ އުފަލުގައި ބައިވެރިވާން ނެތުމުން ހިތަށް ކޮންމެވެސް ވަރެއްގެ އުދަގޫތަކެއްވިއެވެ.

"އެވްރިތިން އޯކޭ؟" އުރުޖުވާން ސިއްސުވާލީ ކެނާންގެ އަޑެވެ. އުރުޖުވާން ސިހުނު ގޮތުން އޭނާއަށް ހެވުނެވެ.

" ޔެސް...ހުރިހާ ކަމެއްވެސް....އެވްރީވަން އިޒް ސޯ ހެޕީ ދޯ...." އުރުޖުވާން ލުއި ހިނިތުންވުމެއްގައި ބުނެލީ އޭނާގެ އިހުސާސަތައް ފޮރުވަމުންނެވެ.

" އާނ....ބަޓް އާ ޔޫ؟" ކެނާން ފަރުވާތެރިކާމައެކު އަހާލިއެވެ. އުރުޖުވާންގެ އަތުގައި އޮތް ފޯނަށް ނަޒަރު ހިންގާލިއެވެ. އޭނަ އެ ފޯނު ފޮރުވުމަށް މަސައްކަތްކުރީ އެއީ އޭނާއަށް މާޒިމް ދިން ފޯނެއް ކަމުގައި ވާތީއެވެ.

"ހެއި.....އުރޫޖް....ޔޫ ޑޯންޓް ނީޑް ޓު ހައިޑް އިޓް ފްރޮމް މީ.....މާޒް ދިން ފޯނަކަށް ވީމަތަ ތި ސިއްރުކުރަނީ...." ކެނާން ދިމާކުރުމުގެ ރާގުގައި ބުނެލީ ތަނުގެ މޫޑު ރަނގަޅުކޮށްލުމުގެ ބޭނުމުގައެވެ. އުރުޖުވާން ރަކިވީވަރު ފޮރުވަން މަސައްކަތްކުރިއެވެ.

" ވަޓްސް ވިތް މީކާ އެންޑް މަދީނާ....ދެއި ސީމް ޓު ހޭވް ސަމް އަންސްޕޯކެން ލެންގުއޭޖް ބިޓްވީން ދެމް...." އުރުޖުޥާން ބޭނުންވީ މައުޟޫ ބަދަލުކޮށްލުމަށެވެ.

"އުރޫޖް ހާދަ ލޯ ދިގުކޮށްލީތި....އަހްމަދްބެ ގެ ކުދީންނަށް ވެސް މާޒްވިލާ ކުދިން ނޫނީ ނުފެނޭވިއްޔާ.....އަހުމަދު ބެ ކައިރިން އަހާލަންވެއްޖެ އިފް ހީ ހޭޒް އެނީ އަދާ ޑޯޓާ އިން ހައިޑިން...." ކެނާން ސަމާސާ ކޮށްލިއެވެ. އުރުޖުވާން އަށް ހެވުނެވެ. ކެނާން ގެ ސަމާސާ އޭނާގެ ހިތަށް ކުޑަ ނަމަވެސް ލުޔެއް ދިނެވެ.

" ކެނާން ވެސް ދޯ ދެން...ބައްޕަ އަށް އަޑުއިވުނު ނަމަ ހުންނާނެ ކުޅިވަރެއް...." އުރުޖުވާން އަށް ހެވުނެވެ. ކެނާން އަށް ބޭއިޚުތިޔާރުގައި އެމޫނަށް ބަލަން ހުރެވުނެވެ.

"ހެޕިނެސް ސުޓްސް ޔޫ....އަބަދުވެސް އުފަލުގައި ހުންނައްޗޭ...." ކެނާން ގެ އެސްފިޔަތައް ކަރުނައިން ބަރުވިއެވެ. މިއީ އޭނާ އުރުޖުވަން އަށް މިގޮތަށް ބަލާލެވޭ އެންމެ ފަހު ފަހަރު ކަމުގައި އަޒުމް ކަނޑައެޅިއެވެ. އޭނަ މަޑުމަޑުން ބޯޖަހައިލިއެވެ.

" ޔޫ ޓޫ..." އުރުޖުވާން ބުނެލީ ހިތް ހެޔޮކަމާއެކުއެވެ. ކެނާން އޭނާއަށް ވެދިން އެހީ އަށް ހިތުން ޝުކުރުކުރެވުނެވެ.

"ބައެއްފަހަރު ހިތް ވަރަށް ބޮޑަށް ބޭނުންވާ ކަންތައްތައް ހުރެދާނެ......އެކަމަކު އެވަގުތަކީ އެކަމަށް ރަނގަޅު ވަގުތެއް ނޫންކަމަށް ވެދާނެ... ނޫނީ އެކަން ވުމަކީ އެއްގޮތަކަށްވެސް މުސްތަހީލް ކަމަކަށްވެސް ވެދާނެ.."

އުރުޖުވާން އޭނާއަށް ބަލާލިއެވެ. ކެނާން ދެއްކި ވާހަކައިގައި ފޮރުވިފައިވާ މާނައެއް އޮތްކަން އިހުސާސްވިއެވެ. އެއީ މާބޮޑު އެއްޗެއް ނޫނަސް، އެ ލޮލުގައި ފަނޑު އުންމީދެއް އޮތްކަން ފެނުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު