"މައިންބަފައިން ދުނިޔެއާއި ވަކިވުމުން ތިބާގެ ހިތާމައާއި ކަރުނަ މުހިއްމެއް ނުވާނެއެވެ. ބޭނުންވަނީ އެމީހުން ދުނިޔޭގައި ތިބޭއިރު ލޯތްބާއި އަޅައިލުމާއި ހިނިތުންވުމެވެ. ހަޔާތަކީ ވަރަށް ކުރު އެއްޗެކެވެ."
***
"ސުބްހާނައްﷲ......މިއޮތްވާ މަންޒަރެއް....މަށަށް އޭރުވެސް އެނގެޔޭ މި ބާބުލާ މިއީ ވިހަ އަންހެނެއްކަން....." ސަކީނާގެ ހުޝިޔާރު ލޮލަށް އެ މަންޒަރު އެރިއެވެ. ސަކީނާ އަވަސްވެގަތީ އަވަހަށް އެންމެންގެ ސަމާލުކަން އެކަން ގެނައުމަށެވެ. ދެންމެ ހިނގައިދިޔަ ހާދިސާގެ ތަފްސީލުތައް ކިޔައިދޭނެ އެންމެ މޮޅުގޮތެއް ސިކުނޑީގައި ރާވާލަމުންނެވެ. ހުއްޓުން އަރާފައި ހުއްޓާ އޭނަގެ އަތުގައި ހިފީ މަރްވާންއެވެ.
"މަންމާ...." މަރްވާން މަޑުމަޑުން ގޮވައިލިއެވެ. މީހަކަށް އަޑުއިވިދާނެތީ މުޅިތަނަށް ނަޒަރު ހިންގައިލަމުންނެވެ. އެ ވާހަކަ ސިއްރުކުރުމަށް އޭނަ އެދުނު ކަން ސަކީނާ އަށް ސާފުވީ މަރުވާންގެ ލޮލުގެ ކުލަވަރުންނެވެ،
"އަސްތާ....މަގޭ ދަރިވެސް މިކަމުގަ ބައިވެގެންތަ މި ފަދަ ޖަރީމާ އެއް މިހިންގަނީ...." ސަކީނާ ހައިރާންކަމާއެކު ތަންކޮޅެއް ބާރަށް ބުނެލިއެވެ.
"މަންމާ...އަޅޭ އެންމެ ފަހަރަކު ނަމަވެސް މީހުންގެ ޒާތީ ކަމެއް ތެރެޔަށް ނުވަދެބަލަ...އެހެން ނޫނަސް އެއީ މަންމަ ތި ހީކުރާކަހަލަ ކަމެއް ނޫނޭ...ޕްލީޒް އަހަންނަށްޓަކާ މިވާހަކަ އެހެންމީހެއް ކައިރީ ނުބުނަން އެދެން....." މަރްވާން ގެ އަޑުގައިވީ ނުތަނަވަސްކަން އިވި ސަކީނާ ހަމަޖެހިލިއެވެ. ނަމަވެސް ސިކުނޑީގައި އެތަކެއް ސުވާލެއް އެނބުރެމުންދިޔައެވެ.
"އަސްތަޣުފިރުއްﷲ.....އެހެން ނުބުނޭ މިހެން ނުބުނޭ....މަރްވާން ހީކުރާނީ މިއީ ވާހަކަ އުފުލާ ބޯޓެއް ކަމައްތަ....އަޅެ މަަ މީ މީހުންގެ ޒާތީ ކަންކަމަށް ޗުއްޕު އޭ ވެސް ބުނާނެ މީހެއް ނޫން...ވަރަށް ރީއްޗެއްނު މައިމީހާ އާ ދޭތެރޭގައި ތި ވިސްނާގޮތް...." ސަކީނާ އޭނާގެ ނޭފަތް ދަމާލައި މޫނު އަނބުރާލިއެވެ.
" މަންމަ ފޮނުވަންވީ ބޮލީވުޑްއަށް..." މަރްވާން ތުން ތަޅުވާލީ ސަކީނާ ގެ ހަރާކަތްތައް ފެނިއެވެ. އޭނާއަށް ލަސްވި ކަމުގައި ވިޔަސް ސަކީނާ ހަމަޔަކަށް ނާޅުވާ އެތަނުން ގުޑިލަން ނުކެރިފައި ހުރި މަރްވާން ފުން ނޭވާއެއް ދުކޮށްލިއެވެ.
" މަންމަ ގެ ލޮލުގައި އައިނު އަޅާފައި މިހިރީ ކަމަކު އޭ.....މި މެގްނަމް...އުނހޫ..މެގްނިފައިން އިން ނުލާހިކު ބޮޑު ކޮށް މަންޒަރު ފެނުނު.....ހަމ ޒޫމް ކޮށް....މަންމަ ނޫން މީހަކަށް ފެނުނަމަ ކިހާ ކަންތައްގަނޑެއް ހިނގީސް މިހާރު....އަބަދުވެސް ކުށްވެރިވާނީ އަހަރެން...މިހާރު ބާބިލް އާއި އަލްބާން..." ޖުމްލަ ފުރިހަމަ ނުވަނީސް މަރްވާން ސަކީނާގެ އަނގަ މަތީ އަތް އެޅިއެވެ.
އޭނާގެ މަންމަގެ ހަރުކަށި ރާގަށް މަޑުމައިތިރިކަމާއެކު ޖަވާބުދިނެވެ.
"މަންމާ... ފަހަރެއްގައި ހަމައެކަނި އެހެން ކަމަކާ ގުޅިގެން އެހީތެރިވަނީ ކަމަށްވެސް ވެދާނެ.....އެއީ ކޮންމެހެން ނުރަނގަޅު މާނައެއް ދޭހަވާ ކަމެއް ނޫން ކަމަށް ވެދާނެ.....މަންމަގެ ތަޖުރިބާކާރު ލޮލަށް ފެނުނު މަންޒަރު ދޮގެއް ނުކުރަން އެކަމަކު އެއިން މާނަ ކުރެވޭ ގޮތް...." މަރްވާން ޖެހިލުންވެފައި ހުރެ ވިސްނައިދޭން މަސައްކަތްކުރިއެވެ. ސަކީނާ ދެ އަތް އުނގަނޑުގައި ވިއްދާލަމުން މަރްވާން އަށް ލޯއަޅައިލިއެވެ.
"ހޫން އަލްބާން ގެ ޗަމްޗީ ވިއްޔާ....އޭނަގެ ހުރިހާ ކަމެއް ފޮރުވާނެ..."
މަރްވާން އެންމެ ފަހުން ގޮތް ހުސްވެ ސަކީނާ އަށް ވައުދު ވީ އަލްބާން އާއި އެކު މިރޭ ގެއަށް އައިސް ހުރިހާ ވާހަކަ އެއް ކިޔައިދޭނެކަމަށެވެ. ކަންވި ގޮތުގެ ހަގީގަތް ކިޔައިދޭނެކަމަށް އެއްބަސްކުރެވުނީވެސް އެތަކެއް އާދޭހަކާއިއެކުއެވެ. މަރްވާން އޭނާގެ މަންމަ ގޮވައިގެން ބަގިޗާ ތެރެއިން ނިކުތް ވަގުތު ދުރުން ހަނާ އަޅާލީ ދަނީންއެވެ.
" ބަލާލަ އެ މަންޖެ ނޫނީ މަ ދެކެ ލޯބިވާ ކުއްޖެއް ނެތް...." ސަކީނާ ގެ ސަމާލުކަން އެވަގުތު ދަނީން އަށް އަމާޒުވިއެވެ.
މަރްވާން ހުރީ ލޯކަންގެ ހަބަރު ބަލަައިލަން ލަސްވެފައެވެ.
" އަހެދް މެން ހޮޓެލް އަށް ދާން އެ އުޅެނީ....ހިނގާ އަވަހަށް ސަލާން ކޮށްލަން ދާން....އާންޓް ގޮވައިގެން އައުމަށް މާމަ އެދުމުން މިއައީ....މަރްވާން ނުދާނަންތަ؟" ދަނީން ހުރީ މަރްވާން އާއި ހަމަޖެހިލައިގެން ވާހަކަ ދެއްކެވޭނެ ފުރުސަތަކަށް ބަލަބަލައެވެ. މަރްވާން ގެ މޫނުން ހާސް ކަމެއް ފާޅުވާން ހުރުމުން ދަނީންގެ ހިތް ނުތަނަވަސްވިއެވެ. ޕާޓިގެ ހަލަބޮލިކަމުގައި ދެމީހުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުލިބެއެވެ. އެނގެނީ ދަނީން ކޮންމެވެސް ކަމާއި ހެދި ދާން ޖެހިފައި ނުވަތަ ފޯނު ކަނޑާލަން ޖެހިފައި އޮންނަ ކަމެވެ.
" އެބަ އަންނަން...." މަރްވާން ސަކީނާގެ އަތަށް ފިތާލިއެވެ. މަރްވާން ލުއި ހިނިތުންވުމެއް ދަނީން އަށް ދީފައި އަވސް ހިނގުމުގަިއ ދާތަން ބަލަން ދަނީން އަށް ހުރެވުނެވެ.
" ކަނބުލޯ....ގެއްލިފައި ތިޔަ އިނީ އޯ....އަޅެ މަގޭ އަތުގަ ހިފާބަލަ....ހާދަ ވަރުބައްޔޭ....." ސަކީނާ ދަނީންގެ އަތަށް އޭނާގެ ބަރުދަން ދޫކޮށްލިވަގުތު ދަނީން އަރި އަޅާނުލީ ކިރިޔާއެވެ.
"އާންޓް...އޯކޭތަ....މަރްވާން އެދިޔައީ ކޮންތަނަކަށް؟" ދަނީން އެކަން ދެނެގަންނަން ކެތްމަދުވިއެވެ.
" އެހެން ދެން ކޮނަތަނަކަށް...އެ އުޅޭ އަލްބާންގެ ފޫބުޑުން އުޅޭނީ...ޔަގީނޭ ކޮންމެވެސް ޖަރީމާއެއް ހިންގަންކަން...މިހާރު މިތިބޭ އަންހެންވެރިންގެ އަތުލައިގަންނަނީ އަހަރުމެނަގެ މައުސޫމު ކުދިންކޮޅު ވިއްޔާ...." ސަކީނާ އަށް އޭނާގެ ދޫ ހިފަހައްޓަން އުނދަގޫ ވިއެވެ. ނަމަވެސް ކެތްކުރާން މަޖުބޫރުވިއެވެ. ދަނީންގެ ލޯ ބޮޑުވެ ވިންދު އަވސްވިއެވެ. ހީވީ ނޭވާ ލާންވެސް އުނދަގޫ ވިހެންނެވެެ.
" ދަރިޔާ.....ޕޭންކޭކު އެޓޭކު ޖެހެނީތަ.....ކިހިނެއްވީ.....ބޮޑު ބިރަކާ ލައިގަތީ....ފެން ފޮދެއް ބޯލަބަލަ...." ސަކިނާ ކަންބޮޑުވެފައި ދަނީން ގެ ފިނިވެފައިހުރި އަތުގައި ހިފާލިއެވެ. ދަނީން ހާސްވިވަގުތުވެސް ހެވުނީ ސަކީނާ އިނގިރޭސިން ކިޔަން އުޅުނީ އަސްލު ޕެނިކް އެޓޭކުކަން އެނގޭތީއެވެ.
" ޔެސް އައި ނީޑް ސަމް ވޯޓާ.....އެބަ އަންނަން....އާންޓް އެތެރެއަށް ވަދެލާ...." ދަނީން ހިނިތުންވެލިއެވެ.
***
މުރުތަސިމް އަދި އަހެދް ކާރަށް އަރަމުންދިޔައިރު، ބޭރުގައި ޖަމާވެފައި ތިބި އެމީހުންގެ އާއިލާއާއި ރަހުމަތްތެރިންގެ މޫނުމަތިން ފެންނަނީ އުފަލާއި ފަޚުރުވެރިކަމުގެ ކުލަތަކެވެ. ޒަހުރާގެ މޫނުމަތި އުޖާލާވިއެވެ. އޭނާގެ ދަރިފުޅާއި އަލަތު އަނބިމީހާ މިފުރަތަމަ ރަމްޒީ ފިޔަވަޅު އެކުގައި އަޅާތަން ބަލަހައްޓައިގެން ހުރިއިރު އޭނާގެ ލޮލުން އުފަލުގެ އަލިކަން ފެނެއެވެ. އޭނާ މަޑުމައިތިރި ހިނިތުންވުމަކާއެކު އެމީހުންގެ އުފަލަށް އެދި މަޑުމަޑުން ދުޢާކުރިއެވެ. އާއިލާގެ އެހެނިހެން މީހުން ރުހުމުގެ ގޮތުން ބޯޖަހާލިއިރު ބައެއް މީހުން އުފަލުގެ ކަރުނަ ފުހެމުންދިޔައެވެ.
މުރުތަސިމް ކާރުގެ ދޮރު ހުޅުވާލިއެވެ. އޭނާގެ މޫނުމަތިން އެއްވެސް އިހުސާސެއް ދޭހަނުވާ ގޮތަކަށް ހުރެ، އަހަދު ފުރަތަމަ ވަނުމަށް އިޝާރާތްކުރިއެވެ. އަހަދު އޭނާއަށް ބަލާލިއެވެ. އެއްވެސް ވަރަކަށް ހިތްހެޔޮކަމުގެ ނިޝާނެއް ފެނިދާނެކަމަށް ބެލިއެވެ. އެކަމަކު މުރުތަސިމްގެ މޫނުމަތިން ފެނުނީ ހަރުކަށިކަމާއި ދުރުކަމެވެ.
" ޔަގީންތަ ޑްރައިވާ ބޭނުން ނުވާކަން؟" ޒަހްރާ ތަކުރާރުކޮށް އަހާލިއެވެ.
"ދެން އަޅެ މަންމާ.....ސިމް ނީޑްސް ސަމް ޕްރައިވަސީ...އަނެއްކާ ހާދަހާ ވާ އަވަހެއް އަރުވާލަފައޭ އެ ދަނީ...." ޒަވިޔާރު ސަމާސާ ކޮށްލިއެވެ. ކައިރީ ހުރި މައިރާ ލަދުން އިސް ޖަހާލިއެވެ. އެންމެން ހީހެދިޔަސް ކާރު ތެރޭގައި އިން އަހެދް ގެ ހިތް ބާރަށް ތެޅުނެވެ.
" ޒަވީ ވެސް އވަހަށް ފިލަން ދަނީ އެއްނުތި...ކޮން އިރަކު ފްލައިޓް؟." މުރުތަސިމް ކަރުގައި އެއްޗެއް އަޅައިގަންނަ ކަހަލަ ގޮތެއްވިއެވެ. ހަމަޖެހެން މަސައްކަޔްކުރިޔަސް އޭނާގެ މުޅި މޫނު ވަނީ ރަތްވެފައެވެ.
" އިން އަ ފިއު އަވާސް...." ޒަވިޔާ ބުނެލިއެވެ. އެންމެނަށްވެސް ލިބުނީ ހައިރާންކަމެކެވެ. ހާއްސަކޮށް މައިރާއަށެވެ.
ޒަވިޔާ އާއި މައިރާ އަށް އަލްވަދާއު ކިޔަމުން މުރުތަސިމް ކާރަށް އެރިއެވެ. ކާރުގެ ދޮރު ލައްޕާލި ވަގުތު އަހެދް ސިހުނެވެ.
" ސީޓްބެލްޓް...." މުރުތަސިމް ބުނެލީ ވަރަށް ހަރުކަށިކޮށެވެ. އަހެދްއަށް އެއްވެސް ނަޒަރެއް ނުދެއެވެ. އަތުގެ އިނގިލިތައް ތުރުތުރު އެޅިޔަސް ސީޓްބެލްޓް އެޅުމަށް މަސައްކަތްކުރިއެވެ. މުރުތަސިމްގެ ނަޒަރު އޭނަގެ މައްޗަށް އަމާޒުވެފައިވާކަން އިހުސާސްކުރެވުނެވެ. އޭނަގެ ފަސްޖެހުމާއި އަތްތައް ތުރުތުރު އަޅާކަން މުރުތަސިމް ފާހަގަކުރިކަން ޔަޤީނެވެ. ދެމީހުންގެ ދެމެދުގައި އޮތް ހަނުހިމޭންކަން ދިގުލައިގެން ދިޔައެވެ. ސިތްބެލްޓްގެ ކްލިޕް ދިމާކުނުކުރެވެނީސް ކުއްލިއަކަށް މުރުތަސިމް ކާރު މަގުގެ އެއްފަރާތަކަށް ޖައްސާލައި ހުއްޓުވާލިއެވެ. އަހެދް އަށް ލޯމަރައިލެވުނެވެ.
މުރުތަސިމް އަހެދް އާއި ދިމާއަށް އެނބުރިލިއެވެ. އޭނާގެ މޫނުމަތީގައި ފެންނަނީ ނުރުހުމެވެ. ލޮލުން ފެނުނީ ހަރުކަށިކަމެވެ. އަހެދް ގެ ދޮން މޫނަށް ޖަންބު ކުލައެރިއެވެ. ލޮލުގެ އެސްފިޔަތައް މަޑުމަޑުން ތުރުތުރުލިއެވެ. ފުން ރަތްކުލައިގެ ތުންފަތް ފިތާ ބާރުކޮށްލައިގެ އޭނަ އިނެވެ. ސީޓުބެލްޓްގެ ކްލިޕް އެޅުނު އަޑަށް މަޑުމަޑުން އަހެދް ގެ އެ ދިގު އެސްފިޔަތައް މިނިވަންވިއެވެ. މުށިކުލަ ގަދަ ކަޅި ބޮޑުވެފައިވީ އިރު ކަރުނައިން ލޯ ބަރުވެފައިވިއެވެ. ދެމީހުންގެ ނަޒަރު ބައްދަލުވިއެވެ. މުރުތަސިމްގެ ހަރުކަށި މޫނު މަތީން ފެންނަމުން ދިޔައީ އެ ހިތުގައިވީ ރުޅިވެރިކަމެވެ. އަހެދް އަށް އޭނާ ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލެވުނެވެ. މުރުތަސިމްގެ މޫނުގައި އެ ނޭވާ ބީހިގެން ދިޔަ ވަގުތު އޭނާގެ އަތަށް ލީ ބާރު ފެނުނެވެ. ކާރުގެ ހުންގާނުގައި ހިފަހައްޓާލައިގެން ހުރި އިރު އަތުގެ ނާރުތަކަށް ވާން ވިއެވެ.
" ޑޫ ޔޫ ތިންކް ސޯ ލޯ އޮފް މީ.....ޓު ފީލް ސޯ ސްކެއާޑް...."
" އައި....އައި...." އަހެދްގެ ދޫ ގޮށް ޖެހުނެވެ. ސިކުނޑީގައި ބަސްތައް އޮޅުންބޮޅުންވިއެވެ. މުރުތަސިމް ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ކުރާ އަސަރު އޭނާގެ ސިކުނޑީގައި ހިނގާ ހިޔާލުތަކާއި ފުށުއަރައެވެ. މުރުތަސިމް ގެ ހިތުގައި އޭނާއަށް ކުޑަ ނަމަވެސް ޖާގައެއް ވުމަށް އުންމީދުކުރެވެއެވެ. މުރުތަސިމްގެ މޫނު މަތީގައިވީ ރުޅިވެރިކަން ފަނޑުވިއެވެ. އޭނާގެ ލޯ އަހެދް ގެ މޫނާއި ވަކި ކުރީ އުނދަގޫ ކަމާއެކުއެވެ. އޭނާ އިސްތަށިގަނޑުގެ ތެރެއަށް އަތްތިލަ މަހާލަމުން ކާރު ދުއްވާލިއެވެ. މުޅި ދަތުރުގައި ޚިޔާރުކުރީ ހިމޭންކަމެވެ. އަހެދްގެ ހިފެހެއްޓިފައިވާ ކަރުނަތިކި ކޯތާފަތައް އެޅުނު ވަގުތު މޫނު އަނބުރާލީ ކާރުގެ ކުޑަދޮރާއި ދިމާއަށެވެ.
***
ގަރުނެއްހެން ހީވި ވަގުތުތަކަށް ފަހު ކާރު މަޑުކުރިއެވެ. ކުރިމަތިން ފެންނަމުންދިޔަ އިމާރާތުގެ ރީތިކަން ދެކެ އޭނާ ހައިރާންވިއެވެ. އޭނާގެ ނޭވާ ވެސް ހުއްޓުނެވެ. އުސް ތަނބުތަކާއި ބޮޑެތި ބިއްލޫރި ދޮރުތައް ރޭގަނޑުގެ އަލީގައި ވިދާ ހުއްޓެވެ. ލޮބީގައި ދަމާލާފައިވީ ރަން ބޮކިތަކެވެ. އެތަނުގެ ތެރެއަށް މަޑު އަލިކަމެއް ފެތުރިފައިވެއެވެ.
" މި އޮތީ ކާޑު....ޓޭބަލް ނަންބަރ އަށެއް....ބޮސް..މިބުނީ އަލްބާން އަންނަން ދެން...." ކާރުގެ ޑްރައިވަރު ދިނީ ޓެރެސް ގެ ޕްރައިވެޓް ޑިނާ ޓޭބަލް ކާޑެކެވެ. ބާބިލް ގައިން ހީ ބިހި ނަގައިގެން ދިޔައެވެ. ހިނދުކޮޅަކަށް އޭނާ ގަނޑުވިއެވެ.
"ހާސް ނުވޭ....އަލްބާން އިޒް އަ ޓްރޫ ޖެންޓްލް މޭން...."އޭނަ ބާބިލް އަށް ޔަގީންކަން ދިނެވެ. ޑޮކްޓަރަކާއި ބައްދަލުކުރުމަށް މުހިންމު ވީ ކީއްވެ ކަމެއް ނޭނގި އޭނާއަށް ހުރެވުނެވެ. އަލްބާން އަށް ގުޅޭނޭ އެއްވެސް ގޮތެއް ނެތެވެ. ހިތުގަިއ އެތަކެއް ސުވާލުތަކެއް ވި ނަމަވެސް އޭނަ ކާރުން ފޭބިއެވެ. ޖެހިލުންވެފައި ހުރެއެވެ.
ފިނި ރޭގަނޑުގެ ވައި އޭނާއާ މައްލަވަކުރިއެވެ. އޭނާ ފުރަތަމަ ފިޔަވަޅު އެޅިތަނާ ކުއްލިއަކަށް އޭނާގެ ކޮނޑުމައްޗަށް ހޫނު އިހުސާސެއްވިއެވެ. އެ ހޫނުކަމުގެ އަސްލަކީ ފަހަތުން އައި މީހަކު ބުރަކަށީގައި އަޅުވާލި ކޯޓެވެ. އޭނަ ސިހިފައި އަވަހަށް ފަހަތަށް އެނބުރުނެވެ. އޭނާގެ ލޯ އެ މީހަކާއި ބަައްދަލުވިއެވެ.
"ޔޫ އާ އިން ސޭފް ހޭންޑްސް ބާބް.....ޑިނާ؟...." އެއީ އަލްބާން އެވެ. މޫނުމަތިން ފެންނަނީ ހަމަޖެހުމާއި ޔަގީންކަމެވެ.
"ލޯކަން....އަލް...މިއީ ކޮންތަނެއް...ވީ އާ ސޯ ފާ ފްރޮމް ދަ ސިޓީ....އަލް...." ބާބިލްގެ ހިތް ޝަކުވާއިން ފުރުނެވެ. އެވަގުތު ފަހަތުން އައި ކާރުގެ އަލިކަން އެ ދެމީހުންގެ މޫނަށް ގަދަވިއެވެ. އަލްބާން ވަރަށް ހުޝިޔާރުކާމއެކު ބާބިލް ގެ އަތުގައި ހިފައިގެންގޮސް ހޮޓެލް ގެ އެތެރެއަށް ދެމިގަތެވެ.
" އާ ވީ ބީންގް ފޮލޯވްޑް...އަލް އައިމް ސްކެއާޑް...." ބާބިލް ގެ ހިތް ތެޅުނެވެ. އަލްބާން އޭނާގެ އަތުގައި ހިފަހައްޓާލައިގެން ހުރީ ބާރަށެވެ. އެ އަތުން އިހުސާސްވީ ހިމާޔަތެވެ. ރޭގަނޑުގެ ހަމހިމޭންވެފައި އޮތް ހޮޓެލްގެ ހޯލުތަކު ތެރެއިން އެ ދެމީހުންގެ ފައިތިލައިގެ އަޑުނޫނީ އެހެން އަޑެއް ނެތެވެ.
***
ރައްކާތެރި ދުރުމިނެއްގައި ހުރި ދަނީން ދިޔައީ މަރްވާންގެ ހުރިހާ ހަރަކާތަކަށް ފާރަލަމުނެނެވެ. މަރްވާން ވާހަކަ ދައްކަމުން ދިޔައި އޭނާ ނުދަންނަ މީހަކާއެވެ. އެމީހުންގެ ކޮންމެ ޙަރަކާތަކުން ދަނީންގެ ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ. މިކަހަލަ ޙަފްލާއެއްގައި މަރުވާން މިކަހަލަ މީހަކާ ވާހަކަދައްކަން ޖެހުނީ ކީއްވެބާއޭ ހިތަށްއެރިއެވެ.
މަރުވާން ވަށައިގެން ހޯދައިލިއެވެ. އެތަން ރަނގަޅަށް ބެލުމަށްފަހު، ގުދުވެލާފައި އެ މީހާ އޭނާގެ ކޮނޑުމައްޗަށް އުފުލިއެވެ. ދަނީންގެ ނޭވާ ހުއްޓުނުހެން ހީވިއެވެ. އޭނާ ބަލަހައްޓައިގެން ހުއްޓާ މަރްވާން އަވަސް އަވަހަށް ފަހަތު ދޮރާ ދިމާއަށް ދިޔައެވެ. އެ މީހާ އަށް ދިން ބުއިމުން އޭނާގެ މުޅި ތަބީއަތައް އައި ބަދަލު ފެނި ދަނީން ބިރުވެސް ގަތެވެ. ދަނީން އަވަހަށް ކަންމަތިން ދުއްވައިގަތެވެ. އަދި ގޭޓު ކައިރީގައި ތިރިވެ އޮވެ، މަރުވާން ރިމޯޓު ބޭނުންކޮށް ކާރު ފަށައިގަތް އަޑު އިވުނެވެ.
ދަނީން އަވަހަށް ވިސްނައި ނިންމުމެއް ނިންމިއެވެ. މަރުވާން ކާރާ ހަމައަށް އައިއިރު އޭނަ ލަސްލަހުން ކުރިއަށް ދިޔައެވެ. އަދި މަޑުމަޑުން ޑިކީ ހުޅުވައި، އޭގެ ތެރެއަށް ވަދެގަތެވެ. މަރުވާންގެ ފިޔަވަޅުތައް ކައިރިވަމުން އަންނަ އަޑު އިވުމުން އޭނަ ޑިކީގެ މަތި ލައްޕާލިއެވެ. ޑިކީގެެ ހަނި ޖާގައިގައި ވީހާވެސް ތިރިވެ އޮވެ، އޭނާގެ ނޭވާލުން މަޑުކުރަން މަސައްކަތް ކުރިއެވެ.
" އޯލް ޑަން...ހީ އިޒް ނޮކްޑް އައުޓް....ކޮންތަނަކަށް ގެންދަންވީ...ބޭސްމެންޓް؟" މަރްވާން ސުވާލުކުރީ އޭނާ ފޯނުން ގުޅައިގެން ހުރި މީހަކާއެވެ.ލިބުނު ހައިރާން ކަމުގައި ލޯބޮޑުވެ އަޑެއް ލައްވާލެވުނެވެ. ވަގުތުން އަނގަ މަތީ އަތް އަޅާ ބާރުކޮށްލިއެވެ. ކާރުގެ ދުވެލި މަޑުވިހެން ހީވިއެވެ.
ނުނިމޭ