"ދަމު ނަމާދަކީ ރަހުމަތާއި ކާމިޔާބާއި ފާފަ ފޮހެވުމުގެ ދޮރުތަކުގެ ތަޅުދަނޑިއެކެވެ. ދަމުނަމާދު ކުރެވޭވަރުގެ ޚާއްސަ، ނަސީބުގަދަ ބަޔެއްކަމުގައި އެންމެން ލައްވާށިއެވެ. ސަބަބަކީ އެންމެންނަކީ ގަވާއިދުން ދަމު ނަމާދުކުރުމުގެ ޝަރަފު ލިބޭނެ ބަޔެއްވެސް ނޫނެވެ."

***

"ބުނީމެއްނު...އައި ވިލް ހެލްޕް އެވްރީވަން ފައިންޑް ދެއާ ހެޕިނެސް އޭ...." ކެނާން އޭނާގެ އަޑުގައިވީ ހިތާމަ ފޮރުވަން މަސައްކަތް ކުރަމުން ވާހަކަދެއްކިއެވެ.

" އެކަމަކު އުރުޖުވާން އާއި މާޒިމް؟" މީކާއިލް ކަންބޮޑުވިއެވެ.

"ޓްރަސްޓްމީ....ދެއި ހޭވް ފައުންޑް އީޗްއަދާ....." ކެނާން ޔަގީންކަމާއެކު ބުނެލި ނަމަވެސް މީކާއިލްއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ.

" އެ ހިނިތުންވުން ފުދޭ...." ކެނާންގެ ނަޒަރު އުރުޖުވާންއާއި ވަތްކެއް ނުވިއެވެ. އެ ހިނދުކޮޅުގައި މީކާއިލް އަށް ކެނާން ގެ ހިތުގައި އުރުޖުވާންއަށްޓަކާ އިހުސާސްތަކެއް ވާކަން ދެނެގަނެވުނެވެ. ކެނާން މިހާ ދުވަސް ވަންދެން ދުރުދުރުން ނަމަވެސް އުރުޖުވާން އަށް އެހީވެދިނީ އޭނާގެ ހިތުގައި އުރުޖުވާން އަށް ދެވިފައިވާ ހާއްސަ ކަމަކުންނެވެ.

"ފޯ ހައު ލޯންގް؟" މީކާއިލް އަހާލިއެވެ. ކެނާން އަވަހަށް އިސްޖަހައިލީ އޭނާގެ ލޮލުގައިވީ ހިތާމަ ފޮރުވަމުންނެވެ. ގަދަކަމުން ހިނިގަނޑެއް ޖަހައިލިއެވެ. ނަމަވެސް މިކާއިލް ސުވާލު ތަކުރާރުކޮށްލިއެވެ.

" ފެނުނު ފުރަތަމަ ދުވަހުން....ބަޓް ޝީ އިޒް ނޮޓް ރިޓެން ފޯ މީ....އައި ގެޓް ދެޓް....މާޒް އާއި އުރުޖުވާން އުފަލުގައި ވުމަށް ނޫނީ އަހަރެން ނޭދެން...." ކެނާން ހިތްވަރާއި އެކު ފާޅުކޮށްލީ ހިތުގައިވާ ހަގީގީ އިހުސާސްތަކެވެ. އެ ބަސްތަކުން މީކާއިލްގެ ހިތްވެސް ގުޑުވާލިއެވެ. ކެނާންގެ ހިތުގެ ސާފުކަމާއި މެދު އޭނާ އުފާކުރިއެވެ.

"އެޓެންޝަން......" ކަރުކަހައިލަމުން ކެނާން އެންމެންގެ ސަމާލުކަން ހޯދިއެވެ. ފުޅާ ހިނިތުންވުމަކުންނެވެ.

" އައި ގޮޓް އަ ސްކޮލާޝިޕް.....މައްކާގަ ކިޔަވަން ދާން....ފަސް އަހަރަށް..." ކެނާން ގެ މޫނުމަތިން ޖެހިލުންވުމާއި އުފާވެރިކަން ވިއެވެ. މަދީނާއަށް ލިބުނު އުފާވެރިކަމާއެކު ދުވެފައި އައިސް އޮޅުލައިގަންނަމުން ކެނާން އަށް މަރުހަބާ ކިޔެވެ. އެހެން އެންމެންގެ މޫނުން ފެންނަމުން ދިޔައީ ހައިރާންކަމެވެ. ކެނާން ގެ ކިޔެވުމާއި ބެހޭގޮތުން އެއްވެސް އެއްޗެއް ހިއްސާ ނުކޮށް ދީނީ އިލްމު ހާސިލުކުރަން ނިންމުމަކީ އެންމެނަށްވެސް ލިބުނު ހައިރާންކަމެކެވެ.

"ކޮން އިރަކު؟" އުރުޖުވާން އަށް އަހާލެވުނެވެ.

" މި ހަފްތާގަ.....އަދި ޓިކެޓް ނުނަގަން....ކީއްވެ އެންމެން ހައިރާންވެފަ....ދިސް ހޭޒް ބީން އަ ޑްރީމް ކަމް ޓްރޫ ފޯ މީ....އަލްޙަމްދްލިއްﷲ ...." ކެނާން ކޯހުގެ މައުލޫމާތު އެންމެނާއި ހިއްސާކުރިއެވެ.

" ދަރިފުޅު އިސްލާމިކް ސައިންސް ފަދަ ކިޔެވުމެއް އިހްތިޔާރުކުރީތީ ބައްޕަ ވަރަށް ފަޙުރުވެރިވޭ....އެހާ ދުރަށް ދާތީ ދެރަވޭ..." ނާޝިދުގެ ލޯ ކަރުނުން ފުރުނެވެ. އަހްމަދު ގެ ނަޒަރު ހުއްޓުނީ މީކާއިލް އަށެވެ.

"މީކާ ނުދަންތަ؟" އަހްމަދު ސުވާލުކޮށްލިއެވެ. މީކާއިލްވެސް ދަނީ ލަންޑަންގެ އިސްލާމިކް ޔުނިވާސިޓީ އިން އެ ކޯސް ހަދަމުންނެވެ. އަހްމަދު ކުރިން އެހާ ރުހޭ ކަމަކަށް ނުވުމުން މީކާއިލް އޭނާގެ ކިޔެވުމުގެ ވާހަކަތައް ބައްޕައާއި ހިއްސާ ނުކުރަނީއެވެ.

" މިކޮޅުން ކޯސް ނިމުނީމަ ދާނަން އިންޝާﷲ....ދެން އިނީ އެންމެ އަހަރެއް ބާކީ....އިންޝާﷲ އައި ވިލް ޖޮއިން ޔޫ ބްރަދާ..." މީކާއިލް ގެ އަޑުގައި ޖޯޝާއި ފޯރިވިއެވެ.

" ދެން ތި ދެކުދިން މުޅި އުމުރު ނަގާލަނީ ކިޔެވުމުގަ ތަ؟ހަޔާތުގެ ބައިވެރިޔަކުވެސް ނުހޯދަނީތަ؟" ނާޝިދުގެ ވިސްނުން އެހެން ދިމާލަކަށް ދިޔައެވެ.

" އޭރުން ކިހާ ޑިސްޓްރެކްޝަން ބޮޑުވާނެ....ނުލާހިކު ވަގުތު ހޭދަކުރަން ޖެހޭނެ ކިޔެވުމުގަވެސް....ދޯ..." މީކައިލް ބަލައިލީ ކެނާންއަށެވެ. ކެނާންވެސް ސަމާސާ ކޮށްލަމުން މީކާއިލް އާއި އެއްބައިވެލިއެވެ.

" ސިލީ ބޯއިސް....." މަދީނާ ލޯ އަޅައިލަމުން ތުން ތަޅުވާލީ އުރުޖުވާންގެ ކައިރީގައި އިށީދެލާފައެވެ.

" އެހެންވިއްޔާ ތިހެން އުޅޭއިރު ކެނާން ވާނެ މަދީނާ އަށް ސައުދީ އިން ރަނގަޅު ކުއްޖެއް ހަމަޖައްސައިދޭން....އައި ތިންކް ޝީ އޯލްސޯ ވޯންޓްސް ޓު ގޯ...." އުރުޖުވާން ސަމާސާ ކޮށްލިއެވެ. މަދީނާ ގެ މޫނު ރަތްވެގެން ދިޔުމާއެކު އޭނަގެ އަތުގައި ބޮނޑިއެއް އެޅިއެވެ. އެއީ މީކާއިލްގެ ހިތަށް އުނދަގޫ ކުރުވި ލަފުޒުތަކަކަށް ވިއެވެ. އެ ތަނުގައި ތިބި އެންމެނަށް ހެން ދެނެގަނެވުނު އިހުސާސަކަށްވިއެވެ. މިކާއިލް އާއި މަދީނާގެ ނުބުނެވި ހުރި އިހުސާސްތައް އެންމެނަށްވެސް ފާހަގަވިއެވެ.

***

އިރުއޮއްސުމުގެ ވަގުތު ގަބުރުސްތާނަށް އަނދިރިކަން ވެރިވަމުން ދިޔައެވެ. އުދަރެހުގައި ރަތްވިލާގަނޑެއް ފެތުރި، މަހާނަތަކުގެ ދެމެދުން ދިގު، ނުރައްކާތެރި ހިޔަނިތަކެއް ފެންނަމުން ދިޔައެވެ. ކަޅު ވިލާތައް ބަރުވެެ އަނދިރިކަން ފެތުރިގެން ދިޔައިރު ވައި ފިނިވެ، މާޙައުލު ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. މާޒިމް އަވަސް ހިނގުމުގައި ދިޔައިރު އޭނާގެ ފިޔަވަޅުތަކުގެ އަޑު ހިމޭންކަމަށް ކޮންމެވެސް ވަރެއްގެ ގޯނާއެއް ކުރުވިއެވެ. ރަޖިސްޓްރާގެ އޮފީހާއި ކައިރިވަމުން ދިޔައިރު އެތެރެއިން އަންނަ މަޑު، ފަނޑު ބައްތިއެއްގެ އަލި ފެނުނެވެ.

ބޯ ހުދުވެފައިވާ ރަޖިސްޓްރާގެ ސަމާލުކަން މާޒިމްއަށް ހުއްޓުނެވެ. އަލިކަމުގައި އޭނާގެ ރޫޖެހިފައިވާ މުސްކުޅި މޫނުމަތި ފާޅުވިއެވެ.

"ކާކު ހޯދަނީ؟ އޭނާ އަހައިލީ ވައިއަޑަކުންނެވެ. މާޒިމްގެ ހިތަށް ފިނިކަމެއް އިހުސާސްކުރެވުނެވެ.

"ކާކު ހޯދަނީ؟" އެމީހާ ތަކުރާރުކޮށް އަހައިލީ ފުދޭވަރަކަށް ބާރަށެވެ. އޭނަ ސިހުނެވެ.

" މަރިޔަމް ޝެލީނާ އަށް ޒިޔާރަތް ކޮށްލަން....." މާޒިމް ލުއި ހިނިތުންވުމެއްގައި ބުނެލިއެވެ. ރެޖިސްޓަރާ އޭނާގެ މޫނު މާޒިމް އާއި ކައިރި ކޮށްލިއެވެ. ވަޅު ވަދެފައިވާ ލޯ ހިމަކޮށްލައި ބަލައިލިއެވެ.

" އެންމެ ރަނގަޅު....ޝެލިނާ އަށް ޒިޔާރަތްކުރަން މިހާރުވެސް މީހާކު އެބަހުރި...." އޭނާ ދިއްކޮށްލީ ސޮއި ކުރުމަށް ފައިލެވެ. މާޒިމްގެ ހިތް އަވަސްވެލިއެވެ. އެއީ ހަމަ ޔަގީނުންވެސް ފަހަދްއެވެ.

" ތި ހޯދަން އުޅޭ އެއްޗެއްވީ ސަހަރާގެ އެންމެ ކަނާތްފަޅީގަ..." އޭނާގެ އަޑު މަޑު ނަމަވެސް ސާފުކޮށް އިވިގެން ދިޔައެވެ.

މާޒިމް އެ މީހާ އިޝާރާތްކުރި ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފިޔަވަޅުތައް ހުރީ ސާބިތުކަމާއެކު، ނަމަވެސް ބިރުވެރިކަމުގެ އިހުސާސް ފާޅުވަމުންނެވެ. އޭނާ ގަބުރުސްތާންގެ ގޯތީގެ އެތެރެއަށް ވަދެގެން ދިޔައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި، އޭނާއަށް ފެނުނީ ދިގު ހަށިގަނޑެއްގެ ވެރިއެކެވެ. އޭނަ ލައިގެން ހުރީ ކަޅު ކުލައިގެ ދިގު ކޯޓެކެވެ. އެ ކޯޓު އަނދިރިކަމާއި މަސް ހުނިވެފައި ހުރުމުން ދެކޭ މީހުންގެ ހިތަށް ބިރުވެރިކަން ވަންނާނެއެވެ. އެ މީހާ ހުރީ ވަށްކޮށް ހެދިފައިވާ ބޮޑެތި ގަސްތަކެއްގެ ދަށުގައި ހުއްޓިލައިގެންނެވެ. ހިމޭންކޮށް އަދި އެކަހެރިކޮށެވެ. ހަމަ ރޭގަނޑުގެ އަނދިރިކަމުން ކުރަހާލާފައިވާ ހިޔަންޏެއް ފަދައިންނެވެ.

"ފަހަދް...."އޭނަ ސާބިތު އަޑަކުން ގޮވާލިއެވެ.

ސިހިފައި ދިޔަ ފަހަދް އަވަހަށް ދާން ފިޔަވަޅު ނެގިއެވެ.

"އެކަހަލަ ޚިޔާލެއްވެސް ނުކުރާތި......." އޭނަގެ އަޑު ހުރީ ހަރުކަށިކޮށެވެ. އޭނާގެ ބަސްތަކުން ފަހަދު ހުއްޓުނީ ފިޔަވަޅު އަޅަމުން ދަނިކޮށެވެ.

ފަހަދް ލަސްލަހުން އެނބުރުނެވެ. ފަނޑު އަލިކަމުގައި އޭނާގެ މޫނުމަތި ކިރިޔާ ފެނުނެވެ. ވަށައިގެންވާ ޖައްވު ހުރީ ނުބުނެވި ހުރި ބަސްތަކުން ބަރުވެފައެވެ. މާޒިމްގެ ނަޒަރު ފަހުދުގެ މައްޗަށް ހުއްޓިވެފައިވީއިރު އެެފަނޑުވަމުންދާ އަލީގައި ހަނިވަމުން ދިޔައެވެ. އެމީހުންގެ ވަށައިގެންވާ ގަބުރުސްތާނުގެ ހިމޭން މާޙައުލުގައި، އަޑުމަޑު ހެކިންގެ ގޮތުވައިވީ ކަށްވަޅުގެ އަހުލުވެރިންނެވެ.

" ޑިޑްންޓް އެކްސްޕްކްޓް ޓު ސީ ޔޫ ހިއާ..." ފަހަދް ބުނެލީ މަޑުންނެވެ.

"ބަޓް އައި ޑިޑް....އަހަންނަށް ހީވީ ރަގަޅަށް ކަމަށްވާތީ އުފާކުރަން....." މާޒިމް ހުޝިޔާރުކަމާއެކު ޖަވާބު ދިނެވެ. ފަހަދް މުޅި ތަން ހޯދައިލިއެވެ. ފަނޑު އަލިކަމުގެ ތެރެއިން އެހާ ސާފުކޮށް ނުފެނު ނަމަވެސް ފަހަދް ގެ ފުން ނޭވާއިން ހާސްކަން ފެނުނެވެ.

" ހާސް ނުވޭ....އައި ޑިޑްންޓް ބްރިންގް އެނީބަޑީ....އެއްވެސް މީހަކަށް ނޭނގޭނެ....ޖަައިލަމް އިސް ލޮކްޑް އަޕް..." މާޒިމް ބުނެލިއެވެ.

"މިތާކު ނޫން..." ފަހަދް ވައި އަޑަކުން ވަރަށް ފަރުވާތެރިކަމާއެކު ބުނެލިއެވެ. މާޒިމްގެ ގައިންވެސް ހީބިހި ނަގައިދިޔައެވެ.

"އެއްވެސް މީހަކު އަހަރެންގެ ފަހަތުން ނާދޭ....އާ ޔޫ ސްކެއާޑް؟" މާޒިމް ލުއި ހިނިތުންވުމެއްގައި ބުނެލީ އޭނާގެ ހަށިގަނޑަށް ވަން ބިރުވެރި ހީ ފިލުވަން މސައްކަތްކުރަމުންނެވެ.

މިހުރިހާ...ޔޫ ޑޯންޓް އަންޑަސްޓޭންޑް...... އައި ކާންޓް ބީ ސީން...."

މާޒިމްގެ މޫނުމަތިން ހިނިތުންވުން ގެއްލި ސީރިއަސްކަން ވެރިވިއެވެ.

"އަހަންނަށް ވުރެން ރަނގަޅަށް އެނގޭނެ އެކަކުވެސް ނުހުންނާނެ....ޓު ލޫޒް ފަރަހް އިން ހާ އައުން ގޭމް....ޓު ސީކް ޖަސްޓިސް ދެޓް ވީ ޓްރުލީ ޑިޒާވް...." މާޒިމް ގެ ލަފުޒުތަކުގައި ވީ ޔަގީންކަމެކެވެ. ފަހަދްގެ މުލި ވުޖޫދަށް ލިބިގެން ދިޔަ ލުއިކަން ބަޔާންކޮށްދޭންވެސް ނޭގޭނެއެވެ. ނަމަވެސް އެތަނަކީ އެމީހުން ވާހަކަ ދައްކަންތިބެން އެންމެ ރަނގަޅަު މާހައުލެއް ނޫނެވެ.

***

އޭނަ ފެންތަށްޓެއް އަޅައި، އެ ތަށި މޭޒުމައްޗަށް ޖެހުމުގެ އަޑު މުޅި ކޮޓަރީގައި ގުގުމާލައިގެން ދިޔައެވެ. އޭނަ އެ ތަށި ތުންފަތާ ހަމައަށް އުފުލިއިރު، ކުއްލި ފިނިކަމެއް އިހުސާސްވިއެވެ.

"ފަރަހް..." ކޮޓަރިތެރޭގައި އެ މަޑު އަޑު ފެތުރިގެން ދިޔައީ، އެހާވެސް ކުޑަކޮށެވެ. އެއީ ހަމަ ހިމޭންކަމުގެ ތެރޭގައި ގެއްލިގެންދާހާވެސް މަޑު އަޑެކެވެ. އެއީ ހަގީގަތެއް ނޫންކަމަށް އޭނާ އަމިއްލަ ނަފްސަށް ބުނަމުން ދިޔައެވެ. އެއީ ހަމައެކަނި އޭނާގެ ސިކުނޑިން ކުޅޭ ކުޅިވަރެއް ކަމުގައި ގަބޫލުކުރަން މަސައްކަތް ކުރިއެވެ.

ލަސްލަހުން އޭނާ އެނބުރި، ކޮޓަރީގެ ބައްތިތަކުގެ އަލިކަން އެންމެ ފަނޑުވެފައިވާ ހިސާބު ހޯދަން ފެށިއެވެ. ބިރުވެރިކަން އިތުރުވަމުން ދިޔައެވެ. މިއަދު މޯޗަރީގައި އޭނާއަށް ކުރެވުނު ބިރުވެރި އިހުސާސް އަލުން ހިތަށް ވެރިވާންފެށިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު