"ތިބާގެ ދިރިއުޅުން އޭގެ އެންމެ ފުރިހަމަގޮތުގައި ތަދުބީރުކުރައްވާފައިވަނީ ތިބާ ހެއްދެވި ފަރާތެވެ. އެފަރާތަށް ވަކީލުކުރާށެވެ."

***

" ފަރަހް.....އައިމް ސޮރީ....ހުރިހާ ކަމަކާއި މެދު ވަރަށް ވިސްނައިފިން.....އައި ޓްރުލީ ބިލީވް އިޓްސް ޔޫ އެންޑް މީ އިން ދަ އެންޑް...." އޭނަ ގެ ނަޒަރު ފަރަހްގެ މޫނާއި ވަކިކޮށްނުލައެވެ. ފަރަހް އިނީ ގަނޑުވެފައެވެ. މާޒިމް އެންމެ ރެއަކުން ބަދަލުވީ ކިހިނެއްބާއެވެ.

"ހުރިހާ ކަމަކަށް މަޢާފަށް އެދެން........" އޭނާ ލަފުޒުތައް ކުރިއަށް ގެންދިޔައީ ލަސްލަހުންނެވެ. ވިސްނުންތެރިކަމާއި އެކުގައެވެ. މާޒިމް ބޭނުންވީ ފަރަހް އޭނާގެ ބަހަށް ހެއްލުމަށެވެ. ވީވެސް އެހެންނެވެ. ފަރަހް ގެ ލޯ އުފަލުގެ ކަރުނައިން ތެމިގެން ދިޔައެވެ.

"ރިއަލީ....މާޒް.....އައިމް އައުޓް އޮފް ވޯޑްސް..." ފަރަހް އަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ފުންމައިގަނެވުނީ ކުޑަކުއްޖެއްފަދައިންނެވެ.

"އޯހޯ....ބަލައިގެން ފަރަހް....ބޭބީ އަށް ވެސް ވިސްނަންވާނެ...." މާޒިމް ކަންބޮޑުވީފަދަ ނަޒަރަކުން ބަލައިލިއެވެ. ފަރަހް އަވަހަށް މައިތިރިވެ އޭނާގެ ބަނޑުގައި އަތް ޖައްސައިލިއެވެ. ފިރުމާލީ ވަރަށް ފަރުވާތެރިކަމާއެކުއެވެ. މިހާރު އެ ޑޯނާ ކަންތައް އަވސް ކުރުމަށް އޮތް އަޒުމް ހިތުގައި ގަދަކުރިއެވެ.

" ދެން އެ އުރުޖުވާން؟" ފަރަހް މާޒިމްގެ ހިތުގައިވާ އެއްޗެއް ދެނެގަންނަން ބޭނުންވިއެވެ.

" އައިމް ވެއިޓިންގް ފޯ ހާ ޑެލިވަރީ.....ކޮންމެ ގޮތެއް ވިޔަސް އެއީ މަގޭވެސް ދަރިފުޅު.....އައި ވޯންޓް އަސް ޓު ލުކް އާފްޓާ ދަ ބޭބީ...." މާޒިމް އަށް އެ ލަފުޒުތައް ބުނަން ފަސޭހައެއްނުވިއެވެ. އޮޅުވައިލުގެ ގޮތުންވެސް މެއެވެ. ނަމަވެސް މިވަގުތު ފަރަހް ގެ އިތުބާރު ހޯދުމުގެ ގޮތން އެ މޭރުމުން ވާހަކަދައްކަން މަޖުބޫރުވީއެވެ.

"މާޒް ފެމިލީ އަދިވެސް އެހާ އެޕްރޫވް ކުރާހެނެއް ހެން ހިޔެއްނުވޭ.....މަދީނާވެސް ހާދަ ބަދަލުވެއްޖެޔޭ..އެ އުރުޖުވާންގެ ވިހަ....ވަރަށް އެކްސްޓްރީމް މީހެއް އަސްލު....ބަލާލަ މަދީނާއަށްވެސް އައިސްފާ ހުރި ބަދަލު....ގަޔަށް ދޫ ބޮޑު ގޯނި ހެދުމާއި އެހާ މސުްކުޅި ބޮޑު ބުރުގާ. މާމަގަނޑެއްހެން ހީވަނީ......" ފަރަހް އޭނާގެ ހިތުގައި ހުރި ހުރިހާ އުދާހެއް ބޭރުކުރިއެވެ. މާޒިމް އަށް އަޑުއަހަން އުނދަގޫވެ އެތައް ފަހަރަކު އޭނާގެ މުށަށް ބާރުކޮށްލެވެއެވެ.

" އެމީހުން އެމީހުންނަށް ދުކޮށްލަމާ.....އައި ޑޯންޓް ވޯންޓް އެއްވެސް މީހެއް...ހަމަ ފަރަހް އެކަނި....މަންމަވެސް ބެޓާ ސްޓޭއި ވިތް ދެމް....ފަރަހް ބަނޑުބޮޑުވީމަ ނުލާހިކު ބަލައިގެން އުޅެންވެސް ވާނީ...ވި ކޭން އޯލްވޭސް ވިޒިޓް ހާ އެނީވޭއި...." މާޒިމް ހަމަޖައްސާލިއެވެ. ފަރަހް އަށް އޭނާގެ ސަމާލުކަންދޭން ބޭނުންވާ މިންވަރު ދައްކާލަދިނެވެ.

" ލެޓްސް ގޯ ދޯ....ޗެކްއަޕް އަށް ދެމީހުން....މިއަދު ސްކޭން ވެސް ނުކޮށެއް ނު ތި އައީ....ހިނގާ ދާން ދެމިހުން އެކީ...." މާޒިމް ކާރު ދުއްވާލަމުން ބުނެލި ލަފުޒުތައް އިވި ފަރަހް ހާސްވިއެވެ. އޭނަގެ ހެދީ ދޮގެއްކަން މާޒިމް އަށް އނެގޭ ވަގުތު މިހުރިހާ އުފަލެއް ބިލާހަކަށް ވެދާނެ ކަމާއި މެދު ކުޑަވެސް ޝައްކެއް ނެތެވެ.

"އަ....މަ...މާޒް...މިއަދަކު ނޫން...އެހްނެ ނޫނަސް މައި ޑޮކް މިއަދު ވަރަށް ބިޒީ....އައި ވޯންޓް އަ ރެސްޓް ޓުޑޭއި...ޕާޓީ ވަރަށް ސްޓްރެސްފުލް.....ބައްޕަ ވެސް އެ އުޅުނު ގޮތެއް ދޯ ދެން...." ފަރަހް ބުނެލީ މާޒިމް ގެ މޫނަށް ބަލަިއލަމުންނެވެ.

"ކީއްވެ އެހާ ހާސްވީ.....އާ ޔޫ ހައިޑިން ސަމްތިންގް...." މާޒިމްގެ ރާގު ސީރިޔަސްވިއެވެ. އޭނަ ކާރު ބުރަކި ޖައްސާލައި ފަރަހް އަށް މޫނު ނަޒަރު ހުއްޓައިލިއެވެ.ެ ފިނި ބެލުމުން އޭނަގެ މުޅި ހަށިގަނަޑަށް ފިނި ހީއެއް ވަނެވެ. އޭނާގެ ހުރިހާ ސިއްރެއް މާޒިމްއަށް ހާމަވެއްޖެކަމަށް ހިތް ބުނަމުންދިޔައެވެ.

" މި ބުނީ....... ބައްޕަ އެއްޗެކޭ ބުނީތަ؟" މާޒިމް ލޮލުގައި އޮތް އައިނު ނަގާލުމަށް ފަހު އަހާލީ މަޑު މަޑުންނެވެ. މާޒިމް ގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ފަރަހް އަށް ގެޔަށް ދިޔުމުން ލިބޭނީ ބޮޑު ހައިރާންކަމެެއްކަން އޭނާ އަށް ރޭކާނުލާތީ ވާ އުފަލެވެ.

" ދެން ބައްޕަވެސް އެ އުޅޭ ގޮތަކުން މިބުނީ...ދެން ޔޫ ނޯ އެއްނު ކިހާ ޓަޔަރިންގް ކަން އަދި ރޭގަ....އައި ޑޯންޓް ނޯ ހޭވް ބީން ފީލިން ވެރީ އޮޑް...." ފަރަހް ކާރު ސީޓު ތިރިކޮށްލަމުން ހަށިގަނޑު ދަމާލިއެވެ.

" ޔާ...އެހެންވީމަ ގެޔަށް ދާނީ...." މާޒިމް އޭނާގެ ގަޑިޔަށް ނަޒަރު ހިންގާލާފައި ކާރުގެ ދުވެލި ބާރުކޮށްލިއެވެ. ދިޔަ މަގުމަތީގައި ފަރަހް ގެ ލޯ ހުރީ ވަކިނުވެ މާޒިމްގެ މޫނަށް ހުއްޓިފައެވެ. މިއީ ހަމަ ހުވަފެނެއްހެއްޔެވެ؟

" މޭއިބީ ދިސް އިޒް ސިހުރު.........." ފަރަހްއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ.

" ސިހުރު؟" މާޒިމް މަޖާ ހިނިގަނޑެއް ޖަހައިލިއެވެ.

" ފަނީ ދޯ.....އައި ވޯޒް ބީންގް ފަނީ...ދެން އެ ފާޑު ފާޑު އެއްޗިހި މީހުން ގަބޫލުކުރާތީވެސް ވަރަށްމަޖާ....ސައިކޯ ޕީޕަލް..."ފަރަހް އޭނަ މަޖަލަކަށް ބުުނި އެއްޗެއްކަމަށް ދައްކަން މަސައްކަތްކުރިއެވެ. މާޒިމް އަށް ހެވުނީ އޭނަ އެބުނިފަދަ ސައިކޯ މީހުންގެ ތެރޭގައި ފަރަހްވެސް ހިމެނޭތީއެވެ. ގެޔާއި ހަމަޔަށް ފޯރި ވަގުތު މުޅި ތަނުގައި ހިފާލާފައިވީ ޕޮލީސް ޖީޕުތަކުގެ އަޑެވެ. އަދި ގޭޓު ވަށާލައިގެން ވެސް ފުލުހުން ހާޒިރުވެ ތިއްބެވެ. އެކި މީޑިއާތަކުގެ ޖާނަލިސްޓުން ބޮޑެތި ކެމެރާތައް ހިފައިގެން ތިބިގޮތުން ކޮންމެވެސް ބޮޑުކަމެއް ވެގެން އުޅޭކަން އެނގުނެވެ. ފަރަހް ގެ ހިތް ބާރަށް ތެޅިގަތެވެ.

"މި ކޮން ކަމެއް....." މާޒިމް ނޭނގޭ ކަމަށް ހެދުނަސް އޭނާ އަށް ހުރިހާ ހަގީގަތެއް އެނގެއެވެ. ޕޮލިހަށް މައްސަލަ ހުށަހަޅައި ހެކި ދިނީ މާޒިމްގެ ރޭވުމުގެ މަތީންނެވެ.

" ޑޭޑް؟.....ވަޓް އޮން އާތް....ދެއި އާ ޓޭކިން ހިމް އިން ކަފްސް....އެވެސް ޕިޖާމާގައި...ވަޓް ދަ...." ފަރަހް އަށް ކާރުގައި ހިމޭނުން އިނދެވުނީ އެއް ނޫނެވެ. ކެމެރާތަކުގެ ފްލޭޝް ކެނޑެމުން ދިޔައީ އޭނާގެ ބައްޕަގެ މޫނަށެވެ. އެތައް ސުވާލުތަކެއް އޭނާ އާއި ކުރިމަތިވަމުންދިޔައިރު ޖައިލަމް ހުރީ ލަދުން އިސް ޖަހާލައިގެންނެވެ. ފަރަހް ކާރުން ފޭބުމަށް އަވަސްވެގަތެވެ.

"ފަރަހް...ފަރަހް..." މާޒިމް ބާރަށް ގޮވައިލިއެވެ. ހަގީގަތުގައި އޭނާގެ މަގުސަދަކީ ފަރަހް ކާރުން ނިކުމެ އެ މީހުންނާއި ކުރިމަތިލުމަށެވެ. މާޒިމް ބޭނުންވީ ފަރަހް ވެސް ލަދުގައި ބެދުމަށެވެ.

***

" ވަޓްސް ވިތް ޔޫ އެންޑް ހާ...." އުރުޖުވާން ގެ ރާގުން މީކާއިލްގެ މޫނު ރަތްވިއެވެ. ދިފާއުގައި ބުނާނެ އެއްޗެއް ވިސްނުމަކަށް ނައެވެ.

" ނަތިންގް...އައި މީން.... ނޭގޭ...." މިކާއިލް ފަސްޖެހުނެވެ. އުރުޖުވާންގެ ހިނިގަނޑުފަޅައިގެންދިޔައެވެ. މިކާއިލްގެ މޫނު މަތި ހުޅުވުފައިވާ ފޮތެކޭ ތަފާތެއްނެތެވެ. އޭނައަށް ހުރިހާ ކަމެއް ސާފުވިއެވެ. ގެޔަށް ދެވެންދެން އުރުޖުވާން ދިޔައީ މީކާއިލް އާއި ދިމާކުރަމުންނެވެ.

" އަޅެ މިއަދު އިރުއެރީ އަނެއްކާ ރަނގަޅު ފަޅިންބާ....މިހާ ގައިގާ ވަރުޖެހިފައި ހުރި ދުވަހެއް ނުދެކެން...."މީކާއިލް ކާރު ޕާކުކޮށްލަމުން ބުނެލީ ދިމާކުރާފަދަ ގޮތަކަށެވެ. އުރުޖުވާންގެ މޫނުމަތިން ފެންނަނީ އާދަޔާ ޚިލާފު އުފަލެކެވެ. ދުނިޔޭގެ ހުރިހާ އުފާތަކެއް ފަސްބަޔަށް އެޅިފައިވާފަދައެވެ.

" ސުބްޙާނައްﷲ...ގެޔަށް އާދެވުނީ ދޯ.....ބައްޕަ....ގޭގަތަ ހުރީ...." އުރުޖުވާން ބިރުގަތެވެ. ބައްޕަ އާއިކުރިމަތިލާނެ ހިތްވަރެއް އޭނަގެ ނެތެވެ.

"ގޭގަ ހެއްޔޭ؟ބައްޕަ އެހެރީނު އިސްތިގްބާލުގަ....."މީކާއިލް ފުން ނޭވާއެއް ދޫކޮށްލީ ބައްޕަ ބުނެފާނެ އެއްޗަކަށް އަމިއްލަ ނަފްސު ތައްޔާރުކުރުވުމަށެވެ.

" ސުބްޙާނައްﷲ....ގޭ ބަންދު ޖަހާނެ މިއަދު....." އުރުޖުވާން ބުނެލި ގޮތުން މީކާއިލް އަށް ހެވުނެވެ. އުރުޖުވާން އިސްޖަހާލައިގެން ހުރެ އުދަގުލުން ފިޔަވަޅުތައް ކުރިއަށް އެޅިއެވެ. މީކާއިލް އޭނާއަށް އެހީތެރިވިއެވެ.

" ޑޯންޓް ވޮރީ...އައިމް ހިއާ....ބައްޕަ އެއްޗެއް ބުންޏަސް އެހާ އަޅާލާ އެއްޗެއް ނޫން...ޔޫ ޑިންޓް ކޮމިޓް އަ ސިން....ޔޫ ވާ ވިތް ޔޯ ހަޒްބެންޑް...." އުރުޖުވާން ގެ ގަނޑުފެންކޮޅެއްހާ ފިނި އަތްތިލައަށް ފިތައިލަމުން މީކާއިލް ހިތްވަރުދިނެވެ.

" އާދެވުނީ ދޯ...." އަހްމަދު ބުނެލީ ހަރުކަށި އަޑަކުންނެވެ. އުރުޖުވަން ގެ ފައި ބިންމަތީގައި ހަރުލިއެވެ. ލަދުން ހުރި ވަރުން ބައްޕަގެ ކައިރިން ހިނގާފައި ދާން ފަސްޖެހުނެވެ.

" އުރޫޖް..." ބަގީޗާ ތެރެއިން ގޮވާލީ މެހެކް އެވެ. މީކާއިލްގެ ލޮލުގެ ވިދުން ގަދަވިއެވެ.

***

ފަރަހް ކާރުން ފޭބުމާއެކު ނޫސްވެރިން އޭނަ ކައިރިއަށް ބޮނޑިވެގަތެވެ. ޖައިލަމްއާއި ދިމާއަށް ދާން މަސައްކަތް ކުރިނަމަވެސް ދެވޭ ގޮތެއް ނުވީ މީހުން އޭނަ ވަށައިލުމުންނެވެ. ބިޑި އަޅުވާފައި ހުރި ޖައިލަމް ޕްލީސް ޖިޕަށް ލީ އިރު ފަރަހް އަށް ބަލަން ހުރެވުނެވެ. އޭނަގެ ކަންފަތަށް އެތައް ވާހަކަތަކެއް އިވުނެވެ. ޖައިލަމް މީހަކު މަރާލަން ގަސްތުކުރި ވާހަކައެވެ. އޭނަގެ އަތުގައި އޮތް ފިސްތޯލަކީ ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައިވާ އެއްޗެެއް ކަމަށެވެ. އަދި އޭނަގެ ގެ ބަލާ ފާސްކުރުމުގަިއ އެތައް ބާވަތެއްގެ މަސްތުވާތެކެއްޗެއްވެސް ފެނިފައިވާ ކަމަށެވެ. ފަރަހް އަށް ހީވީ އޭނާގެ މުޅި ދުނިޔެ އެނބުރުނު ހެންނެވެ. ފަރަހް މީހުންގަނޑުގެ ތެރެއިން ސަލާމަތްވެގެން ގެއަށް ވަނުމަށް އުނދަގޫ ވުމުން އަނެއްކާވެސް އެރީ ކާރަށެވެ.

" ޕޮލިސް ސްޓޭޝަނަށް ދޭ..." ފަރަހް ކުރީ އަމުރެކެވެ. މާޒިމް އަށް ހެވޭގޮތްވިއެވެ. ހުނުންގަނޑު ހިފަހައްޓާލުމަށްފަހު މޫނުމައްޗަށް ވެރިކުރުވީ ހާސްކަމާއި ކަންބޮޑުވުމުގެ ކުލަވަރެވެ.

"ހޫ ޑެއާ ފައިލް ސަޗް އަ ކޮންޕްލެއިންޓް....ޔަގީން މިއީ މި އުރުޖުވާން ކަމެއްކަން... މިހާރު މާޒް ނުލިބުމުން ހާވާ ހަޑި....." ފަރަހް ރުޅިގަވަދެން ގޮސް މޮޔަވާވަރުވިއެވެ. އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. އޭނާގެ އެންމެ ބޮޑު ފިކުރަކީ މިހުރިހާ ކަމެއްގެ ތެރޭގައި އޭނާ ބެދިދާނެތިއެވެ. ތަހުގީގު ކުރުމުގެ ތެރޭގައި އޭނާގެ ކުށްތައް ފަޅާއަރާފާނެ ކަމަށްޓަކައެވެ. ފަރަހް ގެ ފޯނު މެދު ކެނޑުމެއްނެތި ރިންގު ވަމުންދިޔައީ ދަންނަ އެކި މީހުންގެ ކޯލުތަކުންނެވެ.

" އައިމް ގޮނަ ގޯ މޭޑް..." ފަރަހް އަށް އަޑުކޮޅަށް ހަޅޭއްލަވައިގަނެވުނެވެ.

"މާޒް ޕްލީޒް ސޭވް އަސް....ގިވް ޔޯ ސްޓޭޓްމެންޓް..." ފަރަހް އެދުނީ މާޒިމް އެނާގެ ބައްޕަގެ މައްޗަށް ދޮގު ބަޔާން ދިނުމަށެވެ.

" ތިބުނީ.....އެ ދިނަކަސް ކިހިނެއް....ދެއި ހޭވް ވެލިޑް ޕްރޫފް....އެހެން ނޫނަސް އިފް ވީ އިންވޯލްވް އަވާސެލްވެސް އިޓް ވިލް ގެޓް ކޮމްޕްލިކޭޓެޑް....ވީޑިއޯ ފޫޓޭޖް ތަކެއް ލިބުނު ވާހަކަވެސް ދެއްކިއެއްނު..." މާޒިމް ގެ ޖަވާބުން އޭނަގެ ގެ ހިތުގެ ތެޅުން އިތުރުވިއެވެ. އެ ފިސްތޯލަ ޖައިލަމް އަތަށް ދިނީ އޭނާއެވެ. ވީޑިޔޯ ފުޓެޖްއަށް އޭނާ އަރާފައި ހުރުމަކީ އެކަށީގެންވާކަމެކެވެ. އޭނަގެ ހާސްކަމާއި ބިރުވެރިކަން އިންތިހާއަށް އިތުރުވިއެވެ.

"ސްޓޮޕް ދަ ކާރ....."ފަރަހް އެންގީ ވަގުތުން ކާރު މަޑުކުރުމަށެވެ. އޭރު އޭނަގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. އަދި އިސްތަށިގަނޑުގެ ތެރެއަށް އަތް ލަމުން ހަޅޭއްލެވިއެވެ.

"އައި ފީލް ލައިކް އައިމް ގޮއިންގް މޭޑް....." ފަރަހް ތަކުރާރުކޮށް ކިޔަމުން ދިޔައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު