Dhiraagu
Dhiraagu

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ބެލެހެއްޓެނީ އެންމެ ފަސް ސަރަހައްދު: ޠާރިގް

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ތާރިގް އިބްރާހީމް: ވަޒީރު ވިދާޅުވީ ހިމާޔަތް ދީފައިވާ 93 ސަރަހައްދެއް އެބަ އޮތް ކަމަށާއި ނަމަވެސް ރަނގަޅު ގޮތުގައި ބެލެހެއްޓެނީ އެންމެ ފަސް ސަރަހައްދު ކަމަށް --- ފޮޓޯ/ މަޖިލީސް އިދާރާތ

ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ބެލެހެއްޓެނީ އެންމެ ފަސް ސަރަހައްދެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ooredoo

މިއަދުގެ މަޖިލީހަށް ވަޒީރު ހާޒިރުކޮށް ސުވާލުކުރުމުން އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ހިމާޔަތް ދީފައިވާ 93 ސަރަހައްދެއް އެބަ އޮތް ކަމަށާއި ނަމަވެސް ރަނގަޅު ގޮތުގައި ބެލެހެއްޓެނީ އެންމެ ފަސް ސަރަހައްދު ކަމަށެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ސަރަހައްދެއް ހިމާޔަތްކޮށް މެނޭޖްމެންޓް ޕްލޭން ހަދާ އެ ތަންތަނކީ ބެލެހެއްޓޭނެ ތަންތަނަށް ހެދުން ކަމަށެވެ.

"މިހާރު މިއޮތް ފަސްތަނުގެ އިތުރަށް އަޅުގަނޑުމެން މިދަނީ ވީހާ ވެސް ގިނަ ތަންތަނެއް ބަލާ އެ ތަންތަން މެނޭޖް ކުރެވޭނެ ގޮތްތައް ބެލުމުގައި،" ވަޒީރު ތާރިގް އިބްރާހީީމް ވިދާޅުވިއެވެ.

އަދި މި ކަންކަން ކުރަން ބޭނުންވާ ޓްރެއިނިންތަކާއި މިކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްތައް އެ ވުޒާރާއިން މިހާރު ވެސް ކުރާކަމަށް ވިދާޅުވެ ވަޒީރު ވަނީ އެ ފައިސާ ލިބެމުން ދާކަން ވެސް ފާހަގަކުރައްވައިފައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ވަޒީރު ވަނީ ކޮންމެ އަތޮޅެއްގައި ވެސް ނޭޗާޕާކެއް ހެދުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ޕްރޮޕޯސަލްތަކެއް ލިބިފައިވާކަމަށާއި ނޭޗާޕާކްތައް ހެދުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ވިދާޅުވެފައެވެ.

Redstar
comment ކޮމެންޓް

comment އަހުމަދު.....

5 month 5 day ago

ސަރުކާރަށް ލިބޭ އާމްދަނީ ހިމާޔަތް ކޮއްބަލަ. ބޭނުންނުވާ ސިޔާސީ މަގާމް އުފެއްދުން އެއީ އިސްރާފް.

comment މާނިއު

5 month 5 day ago

އެއްއަހަރު ފާހަގަކުރަން ހޭވައްލާ ތައްޔާރުވަމުން ދާއިރު ހިމާޔަތްކުރެވިފާވާ ސަރަހައްދުތަކުން ބެލެހެއްޓެނީ އެންމެ ފަސްސަރަހައްދޭ ބުނީމާ އެއީވެސް ކުރީސަރުކާރުގެ މައްސަލައެއްދޯ.

comment ތުރޯ

5 month 6 day ago

ރާއްޖެއަކީ މިހާރު އޭއައިގެ ޒަރިއްޔާއިން ހިނގާ ޓެކްނޮލޮޖީ ހަބެއް ނޫންތޯ. މިތާގެ ކަނޑު ފަޅު ބަލަހައްޓަނީ ޑުރޯނުންނާއި ރޮބެޓު ބޭނުންކޮއްގެން ނޫންތޯ. ޑައިވިން ކުރަން ޓޫރިސްޓުން ގޮވާގެން އުޅެނީވެސް ބޯދިގުކޮއްފަ ސޯޓުލައިގެން ސުއްޓާ ޖަހާފަ ތިބޭ އޭއައި ރޮބެޓުތަށް ނޫންތޯ.

comment ފާއި

5 month 6 day ago

އެއް ސަރަހައްދެއްވެސް ނުބެލެހެއްޓޭ.. ހިމާޔަތެއްވެސް ނުކުރެވޭ.