"މުސްލިމަކަށްވުމަކީ އެންމެ ބޮޑު ނިއުމަތެވެ. ﷲގެ ގަދަރަށް ރުހި ވަކީލުކޮށް އެފަރާތާއި އޮތް ގުޅުން ވަރުގަދަ ކުރަން މަސައްކަތްކުރާށެވެ.ފަހި ވިސްނުން ހުރުން، ބޭކާރު ޚިޔާލުތަކުން ދުރުވުން، ތަންކޮޅެއް ސާދާ ދިރިއުޅުމެއް ޚިޔާރުކުރުން، އެހެން މީހުންގެ ޒާތީ މައްސަލަތަކުގެ ތެރެއަށް ނުވަނުން، ޝުކުރުވެރިވުން އަދި އަމިއްލަ ނަފުސްދެކެ ލޯބިވުމަކީވެސް ދިރިއުޅުން އުފާވެރިކޮށްދޭ ކަންތައް ތަކެވެ.

***

"ފަރަހް؟.... މިތާ؟" އެއީ ދަންނަ ޑޮކްޓަރެއްގެ އަޑެވެ. އޭރު ފަރަހްގެ މޫނުން ދާތިކިތައް ވިދަ ވިދާ ހުއްޓެވެ. ޑޮކްޓަރު ފަރަހް އަށް އަތް ދިއްކޮށްލީ ތެދުވަން އެހީތެރިވުމަށެވެ.

" ކިހިނެއް ފަހަދް މިތާވީ؟.... ޓެލްމީ...ހައު އިޒް ހިޒް ބޮޑީ ހިއާ..." ފަރަހް އަމުރުވެރި ރާގުގައި ސުވާލުކުރިއެވެ. ޑޮކްޓަރުގެ މޫނުގެ ކުލަވަރުން ފަރަހް އިތުރައް ރުޅިގަދަވިއެވެ.

"ނޭނގޭ ކަމަށް ހެދެނީތަ؟...ބުނޭ...." ފަރަހް ގެ ސިކުނޑި ޝައްކާއި ވަހުމުން ފުރުނެވެ.

" މިސް ފަރަހް....ނޭނގޭ ތި ދައްކާ ވާހަކައެއް، ކޮން ފަހަދް އެއް..ކޮން ތާކު؟" ޑޮކްޓަރ އެތަނުގައި ހުޅުވާފައި ހުރި އަލަމާރީގެ ތެރެއަށް ބަލައިލުމަށްފަހު ލޯކުޑަކޮށްލިއެވެ.

"މީގަ ނުވެސް ނެތް އެއްވެސް ބޮޑީއެއް...އެހެން ނޫނަސް މޯޗަރީ އަށް ވަނީ ކީއްކުރަން....އިޓްސް އޯލްވޭސް ބޭޑް ވައިބްސް ހިއާ..." ޑޮކްޓަރު ހީލަމުން ބުނެލީ ސަމާސާ ރާގެއްގައެވެ. ފަރަހް އަށް ގަބޫލުނުކުރެވި ގުންފައި ޖަހާފައި ކައިރިއަށް އައެވެ. އެއީ ހަގީގަތެއްތޯ ބެލުމަށެވެ. ހަގީގަތުގަވެސް އެ އަލަމާރި ތެރެއަކު ފަހަދް ގެ ހަށިގަނޑެއް ނެތެވެ. ނަމަވެސް އޭނާގެ ލޯ ދޮގެއް ނަހަދާނެކަން ފަރަހް އަށް ޔަގީނެވެ. އޭނައަށް ފަހަދް ފެނުނީ އެހާވެސް ސާފުކޮށެވެ.

"ނޯ އައި ކާންޓް ބިލީވް....އައި ސޯ ހިމް...ހަމަ އަސްލުވެސް ދުށިން..." ފަރަހް އެތަނުގެ ހުރިއްޔާ ހުރި ހުރިހާ ހަށިގަނޑުތަކެއް ބެލި އިރުވެސް އޭރު އޭނައަށް ފެނުނު މޫނާއި ވައްތަރު މޫނެއްވެސް ނުފެނުމުން ގައިން ހީބިހި ނަގާގޮތްވިއެވެ.

" މޭއިބީ ޔޯ މައިންޑް އިޒް ޕްލޭއިންގ ވިތް ޔޫ...މާ ބޮޑަށް ބިރުގަތީމަވެސް އެހެންވެދާނެ....މޯ ލައިކްލީ ޓު ސީ ޔޯ ބިގެސްޓް ފިއާސް...ދޯ..." ޑޮކްޓަރު އެހާ ހަމަޖެހިލައިގެން ހުރެ ވާހަކަ ދައްކާތީ ފަރަހްގެ ރުޅި އިތުރުވިއެވެ. ހިތުން އަލިފާން ކަނި ބުރައިދާނެހެން ހީވިއެވެ. ތުން ދަމާލާފައި އިސްތަށިގަނޑަށް އަތް މަހާލަމުން ފުން ނޭވާ އެއް ދޫކޮށްލީ ހިތުގެ އަލިފާން ނިވާލުމަށެވެ.

"ފައިން...މޭއިބީ އައިމް ޖަސްޓް ޓަޔާޑް....ލެޓްސް ގެޓް ޓު ބިޒްނަސް....ކޮބާ ޑޯނާ...މިއަދު ޓްރާންސްފާ ކުރެވޭނެތަ؟" ފަރަހް އަވަސް އަރުވާލާފައި އެހިއެވެ. ޑޮކްޓަރު އެތަނުން ނިކުންނަން ދޮރު ހުޅުވާލަދެމުން މަގު ދެއްކީ އެހެން ކޮޓަރިއަކާއި ދިމާއަށެވެ.

" އާ ޔޫ ޝުއާ ޔޫ އާ އަ ޑޮކްޓަރ؟ތިހާ ފަސޭހައިން ވާކަމެއް ނޫނޭ މިއީ...ޔޫ ނީޑް ސަމް ޕޭޝަންސް ޓޫ...." އޭނާ ލޯ އަޅާލިއެވެ. ފަރަހް ރުޅި ގަދަވިޔަސް ތުންފަތަށް ގަދަކަމުން ނަމަވެސް ހިނިތުންވުމެއް ވެރިކުރުވިއެވެ. ދުލުން ބޭރުކޮށްލަން ހިތް އެދުނު ކިތަންމެ ލަފުޒެއް ދިރުވައިލިއެވެ. ހާލަތުގެ ގޮތުން މި ޑޮކްޓަރާއި ދިމާލަށް ބޭނުންހައި އެއްޗެއް ކިޔުމުގެ ފުރުސަތެއްވެސް ނެތުމުންނެވެ. ތިމާއަށް އާރާއި ބާރު ލިބިފައިވިޔަސް އެހެން އިންސާނުންނަށް ބަރޯސާ ނުވެ އުޅެވޭނެ ގޮތެއް ނޯވެއެވެ.

" އެނީ ރީސެންޓް ޕްރެގްނަންސީސް، މިސްކެރީޖެސް؟" ޑޮކްޓަރު ގެ ސުވާލުން ފަރަހް ސިހޭގޮތްވިއެވެ.

" ތިހުރިހާ އެއްޗެއް ނުބެލިޔަސް އޯކޭ ވާނެ...އައިމް ގުޑް ޓު ގޯ...." ފަރަހް ޖެހިލުންވިއެވެ. ނަމަވެސް ޑޮކްޓަރު އޭނާގެ ސިއްހީ ރެކޯޑުތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރުމަށް ބާރުއަޅަމުން ގެންދިޔައެވެ. ފަރަޙް ޖެހިލުންވެފައި ހުރި ނަމަވެސް، އެންމެފަހުން ބޭނުންވާ ހުރިހާ މަޢުލޫމާތެއް ހާމަކުރިއެވެ. އެވަގުތު ޑޮކްޓަރަށް އިމަޖެންސީ ކޯލެއް އައުމާ ގުޅިގެން، އޭނާ މަޢާފަށް އެދިފައި ދާން ހިނގައިގަތެވެ. ފަރަޙް ނުރުހުމާއެކު އެތަނުން ނިކުތެވެ. ނަމަވެސް، އިތުރު ކޮންސަލްޓޭޝަނަކަށް އައުން ފިޔަވައި އެހެން ގޮތެއް އޭނާއަކަށް ނެތެވެ.

"ބޭކާރު ދުވަހެއް....އައި ފީލް ލައިކް ކިލިންގް ސަމްވަން އައި ސްވެއާ..." ފަރަހް އެ ތަނުން ނިކުތީ ތުންތަޅުވަމުންނެވެ. ހޮސްޕިޓަލުން ނިކުމެގެންގޮސް އޭނަގެ ކާރަށް އެރުމުގެ ކުރީން ފަހަތުން ކާރެއްގެ ބަރުގޮނު އަޅާލިއެވެ. އޭނަ އެނބުރި ބަލައިލިއިރު އެއީ މާޒިމް ފިޔަވާ ދެވަނަ މީހެއް ނޫނެވެ.

" މާޒް މިތާ....ވަޓް ދަ...." ފަރަހް ގެ ނިތުން ދާހިއްލިއެވެ.

" ކޭމް ޓު ޕިކް ޔޫ އަޕް..." މާޒިމް ކާރުން ފައިބަމުން އަވި އައިނުން ލޯ ފޮރުވައިލިއެވެ. ފަރަހް އަށް އެއީ މާޒިމް ކަމުގައި ގަބޫލުކުރަންވެސް ދަތިވިއެވެ. އޭނަ އަށް ޖެހުނީ ކޮންފަދަ ސިހުރެއް ހެއްޔެވެ؟

" ކިހިނެއްވީ....އައި ކޯލްޑް ޔޯ ޑޭޑް...ބުނި ސްކޭންއަކަށް ދިޔަ ވާހަކަ....ކީއްވެ އެކަނި އައީ؟އޭމް އައި ނޮޓް ދަ ފާދާ އޮފް ޔޯ ޗައިލްޑް...." މާޒިމް ހަށިގަނޑު ސީދާ ކޮށްލަމުން ކާރުގެ ކުރީ ސީޓު ދޮރު ހުޅުވާލަދިނީ ފަރަހް އަށް އިށީނުމަށް ދައުވަތު ދެމުންނެވެ.

***

ދުރުގައި ޕާކު ކޮށްފައި އޮތް ކާރުގައި އިން އުރުޖުވާންގެ ނަޒަރު ހުއްޓިފައިވަނީ އެ މަންޒަރަށެވެ. މީކާއިލް ކާރު ދުއްވާލަން އުޅޭ ކޮންމެ ފަހަރަކު އޭނާ ހުއްޓުވައެވެ.

"މަޑު ކޮށްބަލަ މީކާ....ރަނގަޅަށް ނުވެސް ފެނޭ...ޔަގީން ދޯ ޝީ ކާންޓް ސީ މީ...." އުރުޖުވާން ލޯ ހިމަކޮށްލައި އަތުން ދުރުމީ އަޅާލިއެވެ.

"ސާބަހޭ....އެތަނަށް ލައިދީފާނަން އޭރުން ރީއްޗަށް ފެންނާނެ..." މީކާއިލް ގެ ރާގުގައި ހުރީ ސަމާސާ ގޮތެކެވެ. އުރުޖުވާން ޗުސް ކަނޑާލުމަށް ފަހު އަވަހަށް އެތަނުން ދާން މިކާއިލް އަށް އެންގިއެވެ.

" އަންހެނުންނަކީ ވަރަށް ތަފާތު ބައެއް ދޯ ދެން...ވަރަށް ޖެލަސް ބައި ބޮޑު...." މީކާއިލް ބޭނުންވީ އުރުޖުވާން އާއި ދިމާކޮށްލުމަށެވެ.

"ހޫން...މީކާ ތިއީ އެންމެ ޖެލެސް ނުވާ މީހާ ދޯ....." އޭނަ ލޯ އަޅާލިއެވެ. އެވަގުތު އުރުޖުވާން އަތުގައި އޮތް ފޯނު ރިންގު ވާން ފެށިއެވެ.

" ފޯނެއްވެސް ގެންގުޅެނީތަ؟އާ ޔޫ އެންޑް މާޒް ބެކް ޓުގެދާ؟" މީކާއިލް ސުވާލުނުކުރަން ހުއްޓަސް ކެތެއްނުވިއެވެ.

އުރުޖުވާން ސިހޭގޮތްވިއެވެ. އޭނަ އެކަން ދޮގުކުރިއެވެ. މާޒިމްއާއި ދެމީހުން ރާވާފައިވަނީ އެއްވެސް މީހަކަށް އެ ދެމީހުންގެ ގުޅުން ރަނަގޅުވެފައިވާ ކަން ނޭންގުމަށެވެ. ފަރަހް ގެ ހުރިހާ ދޮގުތަކެއް ފަޅާއަރުވާލާފައި ނޫނީ އެއްވެސް މީހަކަށް ހަގީގަތް ނާންގަން ދެމީހުންވެސް ވީ ވައުދެވެ. މީކާއިލް އަށް ހެވުނެވެ. އުރުޖުވާން އަށް ދޮގު ހަދަން ނޭނގޭކަން އޭނާގެ މޫނު މަތީން ފާޅުވިއެވެ.

" އެހާ ފަސޭހައިން ގެއްލިފައި ވާ އިތުބާރު އަނބުރާ ލިބޭނެތަ؟އިޓްސް ނޮޓް ދެޓް އީޒީ....މަދީނާ ގެ ހަބަރެއްވިތަ؟ޑޫ ޔޫ ހޭވް ހާ ނަންބާ...ނަންބަރު އިނިއްޔާ ކިޔާބަލަ...." އުރުޖުވާން މައުޟޫ އޮޅުވައިލިއެވެ. މަދީނާ ގެ ވާހަކަ އަހައިލުމާއެކު މީކާއިލްއަށް ކާރުގެ ބުރަކި ބާރަށް ޖައްސާލެވުނެވެ. އޭނާ ރޭގައި މަދީނާ އަށް ގުޅައިގެން އެތައް ވާހަކަ އެއް ދައްކަން އިނީ ލޮލު ފިޔަވެސް ޖަހާނުލައި އެހާވެސް ފޫހިކަމެއް ނެތިއެވެ. މަދީނާ ނިދިގެން ވެއްޓުނީވެސް ވާހަކައިގާ އިންދައެވެ. އެކަން ހަނދާންވުމާއެކު މީކާއިލްގެ ލޯ ބޮޑުވިއެވެ. އަމިއްލަ ނަފްސުވެސް ލަދުގަތެވެ.

" އޯ ހެލޯ.....ކިހިނެއްތި ހެދީ.....މަދިނާ އޭ ބުނިމަ ހާޓްއެޓޭކެއް ޖެހުނީތަ؟" އުރުޖުވާން ދިމާކޮށްލަމުން ހީގަތެވެ. މިއިން ދުވަހަކުވެސް އޭނާގެ ތުންފަތަށް ވެރިނުވާފަދަ ހިނިތުންވުމާއި އުޖާލާކަން އެ މޫނު މަތި ފަޅުފިލުވާލަދިނެވެ. މިކާއިލް އޭސީގެ ފިނި ގަދަކޮށްލިއެވެ. އަދި ފޯނު ނަގާ ނުލައި މަދީނާގެ ނަންބަރު ހިތުން ކިޔާލިއެވެ. ފޯނު ހުޅުވަންވެސް މީކާއިލް ޖެހިލުންވިއެވެ.

" ރިއަލީ...ހިތުދަސްކޮށްފަ..." އުރުޖުވާން ހައިރާންވިއެވެ. އަދި މަދީނާ އަށް ގުޅާލިއެވެ. މަދީނާ ފޯނު ނަގަން ހިނދުކޮޅެއްވެސް ނުނަގައެވެ. މިކާއިލް ބޯ ހަލުވާލީ ނުދަންނަ ނަންބަރަކުން ގުޅާލާ އިރަށް އެހާ ފަސޭހައިން މަދީނާ ފޯނު ނެގީތީއެވެ.

" ނުދަންނަ ނަންބަރުން ގުޅާހާއިރަށް މީހުން ފޯނު ނަގާތަ..." މިކާއިލް ބުނެލީ އުރުޖުވާން އަށް އަދި ވާހަކަ ދައްކަން ނުވެސް ފެށެނީހެވެ.

"މީކާ؟" ފޯނު ވީ ސްޕީކަރުގައި ކަމުން މަދީނާ ގެ ސިހުމުގެ އަޑު އިވުނެވެ.

"ނޫން އުރޫޖް މިއީ...މީކާ އިޒް ޑްރައިވިން...އެ ތެދެއް އެހާ ފަސޭހައިން ނުދަންނަ ނަންބަރުން ގުޅިމަ ފޯނު ނަގާތަ މީހުން.." އުރުޖުވާން އެއްބައިވެލިއެވެ. މަދީނާ ހިނދުކޮޅަކަށް ހިމޭންވިއެވެ.

" ވައި ނަތިންގ ޓު ސޭއި.....ނިދުނީތަ އަނެއްކާ..." ޖެއްސުމުގެ ރާގުގައި މިކާއިލް ބުނެލިއެވެ. އުރުޖުވާން ހައިރާންވީ މީކާއިލް ގެ މޫނަށް އަރާ ކުލަވަރުތައް ފެނިއެވެ.

" ނޫނޭ...އައި ސްލެޕްޓް ސޯ ވެލް ލާސްޓްނައިޓް...ލައިކް އަ ބޭބީ....." މަދީނާ ހެމުން ބުނެލީ މީކާއިލް ރުޅި އަރުވާލުމަށެވެ. އުރުޖުވާން އަށް ނޭނގޭ ކަމެއް އެ ދެމީހުން ދޭތެރޭގައި ވާކަން އިހުސާސް ކުރެވުނެވެ. އުރުޖުވާން އޭނާގެ ނަންބަރު މަދީނާ ގާތު ފޯނުގައި ސޭވްކުރުމަށް އެދެމުން ފޯނު ކަނޑާލިއެވެ. އަދި މިކާއިލް އަށް އެނބުރި ލޯ އަޅައިލިއެވެ.

" ވަޓްސް ވިތް ޔޫ އެންޑް ހާ...." އުރުޖުވާން ގެ ރާގުން މީކާއިލްގެ މޫނު ރަތްވިއެވެ. ދިފާއުގައި ބުނާނެ އެއްޗެއް ވިސްނުމަކަށް ނައެވެ.

" ނަތިންގް...އައި މީން.... ނޭގޭ...." މިކާއިލް ފަސްޖެހުނެވެ. އުރުޖުވާންގެ ހިނިގަނޑުފަޅައިގެންދިޔައެވެ. މިކާއިލްގެ މޫނު މަތި ހުޅުވުފައިވާ ފޮތެކޭ ތަފާތެއްނެތެވެ. އޭނައަށް ހުރިހާ ކަމެއް ސާފުވިއެވެ.

***

އިންޖީނުގެ އަޑު މަޑުމަޑުން ކެނޑިގެން ގޮސް، އެ ހިމޭން ތަނުގެ ހަމަޖެހުމާ އެކުވިއެވެ. ދުނިޔެ ހުއްޓިފައިވާ ފަދައެވެ. ހެނދުނުގެ އަލިކަމާއި، ނާޒުކު ހަމަހިމޭންކަމުގައި ބަންދުވެފައިވާ ކަހަލައެވެ. މާޒިމް ފުން ނޭވާއެއް ދޫކޮށްލިއެވެ. ފަރަހް އާއި ދިމާލަށް އެނބުރުނު އިރު އޭނާގެ ލޮލުގައިވި ޝުއޫރުތައް ފުންވެފައި ސިއްރުވެރިއެވެ. އެ ސިކުނޑީގައި ހިނގަމުންދާ ކަމެއް ދެނެގަންނަން ފަރަހްއަށް ނުކުޅެދުނެވެ. އޭނަ ހައިރާންވީ ހޫނު އަދި އުޖާލާ ހިނިތުންވުމެއް މާޒިމްގެ ތުންފަތަށް ވެރިވުމުންނެވެ. އޭނާ ފަރަޙްގެ އަތުގައި ހިފިއެވެ.

" ފަރަހް.....އައިމް ސޮރީ....ހުރިހާ ކަމަކާއި މެދު ވަރަށް ވިސްނައިފިން.....އައި ޓްރުލީ ބިލީވް އިޓްސް ޔޫ އެންޑް މީ އިން ދަ އެންޑް...." އޭނަ ގެ ނަޒަރު ފަރަހްގެ މޫނާއި ވަކިކޮށްނުލައެވެ. ފަރަހް އިނީ ގަނޑުވެފައެވެ. މާޒިމް އެންމެ ރެއަކުން ބަދަލުވީ ކިހިނެއްބާއެވެ.

"ހުރިހާ ކަމަކަށް މަޢާފަށް އެދެން........" އޭނާ ލަފުޒުތައް ކުރިއަށް ގެންދިޔައީ ލަސްލަހުންނެވެ. ވިސްނުންތެރިކަމާއި އެކުގައެވެ. މާޒިމް ބޭނުންވީ ފަރަހް އޭނާގެ ބަހަށް ހެއްލުމަށެވެ. ވީވެސް އެހެންނެވެ. ފަރަހް ގެ ލޯ އުފަލުގެ ކަރުނައިން ތެމިގެން ދިޔައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު