ދ. ބަނޑިދޫން ފާތިމަތު ސައުނާ މުޙައްމަދު
މިދިޔަ 2022- 2023 ވަނަ އަހަރު ދ. ބަނޑިދޫ ސުކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަޙްމަދު ޔާސީން އަލީ އީސާ ހޮވިއްޖެއެވެ.
ޔާސީނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެޑިއުކޭޝަން މިނިސްޓްރީއާއި ރައްޔިތުން މަޖިލީހާއި މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދާއި ބަނޑިދޫ ސުކޫލުގެ އިތުރުން އެ ސުކޫލުގެ ޕީޓީއޭއިން ވެސް ވަނީ އިނާމު ހުށަހަޅާފައެވެ.
މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މީދޫ ދާއިރާގެ މެންބަރު ސިޔާމެވެ.
ޔާސީން ވާހަކަދައްކަނީ: އެނާގެ ތަޖުރިބާއިން ގިނަ އިބުރަތްތަކެއް ދަރިވަރުންނަށް ހިއްސާކޮށްފައިވޭ ---- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ފަހުން ވާހަކަދައްކަމުން ޔާސީން ބުނީ، އެ ހުވަފެން ހަގީގަތަކަށްވީ ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ. އެއީ، ރޭގަނޑުގެ އަރާމު ނިދި ނަގައިލާފައި ކުރި ބުރަ މަސައްކަތް ކަމަށް އޭނާ ބުންޏެވެ.
ކިޔެވުމަކީ ފޫހިކަމެއްގެ ގޮތުގައި ނުދެކެން އޭނާ ވަނީ އެދިފައެވެ. ކުޅިވަރުތަކުގައި ވެސް ބައިވެރިވެ، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަން ފާހަގަކުރިއެވެ.

ދަރިވަރަކަށް އިނާމު ހަވާލުކޮށްދެނީ --- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެންމެ މޮޅު ދަރިވަރު ހޮވުމުގެ އިތުރުން، ރަސްމިއްޔާތުގައި ވަނީ އިތުރު އިނާމުތަކެއް ވެސް ދީފައެވެ. އެގޮތުން،
ކްލާސް ޕްރޮގްރެސް ޕްރައިޒް:
- އައިޝަތު އަފާ އަޙުމަދު
- މޫސާ ޝިނާން ޝިއުތް
ސަބްޖެޓް ޕްރައިޒް:
- އިނގިރޭސި މާއްދާއިން މިލްނާ މުޙައްމަދު
- ގުރުއާން އިން ހައްވާ ހަމްނާ މުޙައްމަދު
އައިޖީސީއެސްސީ އަދި އޯލެވެލްގައި ސުކޫލް ލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރި ފަސް ދަރިވަރުން
- އަހުމަދު ޔާސީން އަލީ އީސާ
- މޫސާ ޝިނާން ޝިއުތް
- މިލްނާ މުޙައްމަދު
- މަރިޔަމް ނަޝާޔާ
- އަބްދުﷲ ޒުހާން ހަސަން މުހައްމަދު

ދަރިވަރަަކަށް އިނާމު ދެނީ --- ސަން ފޮޓޯ/ ނާއިޝް ނާހިދު
އައިޖީސީއެސްއީ އިމްތިހާނުގައި ޓޮޕް އެޗީވާސް އެވޯޑު (ޑިސްޓިންކްޝަން އެވޯޑު) ހާސިލްކުރީ:
- އަހުމަދު ޔާސީން އަލީ އީސާ
- މުސާ ޝިނާން ޝިއުތް
- މިލްނާ މުޙައްމަދު
- ފާތިމަތު އީނާސް މޫސާ
އައިޖީސީއެސްސީ އަދި އެސްއެސްސީން ފަސް މާއްދާއިން މަތިން ފާސްވި ދަރިވަރުން:
- އަހުމަދު ޔާސީން އަލީ އީސާ
- މުސާ ޝިނާން ޝިއުތް
- މިލްނާ މުޙައްމަދު
- މަރިޔަމް ނަޝާޔާ
- އަބްދުﷲ ޒުހާން ހަސަން މުޙައްމަދު
- އާއިޝަތު އިފާ އަޙުމަދު
- އައިމިނަތު ރިފާ
- ފާތިމަތު ދަހާ އަލީ ސަމީމް
- އިބްރާހިމް މާހިލް މުހައްމަދު
- ފާތިމަތު އީނާސް މޫސާ
ރޭގެ ޖަލްސާގައި ވަނީ ސޫކޫލަށް ކޮށްދެއްވި މަސައްކަތްތައް އަގުވަޒަން ކުރުމުގެ ގޮތުން މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމަށް ފިލައެއް ވެސް އަރުވައިފައެވެ. އަދި، އޯލެވެލްގައި ޓީޗަރުން ކޮށްދެއްވި މަސައްކަތް ފާހަގަކޮށް، އެ ޓީޗަރުންނަށް ވަކި ވަކިން ވަނީ ހަނދާނީ ފިލައެއް ދެއްވައިފައެވެ.