"ސިއްރުން ކުރެވޭ ހެޔޮ އަމަލުތަކުގެ ތެރޭގައި މީސްތަކުން ނިދާފައި ތިބޭއިރު ދަމު ނަމާދުކުރުން، ސިއްރުން ސަދަގާތްކުރުން، ޒިކުރުކުރުން، ފާފަތަކުގެ މައްޗަށް ރޮއި ހިތާމަކޮށް ތައުބާވުން، ކީރިތި ގުރުއާން ކިޔަވާއިރު މާނައާއިމެދު ވިސްނާ ފިކުރުކުރުން، އެހެން މީހުންނަށް ނާންގާ ސުންނަތް ރޯދަ ހިފުން ހިމެނެއެވެ."

***

"ސްޓޮޕް ދަ ކާރ....."ފަރަހް އެންގީ ވަގުތުން ކާރު މަޑުކުރުމަށެވެ. އޭރު އޭނަގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. އަދި އިސްތަށިގަނޑުގެ ތެރެއަށް އަތް ލަމުން ހަޅޭއްލެވިއެވެ.

"އައި ފީލް ލައިކް އައިމް ގޮއިންގް މޭޑް....." ފަރަހް ތަކުރާރުކޮށް ކިޔަމުން ދިޔައެވެ. ފަރަހް އަށް އޭނާ ހުރެވުނު ތަން ވެސް ރޭކާނުލައެވެ. މާޒިމް ހުނުން މަތަކޮށްލީ ކެތްތެރިކަމާއެކުއެވެ. ފަރަހްގެ އެ ނިކަމެތިކަން ފެނުމުން ކާމިޔާބީ ހާސިލުވާން ގާތް ވެއްޖެ ކަން އިހުސާސްކުރެވުނެވެ.

"ފަހަދް.މީ މުޅިންވެސް އޭނަގެ ކަންތައް..." ފަރަހް ލޯ ބޮޑުކޮށްފައި މާޒިމްގެ އަތުގައި ހިފަހައްޓައިލިއެވެ. އޭނާގެ ލޮލުގައި ކުރިން ނުފެންނަފަދަ ހާސްކަމާއި ބިރުވެރިކަމެއް ވިއެވެ.

"ހީ އިޒް އިން އަ ކޯމާ އޭ......." މާޒިމް ހައިރާންވީ ފަރަހްގެ ވާހަކަ ހުރިގޮތުންނެވެ. އިތުރަށް އެނގެން ބޭނުންވެފައި ހުރެ އޭނަ ފަރަހް ގެ މޫނަށް ބަލައިލިއެވެ.

" އާނ...ރޭގަ އައި ސޯ ހިމް...މިއަދުވެސް ފެނުނު މޯޗަރީ ތެރެއިން....ފަހަދް އިޒް އާފްޓާ ހިޒް ރިވެންޖް...." ބުނެވުނީ ކޮންކަހަލަ ވާހަކައެއްކަން ނޭނގިހުރެ އޭނައަށް ބުނެވުނެވެ. މާޒިމް ގެ ލޮލުގެ ވިދުން އިތުރުވިއެވެ.

"ކޮން ރިވެންޖެއް؟މޯޗަރީ؟؟އާ ޔޫ އޯކޭ؟" މާޒިމް ވަރަށް ފަރުވާތެރިކަމާއެކު އަހައިލިއެވެ. ފަރަހް އަވަހަށް އޭނާގެ މޫނު އަނބުރާލިއެވެ. ވާހަކަ ހަމަޖައްސާލާނެ މޮޅު ގޮތެއް ސިކުނޑީގައި ރާވާލަމުންނެވެ.

ފަރަހް ފުން ނޭވާއެއް ދޫކޮށްލައި، އަމިއްލަ ނަފްސު ހަމަޖެއްސުމަށްފަހު މާޒިމް އާއި ދިމާއަށް އެނބުރިލިއެވެ. އޭނާގެ މޫނުމަތި ކޮންމެވެސް ވަރަކަށް މަޑުމައިތިރިވެފައިވީ ނަމަވެސް އަދިވެސް ކުޑަކޮށް ބިރުވެރިކަމެއް ހުއްޓެވެ.

"ރައިޓް ނައު ޔޫ އާ ދަ އޮންލީ ޕާސަން އައި ހޭވް....ކޭން އައި ޓްރަސްޓް ޔޫ ޓު ހޭންޑްލް މައި ޑޭޑްސް ކޭސް...." ފަރަހް އޭނާ ގެ ބޯ އަރިކޮށްލައި މާޒިމް ކުރެން އަހާލީ ވަރަށް ތުއި ފާޑަކަށެވެ.

"ތިއީ އަހާކަހަލަ ސުވާލެއްވެސް ނޫނެއްނު....އައިމް ހިއާ ފޯ ޔޫ.....އައި ޓްރައިޑް ޓު ބީ އަވޭއި...އައި ފޯޓް ވިތް މައިސެލްފް....އަހަރުމެން ދެމީހުން ތެރެޔަށް ވަދެގަތީ އެ ފަހަދް....ޔޫ ވޯންޓް ނޯ ހައު ހާޑް އިޓް ވޯޒް ފޯ މީ...." މާޒިމް ބޭނުންވީ ކޮންމެވެސް ބަހަނާއެއް ދައްކައި ފަހަދް ގެ ވާހަކަ އަލުން ގެނައުމަށެވެ. އަދި މިވާހަކަ ތަކުން އޭނާ އަށް އޮތް އިތުބާރު ގަދަ ކުރުވުމަށެވެ.

" އައި ނެވާ ލަވްޑް ހިމް މާޒް.....ހުރިހާ ކަމެއްވެސް ކުރީ ޓު ގެޓް ޔޯ އެޓެންޝަން....އައި އެޑްމިޓް އައި ވޯޒް ދަ ވަން ޓު ރުއިން އަވާ ރިލޭޝަންޝިޕް އެކަމަކު އައި ރިއަލައިޒް އިޓް އާފްޓާ ޔޫ ލެފްޓް މެޑް ސްކޫލް....." ފަރަހް އޭނާގެ ލޯ މާޒިމް ގެ މޫނާއި ވަކިކޮށްނުލައެވެ. އޭނާގެ ހަގީގަތުގައިވެސް މާޒިމްގެ ބަހަށް ހެއްލިއްޖެކަން މޫނު މަތިން ސާފެވެ.

" ލެޓް ބައިގޯންސް ބީ ބައިގޯންސް....ނޯ މޯ ފަހަދް ރައިޓް؟" މާޒިމް ލޯ އަޅައިލިއެވެ.

"މްމް...އީވެން އުރުޖުވާން...." ފަރަހް އުރުޖުވާން ގެ ނަން ކިޔައިލީ އަނގަޔަށް ގޮތެއް ހަދައިލަމުންނެވެ.

މާޒިމް ގެ ލޭ ކެކޭގޮތްވިޔަސް ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލީ މަޖުބޫރުކަމާއެކުއެވެ.

މާޒިމް ކާރު ދުއްވާލީ ފަރަހް ގެ ގެއާއި ދިމާއަށެވެ. ފަހަދް ގެ ވާހަކަ ދައްކަން ފަރަހް އަށް އުނދަގޫ އޭނާއަށް އެނގުނެވެ.

"ގެޓް ސަމް ރެސްޓް ލަވް....މިދަނީ ވަކީލެއްގެ ކަންތައް ހަަމަޖައްސަން...ޑޯންޓް ވޮރީ އައި ވިލް ޑޫ އެވްރީތިންގް އައި ކޭން ޓު ބެއިލް ހިމް އައުޓް...." ގެޔަށް ކާރު މަޑުކޮށްލުމަށްފަހު މާޒިމް ބުނެލީ ވަރަށް ލޯބިންނެވެ.

އޭނާއަށް ލިބިފައިވާ ހަގީގީ އުފަލާއި ހިތްހަމަޖެހުން ވަންހަނާކޮށް، އިޚްލާސްތެރި ކަންބޮޑުވުމެއް ދައްކުވައިދޭ ގޮތަކަށް އޭނާގެ މޫނާއި އަމަލު ބެހެއްޓިއެވެ. ފަރަހްގެ ބައްޕަ ހައްޔަރު ކުރުމުގެ ފަހަތުގައި ހުރިީ މާޒިމްކަން ނޭންގުމަށެވެ.

ފަރަހް ގެޔަށް ވަނުމުން މާޒިމް އަވަސް ވެގަތީ ފަހަދް ވީ ތަނެއް ހޯދުމަށެވެ. ފަހަދް ގެ މައުލޫމާތު ހޯދަން އެތައް ބަޔަކަށް ގުޅިއެވެ. އެންމެންގެ ވާހަކަ ހުރިގޮތުން ވިސްނުނީ ކޮންމެވެސް ސަބަބަކާއި ހެދި އޭނާގެ މައުލުމާތު ސިއްރުކުރަން އުޅޭ ކަމެވެ.

" އިފް ހީ އިޒް ހިއާ ވެއާ ވުޑް ހިބީ...." މާޒިމް ވިސްނާލިއެވެ.

" އޯ ޔެސް...." މާޒިމްގެ ލޮލުގައި ތަފާތު ވިދުވަރެއް އުފެދުނެވެ. އޭނަ މިސްރާބު ޖެހީ އެތާ ސަހަރާއަށެވެ. ހަމަ ގައިމުވެސް ފަހަދް ލަންޑަނުގައި ހުރިއްޔާ އެތަނަކަށް ނުގޮސް ނުހުންނާނެ އެއް ތަނަކީ އެއީއެވެ. އޭނަގެ މަންމަ ވަޅުލާފައިވަނީ އެ ސަހަރާގައެވެ. ފަހަދް މަންމަ އަށް ޒިޔާރަތް ކޮށްނުލާ ނުހުންނާނެ ކަން އޭނައަށް ޔަގީނެވެ. އެތަނަށް ޒިޔާރާތް ކުރާ މީހުންގެ ފަރާތުންވެސް ފަހަދް ގެ މައުލުމާތު ލިބިދާނެ ކަމަށް އުންމީދުކުރިއެވެ. އޭނަ ކާރުގެ ދުވެލި ބާރުކޮށްލިއެވެ.

***

" އުރޫޖް..." ބަގީޗާ ތެރެއިން ގޮވާލީ މެހެކް އެވެ. މީކާއިލްގެ ލޮލުގެ ވިދުން ގަދަވިއެވެ. އުރުޖުވާންއަށް ބަލައިލެވުނީ މިކާއިލްގެ މޫނަށެވެ.

" ހިނގާ އަވަހަށް ގެއަށް ވަންނަމާ...." އަހްމަދު ވަރަށް ހަމަޖެހިލައި ވާހަކަ ދެއްކި ނަމަވެސް އުރުޖުވާން އާއި މީކާއިލް ތިބީ ގަނޑުވެފައެވެ. މެހެކް ދުވަމުން އައިސް އުރުޖުވާން އާިއ މީކާއިލްގެ ދެމެދަށް ވަދެ ދެމީހުން އަތުގައި ހިފާ ބާރުކޮށްލިއެވެ.

" އައިމް ހޯމް...." މެހެކް ބުނެލިއެވެ. ދެމީހުން ގެއަށް ވަނުމާއެކު އެޒުވާނުންނަށް މަރުހަބާ ކީ އުފާވެރި ހިނިތުންވުންތަކުންނެވެ. އުފާވެރި ބަސްތަކުންނެވެ.

"ވެލްކަމް ހޯމް..." ސިޓިންރޫމުގައި ބެނާއެއް އެލުވާފައިވިއެވެ. ސުފުރާ ތައްޔާރުކޮށްފައިވާލެއް އެހާ ފުރިހަމައެވެ. އުރުޖުވާން ހައިރާންވީ ސޯފާގައި ތިބި މީހުންގެ މޫނަށް ނަޒަރު ހުއްޓައިލުމުންނެވެ. ނާޝިދު އާއެކު ހުޝަލް އަދި މަދީނާ ވެސް އިށީދެލައިގެން ތިއްބެވެ. މިބައްދަލުވުމަކީ އެތައް އަހަރެއްގެ ދުރުކަމާއި އޮޅުންތަކަށް ލިބުނު ހައްލެއް ފަދައެވެ. އަޙްމަދު ފަހަތުގައ ހުރިއިރު އޭނާގެ ދަރިން އަނެއްކާވެސް އެއްތަނެއްގައި ތިބިތަން ފެނި ތަފާތު އިހުސާސެއް ކުރެވުނެވެ. އޭނާގެ ލޯ ތެމުނީ އުފާވެރިކަމުގެ ކަރުނުންނެވެ.

" ބައްޕަ އަށް މާފްކުރޭ...." އަހްމަދު ކަރުކަހައިލިއެވެ. ނާޝިދު ތެދުވެގެން ގޮސް އުރުޖުވާންގެ އަތުގައި ހިފާލިއެވެ.

" ފޮގިވް މީ ޓޫ ޗައިލްޑް...." ނާޝިދު އުރުޖުވާންގެ ބޮލުގައި ފިރުމާލިއެވެ. މި އުފާވެރި އެއްވުމުގައި މަދުވަނީ އެންމެ މީހެކެވެ. މާޒިމް އެވެ. ރޭގައި އެންމެނަށް ސާފުވެގެން ދިޔައީ މާޒީގައި ހިނގާފައިވީ ކަންތައްތަކުގެ ހަގީގަތެވެ. އުރުޖުވާންގެ ލޯ ކަރުނުން ފުރިގެން ދިއުމާއެކު ބޯ ޖަހާލިއެވެ.

" މިއީ ހަމަ އެއް އާއިލާއެއް....އަހަރުމެން އެދެނީ މި އުފާވެރިކަން މިގޮތުގައި ވުމަށް..." އަހަމދު ލޯ ފޮހެލަމުން ބުނެލިއެވެ. މަދީނާ ލުއި ހިނިތުންވުމެއްގައި މީކާއިލްއަށް ލޯ އަޅާލިއެވެ. ރޭގައި އޭނާ މަދީނާ ގާތުގައި އޭނާ އެންމެ ދެކެން ބޭނުންވާ އެއް ދުވަހުގެ ވާހަކަ ދެއްކިއެވެ. އެއީ އާއިޅާ އެންމެން ހަމަޖެހިގެން އެއް މޭޒެއްގައި ތިބެ ކެއުމުގެ ހުވަފެނެވެ. އެދެކުނު ހުވަފެނަކީ ވަރަށް ދިގު ރާސްތާއެއް ކަމުގައި ބެލެވުނަސް މިހާ އަވަހަށް އެ ހުވަފެން ހަގީގަތަކަށް ވެދާނެއޭ ހިތް ނުވެސް ބުނެއެވެ.

" ގެސް ހޫ ޕްލޭންޑް ދިސް ޑިނާ؟" ކެނާން ގެ އަޑު ބަދިގެ ފަރާތުން އިވުނެވެ.

" މަދީނާ..." މީކާއިލް ޝައުގުވެރިކަމާއެކު ބުނެލިއެވެ. މަދީނާގެ މޫނު ވަގުތުން ރަތް އާފަލެއްހެން ދިއްލުނެވެ.

"ކޮބާ...." އުރުޖުވާން ވަށައިގެން ހޯދައިލި ނަބީލާ ގެ މޫނު ފެނުމަށް އެދިއެވެ. އެ ސުވާލުކުރަން ވީ ކިހިނެއް ކަމެއް ނޭނގިފައި ހުއްޓާ ޖުމަލް ފުރިހަމަ ކޮށްދިނީ ނާޝިދުއެވެ.

"މަންމަ؟ނަބީލާ މިހާރު ނިދިފަ....އަދި ދުވަސްކޮޅެއް ނަގާނެ ހަމަޔަކަށް އެޅެން....މިހާރު ހަގީގަތް ކިޔާދެވުމުން ކޮންމެވެސް ވަރަކަށް ހަމަޖެހިފަ ހުރީ..އިންޝާﷲ ލަސްތަކެއް ނުވެ ރަނގަޅުވާނެ ކަމަށް ޑޮކްޓަރުވެސް ލަފާދެނީ...." ނާޝިދު އިނީ އުފާވެފައެވެ.

އަހްމަދު އާއި ނާޝިދު އެމީހުންގެ އަމިއްލަ ވާހަކަ އަށް ގެއްލި ތިބެ ޓީވީ ޖައްސާލި ވަގުތު ޓީވީ އައި ހަބަރުން އެންމނެގެ ލޯ އެދިމާއަށް ހުއްޓުނެވެ.

" ޖައިލަމް ހައްޔަރުކުރީ އޭ....ތީގެ އަޑު ގަދަ ކޮށްބަލަ..." ނާޝިދު އަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ހަޅޭއްލަވައިގަނެވުނެވެ. އެންމެންވެސް ތިބީ އެއީ ހަގީގަތް ކަމުގައި ގަބޫލުނުކުރެވިފައެވެ.

"ޔެސް އައި ނިއު އިޓް...." އުރުޖުވާން އަށް ޖޯޝާއިއެކު ބުނެލެވުނެވެ. އެއީ މާޒިމް އޭނާއަށް ވެފައިވި ވައުދެކެވެ. ދުރުގަިއ ފާރަށް ލެނގިލައިގެނން ހުރި ކެނާން އުރުޖުވާން އަށް ނަޒަރު ހުއްޓައިލަމުން ހިނިތުންވެލިއެވެ.

" އައި ތިންކް މައި ވޯކް ހިއާ އިޒް ޑަން...." ކެނާން ކޮފީ ތަށީން ކޯވަރެއް ދަމައިލިއެވެ.

" ތިބުނީ؟ދަނީތަ؟" ކައިރީގައި ހުރި މީކާއިލް ހައިރާންވެފައި އަހައިލިއެވެ. އޭނަ ވަނީ ކުރިންވެސް ސްކޮލާޝިޕްގައި މައްކާ އަށް ފުރުމުގެ ވާހަކަ ދައްކާފައެވެ. ކެނާން ބޯ ޖަހާލިއެވެ.

" ބުނީމެއްނު...އައި ވިލް ހެލްޕް އެވްރީވަން ފައިންޑް ދެއާ ހެޕިނެސް އޭ...." ކެނާން އޭނާގެ އަޑުގައިވީ ހިތާމަ ފޮރުވަން މަސައްކަތް ކުރަމުން ވާހަކަދެއްކިއެވެ.

" އެކަމަކު އުރުޖުވާން އާއި މާޒިމް؟" މީކާއިލް ކަންބޮޑުވިއެވެ.

"ޓްރަސްޓްމީ....ދެއި ހޭވް ފައުންޑް އީޗްއަދާ....." ކެނާން ޔަގީންކަމާއެކު ބުނެލި ނަމަވެސް މީކާއިލްއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު